ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން



ޖިބުއެ

ނޯޓް: މިއީ ޖިބުއެއަށް ފެނިފައިވާ ހުވަފެނެކެވެ. ހުވަފެނަކީ ކުރިން ހިނގައިފާވާކަމެއްގެ ޚަބަރު ނުވަތަ ފަހުން އަންނާހުރި ކަމެއްގެ ޚަބަރުވަނިވި އެއްޗެކެވެ. އެއީ ރޫޙާނީ ޢާލަމްގައި އިންސާނުންނަށް ފެންނަ އެއްޗެކެވެ. އެއްވެސް މީހަކު ޙަޤީޤީ ލޮލުން ދެކިފައިނުވާ އަތުން ހިފައިފައިނުވާ މި ޙަޤީޤީ އިޙްސާސަކީ ކޮންމެ އިންސާނަކުވެސް ޤަބޫލު ކުރާކަމެކެވެ. ދިރިހުރުމުގެ ކޮންމެސް ހިސާބަކުން ނިދީގައި ހުވަފެނެއް ނުފެންނަމީހަކު ދުނިޔެއަކަށް އުފަނެއް ނުވާނެއެވެ. ހުވަފެނަކީ ނަބީކަމުގެ ސާޅީސްބައިކުޅަ އެއްބައިކަމުގައި ޙަދީޡްތަކުގައި ވާރިދުވެފައިވެއެވެ. ހޯހޯ ބިރު ނުގަންނާށެވެ! މިއުޅެނީ ނަބީކަމުގެ ދަޢްވާކުރާކަށް ނޫނެވެ. އެހެން ހިތައްވެސް އެރުމުގެ ކުރިން އެކަން އިންތިބާހް ކުރީމެވެ.

ކޮންމެއަކަސް ހުވަފެން ވަނީ ދެބަޔަކަށް ބެހިގެންނެވެ. އެއީ ﷲގެ ޙަޞްރަތުން އެނކަލާނގެ ހެޔޮ އަޅުންނަށް އިލާހީ އިލްހާމުގެ ގޮތުގައި ފެންނަ ހުވަފެނެވެ. ހެޔޮ ޙަލާލުތަކެތިން ބަނޑުފުރާ އަޅުކަންކޮށް އުޅޭ މީހުންނަށް ގިނައިން ފެންނާނީ އިލާހީ ތެދު ހުވަފެނެވެ. އެމީހެއްގެ ތަޤްވާވެރިކަމާއި އެއްވަރަށް އެކަމާއި ގުޅިގެން ހުވަފެން ތެދުވުމާއި ދޮގުވުން ބިނާވެގެންވެއެވެ. ދެންއޮތީ ޝައިތާނާގެ ފަރާތުން ފެންނަ ނުބައި ހުވަފެނެވެ. ސުންޕާކަމެވެ. އެއި ދިވެހި އިސްލާމްދީން ނޭނގޭ އިގްނޮރެންޓް ޖާހިލުން ބުނާހެން ހުވަފެނަކީ ބިލާހޭ ބުނެވޭ ބަހެވެ. ނަމަވެސް އެ ބިލާހަކީ އެއީ އާދަމުގެދަރިޔާ ޙަރާމްއެއްޗެހި ކައިގެން އެންމެހާ ވިޔާނުދާކޮށް އުޅުމުން އެމީހާގެ ރޫހާއި ބައްދަލުވާ ނުބައިވެގެންވާ ވަސުވާސްތަކެވެ. ﷲ އަހަރެމެން އެންމެހައި ނުބައިކަމުން ސަލާމަތް ކުރައްވާށިއެވެ. ! އާމީން..


ކޮންމެއަކަސް ނޯޓް މިހާ ދިގުކުރަން މިޖެހުނީ ކަމުގެ ނާޒުކު ކަމާއި ބިރުވެރިކަން ހުރިލެއްބޮޑުކަމުންނެވެ. ފެނިފައިވަނީ ހުވަފެނެއްކަމުން ހުވަފެނުގެ ޙަޤީޤަތްވެސް ލިޔުމަކީ އެދެވިގެންވާ ކަމެކެވެ. ދެން ހަމަ މިހެން ލިޔާއިރަށް އެއްކަލަ ދީން ޤަބޫލު ނުކުރާ ﷲ ވޮޑިގެން ވާކަން ޤަބޫލު ނުކުރާ ނުބައި މީހުން ބުނާނެތެވެ. ތިއީ ފަލްސަފާއެކެވެ. ތިއީ އަސްލެއްނޫނެވެ. ނަމަވެސް ﷲ ޤަބޫލު ނުކުރާ މިގަމާރުންތައް ހުވަފެން ފެންނަކަމަށް ޤަބޫލު ކުރެއެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް އިންސާނުން ކުރާ އިޙްސާސެއްކަންވެސް މިމީހުން ދެނެތެވެ. އަދި ﷲ މިމީހުންގެ ލޮލަށް ނުފެންނާތީ ތިމަންނާމެން ޤަބޫލެއް ނުކުރާނޫއޭ ކިޔައިގެން ކިތަންމެ ބޮޑުކެނޑިއަސް މިނުބައި މީހުން މަރު ޤަބޫލު ކުރެތެވެ. އެއީވެސް ހަމަ އެކަކަށްވެސް މިހާތަނަށް ފެނިފައި ނުވާ ރޫޙާނީ ޙަޤީޤަތެކެވެ.. ސައިންސަކީ އެބަޔެއްގެ ބަތާއި ރިހަ ކަމުގައި ޤަބޫލު ކުރާ މީހުންނަށް އަދިއަދަށް ދާންދެންވެސް މަރުގެ ޙަޤީޤަތް ހޯދުމަށް ވަނީ ނުކުޅެދިފައެވެ. ކޮންމެއަކަސް އަސްލު ވާހަކައާއިގެން ކުރިއަށް ދަމާހެއްޔެވެ؟

އިސްވެ ދެންނެވި ހުފަފެން ޖިބުއެއަށް ފެނުނީ ރޯމާ ދުވާލުއެވެ. ހިނި ނާންނާށެވެ. މެންދުރު ހޭލާ ހުއްޓައެވެ. މިއީ ނުރައްކާތެރި ކަމެކެވެ. އާދަމުގެ ދަރިންނަށް ހޭލާހުއްޓާ ހުވަފެން ފެނުމަކީ ފިސާރި ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިހެންވެ މިވާހަކަ ކޮންމެހެންވެސް ޖިބުއެގެ ކިޔުންތެރިންނަށް ގެނެސްދެމެވެ. ކުރިއަށް ކިޔަމުން ގެންދާށެވެ. އަސްލު ވާހަކަ އަދި އަންނާނީ ނިމޭ ހިސާބުންނެވެ.......

ހުވަފެނުގެ ފެށުން

" ދުނިޔެ ތާރީޚުން ގުނަމުން ދަނީ 2172 ވަނަ އަހަރެވެ. މިއީ ބެރިޒިން މަހުގެ 16 ވަނަ ދުވަހެވެ. ބެރިޒިން މަހަކީ އޯގަސްޓް މަސް އުވާލައިފާ މިހާރު މުޅި ދުނިޔޭންވެސް އޯގަސްޓް މަހަށް ކިޔާ އާނަމެކެވެ. އިއްޔެއަކީ އިރާޤް އިޒްރޭލުގެ ބާރުގެ ދަށަށް ގެނައި ދުވަހެވެ. މީގެ ކުރިންވެސް ވަނީ އެތައްފަހަރެއްގެ މަތިން އިރާޤް ހިފޭތޯ އެމެރިކާއިން ވަރަށް މަސައްކަތް ކޮށްފައެވެ. އެއީ މީގެ ވަރަށް ކުރިންނެވެ. 162 އަހަރު ކުރިއެވެ. އޭރުގައި ޖޯޖް ޑަބްލިޔު ބުޝްކިޔާ ޔަހޫދީއަކު އިރާޤްގައި 2008 ވަނަ އަހަރު ވަރަށް ލާއިންސާނީ ޖަރީމާ ހިންގާފައިވެއެވެ. ކުށެއްނެތް އެތައް މުސްލިމުންނެއް މަރާފައިވެއެވެ. މުސްލިމުން މަރާ އެމީހުންގެ މުދާފޭރިފައިވަނީ އޭރުގެ ބަހުންނަމަ ޑިމޮކްރަސީއޭ ކިޔާ ނިޒާމެއްގެންނަ ނަމުގަޔޯއެވެ. ކޮންމެއަކަސް އެއީ ވަރަށް ކުރިއެވެ. އޭގެ ކުރިން ހިނގާފައިވާ ހުރިހާ ކަމަކީ ތާރީޚެވެ.

ދުނިޔެ ހަލަބޮލިވެ ފިތުނަ ގިނަވެފައި ވެއެވެ..... ކޮންމެއަކަސް މިއަދަކީ މުޅިން އެހެން ދުވަހެކެވެ. ޝާމްކަރައިން އަރަތްބަކު ދިވެހިރާޢްޖެއަށް ޒިޔާރަތް ކުރިއެވެ. އެއީ "އަނާރޫސް" ކިޔާ މީހެކެވެ. މިއީ ޔޫނާނީ ނަމެކެވެ. މި މިހާ މާލެއައީ ދިވެހިރާޢްޖެއަށް އިސްލާމްދީން ތަޢާރަފްކޮށްދޭށެވެ. އޭނާ ހުރީ އަންހެން ހެދުމެއްގައި ބޮލުގައި މުސައްލައެއް އޮޅައިގެންނެވެ. އެއީ ޝާމްކަރައިގެ މީހުންގެ ހެދުމެވެ. މާލެ އައުމަށް ފަހު ތަންތަން ބަލަމުންް މި މީހާ ހެންވޭރަށް ދިޔައެވެ. އެތަނުގައި ހުޅުލޭ އެއާރޕޯޓްކައިރީގައި ހެދިފައިވާ ކުޑަވަރެއްގެ ބަގީޗާއަކު އިށީނެވެ. މިދެންނެވި ބަގީޗާއަކީ ބުނެވޭގޮތުގައި ކުރީގައި ކަނޑު ހެދިފައި މާލެ އެޓޯލްއަށް ވަންނަ ބޯޓް ފަހަރު ދުއްވާ ހިސާބެވެ. ނަމަވެސް އެއީ ވަރަށް ކުރިއެވެ. މީގެ 162 އަހަރު ކުރިއެވެ. މިހާރު އެތަން ހިއްކާ ހޮޓާ އަޅާ އެތާގެ ހުޅަނގުގައި ހުންނަނީ އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ޚާއްސަ ވައިންޕާލަރއެކެވެ. މިދެންނެވި މުސްކުޅިމީހާ އައިސް ތަންތަން ބެލުމުގައި އަވަދިނެތި އުޅެނިކޮށް އިށީދެގެން ބަނގުރާ ބޯން އިން ޒުވާނަކާއި ދިމާވިއެވެ. އޭނާކައިރީގައި މިއީ މޯލްޑިވްސްގެ މީހުން އުޅޭގޮތްހޭ އެހުމުން އެއްކަނުން ހީނލާފައި އާނއެކޭ ބުންޏެވެ. އަދި ދެމީހުން ދެމީހުންގެ ތަޢާރްފްދިނެވެ. އެޒުވާނާ ކުރިއަށް ކިޔައިދެމުން ބުންޏެވެ. އަހަރެންނަށް ކިޔަނީ "ވިލްދާސް ހުސޭން " އެވެ. އަހަރެންގެ އުމުރަކީ 27 އަހަރެވެ. ބޭބެއަށް ކިތައް އަހަރު ހެއްޔެވެ؟ ބޭބެގެ މަޢްލޫމާތު ދޭށެވެ. އެވަގުތު އެ މުސްކުޅި މިހާ ކިޔައިދިނެވެ.

އަހަރެންނަށް ކިޔަނީ " އަނާރޫސް" އެވެ. އަނާރޫން ބިން އުދައްޔު ބިން ސައްދާމް ހުސެއިން އޭ ހަރު ރާގަކަށް ބުނެ ލޯ ބޮޑުކޮށްލިއެވެ. މިހާރު މިގުނަނީ އުމުރުގެ 63 ންވަނަ އަހަރެވެ. އަހަރެންނަކީ ޝާމް ކަރައިގެ މީހަކީމެވެ. މޯލްޑިވްސް އައިލެންޑަށް އަހަރެން އައީ އިސްލާމްދީން ކިޔާ މުޅިން އައު ނިޒާމެއް ތަޢާރަފް ކުރާށެވެ. ކިހިނެއްވާނެ ހެއްޔެވެ؟

އެއީ ކުރީޒަމާނުގެ އަރަބި ކަރައިގެ މީހުންގެ ދީނެވެ. އެއީ ރަނގަޅު ގޮތެއްކަމުގައި އޭނާ ބުންޏެވެ. މިހިސާބުން ޒުވާނާ ހާސްވެގެން ތެދުވެ އަތުގައި އޮތް ފުޅިން ކޮންމެސްވަރެއް ބޯލާފައި ތިއީ މިރާއްޖޭގައި މަނާ ކަމެކޭ ކަލޭ ބަންދުކޮށްފާނެއޭ ބުންޏެވެ. އެ މުސްކުޅި މީހާ ވަރަށް ހައިރާން ވެގެން އެއީ ކީއްވެހޭ މިއީ ކޮމިނިސްޓް ގައުމެއް ނޫންހޭ މިއީ ބޭނުންގޮތަކަށް އުޅެވޭ ތަނެއް ނޫންހޭ އޭނާ ބުންޏެވެ؟ އެވަގުތު އެޒުވާނާ ބުންޏެވެ. މިތާ ބޭނުންގޮތަކަށް އުޅެވޭނެއެވެ. އެކަމަކު ދެންމެ ތިބުނި ބަސް ބޭނުން ނުކޮށެވެ. މުޅި ޤައުމުގައިވެސް މަނާވާނީ ހަމައެކަނި ތިކަމެވެ. އެހެން ހުރިހާ ކަމެއް ހުއްދައެވެ. ކަލޭ ތިބުނާ "އިޒްލާމަކީ " އަހަރެންގެ މުނިކާފަވެސް އުޅުނު ދީނެވެ. އެމީހުން އޭގެ 1019 އެތައް އަހަރެއްކުރިން އެމީހުންގެ ބުދުދީން ދޫކޮށްލިއެވެ. އަދި " އެބުލްޒް ބެއަރކަޓް " ކިޔާ މީހެއްގެ އަތްމައްޗަށް މުޅި ޤައުމު އިސްލާމްވިއެވެ. އޭގެ ފަހުން ފެށިގެން މުނި ކާފަމެންނާއި ހަމައަށް އުޅުނީ ތިބުނާ ކަޑަފާޑަށެވެ. އޭ މުސްކުޅި " އަނާރޫސް" ބޭބެއެވެ. މިއީ 2172 އެކެވެ. އަރެންގެ ކާފަ އަހަރެންނަށް ކުޑައިރު ކިޔައިދީފައިވެއެވެ. އޭ މުސްކުޅިޔާއެވެ. މަގޭވާހަކަ އަޑު އަހާށެވެ. އަހަރެންގެ ކާފައަށް ކިޔަނީ "ޒާ"އެވެ. ކާފަގެ ބައްޕަ އަދި އަހަރެންގެ މުނިކާފައަށް ކިޔާނީ "ޖިބުއެ"އެވެ. ބައްޕައަށް ކިޔަނީ މުވަލްގަނޯފްއެވެ. ބައްޕަ އަކީ ރަޝިއާ މީހެކެވެ. މުނިކާފަ އާއި ކާފަ އަކީ އެއީ ތިޔަ ބުނާ ދީނުގެ މީހުންނޯއެވެ. އެޒުވާނާ އިތުރަށް ކިޔައިދިނެވެ....

އޭރު އެމީހުންގެ ޒަމާނުގައި މިބުނީ ކުރިން 2010 ހާ ހިސާބު ދިވެހިރާއްޖެ އޮތީ ތިބުނާ ނަންކިޔާ ދީނުގައެވެ. އިޒްލާމް ދީނުގަޔޯއެވެ. މުނިކާފަގެ ވާހަކަ އިފިފައިވާ ވާގޮތުން ތިޔަ ދީން ބަދަލުވެ މީހުން މޮޑަން ވާން ފެށީ ވަރަށް ޒަމާންވީ އޭރުގެ ކޮންމެސް ވެރިކައެއް ބަދަލުވެ އެކަމުގެ ތަޅާފޮޅުން ތަކުގައި ޖައްސައި ޔަހޫދީން ކިޔާ ބަޔަކު ކުރި މަކަރުވެރި މަސައްކަތަކުންނެވެ. އެމީހުންނަށް މިހާރު އަހަރެމެން ކިޔަނީ "އެލާޓާއިން" ނެވެ. އެއީ ކުރީގެ ބަހުންނަމަ އެލީޓުންނެވެ. ޔަހޫދީންނެވެ. އެއީ އަހަރެންވެސް މިހާރު ޤަބޫލު ކުރާ ލުސިފޭރިއަން ކަނލާގެއަށް އަޅުކަންކުރާ ބަޔެކެވެ. މިއީ އެއްބަޔެކެވެ. ކޮންމެއަކަސް ކަލޭ ތިޔަބުނާ ދީން ބަދަލުވުމަށް ވީގޮތް މުނިކާފަ ޖިބުއެ ބައްޕައަށް ކިޔައިދިން ގޮތަށް ކިޔައިދޭނަމެވެ. މާގިއިންނެއް ނުކިޔޭނެއެވެ. ރަނގަޅަށް އަޑުއަހާށެވެ.! މަސްތު ގަދަކަމުން ފަހަރުގައި ތާރީޚްތައް އޮޅި ނުބައި ނަންނަން ކިއިދާނެއެވެ. ކަލޭ ފޮތްބަލައިގެން ފަހުން ރަނގަޅުކޮށްލާށެވެ.

އަސްލު ވީގޮތަކީ ޔަހޫދީން އަބަދުވެސް ބަލަމުން ދިޔައީ އޭރުވެސް އިސްލާމްދީން ފޮހެލާށެވެ. އެއީ ދެން ކަލެއަށްވެސް ފަހުން އަދި ވިސްނޭނެގޮތުގައި ކަޑަގޮތެކެވެ. އެމީހުން ދަނޑިވަޅު ބަލާ މަސައްކަތް ކޮށްކޮށް ތިއްބާ މިޤައުމުގެ ވެރިކަން ބަދަލުވިއެވެ. އެކަން ކުރަން މެދުވެރިކުރީ އިނގިރޭސިންނެވެ. އެމީހުންގެ އެތައް ފައިސާއެއް ޚަރަދުކޮށްގެން މިޤައުމުގައި ޑިމޮކްރަސީއޭ ކިޔާ ފާޑެއްގެ ތަންކޮޅެއް ކުރީގެ ފިލޯސަފީއެއް ގެނައެވެ. އެއީ ވެރިކަން ކުރާ ނިޒާމެކޯއެވެ. ހަމަ އެވަގުތު ޔަހޫދީން ކުރިކަމަކީ އެމީހުން ޢާއްމުކޮށް އިސްލާމްދީން ފޮހެލާގޮތަށް އެޤައުމު އަޅުވެތި ކުރީއެވެ. ކުރީ ވަރަށް މޮޅު ކަމެކެވެ. ޤައުމުގައި ތިބި އިސްލާމްދީން ނޭނގޭ ޔޫރަޕްގެ ގޮތްތަކަށް މަރުދޭ އަހަރެމެންހެން ބަނގުރާބޯން ބޭނުންވާ ބަޔަކު ހޯދިއެވެ. އަދި ޔަހޫދީން ފުރަތަމަ ކަށަވަރު ކުރީ އެއީ އެމީހުންގެ ޞަމީރު ވިއްކައިގެން ކާވަރުގެ މުދަލަަށް ދަހިވެތި ބައެއްތޯއެވެ؟ އެކަން ޔަގީން ވުމުން މި މީހުން އަވަސްއަވަހަށް ތަރައްޤީގެ ނަމުގައި ހުދު ކަރުދާހުގައި އެގްރީމެންޓެއް ހެދިއެވެ. އަދި އޭގެ 43 އަހަރު ފަހުން ބައްޕަމެން އަޅުވެތި ކުރިއެވެ. ވަރުގަދަ ތަޅާފޮޅުންތަކެއް ހިނގިއެވެ.

އެހަނގުރާމައިގާ މުނިކާފަ ޖިބުއެ ޖާނުންފިދާވިއެވެ. އަދި ކާފަ މަރުވީ ކަނޑިންތަޅަން ހުއްޓާ ބަޑި ޖަހައިގެންނެވެ... މިހިސާބުން އަހަރެންނަށް އަނެއްކާވެސް ނިދިން ހޭވަރިކަންވެ ކުޑަކޮށް މަގުމަތި ބެލީމެވެ. ކަމަކު ދާކަށް ނެތެވެ. ކުރިމަތިން މިއޮށް އަންނަނީ ބޮޑު ސިންގާ ހައިމާކެއްގައި ލޮރީއެއް އުފުލަމުންނެވެ. މެންދުރުގެ ވަގުތު ކަމުން ވާނީވެސް އެހެންތާއެވެ. މިއި މަގުމައްޗެވެ. ނަމަވެސް... ދެން އަނެއްކާވެސް ނިދި ގަދަވެ ހުވަފެން ދިގުވިއެވެ. އެހިސާބުން އެބުނާ ޖިބުއެއެއްގެ ކާފަ ދަރި އޭނާގެ ވާހަކަ އިތުރަށް މުސްކުޅި މީހާއަށް ކިޔައިދިނެވެ.

އޭނާ ބުނީ ވެރިކަން ކުރަން ފެށުމާއި އެކީ ފުރަތަވެސް އޭރުގެ ރައީސް މަސައްކަތް ކުރީ ތިމާއަކީ އެހާބޮޑަށް އިސްލާމްދީނަށް އުޅޭ މީހެއް ނޫންކަމަށް ބޭރުގެ ދުނިޔެއަށް ދައްކާށެވެ. އެމީހުންގެ ކުރިމަތީގައި ތިމަންނާއަކީ އިސްލާމްދީނަށް އެހާ ބޮޑަށް އުޅޭ މީހެއް ނޫންކަމާއި ހުރިހާ ވައްތަރެއްގެ މީހުންވެސް ތިމަންނާއަށް ކަމުދާކަން ހާމަކުރުމަށެވެ. ކަލޭމެންގެ އަރަބި ބަހުން ބުނަންޏާ މުނާފިގު ހެދިގެން އުޅޭށެވެ. ތިމާގެ ދީން އިސްލާމުންނަށް ފޮރުވާށެވެ. އެއީ އޭނާއަކީ އިސްލާމްދީން ނޭނގޭ މީހަކަށް ވާތީ އެ ފިކުރުނެތުމުން އޭނާ ބޭނުންވީ އޭނާގެ ފިކުރުގެ މީހުންނާއި ބައިވާށެވެ. އޭރުގައި ހުރި މިބުނާ ރައީސް ކޮންމެސް " ނެޝީޑް " ކިޔާ މީހަކު ކަންތައް ފުރަތަމަ ކުރިގޮތަކީ... އިސްލާމް ނޫން ޤައުމުތަކާއި ގުޅުން ބަދަހި ކުރިއެވެ. އެއީ ރައީސް އޮފީހުގައި އިންނަ އިނގިރޭސި މީހާ ބުނެދޭގޮތެވެ. އޭރުން ލާރި ފައިސާ ތަނަވަސް ވާނޭކަމަށް އޭނާ ބުނަމުން ޑައިރެކްޓް ކުރަމުން ދިޔައެވެ.

އޭރުވެސް މިޤައުމުގެ މީހުންނަކަށް ވާނުވާއެއް ނޭނގެއެވެ. ދެން އޭނާ ކުރަން ފެށީ ޔޫރަޕްގެ ދަތުރު ތަކެކެވެ. އޭރުގައިވެސް ޔަހޫދީންނާއި ވެފައިވާ އެއްބަސްވުމެއް އޮވެއެވެ. އޭގައި ތަޢްލީމީ ނިޒާމުގައި އެހީވާނެ ކަމާއި ޓްއަރިޒަމް އަދި ޞިއްޙީ ދާއިރާއިން ..ކޮންމެސް ދިގު ހާސަރުތަކެއް އޮތެވެ. މަށަކަށް ދެން އެބައި އެހާ ރަނގަޅަކަށް ނޭނގެއެވެ. ތަޢްލީމީ ގޮތުން އެހީދޭނަމޭ ކިޔާ ސޮއިކޮށްފައި ވާއިރުވެސް އެމީހުން ބައިރުފިޔާއެއްވެސް ނުދެއެވެ. އެމީހުން އޭރުވެސް މިޤައުމުގައި ތިބި މުސްލިމުން ކިޔާ މީހުން ދެކެ އިންތިހާއަށް ރުޅި އާދެއެވެ. މިބުނީ މުނިކާފަމެން " ޖިބުއެމެން " ދެކެއެވެ. އެންމެ ފަހުން ކިޔަވާކުދިންނަށް ލޯނު ހޯދުމަށްވެސް ދާން ޖެހުނީ މިހާރު ދުނިޔޭގެ ބިޒްނަސް ސެންޓަރގެ ނަމުން މަޝްހޫރު ޑުބާއީ އަށެވެ. އެމީހުން ކޮންމެސްވަރެއް ކޮށްދިނެވެ.

ދެން އަނެއްކާ އޭގެ ފަހުން ރޭވުމަކުން ރާޢްޖެއަށް ގެނެވުނީ އިންޑޮނީޝިއާއިން ވަކިކުރެވުނު ބިން އާދެ! ކަލޭ ތިޔަބުނާ މުސްލިމުންގެ ބިން.. ކޮންމެސް އީސްޓީމޯލޭ ކިޔާ ތަނެއްގެ ވެރިއެކެވެ. އެއީވެސް އިސްލާމްދީނުގެ މީހުންނަށް އެހެން ދީންތަކުގެ ވެރިންތައް ދައްކާ ތަޢާރަފް ކުރާށެވެ. އޭރުވެސް ޔަހޫދީން އަޑީގައި ތިބެގެން މިކުރާ ކަންތަކެއް ދިވެހިންނަކަށް ނޭނގެއެވެ. އެއްބަޔަކު ވެރިކަން ބީވުމުން އަލުން ހޯދުމަށް މަސައްކަތް ކުރަނީއެވެ. އަނެއްބަޔަކު ޤައުމު ޔަހޫދީންނަށް ސިއްރުން ވިއްކަނީއެވެ. މިބުނާ އިސްލާމުން އެމީހުންގެ ދީން ބުނެދިނުމުގައި އުޅެއެވެ. އޭރު މިޤައުމުގެ ޚާރިޖީ ސިޔާސަތު މިދަނީ ކިހިނެއްކަން އެނގޭނީ އޭރުގައި ހުރި ފޮރިން މިނިސްޓަރއަށާއި މަރަޔާ އަދި އެފޭފް އަދި ޖެކީ ކިޔާ މީހަކަށެވެ. ދެން އޭރުގެ ޕްރެސިޑެންޓް ނަޝީޑް އާއި ކާފަ ޖިބުއެއަށެވެ.

މިހެން ބުނެފައި އޭނާ އިނގިލި ދިއްކޮށްލީ ކުރިމަތީގައިވާ އެއްޖިންސުން ގުޅުން ހިންގަން ހަދާފައިވާ ޕާލަރއަށެވެ. އަހަރެންވެސް ބެލީމެވެ. އޭނާ ބުންޏެވެ. ތިހެރެ ތާނގެ ކުރީގެ ފައުންޑަރ "ޖެގެލަން ހިއްލޫޓް" ކިޔާ މީހަކު އޭރުގައި އިންޓަރނެޓްގައި ފިރިހެން ކުޅި ކުޅުމަކީ ކުރަންޖެހޭނެ ކަމެއްކަން ލިޔެއުޅެއެވެ. އޭނާ ވަރަށް މަސައްކަތުން ތިތަން ބިޑުކޮށްގެން ސަރުކާރުން ނަގާ އެތަން ލޯނުން ހަދާ ހުޅުވިދުވަހު އޭނާ ވަނީ ފުރަގަސްފަރާތުގެ ކެންސަރ ބަލީގައި މަރުވެފައެވެ. އެއީ ވަރަށް ކުޅިކުޅޭ ހިތްވާ މީހެކެވެ. ދުވަހަކުވެސް މީހަކާއި ނުއިދެއެވެ. އޭނާގެ ދަރިންނެ އަނބީންނެއް ނުތިބެއެވެ. ނަމަވެސް މިހާރު ހުރީ އޭނާގެ ޕާލާރ އެކަންޏެވެ. އެތަނުގެ ނަން ބަލާށެވެ. އެތަނަށް " ކިޔަނީ ޕެނިސިންޑާރޒް ޑި ގޭ ޕާލަރ " އެވެ. އެއީ ފްރާންސް އިޓަލީ މިކްސް ނަމެކެވެ. މިހާރު އެތަން ހިންގަނީ ސަރުކާރުންނެވެ.

ދެން އެއަށް ފަހު ކުރިމަތިން އައި އަންހެނެއް ދައްކާފައި ވާހަކަ އިތުރަށް ކުރިއަށް ގެންދިއެވެ. އެހަރަ އަންނަ އަންހެނަކީ އެނތާގެ އެމްޑީއެވެ. އެއީ މުނިކާފަ ދުވަސްވަރުގެ މީހެއްގެ ދަރިއެއްގެ ދަރިއެކެވެ. އޭނާގެ މުނި މާމައަކީ ކުރިންބުނި ވެރިކަން ކުރިޕާޓީގެ މަރަޔާއެވެ. ކޮންމެއަކަސް އެތަން މި ދެއްކީ އޭރުގައި މިބުނި ދުވަސްވަރު 2010 ހާ ހިސާބުގައި އެކަމާއި ވެރިކަމުގެ ފަރާތުން އުޅުނެވެ. އެހެންވެ އެއްޖިންސުން ގުޅުންހިންގާ ހަމައެކަނި ހުރި އޭރުގެ ކޮންމެސް އަންހެން ބޮޑުވަޒީރަކަށްވެސް ކުރީގެ ރައީސް ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ޒިޔާރަތް ކުރިއެވެ. އެއީވެސް މިކަން ތަޢާރަފް ކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން ފަހުން އެމީހުންގެ ޖަމިއްޔާތައް މޯލްޑިވްސްއަށް ގެނައުމަށެވެ. މިއީ މިކަންކަން ރޭވިގެން އައި ގޮތެވެ. މިއީ ދިގު ވާހަކައެކެވެ. އަދިވެސް ކިޔާންވީހެއްޔެވެ؟..

މިއީ އޭރުގައި ކަލޭ ތިބުނާ އިޒްލާމް ދީން ފުހެލުމަށް މުނިކާފަމެންނާއި ދެކޮޅަށް ކުރެވިގެން ދިޔަ ކަންކަމެވެ. އޭރުގައި އޭރުގެ ވެރިކަމަށް ތާއީދު ކުރި ގިނަމީހުންނަކަށް މިކަންކަމެއް ނޭނގެއެވެ. ވެރިކަން ގެންނަން އުޅުނު އަހަރެންގެ މުނި ކާފައަކީ މި ބުނި ނަޝީޑްގެ ވަރަށް އަރިސް މީހެކެވެ. އޭނާ އޭރުގައި ހުރީ ރައީސް އޮފީހުގައެވެ. މައްސަލަ ނުކުންނާން ފެށީ އޭނާއަށް މިކަންކަން ފަޅާއަރައި ވާނުވާ އެގެން ފެށުމުންނެވެ. ދެން އޭނާ ހެދީ ޖިބުއެ ބްލޮގް ކިޔާ ބްލޮގެކެވެ. އެއީ އަހަރެންގެ މުނިކާފައެވެ. މުނިކާފަ އަމިއްލަ ނަމުގައި ބްލޮގް ހެދީ އޭރުގެ ރައީސްގެ ހަމަ އެހާ ގާތް ބޭފުޅަކާއި ދެމީހުންވެގެންނެވެ. އޭގައި ރައީސްއޮފީސް ތެރޭގައި ހުރެގެން ފާޑުފާޑުގެ ލިޔުންތައް ލިޔުނެވެ. ފަހުން މިކަން އޭނާ އަމިއްލައަށް ބުނީއެވެ. ކުރެވުނު ޒުވާބެއްގައި މިވާހަކަތައް މޫނު މަތީގައި ގޮވީ އެމީހުންގެ ޢޭރުގޮތުން އޭރުގެ ޕާޓީ ހަރުގޭގައި ޕާޓީ ޖަލްސާއެއްގައި ހާމައަށް ވަރަށް ފާޅުކޮށެވެ. އެހިސާބުން މުޅި ޕާޓީ ރޫޅުނެވެ. ހުރިހާ ޕާޓީތައް އެއްބަޔަކު އަނެއްބަޔަކާއި ލޭ އޮހޮރުވާ ތަޅަން ފެށިއެވެ. އޭރުވެސް ޕާޓީގެ އަޑީގައި ކާފައަށްވެސް ނޭނގި ކާފައަށް ތާއީދު ކުރި އެތައްބަޔަކު އެކަން ސިއްރުކޮށްގެން ދަނޑިވަޅަށް ބަލަބަލައި ތިއްބެވެ. ފަހުން ހުޅުރޯވެ ވެރިކަން ގަނޑުބަޑުވެ 5 އަހަރުގެ ދައުރުވެސް ނުނިމެނިސް ނެޝީޑްގެ ވެރިކަން ނިމުނީއެވެ. ފަހުން ހަނގުރާމަކޮށް މުޅި ޤައުމުގައި ތަޅާފޮޅުން އުފެދި އެންމެފަހުން އާއްމުކޮށް ވާގޮތަށް ޔަހޫދީ ޔޫއެން އައިސް އިސްލާމުން ގެންދެވުނީ އައްޑޫއަށެވެ. އެއީ ކުރީގެ ބަހުންނަމަ އިންޓަރ ނޭޝަނަލް ކޯލީޝަންއެކެވެ. ފަހުން އެތަނުންވެސް ބޭރުކޮށް ގިނަމީހުން ވަނީ އެކިގޮތްގޮތުން މަރާފައެވެ. ބައްޕަމެން މަރުވީ އެ ހަނގުރާމައިގައެވެ. އޭރުއްސުރެން މިޤައުމުގައި ކަލޭ ތިބުނާ ބަނގުރާ ނުބޮވޭ އިޒްލާމްއަކީ މަނާ ބަހެކެވެ. މަނާ ކަމެކެވެ..."

މިވާހަކަ ޒުވާނާ ކިޔައިދިމުން އަހަރެން ހައިރާންވެގެން އަނެއްކާވެސް އެހީމެވެ. މޯލްޑިވްސްއަށް އައުމުގެ ކުރިން އަހަރެންވެސް ތިވާހަކަ ކޮންމެސްވަރަކަށް ހިސްޓްރީން ބެލީމެވެ. ވާހަކަ ކުޑަކޮށް ތަފާތެވެ. އަހަރެންނަށް އެނގޭ ގޮތައް މާދަމާ ކިޔައި ދޭނަމެވެ. ތިހެންޏާ ނިކަން ބުނެބަލާށެވެ. ކުރީ ބުނެވޭގޮތުގައި އޭރުގެ ވެރިކަމުގައި " ދިޔޯ ސެފިކް" ކިޔާ މީހަކު އުޅުނު ހެއްޔެވެ؟ އޭނާއަށް ވީގޮތެއް ނުބުނަމެއް ނޫން ހެއްޔެވެ؟ އަދި އޭރުގައި ނަގާކިޔާން އުޅުނު ވެރިކަމުގައި ކާފަމެން ދުވަސްވަރު " ރާކޯސް މޫކޮސް ގޮންޒާލޭ" ކިޔާ މީހެއްގެ ވާހަކަވެސް އަޑު އެހީމެވެ. އެވާހަކަ އެނގެންޏާ ކިޔައިދެވިދާނެ ހެއްޔެވެ؟ ޒުވާނާ ފާޑަކަށް ނުބައި ހިނި ގަނޑެއް ޖަހާފައި ބުންޏެވެ. ދެން ބޭބެވެސްދޯ.. އެއީވެސް ހަމަ އިންސާނުން ނޫންހެއްޔެވެ؟ ތެޅިތެޅިފައި ވާނީ މަރުތާއެވެ. ތިޔަބުނާ " ދިޔޯ ސެފިކް" މަރުވީ އިނގިރޭސި ވިލާތުގައި ކާރު އެކްސިޑެންޓެއްގައެވެ. އަދި ތިޔަބުނާ ނަގާކިޔާ " ރާކޯސް މޫކޮސް ގޮންޒާލޭ" އަދި މަރެއް ނުވެއެވެ. އަހަރެން ވަރަށް ހައިރާންވެގެން އެޔޯއޭ ސުވާލު ކުރީމެވެ. އޭނާ ޖަވާބުގައި ބުނީ ހަނގުރާމައިގާ ތަޅާފޮޅާން އުޅެނިކޮށް " އުމަރޫޒް" ކިޔާ ދިވެއްސަކާއި " ޗިޗިކާޔާ ޗިކިޗިން " ކިޔާ ޗައިނާ މީހަކު ވެގެން އެއްލި ދަނގަޑުބުރިއަކުން ޖެހި ބޯފަޅައިގެން ގޮސް ދެން ދިޔައީ ކޯމާ އަކަށެވެ. އޭނާ އަދިވެސް އެއޮތީ އެ ކޯމާގައެވެ. އެހެރެ އެއްޖިންސުން ގުޅުން ހިންގާ ޕާލަރ ގެ އަނެއްފަރާތުގައި އެދިފައިވާ ލައިވް މިއުޒިއަމްގައި ބަނގުރާއަޅާ ފޮއްޓެއްގައި ކަސީރާ ކުރެވި ކުނިނުވާ ބޭސްލާފައި ހޭއަރާތޯ އަދިވެސް ބާއްވާފައި އެބައޮތެވެ. އަހަރެން އެހެންހޭ އަހާފައި ފަހުން އަދި ދިމާކުރަން ޖެހޭނެއޭ ބުނީމެވެ. އެއީ އަހަރެން ސާފުކުރަން ބޭނުންވާ ބައިވަރު ވާހަކަ އަދިވެސް ނުލިބިފައިވާތީއެވެ...
ދެން ހޭލެވިއްޖެއެވެ... ނުނިމޭ.. muraasil

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office