ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ރައީސް އަށް އަންގާލަދެވޭނޭ މަގެއް އިސްލާމީ ފިކުރުގެ މީހުންނަށްވެސް ހާމަކޮށްދެއްވާށެވެ
ބިލާލް ޢަބްދުއްސައްތާރު
ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓް ކްލަބެއްގެ ސްޓޭޖް މަތީގައި 15 އަހަރުގެ 'ކުޑަކުއްޖަކަށް' ޖިންސީގޯނާކޮށްފައި ވާ އޭކޮން، ލަވަކިޔުން ތެރިއެއްކަމަށްބުނެ ދިވެހި ސަރުކާރުގެ ފުރިހަމަ ސަޕޯޓާއެކު ރާއްޖޭގައި ޝޯއެއް ދިނުމަށް ދާދި އަވަހަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާއި އަންހެނުންގެ ހައްޤު ތަކަށް ހުއްޓުމެއްނެތި ގޮވަމުންދާ ސަރުކާރަކުން މިފަދަ މީހަކު މިޤައުމަށް ގެނައުމަށް ފުރިހަމަ ތާޢީދު ކޮށްފައިވާތީ ކުޑަ ކުދިންނާއި އަންހެނުން ތިބީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި މިވަރަށް އަންހެނުންގެ ހައްޤު ތަކަށް ގޮވާ ބަޔަކު، މިފަދަ މީހަކު ގެންނަން ފައި ނަގާފައިވާތީ، ސަރުކާރުގެ އިޚްލާސްތެރި ކަމާމެދުވެސް ސުވާލު އުފެދެއެވެ. މިއީ އިސްލާމީ ފިކުރު އަންހެނުންނާއި ކުޑަކުދިން ވަރަށް ބިރުގަނެ ކަންބޮޑުވާ މައްސަލައެކެވެ. އެބޭބޭފުޅުން ތިބީ މިފަދަކަންކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ވަރަށް ބޭނުންވެފައެވެ. އެފަދަ މަގެއް ނުފެނިގެންނެވެ. އެހެން ކަމުން ފަސޭހައިން ޝަކުވާ ހުށަހެޅޭނޭ މަގެއް ފަހި ކޮށްދިނުމަކީ އެބޭފުޅުން ވަރަށް އެދޭ ކަމެކެވެ. އޭރުން އަނެއް ހަފްތާގެ ރޭޑިއޯ ޚިތާބުގައި ރައީސުލް ޖުމްހޫރިއްޔާ އެވާހަކަ ދައްކަން އޮންނާނެއެވެ.
އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަމަކީ މުޖުތަމަޢަކަށް ލިބިގެންދާނޭ އެންމެބޮޑު އެއްނިޢުމަތެވެ. ނަމަވެސް ގިނަބަޔަކަށް މި ނިޢުމަތުގެ މަތިވެރިކަމާ މުހިއްމުކަން އިޙްސާސް މި ކުރެވެނީ އޭގެ ވަޤުތު ފާއިތުވެދާ ފަހުންނެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރު، ތާރީޚް ލިޔުންތެރީން ދިވެހި ރާއްޖެ ސިފަކޮށްފައިވަނީ ޞުލްޙައަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައެވެ. ދުނިޔޭގެ "ހިތްފަސޭހަ މައިދާނުގެ" ގޮތުގައެވެ. ދިވެހިރައްޔިތުންނަކީ ހިތްހެޔޮ އޯގާތެރި ބައެއްގެ ގޮތުގައެވެ. އެއީ އެދުވަސްވަރެވެ. ނަމަވެސް މިއަދު މިވަނީ ރާގު މުޅިން ބަދަލުވެފައެވެ. އެފަދައިން ދިވެހިރާއްޖެ އަށާއި ދިވެހިރާއްޖޭގެ އަހުލުވެރިންނަށް ޘަނާ ކިޔާނޭ ދޫތަކެއް މިއަދަކު ނެތެވެ.
މިއަދު ދިވެހިރައްޔިތުން ދިވެހިރާއްޖެ ސިފަކުރަނީ ދިރިއުޅެން އެކަށީގެންނުވާ ޤައުމެއްގެ ގޮތުގައެވެ. އަމަން އަމާން ކަމެއްނެތެވެ. ގޭތެރެއާއި ބޭރުގެ ޙާލަތުވެސް ހަމަ މިފަދައެވެ. %100 އިސްލާމީ ޤައުމަކުން ފެނިގެންނުވާނޭ ހުރިހާ ޢަމަލެއްވެސް މި ކުޑަ ކުޑަ ދިވެހިރާއްޖެއިން ދަނީ ފެންނަމުންނެވެ. ކަޓަރުއެޅުމާއި މީހުންމެރުމާއި މަގުފޭރުމާއި ވައްކަންކުރުމާއި މީހުންގެ އަނބީންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރުމާއި ޒިނޭ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަމިއްލަ ދަރިފުޅާއި އެކު ބަދު އަޚްލާޤީ ޢަމަލު ހިންގުމާއި ، ރާ ބުއިމާއި ރާ ވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޣީބަ ބުނުމާއި ރިބާ ކެއުމާއި ރިޝްވަތު ހިފުމާއި އެއްމެހާ ފާޙިޝް ޢަމަލުތަކާއި އެއްޖިންސުން ގުޅުން ހިންގުމާއި ﷲ ގެ ދީނަށް ފުރައްސާރަކުރުމާއި ޖާސޫސްކުރުމާއި މިހެން ގޮސް ނުކުރާކަށް ކަމެއްނެތެވެ. ﷲ ތަޢާލާ ނަހީ ކުރެއްވި އެންމެހާ ކަންތައްތަކެވެ.
ޖޯކެއްގައި ކިޔައެވެ. މީހަކު ކައިރީ އެހުނެވެ. ދިވެހިރާއްޖޭގައި ހުރިހާ ޙަރާމްކަމެއްވެސް މިހާރު މިދަނީ ކުރަމުންނެވެ. ދިވެހީން ނުކުރަނީ ދީނުގައި ޙަރާމްކުރައްވާފައިވާ އެންމެ ކަމެކެވެ. އެއީ ކޮންކަމެއްތޯ ސުވާލުކުރެވުނެވެ. ޖަވާބުދެވުނެވެ. އެއީ ޢީދު ދުވަހު ރޯދަހިފުމެވެ. އެއީވެސް ރޯދަ ހިފުންކަމުގައި ވާތީއެވެ.
މިއަދު ދިވެހި ރާއްޖެއަށް ޢާއްމުވެފައި މިވާ ކަންތައްތަކަކީ ހަމަހުރެލާފައި މި ޤައުމަށް ތަޢާރަފު ވި ކަންތައްތަކެއްނޫނެވެ. ބަޔަކު އެތައްދުވަހަކުއްސުރެ ކުރަމުން އައި މަސައްކަތް ތަކެއްގެ ނަތީޖާއެވެ. މިކަމުގައި ޤައުމުގެ އެންމެ އިސްވެރިން ފެށިގެން އެންމެ އާދައިގެ މީހާގެ ވެސް އިހުމާލު އެބަ އޮތެވެ. ޚާއްޞަކޮށް މައިންބަފައިންގެ އިހުމާލު މިކަމުގައި ބޮޑެވެ. ދަރިންނަށް އިސްލާމީ ތަރުބިއްޔަތު އެދުވަހު ދެވުނު ނަމަ މިފަދަ ޙާލަތަކަށް ޤައުމު މިއަދު ވެއްޓޭކަށް ނުޖެހުނީހެވެ.
ﷲ ތަޢާލާ ޚަބަރުދެއްވާފައި ވާފަދައިން އަހަރެމެން މުސްލިމުންގެ އެންމެ ބޮޑެތި ޢަދުއްވުންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. ޞުލްހަވެރި އަމާން އޮމާން އިސްލާމީ މުޖުތަމަޢެއް ވާނަމަ އެމުޖުތަމައެއް ފަސާދައާއި ހަމަނުޖެހުމުގެ ފުން ވަޅުގަނޑުގެ ތެރެއަށް ވައްޓާލުމަކީ އެބައިމީހުންގެ އެންމެއިސް ވާޖިބުކަމުގައި އެބައިމީހުން ދެކެއެވެ. މިކަން ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ފެންނަމުން އެހެރަ ދަނީއެވެ. ތަފާތު އިސްލާމީ ޤައުމުތައް އެއްވެސް ޙައްޤަކާނުލައި ސުންނާފަތިކުރަމުން ގެންދަނީއެވެ. ފަލަސްތީނާއި ޢިރާޤާއި އަފްޣާނިސްތާނަށް ނަޒަރު ހިންގާލާށެވެ. ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އެއްބަޔަކު އަނެއްބަޔަކާ ޖައްސާ ޤައުމު ހަނގުރާމައިގެ ހާއްޔަކަށް ހަދާލީ ހަމަ މިބައިމީހުންނެވެ. މިހާރު ޓާގެޓަކީ އިރާނެވެ. ދުނިޔޭގެ މުސްލިމުންގެ ޢަދަދު މަދު ކުރުމަށްޓަކައި މިބައިމީހުން ވަރަށް މަކަރުވެރި އެޖެންޑާއެއް ފެއްޓިއެވެ. އާބާދީ ކޮންޓްރޯލް ކުރުމުގެ ނަމުގައެވެ. މިބައިމީހުންގެ މި މަކަރުވެރި ގޮވާލުމަށް ދިވެހިރާއްޖެއިން ނޭނގިނަމަވެސް އިޖާބަދިނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ގްރޭޑް 1 ގައި ކިޔަވާ ކުދިންގެ އަދަދު ފަސް ހަ ކުދިން ހަމަ ނުވާ ރަށްރަށް އެބަ ހުއްޓެވެ. ރަށުގައި ދިރޭ ފުރާނައެއް ނެތަސް އެވޯރޑް ލިބެނިކޮށް ވަރިހަމަވީއެވެ. މިބައިމީހުންގެ މި ގޮވާލުމަށް އިޖާބަ ނުދިން ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު އަދި އިރާޤު ހިމެނެއެވެ. އެހެންކަމުން ތަފާތު ބަހަނާތައް ދައްކައިގެން މި ޤައުމުތައް ހަނގުރާމައިގެ މައިދާން ތަކަކަށް ބަދަލު ކޮށްލިއެވެ. ކޮންމެ ގޮތެއްހަދާފައިވެސް މިބައިމީހުންގެ މަޤުޞަދު ޙާޞިލްކުރަން ޖެހެއެވެ. އެހެންކަމުން މުސްލިމުން މަރައިގެންވެސް އެކަން މިބައިމީހުން ކުރާނެއެވެ.
ދިވެހިރާއްޖޭގައި މިބައިމީހުންގެ ފިކުރީ ހަނގުރާމަ ކުރިއަށް ގެންދާތާ އެތައް ދުވަހެއްވެއްޖެއެވެ. ތަފާތު ގޮތްގޮތުން ދިވެހި ރައްޔިތުންގެ ސިކުނޑިތަކާ ކުޅެމުން ލާދީނީ އުސޫލުތަކާއި ހަމަތައް ރާއްޖެއަށް ތަޢާރަފްކުރަން ފެއްޓިއެވެ. މިއީ ވަރަށް ދުވަހުއްސުރެ ރޭވިގެން ކުރަމުން އައި ކަމެކެވެ. ތަފާތު ގޮތްގޮތުން މަސައްކަތް ކޮށް، ދިވެހިންގެ ތެރެއިން ޢަޤީދާ ބަލިކަށި ބަޔަކު މިކަމުގައި ބައިވެރި ވުމަށް ތައްޔާރުކޮށް، މިބައިމީހުންގެ މަސައްކަތްތައް އިތުރުކުރިއެވެ. އޭގެ ނަތީޖާއެއެގެ ގޮތުން "އަނެއްފިކުރަށް" ގޮވާ ބަޔަކު ދިވެހިރާއްޖޭގައި އުޅޭކަން ދާދި ފަހުން ފާޅުވެގެން އެދިޔައީއެވެ. އެކަން އިޢުލާނު ކުރީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެބޭފުޅާ ކޮންމެ ހަފްތާއަކު ގެނެސްދޭ ރޭޑިއޯ ޚިތާބުތަކުގެ ތެރެއިން ޚިތާބެއްގައެވެ. މި ޚަބަރު ވެގެންދިޔައީ ދިވެހިރައްޔިތުންނަށް ވަރަށް ސިހުން ގެނުވި ޚަބަރަކަށެވެ.
އިސްލާމްދީނުގެ ވާހަކަދެކެވި ސުވަރުގެއާއި ނަރަކައިގެ ވާހަކަ ޤުރުއާނާއި ސުންނަތުގެ އަލީގައި ދެކެވެން ފެށުމުން އެކަމާ ބިރުގަނެ ބަޔަކު ކަންބޮޑުވެ ރައީސުލް ޖުމްހޫރިއްޔާއަށް ޝަކުވާ ހުށަހެޅި ވާހަކަ އެބޭފުޅާ އެދުވަހު ވިދާޅުވިއެވެ. "ވަރަށް ގިނަ ޢަދަދެއްގެ" ޒުވާން ބޭފުޅުން މިބާވަތުގެ ވާހަކަ ތަކަށް ސަރުކާރުން ކަނޑައެޅިގެން ހުރަސް އެޅުމަށް އެދެމުންދާކަމަށް ރައީސް ގެ ތަޤުރީރުގައި ބުންޏެވެ. އަދި ރައީސް ނަޝީދު އެކަމުގައި ދެކޭގޮތް ހާމަ ކުރަމުން ބުނެފައިވަނީ "އެކަމާއި ނުރުހޭކަމަށްވަނީ ނަމަ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ ބުއްދިވެރި ގޮތަކަށް ވާނީ އެ އަނެއް ޚިޔާލާތުވެސް އެ ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަ ކުރުމެވެ."
އިސްލާމް ދީނުގެ ވާހަކަ ދެކެވުނީމާ އޭގެ އަނެއް ވިސްނުމަކަށްވާނީ އިސްލާމްދީނާ އިދިކޮޅު ވިސްނުމުގެ ޚިޔާލެވެ. މިއީ %100 އިސްލާމީ ޤައުމެއްގައި މުސްލިމުންގެ ބަޔަކު ދެއްކުން ހެޔޮވާވަރު ވާހަކަތަކެއްނޫނެވެ. ﷲ ގެ ދީނުގެ ވާހަކަ ދެކެވުމުން އެކަމާއި ކަންބޮޑުވާނީ އެދީނުގެ ޢަދުއްވުންނެވެ.
މިފަދައިން "އަނެއް ޚިޔާލުގެ" ޒުވާނުންނާއި އަންހެންބޭފުޅުން އެބޭފުޅުންގެ ބިރުގަނެ ކަންބޮޑުވާ ކަންތައްތަށް ތިހާ ފަސޭހައިން ރައީސުލް ޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުޞަތު އޮތްފަދައިން "އިސްލާމީ ފިކުރުގެ" ޒުވާނުންނާއި ކުޑަކުދިންނާއި އަންހެނުންނަށްވެސް އެބޭބޭފުޅުން ކަންބޮޑުވެ ބިރުގަންނަ ކަންތައްތަކުގެ ވާހަކަ ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުޞަތު އެބައޮތްތޯއެވެ؟ އެބޭފުޅުން ކޮންމެހެންވެސް ކަނޑައެޅިގެން ހުއްޓުވަން ބޭނުންވާ ކަންތައްތަކެއް ޤައުމުގައި ވަރަށް ބައިވަރު އެބަހުއްޓެވެ. އެބޭފުޅުންވެސް ކަނޑައެޅިގެން ހުއްޓުވަން ބޭނުންވާ ކަންތައްތައް، އެ ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ރައީސް އަށް އަންގާލަދެވޭނޭ މަގެއް އިސްލާމީ ފިކުރުގެ މީހުންނަށްވެސް ހާމަކޮށްދެއްވާށެވެ. އެބޭފުޅުންވެސް، ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ހުށަހަޅަން ބޭނުންވާ ވަރަށްގިނަ ކަންބޮޑުވާ ކަންތައްތައް އެބަ ހުއްޓެވެ.
ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓް ކްލަބެއްގެ ސްޓޭޖް މަތީގައި 15 އަހަރުގެ 'ކުޑަކުއްޖަކަށް' ޖިންސީގޯނާކޮށްފައި ވާ އޭކޮން، ލަވަކިޔުން ތެރިއެއްކަމަށްބުނެ ދިވެހި ސަރުކާރުގެ ފުރިހަމަ ސަޕޯޓާއެކު ރާއްޖޭގައި ޝޯއެއް ދިނުމަށް ދާދި އަވަހަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާއި އަންހެނުންގެ ހައްޤު ތަކަށް ހުއްޓުމެއްނެތި ގޮވަމުންދާ ސަރުކާރަކުން މިފަދަ މީހަކު މިޤައުމަށް ގެނައުމަށް ފުރިހަމަ ތާޢީދު ކޮށްފައިވާތީ ކުޑަ ކުދިންނާއި އަންހެނުން ތިބީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި މިވަރަށް އަންހެނުންގެ ހައްޤު ތަކަށް ގޮވާ ބަޔަކު، މިފަދަ މީހަކު ގެންނަން ފައި ނަގާފައިވާތީ، ސަރުކާރުގެ އިޚްލާސްތެރި ކަމާމެދުވެސް ސުވާލު އުފެދެއެވެ. މިއީ އިސްލާމީ ފިކުރު އަންހެނުންނާއި ކުޑަކުދިން ވަރަށް ބިރުގަނެ ކަންބޮޑުވާ މައްސަލައެކެވެ. އެބޭބޭފުޅުން ތިބީ މިފަދަކަންކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ވަރަށް ބޭނުންވެފައެވެ. އެފަދަ މަގެއް ނުފެނިގެންނެވެ. އެހެން ކަމުން ފަސޭހައިން ޝަކުވާ ހުށަހެޅޭނޭ މަގެއް ފަހި ކޮށްދިނުމަކީ އެބޭފުޅުން ވަރަށް އެދޭ ކަމެކެވެ. އޭރުން އަނެއް ހަފްތާގެ ރޭޑިއޯ ޚިތާބުގައި ރައީސުލް ޖުމްހޫރިއްޔާ އެވާހަކަ ދައްކަން އޮންނާނެއެވެ. ރާއްޖެއިސްލާމް

Comments
Post a Comment