ބަންދަލްމުޚްތާރު
ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު
ފުވައްމުލަކު ހިރިހަމާދި ކަލޭފާނު އެއް ދަތުރަކު މާލެ ދުރުވަމުން ދިއްގަރު ބޭރުގައި ޖައްސައިފައި އެއްގަމަށް ފޭބެންނެވި އިރު، ވިއްކާން ގެނައި އާރޮސްތަކެއް ބަލައިގެން އުޅެ އޭގައި ކުޑަކޮށް ފަނި ހުރިކަމުގައި ވެގެން އެ ރަށު މީހުން ނުގަތޫ އެވެ. ދެން އޮޑިޔަށް އަރައި ބޮޑު ތަގަރިޔަކަށް އާރޮސްތައް އަޅައިލައިފައި ދޮޅަހަކަށް ކާށީގެ ހުނިގާނައި އެ އާރޮސްތަކާ އެއްކޮށް މޮޑެލައިފައި ރުނބަޔަކަށް އަޅައި މަތި ބަނދެ ބަހައްޓައިފައި އެ ރަށަށް ފައިބައި ދަތުރަށް ފުރާން އުޅޭ ވައްތަރު ޖައްސާލާފޫ އެވެ. އެ ރަށު މީހުން ބުނެފޫ އެވެ. ދެން ހަމަ ރަނގަޅު އާރޮހެއް ބޮނޑިއެއް ނެތީތޯ އެވެ؟
ހިރިހަމާދި ކަލޭފާނު: ރާއްޖެތެރޭގައި ވިޔަފާރި ކުރަމުން އައިސް މި ރަށަށް މި އާދެވުނީ އަތް ހުސްވެގެން ވިއްޔާޔޭ. އެހެންވީމާ ދެނެއް ތިޔަ ކަހަލަ އެއްޗެއް ނެތޭ. ދެން ހުރީ އަހަރުމެން އޮޑީގެ ބޮޑުން އޮޑިމަތީގައި ކާން ރަށުން ހަދައިގެން ގެނައި ބަންދަލްމުޚްތާރު ރުނބަޔެކޭ. އެޔެއް ވިއްކައިގެނެއް ވެސް ނުވާނެޔޭ.
އެ މީހުން: ތިޔައީ އަޅުގަނޑުމެން ދުވަހަކު ނުދެކޭ އެއްޗެކޭ. ތިޔަ ވާނީ އަޅުގަނޑުމެންނަށް ދައްކަވާށޭ. އަޅުގަނޑުމެން ބޮއްކުރައެއްގައި ހިނގައި ވެސް ދާނޫ އެވެ.
ހިރިހަމާދި ކަލޭގެފާނު: ތިޔަހެން ވިއްޔާ ގޮސްބަލާށޭ ލަސްކޮށްގެން ނުވާނެޔޭ. ފުރާން ވެސް ވެއްޖެޔޭ. ބަނޑޭރި އަހަންމަދު ގާތުގައި ބުނަނިކޮށް އެ ރުނބާ ދައްކައިފާނެޔޭ.
ދެން މިބައިމީހުން ބޮއްކުރައެއްގައި އޮޑި ދޮށަށް ގޮސް މި ވާހަކަ ދައްކާން ފެށީމާ އޮޑީގެ މީހަކު ތިޔަހަރަ ފެންނަނީޔޭ ތިޔަ ރުނބަޔަކީ ކިޔާފައި ދައްކައިފޫ އެވެ.
ދެން މިބައި މީހުން މި ރުނބައި ހިފައިގެން އެއްގަމަށް ގޮސް މޮހައިލައިގެން ރަހަބެލި އިރު ވީ ވަރަށް މީރު އެއްޗެއް ކަމުގަޔޭ ދެން މީގެ އަގަކީ ކޮަބައިތޯޔޭ ކިޔައިގަތީމާ؛
ހިރިހަމާދި ކަލޭގެފާނު: ތިޔައީ އަހަރެމެން ވިއްކާކަށް ގެންނަ އެއްޗެއް ނޫނޭ. އެހެންވީމާ އަގެއް އެނގޭނީ ކިހިނަކުންހޭ. ދެން ކަލޭމެން ގަންނާން ވެއްޖައީވިއްޔާ ބައިލާއްސެއްވަރު ގުޅައެއް މަހަކަށް ކަމުގައި ގެންދާށޭ. ގިނަ އިރެއް ނުވެ ރުނބައި ހުސްވެ މަސް މި ތަނަށް ޙާޟިރު ވެއްޖެޔޭ.
ހިރިހަމާދި ކަލޭގެފާނު: މަސްތަކާ، ރުނބަޔާ ހިނފައިގެން އޮޑިޔަށް އަރުއްވައިފިޔޭ. ބުނުއްވިޔޭ ކުދީނޭވޭ. ބަންދަލްމުޚްތާރު ހަދާލަނިކޮށް ފީ އާރޮހެއްކަމަކު އެންމެ ރަނގަޅު އަގެއްގައި ވެސް ވިކިދާނެޔޭ. ވިޔާފާރި ނުވެވެނީ، ކުރާނޭ ނުކުރާނޭ ކަމެއް ނޭނގޭ މީހުންނަށޭ. އިތުރަށް

if this is a true story then Hirihimaadhi kalaegefaanu certainly commited a sin. because there is a hadhees to the effect of forbidding city dwellers to sell to naive villagers exploiting their ignorance...
ReplyDeleteIf your comment is meant to be sarcastic then go ahead... Shows nothing but your arrogance.
ReplyDeleteBut if your comment is sincere and genuine then...
Your black and white tinted screen prevented you from seeing the message within...
Lets put it this way...
A virgin girl... She fornicates... And then she put on some sexy and slutty clothes and the people who said that they wouldn't even touch her falls for her... And marries her...
How abt now... Salahuddin's story is a bit deeper than Hirimaadhi Kaleygefaanu's "sin"...