Posts

Showing posts from December, 2009

ފަލަސްޠީނޫގެ ޙާލުގެ ދުލުން

Image
ފަލަސްޠީނޫގެ ޙާލުގެ ދުލުން މުޙައްމަދު ސިރުޙާން އެކިއެކި ޒަމާންތަކުގައި، الله ގެ ދީނަށް ގޮވާލުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ބައެއް ބޭކަލުންގެ މާތް ފައިންޕުޅުތައް އަހަރެންގެ ހަށިގަނޑުގައި ބީހުނެވެ. އަހަރެންގެ މަތިވެރިކަން الله ގެ ކަލާމްފުޅު ކީރިތި ޤުރުއާން ބައްލަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آَيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ "(سورة الإسراء) މާނައީ : އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް ޢަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެއީ އެތާގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެންމެ

މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

Image
މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު މުޙައްމަދު ސިރުޙާން "އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ވަޤުތުތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ ތިބާގެ ބައެއް އުނިވެގެން ދިޔައީއެވެ." މިޔަދާއި ހަމަޔަށް އަޅުގަނޑުމެންގެ ކިބައިން ކިހާ ބައެއް އުނިވެގެން ހިނގައްޖެތޯއެވެ؟ ބާކީ އޮތީ ކިހާވަރެއްތޯއެވެ ؟ މިދުނިޔެ މައްޗަށް ނޭވާލާނީ ކިތައް ދުވަހު ތޯއެވެ؟ ކެއްކި ބޮނޑިބަތްއެތީގެ ހޫނުކަން ނުކެނޑެނީސް އެބައިވެސް އުނިވެގެން ހިގައިދާނެއެވެ. އެއީ މިކާއިނާތުގެ ޤާނޫނެވެ. އެކަމާ ދެކޮޅަށް ތެދުވެވޭނީ ކޮންފަރާތަކަށް ހެއްޔެވެ؟ ބުއްދިވެރީންނަކީ ޙަޔާތުން ފާއިތުވި ބައިން ޢިބުރަތް ޙާޟިލްކޮށް ކުރިޔަށް އޮތްތާގައި ހިތްވަރާ ޢަޒުމާ އެކު ކުރިއަށްދާ މީހުންނެވެ. ފެންތައްޓެއް ބިމަށް ވެރުމުން އެކަމާ ހިތާމަ ކުރުމަކީ ތިމާގެ ނަފުސަށް ގެއްލުންދިނުން ނޫން ދެން ކޮންކަމެއްތޯއެވެ ؟ ޙަޔާތުން ފާއިތުވި ދުވަސްތަކާމެދު ރޮއެ ހިތާމަކުރިއަސް، އެދުވަސްތައް އަނބުރައި ނާންނާނެއެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހިތްވަރާއި ޢަޒުމާ އެކު ﷲ ގެ ރުހިވޮޑިގަތުން ލިބޭ މަގުން ހިނގޭތޯ ބައްލަވާށެވެ. އޭރުން އެދެވެނީ އެއިލާހުގެ

ފެންބޯތަށި

Image
ފެންބޯތަށި މުޙައްމަދު ސިރުޙާން އަހަރެން އިންސާނާއަށް ވަރަށް ގިނައިން އެހީވަމެވެ. އެކަމަކު އެމީހުން އަހަރެން ބަހައްޓާފައި ހުންނަނީ އެކޮޅުކޮޅުންނެވެ. އަދި ބައެއްފަހަރު ތަނެއްގައި ބަންދު ކޮށްފައިވެސް ބަހައްޓަފާނެއެވެ. އިންސާނާ އަހަރެންގެ މަތީން ހަދާންވަނީ ފެން ބޮވައިގަތީމައެވެ. ނުވަތަ އިންސާނުން އެބައިމީހުން ކެއުމަށް އިންސާފު ކުރާ އިރުއެވެ. އަހަރެން އިންސާނުންނަށް އެހީވުމުގައި އެތައް ޒަމާނެއް ހޭދަކޮށްދީފީމެވެ. މުއްސަނދި މަހުޖަނުންނާއި ފަޤީރުން އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތު މާއްދާ ތަކުންނެވެ. އަހަރެންގެ ޢާއިލާގެ ގިނަ މެންބަރުން އުފެދިފައި ހުންނަނީ ވަރަށް ސާފު އަދި އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ކަހަލަގޮތަކަށެވެ. މިޒަމާނަކަށް އައިސް އަހަރެން ތަފާތު ސިފަސިފާގައި ހަދާއުޅެއެވެ. އަހަރެމެންގެ ގައިގާ ތަފާތު ކުރެހުންތައް އަޅާފައި ހުރެއެވެ. ގެތަކުގެ ސިޓިންރޫމުތައް ފަޅުފިލުވުމާއި ކޮޓަރިތައް ޒީނަތްތެރި ކުރުމުގައި އަހަރެންގެ ބޭނުން ހިފައެވެ. އަހަރެންގެ ހަށިގަނޑު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ޝަރުތަކީ އަހަރެންނަށް ދިޔާ އެއްޗެތި ހިފެހެ

ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ...

Image
ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ މުޙައްމަދު ސިރުޙާން ބޮކެއް ފެންއެއްޗެކަށް ލުމަށްފަހު މަޑުމަޑުން ހޫނުކުރަމުން ގޮސް އެބޮއް މަރާލެވިދާނެއެވެ. ނަމަވެސް ބޮކެއް، ހޫނުކޮން ހުރި ފެންއެއްޗެކަށް ލައިފިނަމަ އޭތި ވަގުތުން ފެންއެތިން ބޭރަށް ފުންމާލާނެއެވެ. އަހަރެން މިކަން ތަޖުރިބާ އެއް ނުކުރަމެވެ. ނަމަވެސް އަހަރެން ކުޑައިރު މޫދުން މަސް ހިފައިގެން ގެނެސް އެމަސް ފެނަށް ދިރުވަމެވެ. ފުރަތަމަ ހަދާގޮތަކީ އެމަސް އިން ލޮނުފެންއެތި ތެރެއަށް ކުޑަ ފެންފޮދެއް އަޅަނީއެވެ. އެގޮތަށް ބެހެއްޓުމަށް ފަހު ޖެހިގެން އަންނަދުވަހު ފެން އިތުރު ކުރަމެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ފެނުގެ މިންވަރު އިތުރު ކުރަމެވެ. މިގޮތަށް ހަދަމުންގޮސް އެކީ އެމަސް ފެނަށް ދިރެއެވެ. ދެން އެމަސް މަސްޓޭންކަކަށް ނުވަތަ ވަޅަށްލަމެވެ. އެމަސް އެވަނީ ފެނަށް ހޭނިފައެވެ. އެމަހަށް ހީވަނީ ލޮނުގަ އުޅެވޭހެންނެވެ. ހަމަ މިގޮތަށް އިންސާނުން ވެސް އޭނާ އުޅޭ މާހައުލަށް ހޭނިގެން ދެއެވެ. އޭނާ އުޅޭ މާޙައުލުން ރަނގަޅު ކަންކަމާއި ގޯސްކަންކަމަށް ސިފަތަށް އިންސާނާ ލިބިގަނެއެވެެ. ރަނގަޅު ގޯސްބަލާ އަޞްލު ތިލަފަތް އެބަހީ ޤުރުއާނާއި ސުންނަތް ދޫކޮށް، އެތިލަފަތަކީ

ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު

Image
ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު މުޙައްމަދު ސިރުޙާން ފުރަތަމަ ސުވާލު: ތިބާއަކީ ކާކު ހެއްޔެވެ؟ އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ. ނުވަތަ ޗާންސަކުންނޭ ބުނެފިނަމަ ތިބާ މިހާރު ވަގުތުން އަޅުގަޑު ގެ މަތިން ނަޒަރު ނަންގަވައި އެހެން ދިމާލަކަށް ހިނގައިދާނެއެވެ. މިދުނިޔެއާ ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގާލިޔަސް މިދެންނެވި ޙަޤީޤަތް ހާމަވާނެއެވެ. އެ އެއްޗެތި އުފެދުނީ އަމިއްލައަށޭ ބުނެވިދާނެތޯއެވެ؟ މިހާރު އެހެރަ އަންނަނީ ތިބާގެ ތުއްތު ދަރިފުޅު ރޮމުންނެވެ. ދަރިފުޅު ވާހަކަދައްކަން ފެށީ އިހަށް ދުވަހުއެވެ. ދަރިފުޅު ކައިރީ ރޮނީ ކީއްވެތޯ ސުވާލުކޮށްބަލާށެވެ! ދަރިފުޅު ބުނާނީ ބޭބެ ޖެހީކަމުގައެވެ. އެ ތުއްތުކުއްޖާ ވެސް އެ އެއްބަސްވީ ކޮންމެ ޢަމަލަކަށް އެ ޢަމަލެއް ގެނައި ފަރާ