އިންޓަނެޓް ތަމްސީލު- ޒާކިރު ނައިކާ ސެޓްފިކެޓް

ނަސްރުﷲ
އެންމެ ފުރަތަމަވެސް ޑރ. ޒާކިރު ނައިކު ރާއްޖެއަށް ވަޑައިގަތުމަށް އެއްބަސްވެވަޑައިގެންނެވުމުން އެކަމަށް މަރުހަބާ ކިޔަމެވެ. ޑރ. ޒާކިރު ނައިކު ރާއްޖެ ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. އެބޭފުޅާއާއެކު އެބޭފުޅާގެ ދަރިކަލުންނާ އަނބިކަނބަލުންވެސް ރާއްޖެ ވަޑައިގެން ތަޤްރީރުކުރައްވާނޭކަމުގެ ޚަބަރު އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ޑރ. ޒާކިރު ނައިކަކީ އިތުރު ތަފްސީލެއް ބޭނުންފުޅުވާނޭ ބޭފުޅެއް ނޫންކަމުން ތަފުސީލަކަށް އަޅުގަނޑު ނުދާނަމެވެ. ނަމަވެސް، އުފެދޭ ސުވާލެއް ދަންނަވާލާ ހިތްވެއެވެ. އުފެދޭ ސުވާލަކީ ޑރ. ޒާކިރު ނައިކާއި އޭނާގެ ދަރިކަލުންނާއި އަނބިކަނބަލުން ތަޤްރީރު ކުރެއްވުމަށް ހުއްދަ ދެއްވީ ކޮން ގަވައިދެއްގެ ދަށުން ބާއެވެ. ބެއްލެވީ ކޮން މިންގަނޑަކަށް ބާއެވެ.

ނަސްރު ފްރެންޑް:ނަސްރު ހުއްދައޮތީ ދީފައެވެ. ނަސްރަށްނޭނގުނީއެވެ. ޒާކިރުނައިކުގެންނަން އިސްލާމިކް މިނިސްޓްރީން މަސަކަތް ކުރާތާ .
ވަރަށް ދުވަސްވެއްޖެކަން މަށަށް އެނގެއެވެ. ދެން އަބްދުއްރަހީމު ގުރީންއަށް ހުއްދަދިނުމަށް ލަސްވީ އޭނާގެ މައުލޫމާތުތައް ސާފުކުރުމަށެވެ.

ނަސްރުﷲ: ފްރެންޑެއްގެ ހައިސިއްޔަތުން ތިޔަ ދެއްވި މައުލޫމާތަށް ޝުކުރުވެރިވަމެވެ.

ރަމޭސް:މާދީނީ ވެގެންމިއުޅެނީކީއްވެ؟އަޅުގަނޑު ހަމައަންތަރީސްވޭ އާބާދީބޮނޑުރަށެއްގަމީޑިއާސެންޓަރުގަ ތިޔަނަސްރުމަސަތްކައްކުރިއިރު އަޅުގަނޑު ދެކުނިން ވަރައްދީންވެރިބޭފުޅެއްހެންހީވޭ ފެނުނީމަވެސް.

ޗަކޮއެ: އޭ ބޮޑު ރަށެއްގެ މީޑިއާ ސެންޓަރެއްގައި އުޅުނީ ނަސްރުﷲ އިދުރީސް ކިޔާ ބޭފުޅެއްނު. އެހެން ނޫންތަ ނަސްރު؟؟؟

މޫސް: އޭ ނަސްރު ކަލެއާ ކޮން ބެހޭ ކަމެއްތަ އެއީ

ދުރަށްވިސްނާ: އިސްލާމިކް މިނިސްޓްރީ ހިންގަވަން އެތިއްވަނީ ދީންވެރި ސިޔާސީ ބޭފުޅުން ކޮޅެއް އެހެންވެ އެކި މީހުންނަށް އެކިގޮތަށް ކަންތައް އެކުރައްވަނީ މާދަމާވެސް އެބޭފުޅުން ޢާއްމު މީހެއްގެ ދަރަޖައަށް ތިރިވާ އިރަށް ޕޯޑިއަމް ތަކަށް އަރުއްވާފަ ހަޅޭއްފުޅުލަވަން ފައްޓަވާނެ ! ބަލަން ބިއްބަވާ!

މަރަދޫ އަހްމަދު: ޒާކިރު ނައިކު ކިޔެވީ ކޮން ޢިލްމުވެރިއެއްގެ ކައިރިންތޯ؟ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެއް...އަޅުގަނޑު ޒާކިރު ނައިކުގެ ވެބްސައިޓުވެސް ބަލައިފިން..އޭގައި ވާގޮތުން ނަމަ އޭނަ ދީނެއް ނުކިޔަވާ..އަދި ކިއެއްތަ އޭނަޔަކީ ކްރިސްޓިޔަން ސުކޫލަކުން ދަކްތަރީކަން ކިޔެވި މީހެއް. އަދި އަޅުގަނޑައް ފާހަނގަވި ކަމަކީ އޭނަޔަށް ޤުރުއާން ކިޔަވަން ނޭނގޭ ކަން. ހީވަނީ ޔޫކޭޖީ ގަ އުޅޭ ކުއްޖަކު ކިޔަވާހެން. ކީކޭ ދެންބުނާނީ...މިފަދަ ރޯނު އެދުރުން އުޅޭތީ މި ދީން ބައިބައިވީ..އެކެޑެމިކް ދީނީ ޢިލުމުން ސެޓުފިކެޓެއް ނެއްތާ ޢިލުމްވެރިންގެ މަޖިލީސްތަކުގައި އިށީނދެފައިވެސް ނެތް...

އަލީ: ރޯނު އެދުރޭ ތިބުނީ، ޒާކިރުއާ އެއްވަރަށް ނުވަތަ އެއާ ކައިރިއަށް ނަމަވެސް ބުނާބަހުގެ ރެފަރެންސް ހަދީސާއި ގުރުއާނުން ގެންނަ މީހަކު އެބަހުރިތަ؟

ފަހޫ: ދޮންކަލޯ އަހުމަދޫ ބޭފުޅާޔަށް ޒައިކިރުނައިކް ނޭނގެނީތާ ދޯއަދި އިސްލާމްދީން ގަބޫލުނުކުރިއަސް ގޮސް ސުވާލުކޮއްލަބަލަ އެންމެންކުރިމަތީގައި އޭރުންއެނގޭނެ ބޭފުޅާޔަށް ކިހާވަރެއްކަމަށް އިންޝާ ﷲ

ހުސެން: އަޅެ އެއްފަހަރުވެސް އޭނަގެ ތަގުރީރެއް އަޑުއެހިންތަ؟ ތި ހުރިހާ އެއްޗެއް ކިޔާއިރު...؟

ހީހީ: ޒާކިރްނައިކް ޤުރުއާން ކިޔަވާއިރު އަޅައިގަންނަ ގޮތެއް ހުންނަނީ ކިޔަވަން ނޭގޭތީއެއް ނޫން. އަޅުގަނޑުގެ މައޫލޫމާތު ކުށްނޫން ނަމަ އެއީ އެބޭފުޅާގެ ދުލުގައިވާ މައްސަލައެއް.

އަމިނޭޝްް: ޒާކިރު ނައިކާއި އޭނަގެ އަނބިދަރިން ނޫނީ މިޤައުމުގެ ރައްޔިތުންނަށް ޤަބޫލުކުރެވޭ ގޮތަށް ދީނީ ޙުކުމްތައް ބަޔާންކޮށްދެވޭ ފެންވަރުގެ ދީނީ ޢިލްމުވެރިޔަކު މި ޤައުމުގައި ހަމަ ނެތީބާ؟ މީހުންނަށް ކަންކަން ޤަބޫލުކުރެވެނީ އެކަމެއް ރަނަގަޅަށް އެނގިގެންނެވެ. ޒާކިރު ނައިކު ވާހަކަދައްކާނީ ދިވެހި ބަހުން ނަމަ، އޭނާ އެބުނާ ވާހަކައެއް އެއްވެސް އޮޅުމެއް ނެތި އަޅުގަނޑުމެންނަށް ފަހުމުވާނެއެވެ. އަދި އެވާހަކައެއް އެކުގައި ޤަބޫލުކުރުމުގެ ސަބަބަކަށް އޭނާ އެބުނާ އެއްޗެއް ފުރިހަމައަށް އެނގުން ވާނެއެވެ. ނަމަވެސް، އޭނާ ވާހަކަދައްކާނީ، އިނގިރޭސިބަހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ދީން ފަދަ ވަކި ޚާއްޞަ މައުޟޫޢަކަށް ބޭރު ބަހަކުން ދެކެވޭ ވާހަކައެއް ފުރިހަމައަށް އެނގޭވަރަށް އެބަހަށް އަހުލުވެރި މީހުން މަދުވާނެއެވެ. ވީމާ، ވިފަދަ ބޭރުމީހުން އެތަކެއް ޚަރަދުކޮށްގެން ރާއްޖެ ގެނައުމުގެ ޚިޔާލަކީ ބޭކާރު ޚިޔާލެކެވެ.

ހީހީ: ތިޔަ ބުނާ ވަރަށް އިނގިރޭސި ނޭގެނީ ކަނބުލޭގެޔަށް. އިނގިރޭސި ފިލްމު ތަކާއި އެކިޔާ ލަވަތއް އަކުރުން އަކުރަށް ފެންފޮދެއްހެން ކިޔާލާއިރު އިންޑިއަން އެކްސެންޓް އިންދޭ ތަޤްރީރެއްނޭގެނީ. ދީން ނޭގިގެން އަޅުގަނޑުމެން ނޫޅެމު. އެފަދަ މީހުން ގެންނަން ޖެހޭނީ ދިވެހި އިލްމުވެރިންގެ ބަސް ކަނބުލޭގެ މެންނަށް ޤަބޫލު ނުކުރެވޭތީ. ދިވެހި ޢލްމުވެރިން ބަޔާން ކޯށްދެއްވާ ހުކުމްތައްވެސް ކަނބުލޭގެއަކަށް ޤަބޫލެއް ނުކުރެވެއެއްނު؟ މި މުރާސިލްގައި ދީނަށް ފުރައްސާރަކޮށް ތިޔަ ނަމުގައި 'އަމިނޭސް' ކޮށްފައިވާ ކޮމެންޓްސް ތައް ބައިވަރު. އެގޮތްވެސް ކަމކަު ނުދިޔަ. މިގޮތްވެސް ކަމަކު ނުދިޔަ.

ހުސެން: ޤަވާއިދު އިސްލާހު ކުރުމުގެ ކުރިން ޑރ. ޒާކިރު ނައިކަށް ހުއްދަ ދެއްވާ އޭނާ ރާއްޖޭ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވުމަކީ މައްސަލައެއް ނޫން. ސަބަބަކީ ޤަވާއިދު އިސްލާހު ކުރަން ދުވަސް ތަކެއް ނަގާފަނެ ކަމަށްވެފައި ޑރ. ޒާކިރު ނައިކްގެ ޝެޑިއުސް ބިޒީވެ ނާދެވޭ ގޮތް ވެދާނެ. އެހެންކަމަން އެފަދަ ބޭފުޅަކަށް ޙައްސަ ހުއްދައެއް ދެއްވުން އެއީ މަސަލައެއް ނޫން! ތަމްސީލު އެކީ މުރާސިލުން



Comments

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން