Posts

Showing posts from January, 2010

ހުރަހަކީ ކޮބައިހެއްޔެވެ؟

Image
ހުރަހަކީ ކޮބައިހެއްޔެވެ؟ މުޙައްމަދު ސިރުޙާން ތިބާގެ ލޮލުން މިލިޔުމަށް ބެލުމުގެ ކުރިން ލޯ މަރާލާށެވެ. އަދި ތިބާގެ ނަފްސާ މެދު ވިސްނާލާށެވެ. ތިބާ އެނަފްސުދެކެ ލޯބިވޭހެއްޔެވެ؟ އެނަފްސާމެދު ހިތްހަމަޖެހޭހެއްޔެވެ؟ އެނަފްސަށް އިތުބާރު ކުރަންހެއްޔެވެ؟ ތިބާ އެނަފްސަށް އޯގާތެރިވަންހެއްޔެވެ؟ ތިބާ އެނަފްސަށް އިޙްތިރާމުކުރަންހެއްޔެވެ؟ އެނަފްސާމެދު އުފާވޭހެއްޔެވެ؟ އެނަފްސު މިހާރު އެދަތުރުކުރަނީ ހަޤީޤަތުގައިވެސް އެނަފްސު ދަތުރުކުރަންޖެހޭ ކާމިޔާބުގެ މަގުގައި ހެއްޔެވެ؟ އެނަފްސާމެދު ތިބާކުރާ އުއްމީދަކީ ކޮބައިހެއްޔެވެ؟ މި ދުނިޔޭގައިވެސް އަދި އަންނަން އޮތް ދާއިމީ ޙަޔާތުގައިވެސް އެނަފްސަށް ގެއްލުމެއް ލިބެން ބޭނުންހެއްޔެވެ؟ އަދިވެސް ތިބާ ލޯނުމަރާ ތިޔަދަނީ މިލިޔުން ކިޔަމުންނެވެ؟ އަހަރެންނަށް ބުނެވުނީ ނުބައިކޮށެވެ. ލިޔުން ކިޔާ ނިމުމަށްފަހު އެކަމާ ވިސްނާލާނަންދޯއެވެ؟ ތިބާއަށް އަހަރެން މިކުރިމަތިކުރުވި ސުވާލުތައް މުހިއްމުހެއްޔެވެ؟ ތިބާގެ ނަފްސު ސަލާމަތް ކުރާނީ ތިބާ އަމިއްލައަށެވެ. އެނަފްސު ތެދުމަގުގައި ބަހައްޓަވާތޯ ﷲއަށް ދުޢާކުރާށެވެ. އަދި ކާމިޔާބު ދެއްވާތޯ އެނަފްސު މިކާއިނާތަށް ނެރުއްވި ކުޅަދުންވަންތަ ﷲ އަށް ދ

2010 އަށް ދޭނީ ކޮންހަދިޔާއެއް؟

Image
2010 އަށް ދޭނީ ކޮންހަދިޔާއެއް؟ މުޙައްމަދު ސިރުޙާން އަހަރެމެން މިވަނީ މީލާދީ އަހަރަކުން ނިކުމެ އާހަރަކާ ބައްދަލުކޮށްފައެވެ. ޒަމާނީ ބަހުރުވައިން ބުނަނީނަމަ ޓުވެންޓީޓެންއާ ބައްދަލުކޮށްފައެވެ. ދެހާސްނުވައެއް ވަދާޢީސަލާމްކޮށް ފުރައިގެންދިޔައީއެވެ. ދަތުރުސާމާނު ފޮއްޓަށް އަޅައިގެން ދިޔައިރު ރުއިމީހުން ރުއީއެވެ. އުފާކުރިމީހުން އުފާކުރީއެވެ. މައްސަލައެއްނެތެވެ. މެހެމާނަކު ވަކިވެގެންދިޔުމުން އާމެހެމާނަކާއި ބައްދަލުވެއްޖެއެވެ. އެއީ ޓުވެންޓީޓެންއެވެ. ކާޓޫނުކޮމިކުގައި އުޅޭ ޓިންޓިންއެއްނޫނެވެ. މިބައްދަލުވި އާމެހެމާނުގެ ސިފަބަޔާންކުރުމުގެގޮތުން ޙިކުމަތްތެރިއަކު ބުނެފައިވެއެވެ. " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ކިބައިން ބައެއް އުނިވީއެވެ." މިބައްދަލުވި އާމެހެމާނު ލާފައިވާހެދުންވެސް ވަރަށްޒަމާނީއެވެ. ގިނަގޭގޭގައި އެލުވި ރީތިފޮޓޯޖެހި ކަލަންޑަރުތަކަށްވުރެ ޓުވެންޓީޓެން މާފުރިހަމައެވެ. ޓުވެންޓީޓެންއާ ބައްދަލުވެ ސަލާމްކޮށްލިއިރު އަހަރެންގެ ވާއަތުގައި އޭނާއަށްދޭން ގެނައި އިސްލާމްދީނުގެ އުސޫލުތަކަށް ފިޓުވާހެދުމެއް އޮތެވެ. ތަޢާރަފުވުމ