ޤާސިމް ނަޝީދަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގަތެވެ
ލިޔުނީ: ޖޭއާރް
ބަޔެއް ނިއުސް ކޮންފަރެންސްތަކާއި ސްޓޭޖު ތަކުގައި ނަޝީދަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އާދޭސް ދަންނަވައި ކީރިތި ކުރައްވާފައި ވެއެވެ. އަދި މާލީ ގޮތުންވެސް ޤާސިމް ނަޝީދަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގަތެވެ.
ޤާސިމްގެ ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ގުޅުނީ ވަރަށް ވަރުގަދަކޮށެވެ. އަދާލަތު ޕާޓީވެސް އޮތީ ޖުމްހޫރީ އިއްތިހާދުގެ ފޭ ރާމުގައެވެ. އެހެންކަމުން އެމްޑީޕީން ނެގީ ޖުމްހޫރީ ޕެކޭޖެކެވެ. ޖުމްހޫރީ ޕެކޭޖު ވެގެންދިޔައީ ނަޝީދަށް ދެވަނަ ބުރުގައި ލިބުނު އެންމެބޮޑު ހަދިޔާއަށެވެ. ސަރުކާރު ހޮވުމަށްފަހު ދެން ކަންވެގެންދިޔަ ގޮތުގެ ވާހަކަ ބާއްވާނީއެވެ.
ޤާސިމްގެ ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ގުޅުނީ ވަރަށް ވަރުގަދަކޮށެވެ. އަދާލަތު ޕާޓީވެސް އޮތީ ޖުމްހޫރީ އިއްތިހާދުގެ ފޭ ރާމުގައެވެ. އެހެންކަމުން އެމްޑީޕީން ނެގީ ޖުމްހޫރީ ޕެކޭޖެކެވެ. ޖުމްހޫރީ ޕެކޭޖު ވެގެންދިޔައީ ނަޝީދަށް ދެވަނަ ބުރުގައި ލިބުނު އެންމެބޮޑު ހަދިޔާއަށެވެ. ސަރުކާރު ހޮވުމަށްފަހު ދެން ކަންވެގެންދިޔަ ގޮތުގެ ވާހަކަ ބާއްވާނީއެވެ.
2013 ވަ ނަ އަހަރުގެ ވަރަށް ކައިރިވެއްޖެއެވެ. 2013 ވަނަ އަހަރުގެ ވާހަކަ ދެއްކުމާއެކު ކޮންމެ ދިވެއްސަކުވެސް އެންމެ ފަސޭހައިން ބުނެލާނީ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ. އެއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވި އެއަށްފަހު އޮތް 5 އަހަރު ދުވަހު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންބޭފުޅެއްތޯ ޔަގީން ވެގެންދާނެ އަހަރަށް ވާނެތީއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އާންމު ރައްޔިތުންގެ ވިސްނުން މިހާރު ހުރިއިރު ސިޔާސީ ބޭފުޅުންގެ ވިސްނުން ހުންނާނީ އެއަށްވުރެވެސް އުހުގައެވެ. އެހެންކަމުން 2013 ވަނަ އަހަރުގެ އިންތިޚާބާމެދު މިހާރުވެސް ސުވާލުތަކެއް އުފެދެމުން އެބަދެއެވެ. އިންތިޚާބު ކާމިޔާބު ކުރާނީ ކޮންޕާޓީއަކުންތޯ މިއީވެސް އުފެދޭ ސުވާލެކެވެ. 2013 ވަނަ އަހަރުން ފެށިގެން 5 އަހަރު ދުވަހު ދިވެހިންގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާނީ ކޮންބޭފުޅެއްތޯ މިއީވެސް އަދި ޖަވާބު ނުލިބޭނެ ސުވާލެކެވެ.
މިވަގުތު ޖަވާބު ނުލިބުނަސް ލަފާކޮށްފައި އެއްޗެއް ކިޔަން އެނގިދާނެއެވެ. މާޒީގައި ލިބުނު އިބުރަތާއި މުސްތަގްބަލް މާދުރުން ފެންނަން އޮތް ގޮތަށް ބަރޯސާވެއެވެ. އެފަދަ ވިސްނުމެއްގައި އިނގިލި ދިއްކުރެވޭނެ ކިތަންމެ ސިޔާސީ ބޭފުޅުންނެއް މިރާއްޖޭގައި އެބަތިއްބެވިއެވެ.
އެ ންމެ ފުރަތަމަ މާޒީއަށް ޖެހިލަމާ ހިނގާށެވެ. އެއަށްފަހު 2013 ވަނަ އަހަރަށް ދަތުރު ފަށާނީއެވެ. އެންމެ ފަހުން 2008 ވަނަ އަހަރު މިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަކީ ދިވެހި ތާރީޚުގައި އެންމެ ފަވާލެވޭނެ އިންތިޚާބެވެ. ސަބަބަކީ ގިނަ ސިޔާސީ ޕާޓީތަކުން ބައިވެރިވެ އެތަކެއް ބޭފުޅުންނެއް ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ވާދަކުރި އިންތިޚާބަކަށް އެއިންތިޚާބު ވެގެންދިޔައީތީއެވެ. އަދި 30 އަހަރު ދުވަހު އެއްބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވުމަށް ފަހު އާ ރައީސުލްޖުމްހޫރިއްޔާއެއް ދިވެހިންނަށް ލިބުނު އިންތިޚާބަކީވެސް ނިމިގެންދިޔަ ރިޔާސީ އިންތިޚާބެވެ. އަލްއުސްތާޒް މައުމޫން އަބްދުލްގަތްޔޫމްގެ ވެރިކަން 30 އަހަރަށް ފަހު ނިމި މުޙައްމަދު ނަޝީދުގެ ވެރިކަން ފެށިގެން ދިޔަ ފަހަރަކީ މިދެންނެވި ރިޔާސީ އިންތިޚާބާއެކުގައެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ރައީސް ކަމުގެ މަގާމަށް ވަޑައިގަނެވޭ ވަރަ ށް ވޯޓެއް ނުލިބުނެވެ. ޑީއާރުޕީގެ ކެންޑިޑޭޓް މައުމޫން އަބްދުލްގަތްޔޫމް އާއި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދު އާއި އަމިއްލަ ގޮތުން ކުރިމަތި ލެއްވި ޑރ. ޙަސަން ސައީދު އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ އިތުރުން އައިޑީޕީގެ ކެންޑިޑޭޓް އުމަރު ނަސީރާއި ލިބަރަލް ޕާޓީގެ އިބްރާހިމް އިސްމާއީލް ރައީސް ކަމުގެ ރޭހަށް ނުކުމެވަޑއަިގެން އެއްވެސް ބޭފުޅަކަށް ފުރަތަމަ ބުރުން ކާމިޔާބު ލިބިވަޑައިނުގަތުމުން ދެން ޖެހުނީ ދެވަނަބުރަކަށް ކުރިމަތިލާށެވެ.
ދެވަނަ ބުރަށް ވަޑައިގަތީ މައުމޫން އާއި ނަޝީދެވެ. ނަމަވެސް ދެވަނަ ބުރަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އެހީތެރިކަން ނުހޯއްދަވައި މައުމޫނަކަށްވެސް އަދި ނަޝީދަކަށްވެސް ކުރި ހޯއްދަވަން ފަސޭހަ ނުވާނެކަން އެއީ އޭރުވެސް ކަށަވަރު ކަމެކެވެ. ދެވަނަ ބުރުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ކުރިން މައުމޫންވެސް އަދި ނަޝީދުވެސް އަތް ދިއްކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި ޑރ. ޙަސަން ސައީދާ ދިމާލަށެވެ. ސަބަބަކީ ދެވަނަ ބުރުގައި ޤާސިމް އާއި ޙަސަނުގެ ސަޕޯޓަކީ މުހިންމު އެއްޗެއްކަން ނަޝީދާއި މައުމޫނަށް ވިސްނިވަޑައިގަތުމުންނެވެ.
ފުރަތަމަ ބުރުގައި މައުމޫނާއި ނަޝީދާ އެންމެ ކައިރިން ވާދަކުރެއްވި ޤާސިމް އިބްރާހިމް އާއި ޑރ. ޙަސަން ގުޅިވަޑައިގަންނަވަން ގަސްދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ނަޝީދުއާއެވެ. ޤާސިމް އާއި ހަސަން ނަޝީދުގެ އަތްޕުޅުގައި ހިތްޕެވުމާއެކު މައުމޫންގެ ޓީމަށް ލިބުނީ ނުހަނު ބޮޑު ލޮޅުމެކެވެ. ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެގިނަ ވޯޓު ހޯއްދެވި ޙަސަން އާއި ޤާސިމް، ނަޝީދުގެ ފަހަތްޕުޅުން ވަޑައިގަތުމަށް ނިންމެވުމުން މައުމޫންގެ ޑީއާރުޕީ ވަރަށްބޮޑަށް ހާސްވެގެން ދިޔައެވެ. ޙަސަން އާއި ޤާސިމް ފުރަތަމަ ބުރުގައި ހޯއްދެވި ވޯޓަކީ ނިސްބަތުން މަދު އަދަދެއް ނޫނެވެ. އަނެއްކޮޅުން ޤާސިމް ހަތަރުވަނައަށް ދިޔަނަމަވެސް އެމަނިކުފާނުގެ އެހީލިބިފައިވާ އެތައްހާސް ދިވެހިން މިރާއްޖޭގައި އުޅުމުން ފުރަތަމަ ބުރުގައި ޤާސިމް ހޯއްދެވި ވޯޓުގެ އަދަދަށްވުރެ އިތުރަށް ދެވަނަ ބުރުގައި ނަޝީދަށް ޤާސިމްގެ ފަރާތުން ވޯޓު ލިބޭނެކަމަށް ބެލެވުނެވެ.
މާޒީގެ ނަތީޖާ ވަރަށް ސާފެވެ. ޑރ. ޙަސަން އާއި ޤާސިމްގެ ވަރަށްބުރަ މަސައްކަތާއެކު މުޙައްމަދު ނަޝީދު ދިވެހި ޖުމް ހޫރިއްޔާގެ ރައީސް ކަމަށް ހޮވިވަޑައިގަތެވެ. ވަކިބޭފުޅަކަށް ބުރަނުވެ ހަގީގަތަށް އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ ދެވަނަ ބުރުގައި ނަޝީދަށް ސަޕޯޓު ހޯއްދެވުމުގައި އެންމެ ބުރަކޮށް އުޅުއްވީ ޤާސިމް ކަމަށެވެ. ތަފާތު ސްޓޭޖު ތަކާއި ނިއުސްކޮންފަރެންސްތަކުގައި ޑރ. ޙަސަންއަށްވުރެ ޤާސިމް ކުޅުއްވި ރޯލު ބޮޑެވެ. ބަޔެއް ނިއުސް ކޮންފަރެންސްތަކާއި ސްޓޭޖު ތަކުގައި ނަޝީދަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އާދޭސް ދަންނަވައި ކީރިތި ކުރައްވާފައި ވެއެވެ. އަދި މާލީ ގޮތުންވެސް ޤާސިމް ނަޝީދަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގަތެވެ.
ޤާސިމްގެ ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ގުޅުނީ ވަރަށް ވަރުގަދަކޮށެވެ. އަދާލަތު ޕާޓީވެސް އޮތީ ޖުމްހޫރީ އިއްތިހާދުގެ ފޭ ރާމުގައެވެ. އެހެންކަމުން އެމްޑީޕީން ނެގީ ޖުމްހޫރީ ޕެކޭޖެކެވެ. ޖުމްހޫރީ ޕެކޭޖު ވެގެންދިޔައީ ނަޝީދަށް ދެވަނަ ބުރުގައި ލިބުނު އެންމެބޮޑު ހަދިޔާއަށެވެ. ސަރުކާރު ހޮވުމަށްފަހު ދެން ކަންވެގެންދިޔަ ގޮތުގެ ވާހަކަ ބާއްވާނީއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށް ފަހު ދެން އޮތީ 2013 ގެ އިންތިޚާބެވެ. 2013 ވަނަ އަހަރު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ނަން އެކިމީހުންގެ ދޫދޫ މަތިން އަންނަނީ ކިޔަމުންނެވެ. އެލިސްޓުގައި މިހާރުގެ ރައީސް ނަޝީދާއި ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި ޑރ. މުޙައްމަދު މުނައްވަރާއި ގައުމީ ޕާޓީން ޑރ. ޙަސަން ސައީދު އާއި ކުރީގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ހިމެނެއެވެ. މިއިން ކޮންމެ ބޭފުޅަކުވެސް 2013 ގައި ރައީސް ކަމުގެ ހުވާ ކުރައްވަފާނެއެވެ. ރާއްޖޭގެ ރައީސް ކަމުގެ މަގާމަކީ އެބޭފުޅެއްގެ ނަންފުޅުގެ ކުރިޔަށް ވަކި ލަގަބެއް އޮވެގެ ން ލިބޭ އެއްޗެއް ނޫންކަން 2008 ވަނަ އަހަރު ދިވެހިން ވަނީ ބުނެފައެވެ. ޑރ. އޮތަސް އަލްއުސްތާޒް އޮތަސް ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމުގައި ނުބަލާނެ ކަމަށް ދިވެހިން އެއޮތީ ބުނެފައެވެ. އަލްފާޞިލް އެއީވެސް ދިވެހިންގެ ރައީސްގެ ނަންފުޅުގެ ކުރިޔަށް ކުފޫ ހަމަވާ ލަގަބެއް ކަމުގައި ދިވެހިން އެއޮތީ ނިންމާފައެވެ.
މާޒީގެ ނަތީޖާއިން ވަރަށް ސާފު އެއްކަމެއް އެބައޮތެވެ. މިއިން ކޮންމެ ބޭފުޅަކަށްވެސް ވޯޓު ތަކެއް ލިބިވަޑައިގެންފާނެއެވެ. ނަމަވެސް ދެވަނަ ބުރަކަށް ގޮސްފިނަމަ ކުރީގެ މަންޒަރު ނުފެނި ރައީސްކަން ކާމިޔާބު ކުރެެއްވުމަކީ ދުރު ކަމެކެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އެހީއަށް އެދި އަތްދިއްކުރަން މަޖުބޫރު ފަރާތްތަކެއް ވެއެވެ. އެގޮތުން ދެންވެސް ޤާސިމް އިބްރާހިމް އާއި ޑރ. ޙަސަން ސައީދާއި އަދާލަތު ޕާޓީގެ ތާއީދު ނުލިބި އާރައީސަކަށް ވެރިކަމަށް އައުން ވާނީ އުދަނގުލަކަށެވެ.
އެހެންކަމުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބު ފެނިގެންދާނީވެސް ޤާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީ އާއި ޑރ. ޙަސަންގެ ޙިއްސާ އޮވެގެން ކަމާމެދު ޝައްކެއް ނެތެވެ. މިއީ މާޒީގެ އިބްރަތް ޙާސިލްކޮށް މުސްތަގްބަލަށް ކަޅިއެއް އެއްލުމުން އަޅުގަނޑުގެ ދުރުމިއަށް އެކަނި އަރާ މަންޒަރެއްނޫނެވެ. ވަރަށްގިނަ މީހުންގެ ދުރުމިންވެސް ފެންނަނީ މިމަންޒަރެވެ. minivanonline.blogspot.com
Comments
Post a Comment