މީސްތަކުންނޭ ސަމާލުވެލަށްވާ


އިބްނު ދައްޖާލު: ތުނބުޅި މީހުން މާ ރަނގަޅު ބަޔަކަށް ހަދައިގެން މި ވާހަކަ ދައްކާ މީހުން ލިޔާ ކޮމެންޓް ފެނުމުން ވަރަށް ހައިރާން އެބަ ވެއެވެ. މި މީހުން ނޭވަޔަކު ދެކޮޅު މި ބުނަނީ މިމީހުންނަކީ އެންމެ މާތް މީހުން ކަމަށެވެ. އެކަމަކު މާތްވެގެން މި މީހުން ކުރާ ހަމަ އެއްކަމެއް ނުދެއްކެއެވެ. ދެން މި ބުނަނީ ބޮން ހަދައިގެން ބޮން ގޮއްވަނީ އެހެން ބައެކޭ އެވެ. މިއީ ދެން ކާކު ގަބޫލު ކުރާނެ ކަމަށް ދައްކާ ވާހަކައެއްހެއްވެ
މާލޭގެ އެންމެ ސަލާމަތީ ބާރާއި ވެރިކަމުގެ އާރާއި ބާރު ގަދަ ދުވަސްވަރު ބޮންހަދާ ސާމާން އެތެރެކޮށް ކުށެއްނެތް ބައެއްގެ ތެރެއަށް ގޮއްވާލީ ކޮންބައެއްހެއްޔެވެ؟ ދެން ބުނާނީއެއީ ފަލަސްތީނަށް ބަޔަކު ހަމަލަ ދޭތީ އޭގެ ބަދަލުގައި ދިން ހަމަލާއެކޭ ހެއްޔެވެ؟ އެހެން ބުނީމާ ގަބޫލު ކުރާނެ މީހުންވެސް ތިބޭނެކަން ނޭނގެއެވެ. އެ ހަމަލާ އަމާޒް ކުރީ އިޒްރޭލުގެ މީހުންނަށް ހެއްޔެވެ؟ އިރާގަށް އަރާތިބީތީ އެމެރިކާގެ މީހުންނަށް ހެއްޔެވެ؟ އެވެސް. ﷲ އަކްބަރު ކިޔާފައި ދިން ހަމަލާއެކެވެ. ހަމަ ދިވެހިންނެވެ. އަހަރުމެން މީގެ ކުރީގައި ދިވެއްސަކު މީހަކަށް ހަމަލައެއް ދިންވާހަކަ ލިއުމަކުންވެސް ކިޔާފައިވަނީ މަދު ފަހަރަކުއެވެ. އަމުދުން ބޮމެއް ހަދައިގެން ގޮއްވި ވާހަކައެއް ނާހަމެވެ. ޖާނުން ފިދާވާން ކެރޭނެ މީހަކު ހުންނާނެ ކަމަކަށް ހިއެއް ނުކުރަމެވެ. ރާއްޖޭގެ ވެރިމީހާގެ ބަނޑުފުޅަށް ވަޅިއެއް ހަރަން އުޅެން ކެރޭނެއެކޭ އެކެއްގެ ހިތަކަށްވެސް ނާރާނެއެވެ. މި ކަންތައް ކުރަންފެށީ އަލްގައިދާ ތާލިބާނުންގެ ތަމްރީނުތައް ދިވެހިންނަށް ލިބިގެންނެވެ. މިކަމާވެސް ދެބަސްވާނެ ބަޔަކު ތިބެދާނެއެވެ. އެކަމަކު ހަގީގަތެއް ބަދަލެއް ނުވާނެއެވެ. މި ދުނިޔޭގައި މިމީހުންނަށް ވުރެން ހަރުކަށި ދީނެއްގެ ބަޔަކު ނޫޅެއެވެ. ދީނުގެ ނަމުގައި މީހުން މަރާ ބަޔަކު ނޫޅެއެވެ. މިއުޒިކް މަނާކުރާ ބަޔަކު ނޫޅެއެވެ. ޓީވީއާއި އިންޓަރނެޓްފަދަ ވަސީލަތްތައް މަނާކޮށް ކޮންޓްރޯލް ކުރަނީ މަދު ގައުމެކެވެ. އެއީވެސް ސިޔާސީ ބޭނުމަކަށެވެ. ދީނާ ހެދިއެއް ނޫނެވެ. މި މީހުން ދީން ފަތުރަން މިއުޅެނީ ގަދަކަމުންނެވެ. ނޭފަތުން ނޭވާ ލިޔަ ނުދީ އެވެ. އެހެނެއް މި ދުނިޔެއަކު މާ ގިނަދުވަހަކަށް އިންސާނުން އަޅުވެތިކޮށް މަޖްބޫރުކޮށްގެނެއް ނޫޅެވޭނެއެވެ. އެކަން ހުއްޓުވުމަށް އުޅޭނީ ދީނުގެ އަދުއްވުންނެއް ނޫނެވެ. އިންސާނިއްޔަތަށް ލޯބިކުރާ މީހުންނެވެ. މި ދުނިޔޭގެ އިސްލާމީ ގައުމުތައް ބައިވަރެވެ. އަލްގައިދާ އެތަނަކަށް ނުވަންނަ ކަމަށްވާނަމަ އެއުޅެނީ ހަމަޖެހިގެންނެވެ. މިހާ ހާމަކޮށް ފެންނަން ހުރި ކަމަކާމެދުވެސް މި އުޅެނީ އެއްބަސް ނުވެވިގެންނެވެ. ޖާހިލުކަމަކުންވެސް ނޫނެވެ. ހަމަ ޖައްބާރު ކަމުންނެވެ.
ނޖހ: ބޮމެއް ގޮއްވާލިއްޔާ އެއީ މައްސަލައެކެވެ. ހައްޤު ނޫން ބަޔަކަށް ހަމަލާދިނިއްޔާ އެވެސް މައްސަލައެކެވެ. އެއީ އިންސާނިއްޔަތާއި ޚިލާފު ކަމަކަށް ވާތީއެވެ. ވެރިމީހާ އަށް ވަޅިން ހަމަލާ ދިނުމަކީވެސް ކުށެކެވެ. ތިޔައީ އަޅުގަނޑާއި ތިބާވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. ކޮންމެ ބަޔެއްގެ ތެރޭގައިވެސް ހައްޤުން ބޭރުވާންމީހުން އުޅެއެވެ. އެބަޔަކު ކުށްވެރިކުރަމެވެ. ކިތަންމެ ބޮޑު ތުނބުޅިއެއް ލާފައިހުއްޓަސްމެއެވެ. އަދި ތުނބުޅި ކަހާލާ އޮމާންކޮށްފައިހުއްޓަސް މެއެވެ. އަޚާއެވެ. އަޅުގަނޑުމެންނަކީ ވަކި މާތްބައެއް ނޫނެވެ. އަދި އަޅުގަނޑުމެންނަކީ ކުށެއް ނުކުރެވޭނެ މައުސޫމުންނެތްވެސް ނޫނެވެ. ހައްޤުގޮތުގައި މިތިބީ އަޅުގަނޑުމެންނޭވެސް ބުނަނީކީ އެއްނޫނެވެ. އެހެނަސް ބަޔަކުމީހުން އިސްލާމްދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް މަލާމާތް ކުރާތީ އެވާހަކަ ދެއްކެނީއެވެ. ތުނބުޅިއާއި ބުރުގާގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ތިބޭފުޅުން އަޅުގަނޑުމެން ސިފަކުރައްވާ ގޮތެވެ. މައްސަލައެއް ނެތެވެ. ސިފަކުރެވޭނީވެސް ހުރި ސިފައަކުންތާއެވެ. އެކަމަކު އެ ޝިޢާރުތަކަށް ފުރައްސާރަ ނުކުރާށެވެ. އެއީ ހައްޤެވެ. އެއީ ހަމަ ހައްޤެވެ. އަދިވެސް ބުނަމެވެ. އެއީ ހަމަ ހައްޤެވެ. އަދި މާތް ގޮތަކީވެސް އެއީއެވެ. ތަޤުވާވެރިންގެ ސިފއެއްވެސް މެއެވެ. މިއީކީ އަޅުގަނޑަށްވެސް އަދި ތިބައަށްވެސް ބަދަލު ނުކުރެވޭނޭ ހަޤީގަތެވެ. އަޚާއެވެ. ހަނގުރާމައަކަށް އަޅުގަނޑަކަށްވެސް ތާއީދެއް ނުކުރެވޭނެއެވެ. ކުށެއްނެތް ރައްޔިތުންތަކެއް މަރާލެވޭ ގޮއްވާލުންތަކަކަށްވެސް ތާޢީދެއް ނުކުރެވޭނެއެވެ. އެހެން އަމަލު ކޮށްފި ބަޔަކު ވިއްޔާ އެއީ ކުށްވެރީންނެވެ. ތުނބުޅިލާފައިތިއްބަސްމެއެވެ. އަދި ސަލީބު އަޅާފައި ތިއްބަސްމެއެވެ. އެހެނެއްކަމަކު ތިމާގެ ދީނާއި ޤައުމާއި މުދަލާއި އަނބިދަރީން ރައްކާކުރުމަށް ކުރެވޭ ހައްޤު ޖިހާދަށް 100% ތާޢީދު ކުރަމެވެ. ޢައިރު މުސްލިމަކު ކަމުގައިވިޔަސްމެއެވެ. އަޚާއެވެ. ތިބާއަށް ޤަބޫލު ނުކުރެވުނަސް އަދި ގަސްތުގައި ޤަބޫލު ނުކުރިޔަސް މިއުޒިކަކީ ހަރާމް އެއްޗެކެވެ. ބަޔަކު މަނާ ނުކުރިޔަސް މިއުޒިކަކީ ހަރާމް އެއްޗެކެވެ. ފާހިޝްކަންތަކާއި މުންކަރާތްތައް ތިބާ ކިތަންމަ ނުރުހުނަސް މަނާ ކުރާނަމުއެވެ. އަޅުގަނޑުމެންގެ ފެންވަރުގައެވެ. އަދި އެތަކެތި މަނާ ކުރަނީކީ ދީން ފަތުރާކަށް ނޫނެވެ. އެހެން ހީވެފަ އޮތިއްޔާ އެއީ ތިބާއަށް ހީވެފައި އޮތް ކުށްހީއެކެވެ. ތިޔަބުނާ ފާހިޝް އަމަލުތައް ދައްކުވައިދޭ ޗެނެލްތަކާއި ސައިޓްތައް މަނާކުރަން މިގޮވާލަނީ ﷲ ގެ ހަޟުރަތުގައި އުޒުރުވެރިވުމަށްޓަކައެވެ. އަޅުގަނޑުމެންގެ ދަރީންގެ އަޚުލާޤިއްޔަތު ހިފެހެއްޓުމަށްޓަކައެވެ.
ހ: ކަލޭ ބަފަޔަކީ ދައްޖާލެއދޯއެވެ.
: އަނެއްކާ ދައްޖާލު ފާޅުވީބާ!!!! މީސްތަކުންނޭ ސަމާލުވެލަށްވާ.... muraasil

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ