މޮޔައީ ކޮންބައެއް؟
މުޙައްމަދު ސިރުޙާނު
އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޖަންގަލިތެރޭގައި ކުދި އަވަށްތަކަށް ރުޅިގަދަވެފައިވާ އެތެއްގެ ޙަމަލާތަކެއް ކުރިމަތި ވަމުންދަނީއެވެ. މިހާރު އެއްކަލަ އެތް އެދަނީ ކޯރުގެ ހަނިދިމާލުގައިވާ އަވަށާ ދިމާއަށެވެ. އެއަވަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެހާ ރައްޔިތުން ކަންބޮޑުވެ ހަދާނެ ގޮތްހުސްވެއްޖެއެވެ. " ޙިކުމަތްތެރި ގުރޫ ކައިރިއަށް ދަމާ ހިނގާށެވެ." އެތަނުން އެކަކުގެ ޚިޔާލު ފާޅުކޮށްލިއެވެ. މި ޚިޔާލަށް އަވަށުގެ މީހުން އެއްބަސްވިއެވެ.
ހަވީރުގެ އަޅުކަން ނިމޭހާ އިރުކޮށްފައި އަވަށު މީހުން އެއްކަލަ ގުރޫގެ ޖިފުޑި ކައިރިއަށް މޭވާތަކައިގެން އައެވެ. އަދި ވާހަކަދެއްކުމުގެ އިޒްނައަށް އެދުނެވެ. ގުރޫ ވަރަށް ހިނިތުންވެލާފައި އަވަށު މީހުން ގެނެސް އޭނާގެ ހަތަރު ޑިސައިޕަލްސްގެ ކައިރީ ބައިތިއްބައިފިއެވެ.

އަދި ކިޔަމަންތެރި އަޑަކުން، އެއްކަލަ އެތް އެ ވަށާ ދިމާއަށް އަންނަވާހަކަ ޚަބަރުކުރިއެވެ. " އޭ ޙިކުމަތް ތެރިޔާއެވެ. އަހަރެމެން މިތިބީ އެކަމާ ހަދާނެ ގޮތްހުސްވެފައެވެ. އަހަރެމެން އެކަމުން ސަލާމަތް ވާނެ ގޮތެއް ބުނެދީބަލާށެވެ."
ގުރޫ ކުޑައިރުކޮޅަކު ލޯމަރާލާފައި އިނުމަށް ފަހު ލޯ ހުޅުވާލަމުން ވާހަކަ ދައްކަންފެށިއެވެ. "އަހަރެން އަހަރެންގެ ހަތަރު ޑިސައިޕަލްސް މިކަމާ ބުނަނީ ކީކޭތޯ ބަލާލަން ބޭނުމެވެ." ހަތަރު މީހުން ވެސް ބުރަކަށި ސީދާކޮށްލާ ކުޑަކޮށް ކަރުކެހިލިއެވެ. އެމީހުންގެ ޢިލްމު ހާމަކޮށްލަން މިލިބުނު ފުރުޞަތަށް ޓަކައެވެ.
ފުރަތަމަ މީހާ: "އެ އެތް އަދި މިތާކަށް ނާދެއެއްނު، އަދި އެސޮރަށް މިހިސާބަށް ފޯރާނެ އިރެއްވެސް ނޭނގޭ، އެތަކީ ވަރަށް ބަރު، ޖާނުންވަރުގަދަ އެއްޗެއް، އެސޮރު މި އަވަށަށް ފޯރާނީ ވަރަށް ގިނަ އިރުން. ވީމާ މާ ހާސްވެގެން އުޅޭނެކަމެއްނެތް، އަހަރެންބުނާނީ އެސޮރު އަންނަށްވާއިރަށް ތައްޔާރުވަމާ ހިނގާށޭ، އެއްބަޔަކު އެސޮރު ހިފާނެ ގޮތެއްރާވާނީ ،އަދި އަނެއްބަޔަކު އެސޮރަށް ކާންދޭނެ އެއްޗެތި ތައްޔާރު ކުރާނީ، އަދި އަނެއްބަޔަކު އެސޮރު ބިރުގަންނަވާނެ އާ ގޮތްތައް ރާވާނީ. މިގޮތުން އަހަރެމެން ކުރަން ވަރަށް ގިނަ ކަންކަން އެބަހުރި. ވީމާ އަހަރެމެން މާގިނަވާހަކަ ނުދައްކާ އަހެރެން މިބުނި ކަންކަމައިގެން ކުރިއަށް ދަމާ ހިނގާ."
ދެވަނަ ޑިސައިޕަލް: ”އަހަރެން ވަރަށް ދެރަވެއްޖެ އެހާ އަވަހަށް އެ އެތަކީ ނުބައި އެތެއް ކަމަށް ނިންމީމަ، ފަހަރެއްގަ ވެދާނެ އެ އެތް އެއަންނަނީ އަހަރެމެންނަށް ބަރަކާތައިގެން ކަމަށްވެސް، އަހަރެމެންގެ ފޮތްތައް ބުނާގޮތުން އެތެއް އެތަނެއްގައިވަނީނަމަ އެއީ ރަނގަޅު ފާލެއް، އެ ސޮރު އެދުވެނަގަނީ ކޮންމެވެސް ޖާހިލު ބަޔަކު އެސޮރަށް ބިރުދައްކާ ގޯނާކޮށް ހެދީމަ ކަމަށްވާނީ، އަހަރެންނަށް ޔަޤީން އެ ސޮރަކުން އަހަރެމެންނަށް ގެއްލުމެއް ނުވާނެކަން، އެސޮރު އަހަރެމެންނަށް ގެއްލުމެއް ނުދީ މިއަވަށް ދޫކޮށްފަ ހިގައިދާނެ، ވީމާ އަހަރެމެން މާ ފިކުރު ބޮޑު ވާނެކަމެއްނެތް"
ތިންވަނަ ޑިސައިޕަލް ވަރަށް ރުޅިގަދަވެފައި އަވަށުގެ މީހުންނާ ދިމާލަށް ބުންޏެވެ. "އަހަރެންމެންގެ ކައިރިއަށް މޮޔަވެފައިވާ އެތެއްގެ ވާހަކަ ހިފައިގެން އައިސް އަހަރެމެން ރުޅި އަރުވަނީތަ، މިއަވަށަށް އެކަހަލަކަމެއް ވާން އުޅޭތީވެ ކަލޭމެން އަހަރެމެން ކުށްވެރި ކުރަނީތަ، ތިބުނަނީ އަހަރެމެންނަށް މިއަވަށް ސަލާމަތުން ބޭއްވުމަށް ކިއެވެލިތައް ނުކިޔެވޭ ވާހަކަތަ؟ ތިގޮތަށް އަހަރެމެންނާ ދޭތެރޭ ކަންކުރުމަކީ ވަރަށް ދެރަކަމެއް، ކަލޭމެން ކޮންމެހެން އަހެރެމެން ކުށްވެރިނުކޮށް ،ކަލޭމެން ކިޔަވަން ޖެހޭ ކިޔެވެލިތައް ކިޔަވަން ދޭ"
ފަހު ޑިސައިޕަލް: "މީ ހަމަ ޔަޤީނުންވެސް މަޅިއެއް ،ކަލޭމެން ތިހަދަނީ ދޮގު، އެއްވެސް އެތެއް ނާދެ އަހަންނަކަށް އެތެއް އަންނަކަމުގެ އެއްވެސް ޢަލާމާތެއް ނުފެނޭ، ތިކަހަލަ ވާހަކަތައް ޤަބޫލު ކުރާކަށް އަހަރެން ބޭނުމެންނޫން، އަހަރެން ބޭނުމެއް ނޫން ކަލޭމެންގެ ތިޔަ ދޮގު ޚަބަރުގެ ސަބަބުން އަހަރެން މިތާ މިގަހުގެ ހިޔަލުގައި މިހޭދަކުރާ އުފާވެރި ވަގުތުތަކަށް ބުރޫ އަރުވާކަށް"
މި ވާހަކަތައް އަޑު އަހަން ތިބި އަވަށު މީހުން އިތުރަށް ހާސް ވެއްޖެއެވެ. އެމީހުން ޝައުގުވެރިވެގެން ތިބީ، ހަމަޖެހިގެން އެވާހަކަތަށް އަޑުއަހަން އިން ގުރޫ ބުނާނެ އެއްޗަކާމެދުގައެވެ. "ވަރަށް އާދޭހާއެކު ބުނަމެވެ. ސާހިބާއެވެ. ސާހިބާ ވިދާޅުވަނީ ކީކޭތޯއެވެ؟"
ކުއްލިއަކަށް ގުރޫ އަސާގަނޑު ވިއްދާލާފައި ކުނާމަތިން ތެދުވަމުން ގުރޫގެ ވިސްނުން ހުރިގޮތް ހާމަކޮށްލިއެވެ." އަހަރެންބުނާނީ ރުޅި ގަދަ ވެފައިވާ އެތެއް އެބަ އާދެއޭ. ކަލޭމެން ކަލޭމެންގެ އެތިކޮޅު ހިފައިގެން ދުވެ ފިލާށޭ!"
އަހަރެންގެ ފިކުރު ހުރިގޮތް ތިބާގެ ކައިރީ ބުނަން ހެއްޔެވެ؟ މި އަމާން ދިވެހި ރާއްޖެއަށްވެސް މި ކަހަލަ އެތެއް އެބަ އާދެއެވެ. އެތުގެ ނަމަކީ "އަނެއް ފިކުރު"އެވެ. އެއްބަޔަކަށް އެފިކުރުގެ ޢަލާމާތްތައް ނުފެނި ދާނެއެވެ. އަނެއް ބަޔަކަށް ހަމަ އެކަނި ރޭޑިއޯއިން އަޑު އިވިދާނެއެވެ. އަނެއްބަޔަކަށް އިންޓަނެޓު ސައިޓު ތަކުން ފެނިދާނެއެވެ. އަނެއްފިކުރަކީ މޮޔަވެފައިވާ އެތަށް ވުރެ މާ ނުރައްކާގޮތަކަށް މޮޔަފެވައިވާ އެއްޗެކެވެ. ވާނީވެސް އެހެންތާއެވެ. މޮޔަމީހުންވެސް ޤަބޫލުކުރާގޮތުގައި އަނެއް ފިކުރު ވަނީ މޮޔަވެފައެވެ. މިފިކުރު ސައިޓުތަކާއި ރޭޑިއޯތަކުން ދަތުރުކޮށް ރެސްޓުނަގަނީ އަނެއް ފިކުރަށް ލޯބިން މަރުދަން ޖެހޭ މީހުންގެ ސިކުނޑިތަކުގައެވެ. އެފިކުރު ސިކުނޑިއަށް ވަނުމުން ވަރަށް ތަފާތު ގޮތްގޮތް ވާންފަށައެވެ. އަނެއް ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ބުނެދެން ހެއްޔެވެ؟ މިކަމަށް ލެބޯޓްރީ ޓެސްޓްތަކެއް ބޭނުމެން ނޫނެވެ. ފަހަރެއްގައި ތިބާގެ ސިކުނޑީގައިވެސް އަނެއް ފިކުރު ވަކިހިއްޕާލާފައި އިނދެދާނެއެވެ. އެކަމަކު އެކަން އިނގޭނީ މިލިޔުން ކިޔާ ނިމޭގަޑީ ގައެވެ. އެ ގަޑީގައި ތިބާ ރުޅި ގަދަވެއްޖެނަމަ ދެން އަހަރެން ބުނާނީ މިހާރު ސައިޓުތަކުން ފެންނަ ގޮތަށް ދެން ލަލަލާއެވެ. އަނެއް ފިކުރުގެ މީހުން ކައިރީ ޙަދީޘެއް ކިޔުމުން ބުނަނީ ތީ ތިމަންނަ ޤަބޫލު ކުރާއެއްޗެއް ނޫނޭއެވެ. ތިމަންނަ ޤަބޫލުކުރަނީ ހަމައެކަނި ޤުރްއާނެވެ. ޤުރްއާނުން އާޔަތެއް ކީމާ ބުނަނީ ތިޔަކަމެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ދެން ސިކުނޑިއަށް ވިސްނޭ ގޮތަށް ބުއްދީގެ ހަމަތަކުން ވިސްނަ ދޭން އުޅުނީމަ ބުނަނީ ކަލޭމެން ވައްހާބީ ފިކުރަށް ގޮސް ތިބި ބަޔަކުގެ އަނގައިން ނުކުންނަ އެއްޗިހި އަހަރެމެންގެ ސިކުނޑިތަކާ ކުޅުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާށެވެ. އަހެރެމެން ކަލޭމެންގެ ވާހަކަ އަޑު އަހާކަށް ބޭނުމެން ނޫނެވެ. އަދި އަނެއްފިކުރުގެ ވައިރަސް ފޯރާފައިވާ މީހުން ޤަބޫލުކުރާގޮތުގައި އިންސާނުންނަށް ލިބިގެންވާ މި ބުއްދިވެސް އަދި ފުރިހަމައެއް ނުވެއެވެ. ތެދެކެވެ. ވައިރަސް އައިސް ސިކުނޑި ވަނީ ދޮވެލާފައެވެ. އުނިކޮށްލާފައެވެ. އެމީހުން ބުނާ ގޮތުން އިންސާނުންގެ ސިކުނޑި ދަނީ އިވޯލްވު ވަމުންނެވެ. އެމީހުން މަރުވަން ވާއިރު އެބުނާ ކަމެއްވާނެބާއެވެ؟ ލޮލުގައި ޑާވިންގެ އަނދުންއަޅާ ނުވަތަ ހުޅަނގުން އެތެރެކުރި "މޭޑް"އިން އިންގްލޭންޑް ޖެހި އައިނެން އެޅީމަ އިސްލާމް ދީނުގެ އެއްވެސް ކަމެއް ރަނގަޅު ގޮތަކަށް ނުފެންނާނެއެވެ. އިސްލާމް ދީނަށް ފުރިހަމައަށް ވަންނަންޏާ އަނދިރިކޮށް ތިޔަފެންނަ އަވި އައިނު ނަގާށެވެ. ތިމާ ބުއްދި ހަމަ ނުޖެހޭ މީހަކަށް ވުމަކީ އެހެން މީހުން މޮޔައިންނަށް ހަދަން ޖެހޭ ސަބަބެންނޫނެވެ. އެކަމަކު އަނެއްފިކުރު ގެ ވަބާގައި ޖެހި ބުއްދި ތަޣައްޔަރުވެފައިވާ މީހަކަށް އެކަން ނޭނގިދާނެއެވެ.
މިދެންނެވި ބާގައިގެ މީހުންނާވާހަކަ ދައްކާނީ ކިހިނަކުން ހެއްޔެވެ؟ ކޮން ހަމަޔަކުން ހެއްޔެވެ؟ އިންސާނާއަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ އިންސާނާއަށް ދެއްވި ބުއްދިއެވެ. އިންސާނާގެ ބުއްދިވެސް ނުފޯރާ ހިސާބުތައްވާކަން ހަމަ ބުއްދިން ވިސްނުމުން އެނގިގެން ދާކަން ހަމަ ބުއްދި ލިބިގެންވާ މީހަކު އިންކާރެއްނުކުރާނެއެވެ. މިސާލަކަށް ﷲ ގެ ޒާތު ފުޅު، ސުވަރުގެ، ނަރަކަ މިކަންކަމަށް އަހަރެމެންގެ ސިކުނޑި ނުފޯރާނެއެވެ. އެކަމު މިބުނާ ބާގައިގެ މީހުން އެމީހުން ގެ ސިކުނޑި މިކަންކަމަށް ނުފޯރައިގެން ނުވަތަ ގަބޫލުނުކުރެވިގެން ރުޅިގަދަވެ ނުވަތަ އެހެން މީހުން އެވާހަކަތައް ޤަބުލުކުރާތީ ފުއްޕާލައިގެން ކުޑަކުއްޖެއްހެން ދެފައިތަޅަމުން ގޮސް ވަންނަނީ މަންމަ ކަމަށް ހީކޮށް ރައީސް އޮފީހަށެވެ.
މިމަންޒަރު ހިތަށް ތަސައްވަރު ވުމުން ހަނދާންވީ އިމާމް ޝާފިޢީގެ ބަސް ފުޅެކެވެ. "އަހަރެންނަށް ޢިލްމުގެ އަހުލުވެރިންނާ ބަހުސްކޮށްގެން ކާމިޔާބު ލިބެއެވެ، އެކަމަކު ޖާހިލުންނާ ޖަދަލުކޮށްގެން ކާމިޔާބެއް ނުލިބެއެވެ." މިހާރު ރާއްޖޭގެ ޙާލަތަށް ކިހާ ފިޓްވާ ބަސްކޮޅެއްތޯއެވެ؟
މޮޔަ ގެރީގެ ބަލި، މިބުނެވުނީ ނުބައިކޮށް މޮޔަވެ ރުޅިގަދަ ވެފައިވާ އެތުގެ ވާހަކާގައި ގުރޫ ހެދި ގޮތަށް އަމިއްލަ އަވަށް ދޫކޮށް ފިލަން ހިނގައްޖެނަމަ ދިވެހިރާއްޖެ އަށް ވާނީ ކިހިނެއްހެއްޔެވެ؟ ހަމަހިލާ އެހެން ހަދައިގެން ނުވާނެއެވެ. މޮޔަވެފައިވާ އެހެން ފިކުރެއް އެބަ އަންނަކަން ޤަބޫލުކޮށް އެފިކުރު ހިފައިގެންގެނެސް ގުރައިދޫއަށް ނުވަތަ ރާއްޖޭގެ ފުރަތަމަ އަލަށް ޒުލެއްހަދާ އެތާ ބައިތިއްބަމާ ހިނގާށެވެ. އެމީހުންގެ ކާބަފައިންނަށް (ރާމާމަކުނު) އެހެން ޤައުމުތަކުގައި ހަދާ ގޮތަށެވެ. ނުވަތަ މަޖިލީހުގެ ތެރެއަށް ދޫކޮށްލާނީއެވެ. އޭރުން އެތާ މިހާރު އެހަޅެއްލަވާ މީހުންނާއެކު ހަމައެއްލަމައެއް ނެތި ހަޅެއްލަވަލަވާ ތިބެދާނެ ނޫންހެއްޔެވެ؟ އަނެއްކާވެސް މިބުނެވުނީ ކުށެކެވެ. މިހެން ހަދައިފިނަމަ ޢިއްޒަތްތެރި މެންބަރުން ނޭ ކިޔާފަ ނަމުންގޮވާ މުޚާތަބުކޮށް ދެން އެތަނުން ހެދިގެން ނުކުންނަ ޤާނޫނުތަކަށް ޖެހޭނީ ބޯލަނބާށެވެ. އޭރުން އެޖެހުނީ ކޮންތާކުހެއްޔެވެ؟ ގުރައިދޫގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ހަދާ ޤާނޫނަކަށް ބޯލަނބަން ޖެހިއްޖެނަމަ މާދަމާ ދިވެހިން ޖެހޭނީ އަންހެނުން ފިރިހެނުންނާ ހަމަހަމަވެ، ފިރިހެނުންވެސް އަދި އަންހެނުންވެސް ނިވާކުރަން ޖެހޭނީ ހަމައެކަނި ފޫޅާ ކަކުލާ ދެމެދެވެ. އަދި ކޮންމެ ދިވެއްސެއްގެ ކަރުގައި ބަނގުރާ ފުޅިއެއްވެސް އޮންނާނެތާއެވެ. މިކަމާވެސް އުފާކުރާނެ މީހުން ތިބޭނެކަމީ އަވިއައިނު ނާޅާ ބާލާލީމާ ފެންނަހެން ސާފުކޮން ފެންނާނެ ޙަޤީޤަތެކެވެ.
އެކަމަކު އޭރުން އެތަނަށް ވަރަށް މޮޅު ނަމެއް ކިޔޭނެއެވެ. މިހާރުވެސް ބައެއްމީހުން މަޖިލިހަށް "ޤައުމީ ޒުލޭ" ކިޔާވާހަކަ އަހަރެން ކޮންމެހެން ބުނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ބުނެލަން ބޭނުމީ އެހެން ޤައުމުތަކުގައި ޒޫ ބަލަން ދާމީހުންގެ އަތުން ލާރިނަގައިގެން ފައިދާވަނީ ޒުލުގެ ވެރިމީހުންނަށެވެ. ރާއްޖޭގެ ޒުލުން ފައިދާ ވަނީ ޒުލުގައި ފިލްމުކުޅެމުންދާ މީހުންނަށެވެ. ޒުލެއްވިއްޔާ ނުރައްކާ ޖަނަވާރާ ރީތިއެއްޗިވެސް އުޅޭނެއެވެ. މިކަހަލަ އާދަޔާ ޚިލާފު ޒުލެއްރާއްޖޭގައި ހެދިއްޖެ ނަމަ ކޮންމެހެން ރާ ފޮދެއް ނުލިބުނަސް އެޒުލުގައި އުޅޭ އެމީހުން ގެ ގޮތްތައް ޤަބޫލުކުރާ އަދި އެމީހުންގެ އަވައްޓެރިންނަށް ވާން އުޅޭ ބަޔަކު ބަލާލާ ހިތުން ޔޫރަޕުން ޓްއަރިސްޓުން އަންނާނެތާއެވެ. އަހެރެންގެ މިލިޔުމުގައި މިބުނީ ހިއްލަތުމެންގެ ނުވަތަ ރީކޯ މޫސަމެންގެ ވާހަކަކަމަށް މިލިޔުން ކިޔާމީހަކަށް ހީވެދާނެތީވެ ބުނަމެވެ. އަހަރެން މިލިޔުމުގެ އެއްވެސް ތަނެއްގައި އޭގެން ބޭފުޅެއްގެނަމެއް ނުލިޔަމެވެ. އެބޭފުޅުންނަކީ އަހެރެން ވަރަށް އިޙްތިރާމް ކުރަން ބޭނުންވާ ބޭފުޅުން ތަކެކެވެ. އެކަމަކު އަދި އެކަން ވާކަށް ނެތެވެ.

hey this is jibue dho? keep it up man... your writing is superb..
ReplyDeletehama buddhi eh libun dhuwahakun moya ee kaakukan bunedheyynan, (i love national geographic)
ReplyDelete