ޝަހީމު މެން ވެސް، މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ދީނީ އިލްމުވެރިންނަށް ވާން ޖެހޭނެޔެކޭ ނުކިޔައެވެ.
ތާޖިރު
އެނގިވަޑައިގަންނަވާނޭ ފަދައިން، މަޖިލީހުގައި ގިނައިން އެ ތިއްބެވީ އުޑެއް ބުޑެއް، ތަނެއް ދޮރެއް ނުދަންނަ، ގޮތެއް ފޮތެއް ނެތް ބައެކެވެ. އެންމެންނެއް ނޫނެވެ. އެކަމަކު ގިނައީ އެފަދަ ޖާހިލުންނެވެ. އަހަރެން ހިތުން، މިކަހަލަ ޖާހިލުންނަށް ވުރެ، "ކުޑަ މިނުން" އިސްލާމީ ތައުލީމު ނަމަވެސް ކޮންމެވެސް އެއްބާވަތަކުގެ ތައުލީމެއް ލިބިފައި ތިބި ބަޔަކު ހޮވިނަމަ މާ ރަނގަޅުވީހެވެ. އަނެއްކަމަކީ، މަޖިލީހުގައި އިސްލާމީ ތައުލީމީ މީހުން ވެސް ހިމެނުމަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ތަނެއްގައި ނަމަ ހަމަ ޒަރޫރީ ކަމެކެވެ. ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމު ގައުމެއްކަމުގައި ދައުވާކުރާ ތަނެކެވެ. ޝަހީމު މެން ވެސް، މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ދީނީ އިލްމުވެރިންނަށް ވާން ޖެހޭނެޔެކޭ ނުކިޔައެވެ.
އެމީހުން ބުނަނީ ކޮންމެވެސް ވަރަކަށް ދީނީ މީހުން ހިމެނެން ޖެހޭނޭ ވާހަކައެވެ. ލިޔުންތެރިޔާއަށް ވާ ގޮތަކީ، އިސްލާމިކް މިނިސްޓްރީގައި ދޯހަޅި ކަމެއް ހިނގާ އިރަށް، އެމީހުންނަކީ ދީން ކިޔަވައިގެން ތިބި ބަޔަކަށް ވީތީ ސިޔާސަތަށް ޖާހިލުވާ ބައެއްކަމުގެ ނަންބޯޑު ޖަހާލެވެނީއެވެ. ނުވަތަ ދުނިޔޭގެ އާޖުފާޖު ނޭނގޭ ބައެއްކަމުގައި ލޭބަލްކުރެވެނީއެވެ. ދެން އެންމެރަނގަޅެވެ. ވެސްޓަން ތައުލީމު ލިބި ހުރި ބޭފުޅުން ހިންގާ ހެލްތު މިނިސްޓްރީއާ އެޑިޔުކޭޝަން މިނިސްޓްރީގައި ހިނގާ ދޯހަޅި ކަންކަމަކީ ހަމައެކަނި ޒަމާނީ ތައުލީމު ލިބުނީމާ ނުފުދޭ ކަމުގެ މިސާލު ދެއްތޯއެވެ؟ ގައިމު އެތަންތަން ހިންގަވަނީ "ހަމައެކަނި ދީންކިޔަވައިގެން" ތިބި މީހުންނެއް ނޫނެވެ. ޒަމާނީ ތައުލީމުގެ ޕީއެޗްޑީ ހޯލްޑަރުންނެވެ. އެހެންކަމުން، ތިޔަ ބޭނުންކުރައްވާ ޢިބާރާތްކަމުގައިވާ "ހަމައެކަނި ދީން ކިޔަވައިގެން" ގެ ބަދަލުގައި، "ހަމަ އެކަނި ކިޔަވައިގެން" އަށް ބަދަލުކޮށްލެއްވުން ކީއްތޯއެވެ؟ އެހެންނޫނީ އަޅުގަނޑަށް ދެންނެވޭނީ ތިޔަބޭފުޅާ ދުނިޔޭގައި ހިނގާ ކަންކަން ވަޒަންކޮށް މިނެކިރުމަށް ތިޔަ ގެންގުޅުއްވަނީ ވަރަށް ކޮރު މިންގަނޑެއްކަމުގައެވެ. މުރާސިލުން
Define "Jaahil"?
ReplyDelete