Posts

Showing posts from December, 2011

''ލާދީނީމީހުން މަރާ ހުސްކުރުން އޯކޭ '' އަންނި

Image
މުޙައްމަދު ސިރުޙާން މަތީގައި އެވަނީ ރޭގައި ރައީސް ނަޝީދު ވިދާޅުވި ބަސްފުޅުގެ މާނަ އަހަރެންނަށް ތަރުޖަމާކުރެވޭގޮތެވެ. ތަރުޖަމާ ކުރުމަކީ ކުށެއް ނޫނެވެ. އެންމެންވެސް ތަރުޖަމާކުރަނީއެވެ. ރައީސް ވިދާޅުވަނީ އެހެން ދިވެއްސެއް މަރާލެވޭނީ ތިމަންނަ މަރާލުމަށްފަހުގައިއެވެ. މިހެން ވިދާޅުވެ މުރުތައްދުވާ މީހުންގެ ޙުކުމް ވިދާޅެއްނުވެއެވެ. އަދި ދާދި ފަހުން ލާދީނީ މީހުން އެއްވި އެއްވުމާމެދު އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިއެވެ. ދިވެހި ރައްޔިތެއްގެ ގޮތުގައި އިސްލާމެއް ނޫނީ ނުބެލެވޭނެއެވެ. ވީމާ ރައީސް އެ ވިދާޅުވަނީ ދިވެހީން ހިމާޔަތްކުރައްވާ ވާހަކައެވެ. މުރުތައްދުވެ ދީނުން ބޭރުވެ، ދިވެހި ރައްޔިތުކަން ދޫކޮށްލި މީހުން ޙައްދެއްގެ ގޮތުގައި މެރުން ތިމަންނަ ދިފާޢުނުކުރާނެ ވާހަކައެވެ. މިހާރުގެ ސަރުކާރުންވަނީ ތިނެއް ނޮވެމްބަރުގައި އެތައް ބައިވަރު ދިވެހިންނެއް މަރާލި ޚާއިނުން ފިލުވާ ނުވަތަ އިސް ވަޒީފާތައް ދީފައެވެ. އަދި ލާއިންސާނީ އެތައް ކަމެއް ހިންގި ލަންކާގެ ހަނގުރާމަ ދިފާޢުކުރައްވާ ރައީސްވަނީ ވާހަކަފުޅު ދައްކަވާފައިއެވެ. ވީމާ ދިވެހި ރާއްޖޭގައި އިންސާނީ ޙައްޤު ހޯދަންށޭ ކިޔައިގެން ވާހަކަ ދެއްކުން އެއީ އަހަރެންނަށ

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން

Image
ޖިބުއެ ނޯޓް: މިއީ ޖިބުއެއަށް ފެނިފައިވާ ހުވަފެނެކެވެ. ހުވަފެނަކީ ކުރިން ހިނގައިފާވާކަމެއްގެ ޚަބަރު ނުވަތަ ފަހުން އަންނާހުރި ކަމެއްގެ ޚަބަރުވަނިވި އެއްޗެކެވެ. އެއީ ރޫޙާނީ ޢާލަމްގައި އިންސާނުންނަށް ފެންނަ އެއްޗެކެވެ. އެއްވެސް މީހަކު ޙަޤީޤީ ލޮލުން ދެކިފައިނުވާ އަތުން ހިފައިފައިނުވާ މި ޙަޤީޤީ އިޙްސާސަކީ ކޮންމެ އިންސާނަކުވެސް ޤަބޫލު ކުރާކަމެކެވެ. ދިރިހުރުމުގެ ކޮންމެސް ހިސާބަކުން ނިދީގައި ހުވަފެނެއް ނުފެންނަމީހަކު ދުނިޔެއަކަށް އުފަނެއް ނުވާނެއެވެ. ހުވަފެނަކީ ނަބީކަމުގެ ސާޅީސްބައިކުޅަ އެއްބައިކަމުގައި ޙަދީޡްތަކުގައި ވާރިދުވެފައިވެއެވެ. ހޯހޯ ބިރު ނުގަންނާށެވެ! މިއުޅެނީ ނަބީކަމުގެ ދަޢްވާކުރާކަށް ނޫނެވެ. އެހެން ހިތައްވެސް އެރުމުގެ ކުރިން އެކަން އިންތިބާހް ކުރީމެވެ. ކޮންމެއަކަސް ހުވަފެން ވަނީ ދެބަޔަކަށް ބެހިގެންނެވެ. އެއީ ﷲގެ ޙަޞްރަތުން އެނކަލާނގެ ހެޔޮ އަޅުންނަށް އިލާހީ އިލްހާމުގެ ގޮތުގައި ފެންނަ ހުވަފެނެވެ. ހެޔޮ ޙަލާލުތަކެތިން ބަނޑުފުރާ އަޅުކަންކޮށް އުޅޭ މީހުންނަށް ގިނައިން ފެންނާނީ އިލާހީ ތެދު ހުވަފެނެވެ. އެމީހެއްގެ ތަޤްވާވެރިކަމާއި އެއްވަރަށް އެކަމާއި ގުޅިގެން ހުވަފެން ތެދުވުމާއި ދޮގުވުން ބިނާ

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Image
މުޙައްމަދު ސިރުޙާން( ސިރޫ އާރޓްސް) ޤައުމީ ފުޓްބޯޅަ ދަނޑުން ވަގުތުން ޤައުމީ ފުޓްބޯޅަ މުބާރާތުގައި މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ދުވަހެކެވެ. މިހާރުގެ ޤައުމީޓީމަށް އަދި އެހާާމެ މުހިއްމުވެސް ދުވަހެކެވެ. ތައްޓެއް ލިބޭތޯކުރާ އުއްމީދެވެ. ޤައުމީޓީމް މިއަދުގެ މެޗަށް ނިކުންނައިރު ވަރަށް ހިތާމަވެރިކަމެއް ޓީމަށް ދިވާވެފައިވާކަމަށް ކޯޗް ނާވީޕިއްލޭވަނީ ވިދާޅުވެފައެވެ. މަނާޑްރަގްއަކަށް ޕޮސިޓިވްވެގެން ޓީމްގެ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ލިބެރަލްގެ އީބެރާޕިއްލޭ ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެބޭފުޅާއަށް ޤައުމީ ޓީމުން ޖާގަލިބިފައިވަނީވެސް ވަރަށް ވަރުންނެވެ. އާދެ! މިހާރު ޤައުމީޓީމް ޖާރޒީ ލަމުންދަނީއެވެ. އަންހެން ކުޅުންތެރިންވެސް ތިބީ އެއްކޮޓަރިއެއްގައިއެވެ. އަންހެން ކުޅުންތެރިއެއް ކަމުގައިވާ އޭނިޔާޕިއްލޭ އެއްޗެއް ބުނާ އަޑުއެބައިވެއެވެ. ''އަހަރެން ލާނީ ހަމައެކަނި ސޯޓެކެވެ. ފޫޅުންމަތި ބަހައްޓާނީ ހާމައަށެވެ. އާނފަހެ އެއީ ހަމަ މަސްކޮޅެއް ނޫންހެއްޔެވެ؟ ފިރިހެނުންނަށް ހަމައެކަނި ސޯޓުލައިގެން، މަތިން އެއްޗެއްނުލާ އުޅެވިފައި އަންހެނުންނަށް އެހެން ނޫޅެވެންވީ ކީއްވެހެއްޔެވެ؟ ރޭކޯ ޕިއްލޭ: '