Posts

Showing posts from October, 2009

ޒަވާޖީ ޙަޔާތުގެ ނައު

Image
ޒަވާޖީ ޙަޔާތުގެ ނައު މުޙައްމަދު ސިރުޙާން ސިއްތިފުޅު ވިހެއީ ހުކުރުގައި، ނަންއެކީ ހޮނިހިރުގައޭ، މީހަކާއި ކައިވެނިކުރީ އާދިއްތާގައޭ، ހޯމަ ދުވަހ ބަލިވެއްޖެޔޭ، އަންގާރަދުވަހު ޙާލެއްނެތޭ، ބުދަދުވަހު މަރުވެއްޖެޔޭ، ވަޅުލީ ބުރާސްފަތި ދުވަހުގައޭ." މިއީ އަހަރެމެންގެ ޙަޔާތުގައި ދިމާވާ ތަފާތު ކަންކަމެވެ. މީގެ ތެރެއިން އެންމެ މުހިއްމު ދުވަސްވަރަކީ ކައިވެނީގެ ދުވަސްވަރެވެ. އެދުވަސްވަރަކީ އުފާވެރި ދުވަސްވަރަކަށް ވެއްޖެނަމަ މިދުނިޔަވީ ޙަޔާތް ކާމިޔާބުވީއެވެ. ކައިވެންޏަކީ ނަބީންނާއި ރަސޫލުންގެ ސުންނަތެކެވެ. އެއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ހެއްކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لأَََيَاتٍ لِقَوْمٍ يَتَفَكَّرُونَ (سورة الروم :21) " "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތު

ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ.

Image
ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ. މުޙައްމަދު ސިރުޙާން މިނިވަންކަމުގެ ހިތްގައިމު ވައިރޯޅިތައް އޮމާންކަނޑުތައް ފަހަނައަޅާ ރީތި މުރަކަތައް ވާ ސާފު ފަރުތައް ހުރަސްކޮށް ހުދު ދޮންވެލި ގޮނޑުދޮށުގައި ބީހެމުންދެއެވެ. އަދި ރީތި ދިވެހިރުއްތަކުގެ ފަންތައް ވިހުރުވަމުން ދެއެވެ. އެދިވެހި ރުއްތައްވެސް މި ލިބިފައިވާ މިނިވަންކަމުގައި ބައިވެރިވަނީއެވެ. އެމަންޒަރު ބަލާލަން އަތިރިމައްޗަށް ދިޔަ ކޮންމެ މީހަކަށް ފިނިވައިރޯޅިތަކުން ހިއްތަކަށް ފިނިކަން ލިބެމުން ދިޔުމާއެކު ފެނިގެން ދާނީ ރީތި ދޫނިތައް އެވައިރޯޅި ތަކުގައި ހޯރައަޅަމުން ދާ މަންޒަރެވެ. އެދޫނިތަކުގެ ތެރޭގައި ވަރަށް ފަހުން ބިސްއަޅާފައިވާ ބާޒެއް ވެއެވެ. ނަމަވެސް ބާޒު މިވަގުތު އެއޮތީ އޭތީގެ ހާލީގައެވެ. އެހެން ކުޑައިރުކޮޅަކު އޮވެފައި ކާނާ ހޯދުމަށް އުދުއްސައިގެންފިއެވެ. އެކޮންމެ އުދުހުމެއްގައި އަވައްޓެރި ތަންތަނަށާއި ދުރު ހިސާބުތަކަށް ދާކަމަށް އަރެންގެ ކައިރީ ހުރިމީހަކު ބުންޏެވެ. އަހަރެން އެހާލި ކައިރިއަށް ދެވޭތޯ ހިނގައިގަތީމެވެ. ސަހަރޯއެވެ. މުޅިހިސާބު ވަނީ ޓެރަރިސްޓުން ހަމަލާދީފާނެތީވެ ގާޑުކޮށްފައެވެ. އެހެންކަމުން އަހަރެންގެ އަތުގައި އޮތް ދުރުމި އަޅާލައިފ

އަހަރެންގެ ބަސް

Image
އަހަރެންގެ ބަސް މުޙައްމަދު ސިރުޙާން ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ ކިޔަމުން ދެޔެވެ. "އަހަންނަކީ މިނިވަނެކެވެ. އަހަންނަކީ މިނިވަނެކެވެ." އެގުރާގެ ވެރިމީހާ ހުރީ އެގުރައައް އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ މީހަކު ހަމަ ފެންނަ އިރަށް އެހެން ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ. ދޫންޏަކީ ފަންނާނުން މިނިވަންކަން ރަމްޒުކޮށްދޭން ބޭނުން ކުރާ މަޚްލޫގެވެ. ދޫންޏަކީ މިނިވަންކޮން ޖައްވުގައި އުދުހި އުޅޭ މަޚްލޫގެކެވެ. ނަމަވެސް ކުރިން މިދެންނެވި ގުރާގެ ޙާލަކީ ކޮބައިތޯއެވެ؟ އެގުރާވަނީ ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެފައެވެ. މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމާއި ރީތި ޤުދުރަތީ ރީތި މަންޒަރުތައް ފެނުމާއި އެއަށް ޤުދުރަތުން ދެއްވާފައިވާ އިޚްތިޔާރީ ކާނާ ކެޔުމުން ނުވަތަ މިނޫންވެސް ވަރަށް ގިނަ ކަންކަމުންނެވެ. އެކަމަކުވެސް އޭތި ކިޔަމުންދަނީ "އަހަންނަކީ މިނިވަނެކެވެ." ވާނީވެސް އެހެންތާއެވެ. އޭތީގެ ޙަޔާތް މުޅިންހެން ހޭދަކުރީ އެކޮށިތެރޭގައެވެ. އެކޮށިން ގަޑިންގަޑިއަށް ކާންލިބެއެވެ. ސުވާލަކީ އޭތި ބަޔާންކުރަމުން އެދަނީ އޭތީގެ ޙާލުހެއްޔެވ

އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް.

Image
އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް. މުޙައްމަދު ސިރުޙާން ތިޔަބޭފުޅުންނަކީ، ﷲގެ ވަހީބަސްފުޅުތަކާއި އެއިލާހު އެންމެފަހުން ވަހީބާވައިލެއްވެވި ނަބިއްޔާގެ ސުންނަތް އުނގެނުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރީންނެވެ. ތިޔަބޭފުޅުންނަށްޓަކައި ދުނިޔޭގައިވާ ހުރިހާ އެއްޗެއްމެ، ދުޢާކޮށްދެއްވާ ޢިލުމުގެ އަހުލުވެރީންނެވެ. ތިޔަބޭފުޅުންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ތިޔަބޭފުޅުން ޙާޞިލުކޮށްގެން ތިޔަތިއްބެވީ އެންމެ މަތިވެރި ޢިލްމެވެ. އެޢިލްމު ޙާޞިލުކުރެއްވުމުގެ ބުރަ ތިޔަބޭފުޅުން އުފުއްލެވީ މަތިވެރި މަލާއިކަތުންގެ ފިޔަކޮޅުތައް މަތީގައެވެ. އަޅުވެރީންނާއި ޢިލުމުވެރީންގެ މިސާލަކީ ތަރިތަކާއި ހަނދުގެ މިސާލެވެ. ތިޔަބޭފުޅުންނަށް ލިބިގެންވާ އެނޫރު ފަޑުވިޔަ ނުދެއްވާށެވެ. ދުނިޔޭގައި ޖަހާލަތުގެ އަދިކަން ފެތުރުނަ ނުދެއވާށެވެ. އެއަނދިރީގެ ސަބަބުން އަހަރެމެން ފާފައިގެ އަނދަވަޅުތަކަށް ވެއްޓި ހިނގައިދާނެއެވެ. އަހަރެމެންނަށް އެއަނދަވަޅުތައް ހުރިތަންތަން ތެދުވެރި ކަމާއިއެކު ބުނެދެއްވާށެވެ. ސާފުސީދާ އަލި ލިބިގެންވާ މަގަށް ގެންގޮސްދޭށެވެ. އަހަރެމެން މިދަތުރުކުރާ ދުނިޔެވީ ޙަޔާތުގެ ނައުގެ ހު

"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!"

Image
"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!" މުޙައްމަދު ސިރުޙާން ތިބާ ކުރަމުންދަނީ ހާދަހާ ޢަޖައިބު ކުރަނިވި ކަމެކެވެ. އަހަރެން މިލިޔުން ނުކިޔާށޭ ބުނުމުން ވެސް ތިޔަދަނީ ކިޔަމުންނެވެ. އަހަރެންނަށް ތިބާ މިލިޔުން ކިޔަމުންދާ ސަބަބެއް ނުވަތަ ނިޔަތެއް ނޭނގެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަނގަޅެވެ. ކަންކަން ދިރާސާކޮށް ބަލަންޖެހޭނެއެވެ. މައްސަލައެއް ނެތެވެ. ކިޔާހިތްވަންޏާ ކުރިއަށް ދާށެވެ. އިންސާނުންގެ ގާތަށް ރަސޫލުބޭކަލުން ފޮނުއްވުމުން، އެބޭކަލުންނަށް ކާފިރުވި މީހުންވެސް ބުނަނީ އެ ރަސޫލުންގެ ވާހަކަތައް އަޑު ނޭހުމަށެވެ. އެފަދަ ވާހަކަތައް އަޑުނާހާންވެގެން އޭގެ ތެރެއިން ބަޔަކު ކަންފަތަށް އެއްޗިހި ކޮއްޕާވެސް އުޅުނެވެ. އެއީ އެބައިމީހުން އެގޮތަކަށް ހޭނި، ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެތީއެވެ. ރަސޫލުބޭކަލުންނަށް ކާފިރުވި މީހުން، އެ ރަސޫލުބޭކަލުންނަކީ ސިޙުރުވެރިން ކަމަށާއި ސިޙުރުޖެހިފައިވާ ނުވަތަ މޮޔަވެފައިވާ ބައެއްކަމަށް ބުނެއުޅުނެވެ. މި ގޮތަށ

މަސް، ވެރިކަން ރަނގަޅުބާ؟

Image
މަސް، ވެރިކަން ރަނގަޅުބާ؟ މުޙައްމަދު ސިރުހާން ކަނޑުއަޑީގެ ފުރަތަމަ ކެބިނެޓު މީޓިން އަށް އަހަރެން ދިޔައީ އެއްވެސް ފާހެއް ހިފައިގެންނެން ނޫނެވެ. އެކަމަކު ވަރަށް ފަސޭހައިން އެތަނަށް ދެވުނެވެ. ގިނަ ޑައިވަރުންނަކީ އަހަރެންގެ ވަރަށްގާތް ރައްޓެހިންނެވެ. ރައީސް ނަޝީދު އަހަރެންނާމެދު ވަރަށް ޝައުޤުވެރިވިއެވެ. ބޭރުގެ މީޑިޔާތަކުން ވެސް އަހަރެން ދެއްކިއެވެ. މިތާރީޚީ މީޓިން ފެނުމުން އަހަރެން ހިތަށްއެރިއެވެ. ޤިޔާމަތް ވެދާނެތީ ރައީސް ނަޝީދު ކުރެއްވީ ކޮންކަމެއް ބާވައެވެ؟ އޭގެފަހުން މާގިނަދުވަހެއްނުވެ ބަޔަކުމީހުންގެ ދަލުގައިޖެހި އަހަރެންގެ މުޅިޙަޔާތް ބަދަލުވެއްޖެއެވެ. އެހެން ދުނިޔެއަކަށް ހޭލެވިއްޖެއެވެ. އެހެން ފަރާތެއްގެ އަޅުވެތި ކަމުގެ ދަށަށް އަހަރެން ހިގައްޖެއެވެ. އަހަރެންގެ ވެރިމީހާ އާއެކު ގެއަށް ދިޔުމަށްޓަކައި އޭނާގެ ސައިކަލުގައި ދިޔަ މަގު މަތިން ޓްރެފިކްލައިޓު ރަތްވުމުން ސައިކަލު މަޑުކޮށްލިއެވެ. އެމީހުން ޓްރެފިކްލައިޓަށް ކިޔަމަންވާއިރު އެމީހުން ހެއްދެވި ފަރާތަށް ކިޔަމަން ނުވަނީ ކީއްވެ ބާވައެވެ؟ އަހަރެންގެ ހިތުގައި މިސުވާލު އުފެދުނެވެ. ލައިޓް ރަތްވުމުން މީހުންތައް ހުރަސްކުރަންފަށައިފިއެވެ. އޭގެތެރޭގ

އަންދާ ޤާނޫނު

Image
އަންދާ ޤާނޫން މުޙައްމަދު ސިރުޙާން އަހަރެން އެއްދުވަހު ނަމާދަށް ދިޔަމަގުމަތީގައި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެފައި ވެއެވެ. އެވަގުތު އެތާނގައި އެގޭގެ ވެރިމީހާ ހުއްޓެވެ. އޭނާ ބުނަމުންދެއެވެ. މިރަށުގައި އޮންނަނީ އަންދާ ޤާނޫނެވެ. ވެގެން އުޅޭގޮތް ބަލާލިއިރު އެގޭގައި އުޅޭމީހުން އެގެއިން ނުނިކުމެގެން ބަދިގޭގައި އޭނާ ހުޅުޖެހީއެވެ. ދަންވަރުގެ ހަމަހިމޭންކަންވަނީ މުޅި މާލެއަށް ފެތުރިފައެވެ. ފާތުން އޭނާގެ ކެމްޕޭން އޮފީހުން ނިކުމެގެން ގެއަށްދިއުމަށްޓަކައި އިޚްތިޔާރުކުރީ މެދުޒިޔާރަތްމަގެވެ. އޭނާ ހިނގާފައި އެދަނީ އިރުމަށްޗަށެވެ. ގާތްގަނޑަކަށް ހުކުރުމިސްކިތުގެ މުންނާރާހަމަވިތަނާ މަޑުމަޑު ސޮފްޓް މިއުޒިކެއް އިސްލާމީ މަރުކަޒު މުންނާރުން ޖަހަންފަށައިފިއެވެ. މިއުޒިކާއެކު މުނާޖާވެސް ގޮވަންފަށައިފިއެވެ. ފާތުން ގޮސް ހުއްޓުނީ ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ޒިޔާރަތް ކައިރިއަށެވެ. އެތާނގެ ވަށައިގެންވަނީ ބޮކިފަތިއެލުވައިފައެވެ. އެޒިޔާރަތަކީ ރާއްޖޭގެ ވެރިކަންކުރެއްވި ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ތަނެކެވެ. ފާތުންއަކީ ނަޝީދުގެ ޕާޓީން މިފަހަރު އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ