Tuesday, April 6, 2010

އޭ ﷲގެ އަދުއްވާއެވެ

ވަރުގަދަ ކޮމެންޓް. ޚަތީބު
އޭހައްދު ފަހަނަ އަޅާފައިވާ ﷲގެ އަދުއްވާއެވެ. އިސްލާމް ދީނުގެ ނަންބޭނުންކޮށްގެން ކަލޭމެން އުފައްދައިގެން ތިޔައުޅޭ ވަހައްބީދީން އަހަރުމެން ގަބޫލެއްނުކުރަމެވެ. އަދި ތިޔަ ދީނުގެ މީހުން އެދޭހާ ގޮތަކަށް މިގައުމުގައި ހުރިހާ ކަމެއްކުރަން ލާހިކެއްނޫނެވެ. މިޔުޒިކުވެސް ކުޅޭނަމެވެ. ލަވަވެސް ކިޔާނަމެވެ. އަދިވެސް ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގެ މުސްލިމުން އާންމުކޮށް ކޮށްއުޅޭ ހުރިހާ ކަމެއްކުރާނަމެވެ. އޭކޯން އެހެރީ ލަވަކިޔަކިޔައެވެ. އެއީ ހަރާމް ކަމަކަށްވެގެން ކޯފާ ފޮނުއްވަނީ މިދިވެހިރާއްޖެއަށް އައުމުން މިތާގައިތިބި ދިވެހިންނަށް ހެއްޔެވެ؟ ކަލޭ ތިހިރީ ދެބަންދިހާރުވެފައިހެއްޔެވެ؟ މި ދިވެހިރާއްޖެ ދޫކޮށްފައި އަފްޣާނިސްތާނަށް ގޮސް އަމިއްލައަށް މަރުވެގެން ނަރަކައަށް ދާށެވެ. މިއީ ކަލޭމެން ބޭނުންހާގޮތަކަށް ބާރުފޯރުވަންއޮތް ވައްހާބީންގެ ތަރިކަ ރާއްޖެއެއްނޫނެވެ. މިއީ އިސްލާމުންގެ ރާއްޖެއެކެވެ. ޝާފިއީ މަޒުހަބުގެ ދިވެހިންގެ ރާއްޖެއެކެވެ. މުރާސިލް

1 comment:

  1. ތިޔަފަދަ ޚިޔާލުތަކުގެ އަހުލުވެރިން އެމީހުންގެ އަމިއްލަ އާ ދީނެއް މިތަނުގައި ހިންގާނެ ވާހަކަ ބުނެ އިންޒާރުދޭއިރު އެއީ ﷲ ބާވާލެއްވި އެއިލާހުގެ އިސްލާމް ދީނަށް ނުވާތީ އެއިލާހުގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެތީ އެބައިމީހުނަށް ހަމްދަރުދީ ވަމެވެ. އަދި އެބައިމީހުނަށް އެންމެ ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ރާއްޖެއަކީ ދެން މިހާރު އުޅެން ބިރުބޮޑު ތަނަކަށްވެ ނިމެނީއެވެ. ﷲ އަށް މީހަކު އުރެދޭ އިރަށް އެމީހަކަށް ޢަޒާބު ފޮނުއްވާނަމަ މި ބިންމަތީގައި އެ އިލާހަށް އުރެދޭ ކާފަރުންގެ ތެރެއިން ހަމަ އެކަކުވެސް ސަލާމަތުން ހުންނާނެތޯއެވެ. މިހިރީ ވިސްނާ ފިކުރުކުރަންވީ ކަންތަކެވެ. އެކަމަކު ދުނިޔޭގެ މަސްތަކީ ފިކުރުކުރުމުން މީހާ މަޙްރޫމު ކުރާ އެއްޗެކެވެ. އޭގައި އޮންނަނީ ހަމައެކަނި މަޖާކޮށް ހިތުހުރިގޮތަކަށް އުޅުމެވެ. އަދި އެގޮތާއި ނުރުހޭ މީހުނާއި ދިމާކުރުމެވެ.

    ReplyDelete