ޒާކިރު ނައިކް އަކީ ދީނީ ޢިލްމުވެރިއްވެއްޖެޔާ މަވެސް މީ ދީނީ ޢިލްމުވެރިއެކެވެ. އުސްތާޒް ހިއްލަތު


އުސްތާޒް ހިއްލަތު

މިހާރު އެއްމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ އިންޑިޔާއިން ޒާކިރު ކިޔާ މީހަކު ދީނީ ނަސޭހަތް ދޭން ގެންނަ ވާހަކައެވެ. މިއީ އަދި ރާއްޖެއަށް މުޅިން އާމީހެއް ނޫނެވެ. ހާބަރު ކަޑައަކަށް ސައިބޯލަން ދިޔަސް، ގެއަށް ވަނަސް، ޕީސްޓީވީ އޭ ކިޔާ ޗެނެލަކުން މީނާގެ 'މޮޅުވާހަކަ' ދައްކާތީ ފެނެއެވެ. ކޮންމެއަކަށް މިކަމަކާ މިއުޅޭ 'ދީނީ' މީހުންގެ ތެރޭ މިއަރުވަނީކީ އާދައިގެ ފޯރިއެއް ނޫނެވެ. ހަވީރު ނޫހުގައި ބުނެފައިވާ ގޮތުން މިއީ މާމޮޅު ދީނީ ޢިލްމުވެރިއެކެވެ. މީހަކު އަޖައިބުވެ އަންތަރީވެސް ވެދާނެއެވެ. ދީނީ ޢިލްމުވެރިއަކަށް ވަނީ "ދީނީ" (ތުނބުޅިލާފައި ބޮލުގައި އެއްޗެއްއަޅާ) މީހަކު ކޮމެވެސް ކަހަލަ ޢިލްމެއް ހޯދީމަހެއްޔެވެ؟ މިހެން މިބުނީ، މި ޒާކިރަކީ އިސްލާމީ އެއްވެސް މަދަރުސާއަކުން ނުވަތަ ޔުނިވާރސިޓީއަކުން، އަދި އެދުރުގެއަކުންވިޔަސް އެއްވެސް ކަހަލަ ރަސްމީ ދީނީ ތަޢުލީމެއް ހޯދާ، އެއްވެސް ދީނީ ފާހެއް ލިބިގެން ހުރި މީހެއް ނޫންވީމައެވެ

އެކަމު ހަމަ މިމީހާ ރާއްޖެގެނެސްގެން ދިވެހިންނަށް ދީން އުނގަންނައިދޭން މިއުޅެނީ އިސްލާމިކް މިނިސްޓްރީންނެވެ. ދިވެހިރާއްޖޭގެ ފަސްގަނޑުގައި ދިވެހިރާއްޖެއަށް އުފަން ދިވެހިންނަށް އެމީހުންގެ އަޤީދާއާއި ދީނާ ބެހޭގޮތުން ވާހަކަ ދައްކާ އުޅުން އޮންނަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނެއްގެ ދަށުން މުޅިން މަނާވެފައެވެ. މިހާރު މީގެ ދަށުން ހެދުމަށް (ޖަމިއްޔަތުއްސަލަފުގެ ލަފަޔާއި އިރުޝާދުގެދަށުން) ނިންމާފައިވާ ގަވާއިދުގެ ޑްރާފްޓް ގައިވެސް ދީނީ ޢިލްމު އުނގެނިގެން ތިބޭމީހުން ދީނީ ނަސޭހަތް ދިނުމަށް ބުނެފައިވެއެވެ. އަދި ހަމަ އެހެން އިސްލާމިކް މިނިސްޓްރީން ދީނީ ތަގްރީރު ކުރުމުގެ ހުއްދަދޭ އުސޫލުތަކުގެ ތެރޭގައިވެސް މިކަން ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. ކަން މިހެން އޮތް އިރު، ޑރ.ޒާކިރު ނައިކު އަށް ދީނީ ތަގްރީރު ދިނުމުގެ ހުއްދަ ދިނީ ދިވެހި ރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުތަކާއި ޤަވާއިދު ތަކާ ޚިލާފަށް ކަމަށް އަންނަށް ފާހަގަ ކުރެވެއެވެ. ޒާކިރު ނައިކް އަކީ ދީނީ ޢިލްމުވެރިއްވެއްޖެޔާ މަވެސް މީ ދީނީ ޢިލްމުވެރިއެކެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ޢަރަބިބަސް ދަންނަމެވެ. ތުނބުޅިވެސް ކުރެއް ނުވާނެއެވެ. އަދި ދީނުގެ ހުކުމްތަކާއި އިސްލާމީ ތާރީހާއި، އަގީދާ އާ ގުޅުން ހުރި ޢިލްމުވެސް އަހަރެންނަށް ވީވަރަކުން އުނގެނެމެވެ.


ޒާކިރު އަށް ހުއްދަދީފައި ހުއްޓާލީކީ ނޫނެވެ، އޭނާގެ އަންހެނުން (ފަރުހަތި ނައިކު) އާއި، ފުރާވަރުގެ ފިރިހެން ދަރިފުޅު (ފާރިގު ނައިކު) ވެސް "ތަގްރީރު ކުރައްވާ" ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ހަވީރު ނޫހުން ބުނެފައިވެެއެވެ. މިޖެހުނީ ކޮންތާކު ހެއްޔެވެ؟ ރައީސް ނަޝީދު އައްޔަން ކުރާ އިސްލާމީ މިނިސްޓަރުގެ ހަރު މުދާގަނޑަކަށް ދިވެހި ރައްޔިތުންގެ ދީނީ ޢަޤީދާވަނީ ޤާނޫން އަސާސީގެ ކޮންމާއްދާއެއްގެ ދަށުން، ނުވަތަ ހެދިފައިވާ ކޮން ޤާނޫނެއް ޤަވާއިދެއްގެ ދަށުންތޯއެވެ؟ ރައީސް ނަޝީދު ދާދިފަހުން ހެނދުނު ހުތުބާގައި ބުނެފައިވަނީ މިނިވަން ޚިޔާލުގެ މީހުންވެސް ދީނީ މީހުންނާ ވާދަކޮށް އެމީހުންގެ ޚިޔާލާ ދެކޮޅަށް ޚިޔާލު ފާޅުކުރާށޭއެވެ. އަޅޭ އަހަރެމެން އިންޑިޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ގެންނަންބޭނުންވެއްޖެ ނަމަ ސަރުކާރުން ބަޖެޓު ދެއްވާނަން ތޯއެވެ؟ ދީނީ ގޮތުން މެދުމިނުގެ އުސޫލުތައް ގެންގުޅޭ، ދިވެހިން ޒަމާނުއްސުރެ އުޅެމުން އައި 'އިސްލާމްދީން' ގައި ހިފަހައްޓައިގެން ތިބި މީހުންނަށް ބޮޑު މިނިސްޓްރީއެއް ހަދާ، ދައުލަތުގެ އެއްމެ ހަރަދު ބޮޑު ވުޒާރާއަށް ހަދާލަދީފާނަންތޯއެވެ؟


ޒާކިރު އަކީ މެޑިކަލް ދާއިރާއިން ތަޢުލީމް ހާސިލްކޮށް އެމްބީބީއެސް ހޯދާފައިވާ މީހެކެވެ. އެކަމަކު މީނާ ކާންބޯން ކޮށް އުޅޭ މަސައްކަތަކީ އިސްލާމްދީނުގެ ވާހަކަ ދެއްކުމެވެ. ޚާއްސަގޮތެއްގައި އިސްލާމްދީނާއި އެހެންދީންތައް އަޅާކިޔާ، އިސްލާމްދީނާއި ސައެންސާމެދު ވާހަކަދެއްކުމެވެ. މީނާ ގެ ވާހަކަތަކުން މީހުން އާޝޯހު ކޮއްލާ ގޮތަކީ ހިތުދަސްކޮށްފައި ހުންނަ ހަދީސް އާއި އާޔަތް އަދި އެހެންދީންތަކުގެ ފޮތްތަކުގެ ތަންކޮޅުކޮޅު ވަގުތުން ކިޔާލުމެވެ. އަދި ލޮޖިކާއި ސައެންސް ގެ ނިވަލުގައި ހުރެ ލޮޖިކާއި ސައެންސަށް ހަޖޫޖެހުމަކީ މީނާ ގެ "ދަރުސް" ތަކުން އާއްމުކޮށް ފެންނަ ކަންތައްތަކެވެ. ޤުރުޢާނަކީ ސައެންސް ފޮތެކޭ ހީވާ ދަރަޖައަށް މީނާ ޤުރުޢާނުގެ އާޔަތްތައް އެގޮތް މިގޮތަށް މާނަކޮށްގެން އުޅެއެވެ. ނަމަވެސް ހަގީގަތަކީ މުސްލިމުން ސައެންސްގެ އެއްމެ ކުރީ ސަފުގައި ތިބި ޒަމާނުގައިވެސް ދީނުގެ ޢިލްމާއި ސައެންސަކީ މަސްހުނިކޮށްފައިވާ ދެއެއްޗެއްނޫނެވެ. މިއީ އޮރިއެންޓަލިސްޓުންނާއި ހުޅަނގުގެ މުފައްކިރުން ފަށާފައިވާ އިސްލާމްދީނާ ބީރައްޓެހި ކަމެކެވެ. މީގެ ދެން ހުރިމީހާ އަކީ ތުރުކީ ވިލާތުގެ އަދުނާނު އޮކްތަރު ނުވަތަ ހާރޫނު ޔަހުޔާއެވެ. ދެމީހުންނަކީވެސް ފައްކާ ދެ ރޯނުއެދުރުންނެވެ. އެނގޭއެއްޗެއްވެސް ނޯވެއެވެ.ނޭނގޭ އެއްޗެއްވެސް ނޯވެއެވެ.


އެކި ދީންތަކުގެ މީހުންގެ މެދުގައި ނަފްރަތު އުފައްދާ، އިސްލާމްދީނުގެ އެކި ފިކުރުތަކުގެ މީހުންގެ ނުރުހުން ލިބިގެން ވާ މީހެއްކަމުގައި ޒާކިރުވެއެވެ. މިގޮތުން މީނާގެ ދަރުސް ތަކަށް ބަރޯސާ ނުވުމަށް އިންޑިޔާގެ ދާރުލް ޢުލޫމް ދިއޯބަންދް އިސްލާމީ މަދަރުސާއިން ފަތުވާނެރެފައިވާ އިރު ދަ ޝަރީޢާ ބޯރޑް އޮފް އެމެރިކާ އިން އަދި ޕާކިސްތާނުގެ އިފްތާ ބިއްނޫރިއާ އިންވެސް ވަނީ އެއީ ޢިލްމެއްނެތި ދީނުގެ ވާހަކަދައްކާ މީހެއްކަމަށާއި، އެކަން ހުއްޓުމަށް ގޮވާލާ ފަތުވާނެރެފައެވެ. އަދި 2008 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިޔާގެ ލަކްނޯ ގެ ހިސާބެއްގައި އޭނާގެ ދަރުސް އެއް ދީނީ ޢިލްމުވެރިންގެ އެދުމުގެ މަތިން ސަރުކާރުންވެސް މަނާކޮށްފައިވެއެވެ. އެސަރަހައްދުގެ ޢިލްމުވެރިންގެ ތެރެއިން ބައެއްމީހުން އޭނާ އަކީ ކާފަރެއްކަމުގެ ފަތުވާވެސް ނެރެފައިވެއެވެ. އަދި އޭނާއަކީ އުސާމާބިން ލާދިންއަށް ތާއީދުކުރާ މީހެކެވެ. ޝީޢީ، ސުންނީ އަދި ސޫފީ އެތައްޖަމާޢާތަކުން މީނާއާ ދެކޮޅަށް ވާހަކަދައްކާފައިވެއެވެ..


ދީނީ ޢިލްމުވެރިއަކަށްނުވާ މީހަކު ގެނެސްގެން ރާއްޖޭގައި ދީނީ ނަސޭހަތްދޭން މިއުޅެނީ، ދިވެހިންގެ ބުއްދީގައި ދީންފަހުމުވެ އެދީނަށް އަމިއްލަޔަށް އުޅުމުގެ ގާބިލްކަން ނެތީމާތޯއެވެ؟ ހަރަދު ކުޑަކުރަން އުޅޭއިރު މީނާގެނައުމުގެ ކަންތައްތަކަށް ދިވެހި ދައުލަތުގެ މާލިއްޔާއިން ކިޔާ ފައިސާއެއް ހަރަދު ކުރާނެތޯއެވެ؟ އިންޑިޔާގައި ދީން އުނގެނިގެން ތިބި ދީނީ އެތައްބައިވަރު ޢިލްމުވެރިންނެއް އެބަތިއްބެވެ. އެހެންނަމަވެސް އަދާލަތު ޕާޓީ ގެ އިސްލާމިކް މިނިސްޓްރީން މި މީހަކު ރާއްޖެ ގެންނަން މިވަރަކުން މިއުޅެނީ އޭނާ އަކީ އެމީހުންނާ އެއް އަޤީދާއެއްގެ، ނުވަތަ އެޔާ ގާތްކުރާ ވިސްނުމެއްގެ މީހެއްވީމައެވެ. އިންޑިޔާގެ ގިނަ އިސްލާމީ ޢިލްމުވެރިންނަކީ މިކަހަލަ ހަރުކަށި ފިކުރުތަކާ ދެކޮޅުބައެކެވެ. މިރާއްޖޭގައިވެސް މިވީހާދުވަހު އޮތީ އެފަދަ އިސްލާމީ އުސޫލުތަކެކެވެ. އުސްތާޒުގެ މަތިވެރި ބްލޮގް

Comments

  1. މިކަމާ ހިއްލަތު މެންފަދަ މީހުން ކަތަންމެ ބިރުގަތަސް ޒާކިރު ނާއިކު ދިވެހި ރާއްޖެއަށް ގެނެސް އޭނާގެ ތަގުރީރު ގިނަ ބަޔަކު އަޑު އަހައި އިސްލާމް ދީނާއި ދޭތެރޭ ދިވެންގެ ހިތުގައި އޮތް ގަދަރު އިތުރުވެ ގެންދާނެއެވެ. ތިޔަ ބުނާ ޝީއީންންނަކީ ކޮން ބައެއްތޯ އާއި އެމީހުންގެ އަގީދާ ބަލާ ވިސނާލީމުހެއްޔެވެ؟ . ކޮންމެއަކަސް ހަމަ ކަށްވަރުންވެސް ހިއްލަތުމެން މިހާރު ޖެހޭނީ މކިފަދަ ކަންކަމުގައި ތިހެން ތިބޭށެވެ. ޒާކިރު ނާއިކުގެ ތަގުރީރު ކުރިއަށް ދާނެއެވެ. އޭނާއަށް ދިވެންހިގެ ތެރޭގައި އޮތް ގަދަރު ވާނީ އިތުރެވެ.

    ReplyDelete
  2. Your claims are basically a carbon copy of Ali Sinas' faithfreedom pathetic articles about Dr Naik. Firstly, Zakir Naik always mentions in his speeches, that Quran is not a book of 'SCIENCE', but it is a book of SIGNS. you're twisting the meaning there.

    Secondly, the one who mocks science is not Zakir Naik, but Charles Darwin is the greatest mocker of science, with his disastrous idea 'Darwin's theory of evolution'.

    Really are you one of those Anti-Muslim, with the belief that we came out of a bunch of monkeys?

    ReplyDelete

Post a Comment

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން