Posts

Showing posts with the label ނަރަކައިއާއި ސުވަރުގެއަކީ ވަކިޖިންސަކަށް ޚާއްޞަކުރެވިފައިވާ ތަނެއްބާ؟

ނަރަކައިއާއި ސުވަރުގެއަކީ ވަކިޖިންސަކަށް ޚާއްޞަކުރެވިފައިވާ ތަނެއްބާ؟

Image
ނަރަކައިއާއި ސުވަރުގެއަކީ ވަކިޖިންސަކަށް ޚާއްޞަކުރެވިފައިވާ ތަނެއްބާ؟ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނަރަކައާއި ސުވަރުގެއަކީ ޙަޤީޤަތެކެވެ. އެއީ ޙައްޤު ތެދެވެ. ޤިޔާމަތް ދުވަހަށް އީމާންވުމުގެ ތެރޭގައި އެދެތަން ތެދުކޮށް ކަށަވަރުކޮށް ޤަބޫލުކުރުން ހިމެނެއެވެ. ސުވަރުގެ އަކީ ﷲ އަށް އީމާންވެ ކިޔަމަންތެރިވެއުޅުން މީހުންގެ މަތިވެރިމަންޒިލެވެ. މުއުމިންތަކުން އެތަނަށް ވަންނަނީ އެބައިމީހުންގެ ހެޔޮޢަމަލުތަކުގެ ސަބަބުންނާއި ﷲގެ ރަޙްމަރާއި އޯގާވަންތަވެރިކަމުންނެވެ. ނަރަކައަކީ ﷲ އަށް ޝިރުކުކޮށް އެކަލާނގެ މަގުން އެއްކިބާވެ އުޅޭ މީހުންގެ ގޮވައްޗެވެ. އެމީހުން އެތަނަށް ވަންނަނީ އެމީހުންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުންނާއި ﷲގެ އިންޞާފުވެރިކަމުންނެވެ. މިޙަޤީޤަތުގެ މަތީގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ރިސާލަތު ޤާއިމުވެފައިވެއެވެ. ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެކެވެ. ހެޔޮޢަމަލުކުރުމަށް ހިއްވަރު ދެއްވުމުގެ ގޮތުން އައިސްފައިވާ ބަސްފުޅުތަކެވެ. ފަހަރެއްގައި ވެސް އަންހެނުން އެއީ ހަމަ އަންހެނުންނަށްވީތީވެ ނަރަކަވައްދަވާނޭކަމަށް އައިސްފައ...