Saturday, April 3, 2010

އަންހެނުންގެ ޙައްޤު ގައި


ރައްޔިތުމީހާ


ރައީސްއޮފީސް
އަނެއްދިވެހިރާއްޖެ.

އަންދާސީ ހިސާބު ހުށަހަޅަން

ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެން ކުރަފިދެކެ ބިރުގަންނަ ބައެކެވެ. މިކަމުގެ ސަބަބުން ވަރަށްގިނައަދަދެއްގެ ޒުވާންއަންހެންބޭފުޅުން އަދި ހަމައެހާމެ ގިނައަދަދެއްގެ ޒުވާންނޫން އަންހެންބޭފުޅުންވެސް އަޅުގަޑުމެނަށް ޝަކުވާހުށަހަޅަމުން ގެންދެއެވެ. އެބޭފުޅުން އަދެމުންދަނީ މިރާއްޖެއިން ކުރަފި އެއްކޮށް ހުސްކުރުމަށެވެ. ސަބަބަކީ އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި މިކަމަކީ އެބޭފުޅުންގެ ޙައްޤަށް ނުހަނުބޮޑަށް އަސަރުކުރާކަމެކެވެ. އަދި އެބޭފުޅުން އަބަދުވެސް ތިބެންޖެހެނީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.ވީމާ މުޅިރާއްޖެއިން ކުރަފިހުސްކޮށް، އަދި ރާއްޖެއަށް ކުރަފި އަތުވެދާނެ އެންމެހައި ވަސީލަތްތައް ބަންދުކުރަން ވަނީ ނުހަނު ބޭނުންވެފައެވެ. ވީމާ އަމިއްލަތަކެތީގައި ހިލޭ މިމަސަކަތް ކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަޅުގަޑުމެންގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ 515 ވަނަދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައަކަށްލާފައި ބަންދުނުކޮށް، ސިޓީއުރައިގެ ބޭރުގައި "އަންހެނުންގެ ޙައްޤުގައި" މިހެން ލިޔެފައެވެ. ލިޔަންވާނީ ޓޫބީގެ ފަންސުރަކުންނެވެ.

ވެރިކަމުގެ ފުރަތަމައަހަރުގެ 508 ވަނަދުވަސް. މުރާސިލް


No comments:

Post a Comment