Tuesday, April 27, 2010

ދިވެހި ދައުލަތުގެ ދީނަކީ އިސްލާދީންކަމުގައި ލިޔެ ދެންބޭނުންހާކަމެއް ކުރުން

މުޢާޛު
އެންމެ ފައްކާގޮތަކީ ގާނޫނުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާދީންކަމުގައި ލިޔެ ދެންބޭނުންހާކަމެއް ކުރުން. ނިކަން ބައްލަވާ ރަލުގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުން ކަންތައްކުރެއްވި ގޮތް. ނިކަން ބައްލަވާ ރައީސް ނަޝީދު ދެއްވާ ރޭޑިޔޯ ޚިތާބުތަކާއި ކަންތައްކުރައްވާގޮތް. ނިކަން ބައްލަވާ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިގަމުންދާ މަސްތުވާ ތަކެތީގެ މައްސަލަތަކާއި، މީހުން މެރުމާއި، ބޮޑެތި ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކާއި، ވަބާއަކަށް ވެފައިވާ ޖިންސީ މައްސަލަތަކަށް. މިކަންކަމުގެ ޙައްލު ހޯދަންވެސް ދައްކަންޖެހޭނީ އިސްލާމީ ޝަރީޢަތުގެ ވާހަކަ ކަމުގައިވާތީ އެކަންކަމަށް ޙައްލެ މިވަނީ ނުހޯދިފައި.
ލާދީނީ ވަނީ މިކަންކަމުގެ ތެރެއިން ގޮސް، ޚާއްސަކޮށް ރަލާއި، ޖިންސީ ކަންތައްތަކާއި އަދި ޚިޔާނާތުގެ ކަންތައްތަކުގެ ތެރެއިން މީހާއަށް ދުނިޔެ ފެނި، އަދި ދުނިޔެ ނޫންތަނެއް ނުފެނި އެކަމުގައި ހަފުސްވެ އެހިސާބުން އުޅެން ފަސޭހަ ގޮތަކަށް އުޅެން ބޭނުންވުން. އެހެން އުޅެން ބޭނުންވާ މީހުންނަ ޑާވިންގެ ތިޔަރީއާއި، ކްރިސްޓިއަން ދީން ވަރަށް ފައްކާވާނެ. muraasil.com

No comments:

Post a Comment