ޑރ. ޒާކިރު ނައިކްގެ ކުރު ތަޢާރަފެއް
ޑރ ޒާކިރު ޢަބްދުލްކަރީމް ނައިކަކީ ޕޮރްފެޝަނަލް ޓްރޭނިންގ ލިބިވޑައިގެން ހުންނެވި މެޑިކަލް ޑޮކްޓަރެކެވެ. ހަމައެފަދައިން އޭނާއަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރައީސް އެވެ. އިސްލާމްދީނާއި މެދު މީސްތަކުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި އިޚްތިލާފީ މައްސަލަތަކަށް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި، އަދި މީގެއިތުރުން އެހެންދީންތަކުގެ ފޮތްތަކުގެ އަލީގައްޔާއި ސިކުނޑިއާއި ސައިންޓިފިކު ޙަޤީޤަތްތަކުގެ އަލީގައި އެމައްސަލަތައް އޮޅުން ފިލުވައި ދެއްވައެވެ. އޭނާގެ ޢުމުރުފުޅަކީ ސާޅިސް ހަތަރު އަހަރެވެ.
ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު މަޝްހޫރުވެވަޑައިގެންފައިވަނީ ޢާންމު އެއްވުންތަކުގައި ވާހަކަފުޅު ދެކެވުމަށްފަހު، މީސްތަކުން އޭނާއާ ޗެލެންޖު ކުރުމަށް ކުރާ ސުވާލުތަކަށް ސިކުނޑި ޤަބޫލުކުރާ އަދި ބިނާކުރަނިވި ޖަވާބުތައް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި އޭނާވަނީ 1300 އަށްވުރެ ގިނަ މަޥްޟޫތަކަށް ޢާންމުންގެ ތެރޭގައި ވާހަކަފުޅު ދައްކަވާފައެވެ. އޭގެތެރޭގައި އެމެރިކާ، ކެނެޑާ، އިޓަލީ ސަޢުދީ ޢަރަބިޔާ، ޔޫއޭއީ، ކުވައިތު، ޤަޠަރު، ބަޙްރައިން، އޮމާން، މިޞްރު، އޮސްޓްރޭލިޔާ، ނިއުޒިލެއްންޑް، ސައުތު އެފްރިކާ ބޮސްޓްސުވާނާ، މެލޭޝިޔާ، ސިންގަޕޫރު، ހޮންގކޮންގ، ތައިލެންޑް، ގިޔާނާ (ސައުތު އެމެރިކާ) ޓްރިނާޑާރޑް ހިމެނެއެވެ. އޭގެ އިތުރުން، އިންޑިޔާގައި ވަނީ ވަރަށްގިނަ ޢާންމު ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.
އޭނާއަކީ ތަފާތު ޢަޤީދާތަކުގެ އަހުލުވެރިންނާއިއެކު ވަރަށް މުހިންމު ދީނީ ބަޙުޘު ކުރައްވާ އަދި ހަމައެފަދައިން އެފަދަ މީސްމީހުންގެ މައްޗަށް ކާމިޔާބު ހޯއްދެވުމުގައި ފާހަގަ ކުރެވޭ އެރޮނގުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމެރިކާގެ ބޭފުޅެއްކަމުގައިވާ ޑރ. ވިލިޔަމް ކޭމްޕްބެލް އާއިއެކު "ސައިންސުގެ އަލީގައި ކީރިތި ޤުރްއާނާއި ބައިބަލް" މިމަޥްޟޫއަށް އެމެރިކާގެ ޗިކާގޯ ގައި 2000 ވަނައަހަރު އެޕްރީލްގައި ބޭއްވި ބަޙުޘަކީ މިކަމުގެ އަލިގަދަ ހެއްކެވެ.
އިންޑިޔާގެ މިހާރުގެ ހިންދޫންގެ ގުރޫ ރަވީ ޝަންކަރ އާއިއެކު "ދީނީ ނައްޞުތަކުގެ އަލީގައި އިސްލާމްދީނާއި ހިންދޫޒަމް" މިމަޥްޟޫއަށް އިންޑިޔާގެ ބެންގަލޯރުގައި ބޭއްވީ ބައްދަލުވުމަކީވެސް ވަރަށް ފާހަގަކުރެވޭ ބަޙުޘެކެވެ. މިބަޙުޘު ބޭއްވިފައިވަނީ 21 ޖެނުއަރީ 2006 ވަނަ އަހަރުއެވެ. މިބައްދަލުވުމުގައި މި ދެޢަޤީދާގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.
22 ފެބްރުއަރީ 2009 ވަނައަހަރު އިންޑިޔަން އެކްސްޕްރެސް އިން އިންޑިޔާގެ އެތަށް ބިލިޔަން މީހުންގެ ތެރެއިން ހޮވި ، "އިންޑިޔާގެ އެންމެ ބާރުގަދަ ސަތޭކަ މީހުން 2009" ގެ ލިސްޓުން 82 ވަނަ ރޭންކް ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކަށް ލިބިވަޑައިގަތެވެ. އަދި އިންޑިޔާގެ ދީނީމީހުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ 10 މީހުންގެ ތެރެއިން 3 ވަނަ ލިބިވަޑައިގަތެވެ. އެއީ ބާބާ ރާމަދޭވް އަދި ސިރީ ސަރ، ރަވީ ޝަންކަރަށް ފަހުއެވެ. އެލިސްޓްގައި ހިނެމޭ ހަމައެކަނީ މުސްލިމަކީ އޭނާއެވެ.
މިލިސްޓްގައި ހިމެނުނު 8 މުސްލިމުންގެ ތެރެއިން ، ވަޢްޡާއި ދީނީ އިރުޝާދު ދެއްވާ ހަމައެކަނި ބޭފުޅަކީ ޑރ. ޒާކިރު ނައިކެވެ. މިލިސްޓްގައި ދެން ހިމެނިފައިވަނީ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ ޒިންމާދާރު މީހުންނާއި ބާރުގަދަ ވިޔަވާރިވެރިންނާއި ފިލްމީ ތިން ޝަޚުޞިއްޔަތެވެ.
ދީނީ އަދި ރޫޙީ ލީޑަރުންގެ ތެރޭއިން އެލިސްޓްގައި ހިމެނުނު ހަމައެކަނި މުސްލިމަކީ ޑރ. ޒާކިރު ނައިކެވެ. 2009 ގެ ލިސްޓުން އޭނާއަށް 3 ވަނަ ލިބިވަޑައިގަތެވެ. 2010 ވަނައަހަރުގެ ދީނީ އަދި ރޫޙީ ލީޑަރުންގެ ލިސްޓުން އެންމެ ކުރި ލިބިވަޑައިގަތެވެ.
އެމެރިކާގެ ޖޯޖްވޮޝިންޓަން ޔުނިވަރސިޓީން ހޮވި ދުނިޔޭގައި މިހާރުތިއްބެވި އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓްގައި ވެސް ޑރ. ޒާކިރު ނައިކު ހިމެނިވަޑައިގަތެވެ.
1994 ވަނައަހަރު ކޮންޕްރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގައި މަޝްހޫރުވެގެންދިޔަ އަލްމަރުޙޫ ޝައިޚް ޢަޙުމަދު ދީދާތު ޑރ. ޒާކިރު ނައިކަށް ދެއްވާފައިވާނަމަކީ "ދީދާތު ޕްލަސް" އެވެ. 04 މެއި 2000 ވަނަ އަހަރު، ދަޢްވާއާއި ކޮންޕަރޭޓިވް ރިލިޖަންގެ ރޮނގުގައި ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ބޭއްވި ޖަލްސާގައި ދީދާތު ވިދާޅުވެފައިވެއެވެ. " މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ދަރިފުޅާއެވެ. އަހަރެމެން ސާޅީސް އަހަރުން ކުރި މަސައްކަތް ތިބާ ތިޔަވަނީ 4 އަހަރުގެ ތެރޭގައި ފުރިހަމަ ކޮށްނިންމާލާފައެވެ."
ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުން ޢާންމުކޮށް ޑރ. ޒާކިރު ނައިކު ފެންނަމުންދާނެއެވެ. ޓީވީންނާއި ރޭޑިޔޯއިންދަނީ އޭނާގެ އިންޓަވިއުތައް އަބަދުވެސް ގެންނަމުންނެވެ. އޭނާގެ ސަތޭކައަށްވުރެ ގިނަ ތަޤުރީރުތަކާއި ބަޙުޘުތަކާ ދީނީ ނަޞޭހަތްތައް، ޑީވީޑީއާއި ސީޑީގެ ޒަރިއްޔާއިން ލިބެންއެބަހުއްޓެވެ. މީގެ އިތުރުން އޭނާއަކީ އިސްލާމްދީނާއި ކޮންޕަރޭޓިވް ރިލިޖަންގެ ރޮނގުގައި ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވި މުއައްލިފެކެވެ. (މަނަދޫ ލައިވް)

Comments
Post a Comment