އަނެއްފިކުރު މިހިރަގެން އަންނަނީ ނަގާބޯމަތިވަމުންނެވެ.

ހިލްމީ

އަންހެންބޭފުޅުންނާ ބެހޭގޮތުން އެދެކެވޭހާވާހަކަތައް 2
ލޮބުވެތިއަންހެންކަނބަލުންނޭވެ. ހޭއަރާވިސްނަންވެއްޖެއެވެ.
އަނެއްފިކުރުގެމީހުން ބުނެއެވެ. ދައްކާށެވެ. ދެއްކީމައި ހައްޤުލިބޭނެޔޯލައެވެ. އާއެކެވެ. މަގުމަތިންދާހާބަޔަކަށް އެބުނާ ހައްޤުތައް ލިބެއެވެ. ހިތާމަޔަކީ އެބުނާ ހައްޤުތައް ހޯދާނިމޭއިރު ހުންނަނީ އަންހެނަކަށް ލިބެންވާހުރިހާ ހައްޤެއްލިބިފައެވެ. ވާނީވެސް އެހެންނެވެ.
މީހަކާއިންނަންވާއިރަށް އިތްފަތްތެރިކަމުގެ ހައްޤުވެސް ވަނީ ފިރިމީހާޔަށް އެއަކުން ކުރާނެމާބޮޑު ބޭނުމެއްނެތް ވަރަށް ވިކިހުސްވެފައެވެ. އަނެއްފިކުރުގެ ހައްޤުތައް ކިހާފުރިހަމަތޯއެވެ. އަޖައިބަކީ ބައެއްމައިން 40 މަންޗަށް ދިއައީމައި އޭފޯޒައިޒްގެ ބުރުގާއެއް އަޅާލައިގެން އަންހެންދަރިފުޅު ބޯކޮށްފުއްޖަހާލައިގެން އެންމެއަގޮބޮޑު ހެދުންގަންނައިރު އެހެދުމުގައި ހައްޤުތަކުގެ ބައިވަރަށް ފުރިހަމަވެފައި ހުރުމެވެ. އެބުނާ އަނެއްހިޔާލާތުގެ މީހުންނަށް ފެނިއްޖެނަމަ މަގޭދަރިފުޅު ރަނގަޅު އަގެއްގައި ވިއްކާލެވޭނޭ ހިތައްއަރަނީ ކަންނޭގެއެވެ. އެހެންވެ އެންމެފަހުވަގުތު މީހާކާ އިންނަންވާއިރު ސަތާރަ ވިއްސައްކަ ސައިކަލުފަހަތުގައި އެއަންހެކުއްޖާވަނީ އުދުހިފައެވެ. ސަތާރަ ވިއްސަކަށް ފިރިހެނުން އެކުއްޖާޔަށް ހައްޤުތައް ހުންނަނީ ދީނިމިފައެވެ. ގަބޫލުނުކުރިޔަސް ކުރިޔަސް ހަޤީގަތަކަކީމިއެވެ. ﷲ ތާޢާލާ ތިޔަބައިމީހުންނަށް ރަނގަޅަށް ހިޖާބުވުމަށް އަމުރުކުރެއްވިޔޭ ބުނުމުން ޖޯކުޖަހަނީ އިސްލާމްދީނަށެވެ. އަނެއްހިޔާލާތު އެމަގުން ހިނގީމާ ހައްޤުތައް ގިނައިން ލިބޭނަމަ އެހައްޤުތައް ހަޤީގަތުގައިވެސް ތިބުނާ ކުދިންނަށް ލިބެއެވެ. އެބައިމީހުންގެ ނަޒަރުގައި ކާމިޔާބަކީ އެޔޯލައެވެ. އަދިހައިރާންވެ އަންތަރީސްވާންޖެހޭ ވާހަކައެއްވެސް އެބައޮތެވެ. މިގައުމުގެ ރަނގަޅުވިޔަފާރިވެރިންގިނަނަމަވެސް އެމީހުންގެ ނަންވެސް ހުތުރުކުރުމަށް ކަންނޭނގެއެވެ. ބައެއްވިޔަފާރިވެރިންނަށް އިސްލާމްދީނުގެ ހެދުމަކުން ހިޖާބުވެގެން ހުންނަ އަންހެންކުއްޖަކު ކަމަކުނުދެއެވެ. ކަމުދަނީ ވިޔަފާރިވެރިޔާ ބުނާގޮތުންނަމަ ގިނަމީހުންނަށް ހައްޤުތައް ލިބޭގޮތައް ހުންނަ ސޭލްސްގަރލް އެވެ. އޭރުން ވިޔަފާރިވާލެއް ރަނގަޅޯއެވެ. އާއެކެވެ. ގާރޫނަށް ވެސް ﷲ ތަޢާލާ މުދާދެއްވިއެވެ. ފިރުޢައުނަށްވެސް މުދާދެއްވިއެވެ. އެކަމަކު އެބައިމީހުންގެ ނިމުމުގެ ނުބައިކަމާއެވެ. ސުލައިމާނު އަލައެހިއްސަލާމަށްވެސް މުދާދެއްވިއެވެ. ތަފާތަކީ ﷲ ގެ ބަރަކާތުން ލިބުމެވެ. ވިސްނެވުންހުއްޓެވެ. އަނެއްފިކުރަށް އަނެއްހިޔާލާތައް ގޮސްގެން އަންހެންކަނބަލުންގެ ހައްޤުތައް ލިބޭގޮތް މިހިރަގެން ފެންނަނީއެވެ. ދެންއަޮތްވާހަކަ ރަނގަޅުވާނީވެސް ނުލިޔުނިއްޔާކަންނޭގެއެވެ. އެހެންނަމަވެސް ޝައިތާނީ ފިކުރު އަނެއްފިކުރު އަނެއްހިޔާލާތުގެ މަކަރުވެރި އޮޅުވާލުންތައް އަޅުގަނޑުމެންގެ ލޮބުވެތިކަނބަލުންނަށް އެނގެންބޭނުންވާތީ މިވާހަކަވެސް ލިޔެލާނަމެވެ.
ކަނބަލުންނަށް ހައްޤުތައް ނުލިބެޔޯ ކިޔައިގެން ހަދައިގެން އުޅޭބައެއްޖަމިއްޔާތަކުގެ ވާހަކައެވެ. މީގެ މަތީގައިވެސް ތިބީ މިބުނާ އަނެއްފިކުރުގެ މީހުންނެވެ.މަތީފަޑީގައި ތިއްބެވީ ބޮޑެތިވެގެންވާ ރޯފިރިހިހެނުންވެ. ކަންބަލުންގެހައްޤުތައް ހޯދައިދޭންވެގެންނޯއެވެ. އަޖައިބަކީ މުޅިރެޔާ ދުވާލު ހޭދަވެގެން ދާއިރު އަނބިމީހާ އެތައްފަހަރަކު މިބައިމީހުންނަށް ގުޅާއިރުވެސް ދަރިޔެއް އަންބެއް ވާކަމެއް މިބައިމީހުންނަށް އެނގޭކަމަކަށްނުވެއެވެ ބިޒީވެގެންނޯއެވެ. އަންހެނުންގެ ހައްޤުތައް ހޯދަދިނުމަށެވެ. ހައިރާނެއްފަހެ ނުވާނެހެއްޔެވެ. އަނބިމީހާޔަށް ހައްޤުތައް ނުދެވިގެން އުޅޭއިރުވެސް ކަންބަލުންގެ ހައްޤުތަކުގައި ހިފައިގެން ނުކުމެގެން އުޅޭތީ އަޖައިބެއްނުވޭހެއްޔެވެ. ލޮބުވެތިކަނބަލުންނޭވެ. ހޭއަރާވިސްނަންވެއްޖެއެވެ.އަނެއްފިކުރު މިހިރަގެން އަންނަނީ ނަގާބޯމަތިވަމުންނެވެ. މުރާސިލް

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ