ސެޓްފިކެޓަކީ ހަމައެކަނި މީހާ ޢިލްމުވެރިޔަކަށްވާ ސަބަބެއްވެސް ނޫނެވެ.
މޮޅުކޮމެންޓް،ދޮންވެލި
މިއީ ވަރަށް ތަނެއް ދޮރެއް ބެލުމެއްނެތި، ދިވެހިންނަށް އޮޅުވާލުމަށްޓަކައި ނަސްރުﷲ ލިޔުއްވާފައިވާ ލިޔުމެއްކަމުގައި ދެކެމެވެ. މިގޮތުން.......ލިޔުމުގައި މައިގަނޑުގޮތެއްގައި ބަޔާން ކުރެވިފައިވަނީ ޝެއިޚް އަބްދުއްރަޙީމް ގްރީން ގެނައުމަށް ޖަމިއްޔަތުއް ސަލަފުން އެދުމުން އޭރުގައި އެހުއްދަ ނުދެއްވާފައި ޑރ. ޒާކިރު ނައިކައަށް އެއްވެސް ހުއްދައަކަށް ބެލުމެއް ނެތި ހުއްދަ ދެއްވީ ކަމެވެ. ހަޤީޤަތަކީ މިއީ މިލިޔުމުގައިވާ އެންމެ ބޮޑު އޮޅުވާލުމެވެ. ސަބަބަކީ ޖަމިއްޔަތުއް ސަލަފުން އެދުނު އެދުމުގެ މައްޗައް ޝެއިޚް އަބްދުއް ރަޙީމް ޤްރީން ރާއްޖެ ގެނައުމުގެ ހުއްދަ މިހާރުވަނީ ދެއްވާފައެވެ. ވީމާ ޑރ. ޒާކިރު ނައިކް އަށް ހުއްދަ ދީފައިވަނީ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށްވެސް ހުއްދަ ދެއްވި ޤަވާއިދުގެމަތިންކަން އޮޅުމެއްނެތި އެގެއެވެ. އެހެން އެކަން އޮތްއިރު ޢަބްދުއްރަޙީމް ގްރީންއަށް ހުއްދަ ދެއްވި ވާހަކަ ލިޔުމުގައި ބަޔާންކުރުމަކާ ނުލާ، ހުއްދަ ނުދެއްވައޭ ކިޔައި އޮޅުވާލުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
.........އަނެއްކަމަކީ މި ލިޔުން ބެލެވިފައިވަނީ ޖަމިއްޔަތުއް ސަލަފާއި އިސްލާމިކް މިނިސްޓްރީއާއި އިތުރަށް ޖެއްސުމަށް ކުރެވިފައިވާ މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މުސްލިމުންގެ ތެރޭގައި އުޅޭ އެއްބަޔަކު އަނެއްބަޔަކު ފިތުނަވެރި ކުރުވައި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އިސްލާމު ދީނުގެ އަދުއްވުންގެ މަސައްކަތެކެވެ. މިލިޔުމުގައި މަސައްކަތް ކުރެވިފައިވަނީ މިހާރުވެސް އުފެދިފައިވާ ފިތުނަވެރިކަމުގެ އަލިފާންގަޑުގެ ތެރެއަށް އިތުރަށް ދަރުއަޅައި ބޮޑުކުރުމެވެ. ވީމާ ދިވެހިން އެކަމަށް ސަމާލުވުމަށް ގޮވާލަމެވެ...........ލިޔުމުގެ ހެޑްލައިންގައި "ޑރ. ޒާކިރު ނައިކަށް ރާއްޖޭގައި ފަތުވާދިނުމުގެ ހުއްދަދޭންވުމުން ގަވައިދަކަށް ބަލާކަށް ނުޖެހޭ" މިހެން ލިޔެފައި ވެއެވެ. ޑރ. ޒާކިރު ނައިކް ރާއްޖެ ވަޑައިގަންނަވަނީ ފަތުވާ ދިނުމަށް ކަށް ނޫނެވެ. ތަޤރީރު ކުރުމަށެވެ. ނަސްރުﷲ ބޭފުޅަކަށް ފަތުވާއާއި ތަޤްރީރުގެ ހުރި ތަފާތު އެނގިލައްވާނެކަން ކަށަވަރެވެ. އެހެން އެކަން އޮތްއިރު ސުރުހީގައި ތަޤްރީރޭ ޖެހުމުގެ ބަދަލުގައި ފަތުވާއޭ ޖައްސެވުމުގެ ބޭނުމަކީ ކޮބާބާއޭ ހިތަށް އަރައެވެ؟ ނަސްރުﷲގެ އެހެންވެސް މިފަދަ ލިޔުންތަކަށް ބަލާލުމުން މިކަމުގެ ސަބަބަކަށް އަޅުގަނޑަށް ފެނުނީ ނަސްރުﷲ ބޭނުންފުޅުވާ ޕޮއިންޓް ޕްރޫވް ކޮށްދިނުމަށް ހަމައިން ބޭރުވާކަމެވެ. ކަންކަމުގެ އަސްލު އޮޅުވާލާކަމެވެ..............ދެންއޮތީ ޑރ. ޒާކިރު ނައިކްގެ އަނބިކަބަލުންނާއި ދަރިކަލުންގެ ވާހަކައެވެ. އިސްލާމު ދީނުގައި ޢިލްމުވެރިޔަކަށް ވަނީ ހަމައެކަނި ސެޓްފިކެޓެއް އޮވެގެނެއް ނޫނެވެ. އަދި ކިޔެއް ސެޓްފިކެޓަކީ ހަމައެކަނި މީހާ ޢިލްމުވެރިޔަކަށްވާ ސަބަބެއްވެސް ނޫނެވެ. މިއަދުގެ ދުނިޔޭގައި އިސްލާމް ދީނުގެ ޝެއިޚްއަކަށް ނުވަތަ އިލްމުވެރިޔަކަށް ވެވޭ 2 ގޮތެއް އޮވެއެވެ. އެއްގޮތަކީ ކުރީޒަމާނުގައި ވެސް މީހުން ކިޔަވައި އުޅުނު ގޮތަށް ޢިލްމުވެރިންގެ އަރިހުން ދީން އުގެނުމެވެ. އަނެއްގޮތަކީ މިޒަމާނުގައި ގިނަ ޝެއިޚުން އުގެނިވަޑައި ގަންނަވާފަދައިން ޔުނިވާސިޓީ ފަދަ ތަނަކުން ތައުލީމު ހާސިލް ކުރުމެވެ. މިގޮތުންބަލާއިރު ޑރ ޒާކިރު ނައިކްގެ އަނބިކަބަލުންނަކީ މި 2 އުސޫލުންވެސް ތަޢުލީމު ހާސިލްކޮށްގެން ހުންނެވި ބޭކަނބަލެކެވެ. އަދި މިއަދު ދުނިޔޭގައި ހިންގޭ އެންމެ ފާހަގަ ކޮއްލެވޭ އެއް އިންޓަނޭޝަނަލް އިސްލާމިކް ސްކޫލްގެ ސުޕަވައިޒަރެވެ. އަނެއްކޮޅުން ދަރިކަލުން ފާރިޤް ނައިކް އަކީވެސް މަތީގައި ބަޔާން ކުރެވުނު ދެގޮތުންވެސް ތަޢުލީމު ޙާސިލްކޮށްގެން އަދި ކުރަމުންދާ ޒުވާނެކެވެ. މިހެން މިކަން އޮތްއިރު ޢަބްދުއްރަހީމް ގްރީން އަށް ހުއްދަ ނުދިނޭ އެކަމަކު އެމީހުނަށް ހުއްދަ ދިނީއޭ ކިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އަނެއް ކޮޅުން ތިއީކީ ތެދު ވާހަކައެއްވެސް ނޫނެވެ. އަބްދުރަޙީމް ގްރީންއަށް ވަނީ ހުއްދަ ދީފައެވެ. ........ވީމާ ނިންމާލަމުން ބުނެލަން އޮތީ ނަސްރުﷲގެ ވާހަކަފުޅުތަކަކީ ﷲއަށް ޓަކައި ބަޔަކަށް ހެޔޮ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޔަތުގައި ލިޔެވޭ ވާހަކަފުޅުތަކެއް ނަމަ، ވާހަކަތައް ލިޔުއްވާއިރު ކަންކަމުގެ ހަޤީޤަތް ނޯޅޭގޮތަށް އޮޅުވާނުލައްވައި، ތެދު ޚަބަރު ލިޔުއްވާށެވެ. އެހެންނޫންނަމަ ތިޔަވާހަކަފުޅުތަކަކީ ފިތުނަވެރިކަމާއި ރުޅިވެރިކަން އިތުރުކުރުމަށް ލިޔެވޭވަހަކަ ތަކަކަށް ނޫނީ ނުވާނެއެވެ. ވީމާ ލިޔެވޭ ކޮންމެ ވާހަކައަކީވެސް ﷲގެ ހަޟުރަތުން ސުވާލު ކުރެވޭނެ ވާހަކަތަކެއް ކަން ހަދާން ބެހެއްޓުމަށް ތިބާއަށާއި އަޅުގަނޑަށް ހަނދާންކޮއްދޭހާލު މިފަދަ ދޮގާއި އޮޅުވާލުން ހިމެނޭގޮތަށް ވާހަކަތަށް ނުލިޔުއްވުމަށް ނަސޭހަތްތެރިވަމެވެ. މުރާސިލް
Comments
Post a Comment