ޖިބުއެގެ މޮޅުކެމެރޭ

ޖިބުއެ
އޮޅުވާލެވިފައިވާ އޮރިޔާން
ނޯޓް: މިއީ ލިޔުމެއްނޫނެވެ. މިއީ ކިޔުމެކެވެ. މި ކިޔާށެވެ. މި ކިޔުން ކިޔަންވާނީ އަނގަ ލައްޕައިގެން ސިކުނޑިންނެވެ. އެހެން ނޫންނަމަ މި ކިޔުމުގެ ފައިދާއެއް ނުކުރާނެއެވެ.
އޮރިޔާން އޮޅުވުން... މިއީ ކީކޭ ހެއްޔެވެ؟ އޮރިޔާމަކީ ނުވަތަ އޮރިޔާން އޮޅުވުމަކީ ކޮބައި ހެއްޔެވެ؟ މާ ގިނަ ވާހަކަ ނުދައްކާ ތިޔަ ކިޔާ އެއްޗެއް ބުނާށެވެ. އޯކޭ. އޮރިޔާމުގެ ވަރަށް ގިނަ ވައްތަރު ހުރެއެވެ. އެކި ޙާލަތް ތަކުގައި އެކި މީހުންނަށް މީގެ މާނަ ބަދުވެއެވެ. އަސްލުގައި އޮރިޔާމަކީ އިންސާނާ ހެއްދެވި ފަރާތުން އިންސާނުނަށް ކަނޑައަޅާފައިވާ މިންވަރަށް އިންސާނާގެ ހަށިގަނޑާއި އިންސާނާގެ އިޙްސާސްގެ އަބުއި ގުވަންތަކާއި އަބުއި އިޙްސާސްތަކެވެ. މިކަން ވަނީ އެންމެ ފުރަތަ ދުވަހުން ފެށިގެން ކަނޑައެޅިފައެވެ. މިއަދު ޖިބުއެއަކަށް މިކަން ބަދަލެއް ނުކުރެވޭނެއެވެ.
މިގޮތުން ހެއްދެވި ފަރާތުން އިންސާނުން ހައްދަވައި އިންސާނުންނަށް އެމީހުން އުޅެންވީ ހޭންޑްބުކް ދެއްވާ އޭގެ ޒަރީޢާއިން އޮރިޔާން ވަނީ ބަޔާން ކޮށްދެއްވާފައެވެ....ކޮންމެއަކަސް..
އިސްލާމުންނާއި ކާފަރުން ނަކީ ތަފާތު ދެބަޔެކެވެ. މުޅި ދުނިޔޭގައިވެސް އިންސާނުން ތިބޭނީ މި ދެބަޔަށެވެ. އިސްލާމުންވެސް ހެދުންލައެވެ. ކާފަރުންވެސް ހެދުންލައެވެ. ނަމަވެސް ތަފާތަކީ ކާފަރުން ހެދުން ލަނީ އޮރިޔާން ނިވާކުރާކަށް ނޫނެވެ. މިއާއި ޚިލާފަށް އިސްލާމުން ހެދުން އަޅަނީ އޮރިޔާން ނިވާކުރާށެވެ. މިއީ މިއަދު އޮޅުވާލެވިފައިވާ ކަމެކެވެ. މިއަދުގެ ދިވެހިންނަށް ހީވަނީ ޔޫރަޕާއި އަދިވެސް އެމީހުންގެ ފިކުރުތަކަށް ތާއީދު ކުރާމީހުން ހެދުން އެ އަޅަނީ އިސްލާމުންވެސް ހެދުން އަޅާ މަޤްސަދުގައި ކަމަށެވެ. ނޫނެކެވެ. އެމީހުން ހެދުން އަޅަނީ ކޮންމެހެން އައުރަ ނިވާކުރާކަށް ނޫނެވެ. އައުރައަކީ ކާފަރުންގެ އޮންނަ ނުވަތަ ހުންނަ ސިފައެއް ނޫނެވެ. އެއްވެސް އިންސާނަކު މާއްދިއްޔަތަށް ގޮސްފިނަމަ އޭނާގެ އައުރަ ކަޝްފުވެ އައުރަ އޮޅޭނެއެވެ.
މިއަދު ދިވެހިންނަށްވެސް މިވަނީ އައުރަ އޮޅިފައެވެ. އައުރަ އޮޅުވާލާފައެވެ. މިހާރު ވިސްނައިދީފައިވަނީ އޮރިޔާން ފޮރުވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައެވެ. އޮރިޔާން ފޮރުވުމަކީ ހަޑިކަމެކޯއެވެ؟ މިއީ މިހާރުގެ ބައެއްމަދު މީހުން ޚާއްސަކޮށް އަންހެނުންނަށް ވިސްނައިދޭން ބޭނުންވާ ގޮތެވެ. މިދެންނެވި ފިކުރު ލައިދެނީ އަތުގައި ފައިސާހުރި ނުފޫޒު ވެރިންނެވެ. އެމީހުން މިކަން ކުރަނީ މުޖްތަމަޢްގައި އޮރިޔާމުގެ އަގުހެޔޮކޮށް މި މީހުންނަށް ބޭނުންކުރަން ފަސޭހައިން ލިބިގަތުމަށެވެ. އެހެންޏާފަހެ އޮރިޔާން ވާނީ ހަމަ އޮރިޔާމަށް ނޫންހެއްޔެވެ؟ މިދެންނެވި ފިކުރު އަންހެނުންނަށް ލައިދިނުމުން އެމީހުން އެމީހުންގެ ފޫކޮޅުތައް މިވެރިންނަށް ހިލެޔަށް ދިއްކުރާނެ ނޫންހެއްޔެވެ؟ ދެން މިކަހަލަ ވާހަކަތައް ޖިބުއެ ލިޔަންވެސް ލަދުގަނެއެވެ. އެކަމަކުވެސް ދިވެހިންކަހަލަ ނުބައި ކަމްބަޚްތް ބަޔަކަށް ވިސްނައިދެވޭނީ ސާފު ބަހުންވެސް ބުނެގެންވާ ތާއެވެ؟ ކޮންމެއަކަސް އޮޅުވާލެވިފައިވާ އޮރިޔާމަކީ ކޮބައި ހެއްޔެވެ؟
އާދެ! މިއަދު ގެ އޮޅުވާލެވިފައިވާ އޮރިޔާމަކީ މިއަދުގެ ދިވެހި އަންހެނުންނަށް އެމީހުންގެ އޮރިޔާމާއި އެމީހުންގެ ލަދުވެތި އަބުއި ގުނަވަންތަކާއި އިޙްސާސްތަށް އޮޅުވާލެވިފައި ވާ ކަމީ މިދެންނެވި އޮރިޔާން އޮޅުވާލުމެވެ.


Comments

  1. Mihaaru mi vanee aa radheefeh thayyaaru kuran jehifa eve. Eygai hurihaa hadi nubai basbas 'ran'galhu bahuge gothugai maana liyaanee eve. Adhi hurihaa reethi ran'galhu basbas 'nubai' bahuge gothugai liyaanee eve. Mihaaruves Dhivehi Bahuge Radheef ge nankiyaa echcheh gai Dhivehin beynun kuraa hurihaa aaguraana baheh grade 1 ge kujjaa ah ves beley gothah eheree eve. Harubee kaafarun hadhaa mifadha radheefu thakugai ves Peyrental Kontroaleh thoa nameh kiyaa echcheh ge vaahaka ove eve. Ehenkamun dhivehinnakah mihaaraku oriyaameh adhi hadi baheh oiy heneh hiyeh nuve eve. Hithaama huri kamekeve. Halaaku huri kamekeve.

    ReplyDelete

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ