ތުބުޅީގެ ޒުވާބު


އާމިރު:ތުބުޅި ބެހެއްޓުން އެއީ އިސްލާމް ދީނާ އެކީ އައިކަމެކޭ މިހާރުގެ ދީނީ ޢިލްމް ވެރިން ބުނޭ.އިސްލާމްދީނުގައި ހިމެނިފައިވާ ހަރާމް ހަލާލް ކަންތައް ތަކަށް ދީނުގެ މަގަށް ނުވިސްނާ އިންސާނީ ފިކުރާ ބުއްދީގެ މަގަށް ވިސްނި ކަމުގައިވީ ނަމަވެސް ކަމެއް ހަރާމް އެކުރެވުނީ ހަމަ އިންސާނިއްޔަތަށް ފައިދާ ހުރިކަމަކަށް ކަން މިހާރުގެ ސައިންޓިފިކް އިލްމް ގެ ޒަރިއްޔާއިން ވަރައް ރަގަޅަށް ސާބިތުވޭ. ތުބުޅި ބެހެއްޓުމުން ލިބޭ ފައިދާ އާއި ދޭތެރޭވިސްނާ ކޮޅުންލީއިރު އެގުނު ގޮތަކީ.
އެއީ ވަރަށް މުޑުދާރު ކަމެއްކަން.އަޅުގަޑުގެ ވަރަށް ރައްޓެހި ތުބުޅިލީމީހަކު ސައި ހޮޓަލެއްގައި އަޅުގަޑުގެ ކުރިމަތީގައި ކޭންބައްލަވަން އިން އިރު ތުނބުޅީގައި ބަތާ ރިހަ އުގުޅެމުން ކަމުން ދިޔަތަން ބަލަން ނުކެރިގެން އަޅުގަޑަށް ނީދެވިގެން ބުނެވުނީ ހަމަ ތިޔަބޮޑު ތުނބުޅިޔާ އިސްލާމް ދީނާ ހުރީ ކޮންގުޅުމެއްހޭ؟.އިސްލާމްދީނަކީ ސާފުތޯހިރުގެ ދީނެއްނޫންހޭ. ކަލެޔަކީ ފަސްވަގުތު ނާޅާ ނަމާދުކުރާމީހެއްނޫންހޭ!. ތިވަރުން ކިހިނެއްހޭ ސާފުތާހިރު ކަމުގައި ހުންނާނީ!.ތިހިރީ ވިއްޔާ އޭ ތިޔަތުބުޅިންނުދާ ނުބައިވަސް.ކާތަކެތިވެސް ތިހުރީ ތުނބުޅީގައި ތައްލަވާފައޭ! މަބުނީމާއޭ ކަލެޔަށް ރޭކާވެސްލީ.މިހެން ބުނީމާބުނީ ކަލޭ އިސްލާމް ދީނުގެ ރުކުނަކާ އިންކާރު ކުރަނީއޭ! ތިޔައީ ވަރަށްބޮޑުކަމެކޭ!.ކިޔާފައި ރުޅި އައިސްގެން ހިގައްޖެ. ކޮމެންޓް: ހަމަ ގައިމުވެސް ތުނބުޅި ބެހެއްޓުމަކީ ސުންނަތެކެވެ. އެއީ އިސްލާމީ ޝިއާރެކެވެ. އަދި ދުނބުޅިއަށް ހަޖޫ ޖަހާ ފުރައްސާރަކުރުމަކީ އިސްލާމީ ޝިއާރަކަށް މަލާމާތްކުރުމެވެ. މުސްލިމަކު ދީނުން ބޭރުވާ ކަންތައްތަކުގެ ތެރޭގައި އިލްމުވެރިން ވަނީ އިސްލާމީ ޝިއާރަކަށް ދެކޮޅުހަދާ މީހުންވެސް ހިމަނުއްވާފައިކަން ހަނދުމަކޮށް އަރުވަމެވެ. އަދި ނޭންގިހުރެ ކުފުރުވެގެން ނުދިޔުމަށް ނަސޭހަތްތެރިވަމެވެ.
އެޑަމް: ބަލަ ކަލޭ ތުނބުޅި ބެހެއްޓީމާ އެއީ މުޑުދާރުކަމަކޭ ބުނާއިރު ކަލޭގެ ބޮލުގައިވެސް ތިޔަހަރީ ހަމަ އެއިސްތަށްޓެވެ. އެވެސް ބާލަންވީ ނޫން ހެއްޔެވެ؟ ކަލޭގެ އަންހެނުންގެ އިސްތަށިގަނޑުވެސް ބާލުވާށެވެ. އެންމެގިނައިން އުކުނު އަޅަނީ އަންހެނުންގެ އިސްތަށިގަނޑުގައެވެ. ބުނެލަން އޮތް ވާހަކައަކީ ސާފުތާހިރުކަމަކީ ތުބުޅި ބެހެއްޓުމާ ނުވަތަ ބޭލުމާ ގުޅިފައި އޮންނަ ކަމެއްނޫނެވެ. ސާފުތާހިރުކަމަށް ސަމާލުކަންދޭ މީހަކު ތުނބުޅި ބެހެއްޓިޔަސް ސާފުތާހިރުވާނެއެވެ. ކަލޭގެ އެކުވެރިޔާގެ ތުބުޅިޔަށް އެއްޗިހި ގޮވުމުގެ ބަދަލުގައި އޭނާއަށް ކެއުމުގައި ފަރުވާތެރިވުމަށް ނަޞީހަތްތެރިވީނަމަ މާރަގަޅުވީހެވެ. އެހެންޏާފަހެ އެބަޔަކާ ކައިރިވެ ވައިއެޅިލަންނުކުރޭ ތުބުޅި ބާލައި އޮމާންކޮށްގެން ތިބޭ އެތައް ބަޔެއްވެސް އަހަރެންނަށް ފެނިފައިވެއެވެ. އެހެންކަމުން މީހާގެ ސާފުތާހިރުކަން ޖަޖުކުރާ މިންގަޑަކީ އެއްވެސް ޙާލެއްގައި ތުބުޅިއެއް ނޫނެވެ. muraasil.com

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ