Posts

Showing posts from November, 2009

ޒަމާނީ ރާވެރިޔާ

Image
ޒަމާނީ ރާވެރިޔާ މުޙައްމަދު ސިރުޙާން ރާވެރިޔާ ދަރުމަވަންތަ ސްކޫލުކައިރީ ހުންނަ ރާ ރުއްކައިރިއަށް ދިޔައީ ކާރުގައެވެ. މިއަދު އެރުއް އެފެންނަނީ ހާދަ އާދަޔާ ޚިލާފު ގޮތަކަށެވެ. ރުއްވަނީ ބޮކިފަތިލާ ޒީނަތްތެރި ކޮށްފައެވެ. ހީވަނީ ކްރިސްމަސް ދުވަސް ކައިރިވަނީހެންނެވެ. ރުކަށް އަރަން ބޭނުން ކުރާ ކާލިތަކެއް ނެތެވެ. ރުކަށް އަރަން އެހެރީ ލިފްޓު ހަރުކޮށްފައެވެ. މިހާރު ރުކަށް އަރަންޖެހެނީ ރުކުގެ އެތެރޭންލާފައެވެ. ރާބަނދިތަށް ވަނީ ބިއްލޫރިއަށް ބަދަލުވެފައެވެ. އެތެރޭގައިހުންނަ އެއްޗެހި ބޭރަށް ފެންނަގޮތަށެވެ. ރާވެރިޔާ ރުކަށް އެރުމަށް ޓަކައި ކާރު ޕާކުކޮށްލާފައި ގޮސް ރުކުގެ ބުޑުގައި މަޑުކޮއްލިއެވެ. ކުރިމަތީން އެހުޅުވުނީ ދޮރެކެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަނެވެ. ރުކުގެ އެތެރޭގައިވައި ރިސެޕްޝަންގައި ތިބި އަންހެން ކުދިން ރާވެރިޔާ ފެނުމުން ބުދުތަކެއްހެން ހަނުތިބެއްޖެއެވެ. ރާވެރިޔާގެ ރާދަނޑިގަނޑު މީހަކުއައިސް ނަގައިދިނެވެ. އެވެސް ވަނީ އެހެން ގޮތަކަށް ބަދަލުވެފައެވެ. ރާވެރިޔާ ކާޑުޖަހާލާފައި އެދިޔަގޮތަށް ގޮސް ވަނީ ލިފްޓުތެރެއަށެވެ. މިއަދުގެ ރަލުގެ ޚަބަރުބަލާލާށެވެ. އެ ހުންނަނީ ރުކުގެ އެންމެމަތީގައެވެ. ލިފްޓުގެ

ބީވެގެން ދިޔަ ލޯބިވާ ބުރުގާ

Image
ބީވެގެން ދިޔަ ލޯބިވާ ބުރުގާ މުޙައްމަދު ސިރުޙާން ދޮންމަންޖެ ގެންގުޅޭ އަންނައުނުގެ ވަޒީފާއާ ރީތިވާ ސާމާނުތަކުގެ ވަޒީފާތައް ހުސްވުމުގެ ސަބަބުން އެވަޒިފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން އިއުލާނެއްކުރިއެވެ. އެ އިއުލާން ފެނުނު ވަރަށްގިނަ ވައްތަރުގެ ހެދުންތަކާއި ރީތިވާ ސާމާނުތައް ދޮންމަންޖެގެ އޮފީހަށް އިންޓަވިއުއަށް ޙާޒިރުވިއެވެ. އޭގެތެރޭގައި މޭކަޕްކުރުމަށް ބޭނުންކުރާ ލިޕްސްޓިކުން ފެށިގެން ދަތްއުނގުޅާ ބުރުސްވެސް ހިމެނެއެވެ. އިންޓަވިއުކުރި ހޯލު އިތުރަށް ޒީނަތްތެރިވެގެންދިޔައީ ތަފާތުވައްތަރުގެ ސެންޓުފުޅިތައް އެކިއުގެ ތެރެއަށް ވަނުމުންނެވެ. ހެދުމުގެ ވައްތަރުތަކުގެ ތެރޭގައި އެތެރޭންލާ ހެދުމާ ޖިންސުތަކާ ބަލާލި މީހަކަށް ރީތިކަމުންގޮސް ސިހުންގެނުވާ ތަފާތުވައްތަރުގެ ޓޮޕްކޮޅުތައް ވިއެވެ. އެސިހުން ބިރުވެރިކަމުން ޖޯކަކަށް ބަދަލުވީ 1400 އަހަރުގެ ސްޓައިލުގެ ބުރުގާއަކާއި ދޫހެދުމެއް އެތަނަށް ޙާޒިރުވީމައެވެ. އިންޓަވިއުގެ ގަޑި ކައިރިވަމުން ދިޔަވަރަކަށް ޙާޒިރީންގެ ހަށިގަނޑުގެ ތެރޭގައި ހާސްކަން އިތުވަމުންދިޔައެވެ. އިންޓަވިއު ކުރަން ހަމަޖެހިފައިވާ ގަޑިއަށް އެތާހުރި ދޮރެއް ހުޅުވިއްޖެއެވެ. ދޮރުގެ ބިތްދޮށް ފަރާތ

ޏާޏިޏާ (ޖާރިޔާ

Image
( ޏާޏިޏާ( ޖާރިޔާ މުޙައްމަދު ސިރުޙާން އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ. އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މ

ފޫހިކަން ރޫޙީކަމަކަށް

Image
ފޫހިކަން ރޫޙީކަމަކަށް މުޙައްމަދު ސިރުޙާން އަހަރެން އީމާންކަމުގެ ޙަޔާތަށް އައުމުގެ ކުރީގައި އުޅުނީ ގިނަވަގުތުތަކުގައި މާޔޫސްވެ ކުރާނެ ކަމެއްނޭނގި ފޫހިކަމާއެކުގައެވެ. ދުނިޔޭގެ ޙަޔާތުގެ ޙަޤީޤީ މާނަ އޭރަކު ނޭނގެއެވެ. ވަގުތުގެ މުހިންމުކަން އެނގި އޭގެ ބޭނުން ކުރާނެ ގޮތެއްނޭނގެއެވެ. މިޙާލުގައި ދުނިޔޭގައި މިހާރުވެސް ވަރަށްގިނަ މީހުން އުޅޭނެކަން ހަމަ ޔަޤީނެވެ. ދެރަވެ މާޔޫސްވެ ދުނިޔޭގެ ޙަޔާތްމަތިން ފޫހިވެފައިވަނީ ކިތައް މީހުންތޯއެވެ؟ ފޫހި ފިލުވައި ހިތްހަމަޖެއްސުމަށްޓަކާ ފާފަތައް ތަޖުރިބާކުރަނީ ކިތައްކިތައް ޒުވާނުންތޯއެވެ؟ އޭގެ އެންމެ ޢަޖައިބުވާންޖެހޭކަމަކީ މިހުރިހާކަމަކުންވެސް ފޫހިކަމާ ހިތްނުތަނަވަސްވުން ނޫންކަމެއް އިތުރު ނުވާތީއެވެ. ފާފައަކަށްފަހު ފާފައެއް ކުރަމުން ފާފަތަކަށް އަޅުވެތިވެގެން ދެވޭތީއެވެ. މިދުނިޔޭގެ ޙަޔާތް އަނދިރިވެ އާޚިރަތުގެ ޙަޔާތަށް ތައްޔާރު ނުވެވިހުއްޓާ މަރު ތިމާޔާ ބައްދަލުކުރާނެތީއެވެ. މިއަނދިރިކަމުން އަހަރެންނަށް ސަލާމަތްވެވިދާނެތޯއެވެ؟ މި ކަޅު އަނދިރީގެ ޙަޔާތުން އުފާވެރި ޙަޔާތަކަށް އަހަރެންނަށް ދެވިދާނެތޯއެވެ. މިފަދައިން ސުވާލު ކުރެވިއްޖެނަމަ މިޙަޔާތުގެ ޙަޤީޤީ މާނަ ރަނގަޅަ

މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟

Image
މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟ މުޙައްމަދު ސިރުޙާން ސެޕްޓެމްބަރ 11 އަށް ފަހު ޓެރަރިސްޓު މިލަފްޒު އުފުލާ ބަޔަކީ އިސްލާމުން ކަމަށް ހުޅަނގުން ނިންމިއެވެ. މި ނިންމުމާ މުޅިދުނިޔެ އިއްތިފާޤުވެއްޖެހެން މިހާރު ހީވާންފަށައިފިއެވެ. ރޭޑިއޯ ހުޅުވާލިއަސް ޓީވީ ހުޅުވާލިއަސް ނޫހެއްހުޅުވާލިއަސް ފެނި އިވިދަނީ މުޅީންވެސް ޓެރަރިސްޓު ހަމަލާތަކުގެ ޚަބަރުތަކެވެ. މި އެކަނިވެރި ދިވެހިރާއްޖެއަށް ވެސް މިއޮތީ ޓެރަރިސްޓުންގެ ބިރުވެރިކަން ފޯރާފައެވެ. ސްކޫލު ކުދީންނަށް ޓެރަރިޒަމްގެ ހަމަލާތަށް ދެމުން ދާތާ ވަރަށް ގިނަޒަމާންތައް ވެދާނެހެންވެސް ހީވެއެވެ. ޤައުމުގެ ދިފާޢުގައި އުޅޭ ސިފައިން ކޮންމެދުވަހަކު ޓެރަރިސްޓު ހަމަލާތަކަށް ތަމުރީނު ލިބިގަނެއެވެ. އަހަރެމެން ކުޑައިރު ހާދަ އަމާން އޮމާންކޮން އޮތްތަނެކެވެ. އޮމާންކަމުންގޮސް ހާދައޮމާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު ޓެރަރިސްޓުން އުފަންނުވީ ކީއްވެބާވައެވެ؟ ޓެރަރިސްޓު ހަމަލާތައް އަތުވެދާނެތީ އަހަރެމެން ބިރެއްނުގަނެއެވެ. މާހައުލުގައި އެއްވެސް ގަޑުބަޑުކަމެއް ނެތެވެ. އިސްވެ ބުނި އަމާން އޮމާންކަން މާޒީ އަށް ވަދެ ތާރީޚުފޮތް ތަކުގެ އެތެރޭ

ޖާރިޔާތައް ވިހައިފި

Image
ޖާރިޔާތައް ވިހައިފި މުޙައްމަދު ސިރުޙާން ރަސްގެފާނު ވަރަށް ވަރުގަދަ އަމުރެއްނެރެފިއެވެ. މާދަމާ ވާރޭ ވެހޭއިރު ޤައުމުގެ އެއްވެސް ރައްޔިތަކު އޭގެން ފެން ނުބޯށެވެ. ބޮއެފިމީހަކު މޮޔަވާނެއެވެ. އަދި ނިންމާލަމުން ބުނެފައިވެއެވެ. އެއްވެސް މީހަކީ އަބަދު ހަމައިގާ ހުންނަށް ބޭނުންވާނެ މީހެއް ނޫނެވެ. ވާރޭވެހެން އުޅޭތީވެ ދަނޑުވެރީން އެދުވަހު އުޅުނީ ވަރަށް ބުރަކޮށެވެ. ފަސްގަނޑުޖަހާ މުޑުވައްތައް ރުވާ ހަދައިފިއެވެ. ޖެހިގެން އައިދުވަހު ރަސްގެފާނު ބުނިގޮތަށް ވާރޭވެހިއްޖެއެވެ. ދަނޑުތަކަށް ފުދޭވަރަށް ވެހުނެވެ. އެންމެ ހައިރާންވީ ކަމަކީ ރަސްގެފާނުގެ އަމުރާ ޚިލާފަށް މުޅި ޤައުމުގެ ހުރިހާ ރައްޔިތުން އެފެނުގެ އިސްތިޢުމާލު ކުރީމައެވެ. ހުރިހާ އެންމެންނަށް އެހެން ރާއްޖެއަކަށް ހޭލެވުނީއެވެ. ގުރައިދޫއަށް ފޮނުވާލަން ޖެހުނީ ހަމައެކަނި ރަސްގެފާނުކަމުން، އެންމެފަހުން ރަސްގެފާނުވެސް އެފެން ބޮޔެ އުސްމިންތަކަކަށް އަރައިފިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ދަނޑުތަކުގައި ގަސްތައް ފަޅައި މާތައް ފޮޅިއްޖެއެވެ. ނޫރާނީ މާތައް ފޮޅުނީއެވެ. ބުލްބުލްތަކާއި ކޮކާތަކާއި މާބުރާއި ބަނޅިދުތައް ހައްޓަކު ހެވެއްނެތެވެ. އެސޮރުމެއްނަށް ހޫރުންތައް ލިބު

ނަފްސު ހޭލައްވާށެވެ

Image
ނަފްސު ހޭލައްވާށެވެ. މުޙައްމަދު ސިރުޙާން ޙަޔާތުގައި ދިމާވާ ތަފާތުކަންކަމުގެ ވާހަކަ ދައްކާލައި، އެކިއެކި ޚިޔާލުކޮށްލަން ކޮފީބޯން ދިޔުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. އަހަރެންނަށްވެސް މިކަހަލަ ވަރަށް ގިނަ ދަޢުވަތުތައް ލިބެއެވެ. މިހެން ކޮފީބޯން ތިބޭއިރު އަހަރެން އަބަދުވެސް ބަލަނީ އަހަރެން ހެއްދެވިފަރާތް ރުހިވޮޑިގެންވާ ކަހަލަ ވާހަކަދެއްކޭތޯއެވެ. އަހަރެންނަކީ އީމާންކަން މަތީ ދެމިހުރެވޭތޯ މަސައްކަތްކުރާ މީހެއްކަމުން އީމާންކަން ވަރުގަދަވާ ކަހަލަ ވާހަކައާއި އެކަމާ ގުޅުންހުރި ވާހަކަދެއްކުމަކީ އަހަރެންގެ އާދައެކެވެ. އީމާން ކަމުގެ ޙަޔާތަކީ ހާދައުފާވެރި ޙަޔާތެކެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގެ ޙަޔާތަށް އަންނަނީ ފިޠުރަތުގެ މަތީގައެވެ. މިޙަޔާތުގައި ދަތުރުކުރާ ކުނިބުނިން ޠާހިރުވެގެން ވާޙާލުގައެވެ. އީމާންކަމުގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގިވަޑައިގެންނެވި، އެއީމާންކަން އެންމެ ރަގަޅަށް ޕުރެކްޓިސް ކުރެއްވި ފަރާތުން އަހަރެމެންނަށް މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. މި ދުނިޔަވީ ޙަޔާތުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު ތަފާތު ބަސްތައް އަހަރެމެން އަޑުއަހަމެވެ. ތަފާތު މީސްމީހުންނާ ބައްދަލުކުރަމެވެ. ތަފާތު ތ

ކާމިޔާބު މީހުންގެ ކަލިމަ

Image
ކާމިޔާބު މީހުންގެ ކަލިމަ މުޙައްމަދު ސިރުޙާން އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވެ؟ އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ. އެކިއެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. މިހާރުވެސް ތަފާތު މީހުން ތަފާތު ގޮތްގޮތްތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދައެވެ. ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް ވާންޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތަށްވެސް ހެއްދެވިފަރާތެއް ވާ