ހިޔުމަން ރައިޓްސް ކޮމިޝަން ގެ ރައީސަށް، ހުޅުވިފަވާ ސިޓީއެއް
ހިޔުމަން ރައިޓްސް ކޮމިޝަން ގެ ރައީސަށް، ހުޅުވިފަވާ ސިޓީއެއް މުސްލިމެއް ހިޔުމަންރައިޓްސް ކޮމިޝަންގެ ވާހަކައަކުން އަޅުގަޑަށް ވިސްނުނީ ދީންވެރި ވުމާއި ދީންވެރިވުމަށް މީހުންނަށް ގޮވާލުމަކީ ހުތުރު ޖަރީމާ އެއް ކަމުގައި އެބޭފުޅުން ދެކެވަޑާއި ގަންނަވާހެންނެވެ. ................. އަޅުގަޑު މިސިޓީ މިލިޔަނީ ހަވީރު ނޫހުގައި މަނިކުފާނަށް ހަވާލާދީ ލިޔެފައިވާ ރަގަޅު ވާހަކަ ތަކެއްގެ ތެރޭގައި އައިސްފައިވާ ރަގަޅު ނޫން ކަމަށް އަޅުގަޑާށް ބެލެވޭ ވާހަކައަކާ މެދު ކަންބޮޑުވެ ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށް އެކަން ދަންނަވާލުމަށްޓަކައެވެ. ދިވެހި އެންމެ ރައްޔިތެއްގެ ރައުޔު ތިޔަ ބޭފުޅުންނަށް މާ މުހިއްމު ނުވިޔަސް އެ ރައުޔު ފާޅު ނުކޮށް ހުރުމަށް ދަތިވާ ވަރަށް އަޅުގަޑަށް މި މައުޟޫޢު މުހިއްމު ވާތީވެ ދަންނަވަމެވެ. ހަވީރުގެ މި ޕޭޖުގައި ލިޔެފައިވާ ގޮތުން މަނިކުފާނު ވިދާޅު ވެފައިވާ އެއް ވާހަކައަކީ: "އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ބުރުގާ ނާޅާ އުޅޭ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" މިއެވެ. މީގެ ކުރީގައި މި އާރޓިކަލް ގައި ހަވީރުގެ ލިޔުންތެރިޔާ ލިޔެފައިވަނީ: "ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސް އ...