ކިޔަވައިގެން މަތީ ޑިގްރީތައް ނަގައިގެނޭ މިތިބީ.

މޮޅު ކޮމެންޓް، ސަމާ
ބުނަން މިއުޅޭ އެއްޗަކީ އަޅުގަނޑުމެންނަކީ ކަޓުބައެއް ނޫނޭ. ކިޔަވައިގެން މަތީ ޑިގްރީތައް ނަގައިގެނޭ މިތިބީ. ކުޅިވަރުތައްވެސް ކުޅަމޭ.. މަޖާވެސް ކުރަމޭ.. ދަތުރުވެސް ދަމޭ.. ނިވާވެގެން ތިބުމުން އުނިވީ ކޮންކަމެއް؟؟ ނިވާ ނުވެ ތިބުމުން ލިބުނީ ކޯއްޗެއް؟؟؟
ގިނަ މީހުންނަށް ހީވަނީ އިސްލާމީ ޖިލްބާބުން ނިވާވީމަ ދުނިޔަވީ އުފާތައް ގެއްލުނީއޭ. ނުކިޔަވައޭ ތިބެނީ. ވަޒީފާއެއް އަދާ ކުރަނީކީ އެއް ނޫނޭ. ހަޤީޤަތަކީ އެއްނޫން. ކިޔަވަން އުޅުނިއްޔާ ކިޔަވާނީ ކިހިނެއް؟ާ ކޮލެޖް ތަކަށް ވަދެވެނީ އޮރިޔާމުން ތިބޭ އަންހެނުންނަށް. ބުރުގާ އެޅިޔަސް ވަނާތަށް ފާޅުވާން ޖެހޭނެ. މޭމަތީގައި ޖަހާފައިވާ ބެޖު ފެންނަން ޖެހޭނެޔޯލަ. ރާއްޖޭގެ ސްކޫލްތަކުގެ ކުދިން ކޮންމެ ގޮތަކަށް ތިއްބަސް އެއީ މިވެނި ސްކޫލެއްގެ ކުއްޖެކޭ ބުނަން ނޭގޭނެ މީހަކު ނުހުންނާނެ. ބެޖަށް ބަލައިގެނެއްނޫން ވަކިކުރަނީކީ.. އެޔަށްވުރެ ރީއްޗެއްނު މޭމަތި ހާމަ ކުރަން ޖެހޭނެޔޭ ބުންޏަސް. ދެން ވަޒީފާގެ ވާހަކަ. ވަޒީފާ އަދާކުރެވޭނީ ބަޔަކު ވަޒީފާ ދީގެނެއްނުގެންތާ؟ ވަކި ގޮތަކަށް ހެދުން އަޅައިގެން ހުރިއްޔަކާމު ވަޒީފާ ނުދެވޭ. އާއެހެންޏާ އެވެރީން ތުންފުއްސަކަށް ނިވާވެގެން އުޅޭ ކުއްޖަކު ނުގެންގުޅެވޭނެއްނު؟ ބަޔަކު ވަޒީފާއެއް ނުދިނަސް ﷲ ތަޢާލާ ޙަވާލުކޮށްފައިވާ ވަޒީފާ އެބައޮތް. އެއީ ދަރިން ތަރުބިއްޔަތު ކުރުން. މުސާރަ ވަކި ކުޑައެއްނޫން. އިތުރު ހަރަކާތްތައްވެސް މަދެއްނޫން. އަޅުގަނޑުމެން މީ ތިޔަ ހީކުރާކަހަލ ކަޓް ދިރިއުޅުމެއް އުޅޭ ބައެއްނޫން. އިންޝާﷲ އަޅުގަނޑުމެން މީ ކިޔަވައިގެން ތިބި ބައެއް. އިސްލާމީ ތަރަހައިގެ ތެރޭ ވަޒީފާ އަދާކުރަން ﷲ ތައުފީޤް ދެއްވައިފިނަމަ ތިޔައިން ހަމަ އެކަކަށްވެސް ދުލެއް ނުކުރާނަމު. އިސްލާމީ ތަރައިގެ ތެރޭ ކުޅިވަރެއް ކުޅެން ލިބުނަސް އެކަމުގައިވެސް ކާމިޔާބު ހޯދާނަން. ބުނަން މިއުޅޭ އެއްޗަކީ އަޅުގަނޑުމެންނަކީ ކަޓުބައެއް ނޫނޭ. ކިޔަވައިގެން މަތީ ޑިގްރީތައް ނަގައިގެނޭ މިތިބީ. ކުޅިވަރުތައްވެސް ކުޅަމޭ.. މަޖާވެސް ކުރަމޭ.. ދަތުރުވެސް ދަމޭ.. ނިވާވެގެން ތިބުމުން އުނިވީ ކޮންކަމެއް؟؟ ނިވާ ނުވެ ތިބުމުން ލިބުނީ ކޯއްޗެއް؟؟؟ މުރާސިލް

Comments

  1. yea sis ur right..

    ReplyDelete
  2. Islam is the ONE AND ONLY TRUE RELIGION without a shred of doubt. So, nothing Islamic is "katu". Some deviant Muslims may do "katu" things. But wearing Jilbaab whether some people like or not is a must for Muslim women and there can be nothing "katu" about it.

    ReplyDelete
  3. Masha Allah sis! Very rightly said. Nivaa vegen thibumun hama ekahcheves uni nuvey! Nivaa nuve thibumun hurihaa ehchehves univey!

    ReplyDelete

Post a Comment

Popular posts from this blog

Nazim, Ma. Eynaaz (First Non Muslim Maldivian) and his JIHAAD mission

Videogame Manufacturer to Stop Allowing Players to Assume Role of Taliban

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ