Sunday, December 4, 2011

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ


މުޙައްމަދު ސިރުޙާން( ސިރޫ އާރޓްސް)
ޤައުމީ ފުޓްބޯޅަ ދަނޑުން ވަގުތުން

ޤައުމީ ފުޓްބޯޅަ މުބާރާތުގައި މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ދުވަހެކެވެ. މިހާރުގެ ޤައުމީޓީމަށް އަދި އެހާާމެ މުހިއްމުވެސް ދުވަހެކެވެ. ތައްޓެއް ލިބޭތޯކުރާ އުއްމީދެވެ. ޤައުމީޓީމް މިއަދުގެ މެޗަށް ނިކުންނައިރު ވަރަށް ހިތާމަވެރިކަމެއް ޓީމަށް ދިވާވެފައިވާކަމަށް ކޯޗް ނާވީޕިއްލޭވަނީ ވިދާޅުވެފައެވެ. މަނާޑްރަގްއަކަށް ޕޮސިޓިވްވެގެން ޓީމްގެ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ލިބެރަލްގެ އީބެރާޕިއްލޭ ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެބޭފުޅާއަށް ޤައުމީ ޓީމުން ޖާގަލިބިފައިވަނީވެސް ވަރަށް ވަރުންނެވެ.

އާދެ! މިހާރު ޤައުމީޓީމް ޖާރޒީ ލަމުންދަނީއެވެ. އަންހެން ކުޅުންތެރިންވެސް ތިބީ އެއްކޮޓަރިއެއްގައިއެވެ. އަންހެން ކުޅުންތެރިއެއް ކަމުގައިވާ އޭނިޔާޕިއްލޭ އެއްޗެއް ބުނާ އަޑުއެބައިވެއެވެ. ''އަހަރެން ލާނީ ހަމައެކަނި ސޯޓެކެވެ. ފޫޅުންމަތި ބަހައްޓާނީ ހާމައަށެވެ. އާނފަހެ އެއީ ހަމަ މަސްކޮޅެއް ނޫންހެއްޔެވެ؟ ފިރިހެނުންނަށް ހަމައެކަނި ސޯޓުލައިގެން، މަތިން އެއްޗެއްނުލާ އުޅެވިފައި އަންހެނުންނަށް އެހެން ނޫޅެވެންވީ ކީއްވެހެއްޔެވެ؟
ރޭކޯ ޕިއްލޭ: '' އަހަރެން ލާނީ ހަމައެކަނި ޓީޝާޓެކެވެ. ފަޓްލޫނު ނުލެވެންޏާ ސޯޓެއްވެސް ނުލާނަމެވެ. ފޫޅާއި ކަކުލާއި ދެމެދު ކޮންމެހެން ފޮރުވަންޖެހޭ ހެއްޔެވެ؟ އެއީ ހަމަ މަސްކޮޅެއް ނޫންހެއްޔެވެ؟ މިއުޅޭ މީހުން މާ ޙައްދު ފަހަނަ އަޅާދަނީއެވެ.''

މިދެމީހުންގެ ޒުވާބުގައި ތިއްބާ ކެޕްޓަން ނޭޝީޑްޕިއްލޭ ލާނެ ޖާރޒީއަކަށް ވޯޓެއް އަހާލިއެވެ. އެންމެ ގިނަ ވޯޓު ލިބުނީ، ފިރިހެން ކުޅުންތެރިން ކަކޫ ފޮރުވޭވަރަށް، ދޫ ސޯޓެއް އަދި ދޫ ޓީޝާޓެއްލުމަށެވެ. އަންހެން ކުޅުންތެރިން ވީހާވެސް، ފޫކޮޅަށް ބާރު ކުރު ސޯޓަކާއި ބާރު ޓީޝާޓެއްލުމަށެވެ. އަދި ރީނދޫކުލަޔަށް އެންމެން އިއްތިފާގުވިއެވެ. ޖާރޒީލުމަށްފަހު ކުޅުންތެރިން އެހެރަ ނިކުންނަމުންދަނީ ދަނޑުމައްޗަށެވެ. ރީނދޫކުލައިގައި ތިބި ސަޕޯޓަރުންގެ ތަރުހީބުގެ އަޑާއެކު ހިނގޭ ނުހިނގޭ އެއްވެސް ނޭނގެއެވެ. އިދިކޮޅު ޓީމްގެ ސަޕޯޓަރުން ކެ ދިމާކޮލުމަށް އެއްޗެހި ކިޔާ އަޑުވެސްއިވެއެވެ.

މެޗު ބެލުމަށްޓަކައި ސާކްގެ ޤައުމުތަކުންނާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުން ދަނޑަށް ހާޒިރުވެފައިވާ މެޗުގ،ެ ކޮމިޝަނާރ އަކަށް އިންނެވީ ކުރީގެ އިލެެކްޝަންސްކޮމިޝަނުގެ ކުނިކަހަންއުޅުނު ޕިންޑޭޕިއްލޭއެވެ. ރެފްރީއަކަށް ހުންނެވީ އެދާއިލެތު ޕާޓީގެ ބޭފުޅެކެވެ. މެޗު ފެއްޓުމަށްޓަކައި ދެޓީމުގެ ކުޅުންތެރިންވެސް ދަނޑަށް ނިކުމެއްޖެއެވެ. ޤައުމީ ޓީމްގައި ވަރަށް މަޝްހޫރު ކުޅުންތެރިންވެސް އެބަތިއްބެވެ. ފިލްމީ ތަރިންގެ ތެރޭގައި ނުރައްކާ ފިލްމުކުޅޭ ބަޠަލުންނާއި ބަޠަލާއިންނެވެ. ބެންޗު ޓީމަށް ބަލައިލާއިރު އަޑުގަދަ ދޫ ހެލޭ ޕާލިމެންޓްރީ ކުޅުންތެރިން ގިނަކަން ފާހަގަކޮށްލެވެއެވެ.

4 ޖެހުމާއެކު ރެފްރީ ކަށިގަނޑު ފުމެލައިފިއެވެ. ޤަައުމީ ޓީމުގެ ކެޕްޓަން ނޭޝީޑްޕިއްލޭ ފަހަތަށް ބޯޅަ ޖައްސާލީ އޭލީހީން ޕިއްލޭއަށެވެ. އޭލީހީން ޕިއްލޭ މަތިމަތިން ޖެހި ބޯޅަ ގޮސް ޖެހުނީ ސާކްގެ ޤައުމުތަކުން ގެނެސްފައިހުރި ބުދު މޮނިއުމެންޓްއެއްގެ ބޮލުގައިއެވެ. ކޯޗް ނާވީ ޕިއްލޭ ރުޅިގަދަވެ، އޭލީހީން ޕިއްލޭގައިގައި ޙައްދުޖެހުމަށްޓަކައި ދުއްރައެއް ހިފައިގެން ދަނޑަށް އަރައިފިއެވެ. ރެފްރީ ދުރުވެ ކޯޗަށް ނަސޭހަތް އެބަދެއްވައެވެ. ކޯޗު ވަރަށް ބާރަށް މިތާނގައި އޮންނަނީ ކޮން ޤާނޫނެއް ހެއްޔޭ ބުނެފައި ކަރުކެހިލާފައި ރެފްރީގެ މޫނަށް ކުޅެއް ޖަހައިފިއެވެ. އާދެ، ކޯޗަށް ރަތްކާޑެއް ދައްކާ ދަނޑުން ބޭރުކޮށްލައިފިއެވެ. ކޯޗާ ސަލާމްކުރަން އައި އެއްވެސް މީހަކަށް ބަލާވެސްނުލާ ފިލާ ރައްކާވެއްޖެއެވެ.

ކުޅުން ކުރިއަށްދަނީއެވެ. އޭމޭންފައިސާޕިއްލޭ ޖެހި ބޯޅަ ވަރަށް ބާރަށްގޮސް އެޖެހުނީ ރޭކޯޕިއްލޭ އަތުގައި އޮތް ރާ ފުޅިއެއްގައި އެވެ. ރާތައް ބުރައިގެންގޮސް ބެންޗުޓީމް އެކީ ތެމި ފޯވެއްޖެއެވެ. ތިބޭފުޅުން ހައިރާންވެ ނުލައްވާށެވެ. ޤައުމީ ޓީމުގެ ބެންޗަކީ ފަޅުރަށެކެވެ.ފަޅުރަށުގައި ފުޅިތައް ހުންނާނެއެވެ. ރާފުޅިތައް ގެނެވިފައި އެވަނީ ދާދިފަހުން ފަޅުރަށެއްގެ ގޮތުގައި ރަޖިސްޓްރީކުރެވުނު ކާރެއްގައިއެވެ. ކާރުކާރުގެ ޑިކީވެސް މިހާރުއެއީ ފަޅު ރަށްތަކެވެ.

އިރުމަތީފަރާތުގެ ސިޑީގައި މިހާރުވެސް ރީނދޫ ސަޕޯޓަރަކު ދެމިފައިއެބައޮތެވެ. އެއީ ހަމައިގައި ނުހުންނަ ހިނދުކޮޅެއް ލައިގެންފައިވާ ސަޕޯޓަރެކެވެ. މޫނު އެހާ ސާފެއްނޫނެވެ. ކުޅުމުގެ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުން ވަރުގަދަކޮށް ޤަައުމީ ޓީމުގެ ގޯލްކީޕަރު އޭފީފީ ޕިއްލޭއަށް ވަރަށް ނުރައްކާކޮށްފިއެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިއަކު ބަދަލުކުރަނީއެވެ. ފައިބަނީ މާރި ޕިއްލޭއެވެ. ކުުޅެން ނިކުންނަނީ ދާދި ދެންމެއަކު ރާފުޅި ހިފައިގެންއިން ރޭކޯ ޕިއްލޭއެވެ. ހަމައިގައި ނުތިބޭ މީހުން އެރުވުމަކީ ކެޕްޓަން ނޭޝީޑް ޕިއްލޭ ވަރަށް ލޯބިކުރައްވާކަމެކެވެ. މެޗުގެ މިހާތަނަށް އައި އިރުވެސް ޤައުމީ ޓީމަށްވަނީ ގޯލެއް ކާމިޔާބު ނުކުރެވިފައެވެ. ރީނދޫ ސަޕޯޓަރުން ރުޅިގަދަވެ ހޫނުގަދަވެ ރީނދޫ ހުން ޖެހޭވަރުވެއްޖެއެވެ.

އާދެ! ރޭކޯ އެރިތަނާ ގޯލް ކުރިމަތިން ވެއްޓި ޖެހުމެއް ލިބިއްޖެއެވެ. ޖެހުން ޖެހުމަށް އެދަނީ ރޭކޯއެވެ. ފަސްގަނޑުފަތުރާލާ ވެލިފުންޏެއް ޖަހާލުމަށްފަހު ބޯޅަ ބާއްވައިފިއެވެ. ކަށިގަނޑުގެ އަޑާއެކު ޖެހި ބޯޅަ އެދިޔަގޮތަށް ގޮސް އެވެއްޓުނީ ގަލޮޅު ސަހަރާއަށެވެ. ފަސްގަނޑު އުސްކޮށް ހުރި މަހާނައެއް ތެރެއަށް ބޯޅަ ވަދެ ގެއްލުނީ ދުރާގާތުން ކުޅި ބަލަންތިބި ސަޕޯޓަރުން މާޔޫސްކުރުވާފައިއެވެ. އަނެއްކާވެސް ކުޅުމުގެ ތެރެއިން އޭލީ ވޭހޭދް ޕިއްލޭގެ ގައިގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު އަޅައިގަނެގެން ވެއްޓިއްޖެއެވެ. އޭލީ ވޭހޭދަށް ރީނދޫ ކާޑެއް ދައްކައިފިއެވެ. އުފަލުން ގޮސް ރެފްރީއަތުގައި އޮތް ރީނދޫ ކާޑަށް ދޮނެއްދީފިއެެވެ. އާދެ! ދަނޑުގެ އެއްކައިރިން އެެހެރައަންނަނީ މެޗުފެށުމުގެ ކުރިން ސަސްޕެންޑުކުރި، އީބެރާ ޕިއްލޭއެވެ. އީބެރާ ގޮސް އިނށީނީ ކޯޗްގެ ގޮނޑީގައިއެވެ. އަނެއްކާވެސް ކުޅުމުގެ ތެރެއިން މޫސްތެފާ ޕިއްލޭ ޖެހި ބޯޅަ މަތިމަތިން ގޮސް ޢަރަބިއްޔާ ޝީޓުތައް ފޫއަޅުވާލާ އެވެއްޓުނީ މަޖީދިއްޔާގައި އިން އަންހެން ކުއްޖެއްގެ އުނގަށެވެ. ބޯޅަ ޖެހުމާއި އެކު އިސްލާމް ފޮތާއި ދިވެހި ފޮތް، ބުރައިގެންގޮސް އެވެއްޓުނީ ޗަކަ ގަނޑަކަށެވެ. އިދިކޮޅު ޓީމު ހޫނުވެ އަޑުގަދަ ވާން ފަށައިފިއެވެ. އަނެއްކާވެސް ކުޅުމުގެ ތެރެއިން އޭދިލް ސޭލޭމޭންޕިއްލޭ ޖެހި ބޯޅަ އަމިއްލަ ބައިކޮޅު ގޯލްދަނޑިމަތިން ގޮސް ޖެހުނީ މަޖީދިމަގުގައި އިންދާފައި ހުރި ފެންފޯއް ރުކެއްގައިއެވެ. އަމިއްލަ ބައި ގޯލަށް ލަނޑެއް ނުޖެހުނީކިރިޔާއެވެ. ބޯޅަ ޖެހުމާއެކު ފެންފޯއްތައް އަތްފޯރާފަށަށް ބިންމައްޗަށް ވެރިއްޖެއެވެ. އެކަމަކު ފެންފޯތައް އެދަނީ، ހިންގާ މީހުންގެ ފައިން އެރި ޗިސް ޗިސް ވަމުންނެވެ.

ޤައުމީ ޓީމްގެ ހާފް ތެރެއިން ބޯޅަ ބޭރުވަނީ ވަރަށް މަދުންނެވެ. އިދިކޮޅު ޓީމްގެ ހަމަލާތައް ވަރުގަދަވީމައެވެ. ބޭރުލައިނުން ބޭރުވެ، ހަމަލަތައް އެހެން ޤައުމުތަކުގެ ސަޕޯޓަރުންނަށް ފޯރާ ފަހަރުވެސް އާދެއެވެ. އާދެ މިހާރު އެ ފެންނަނީ ނެޝީޑް ޕިއްލޭ ވެލިގަނޑުގެ ތެރެއަށް ބޯ ކޮށްޕައިގެން އޮއްވައެވެ. ބެންޗުން ގޮވާމީހަކު ގޮވާ އަޑު އިވެން ފަށައިފިއެވެ. '' ބިމު އަޑީގައި ޓީމު ނުރާއްވައި އަވަހަށް ގޯލެއް ޖެހޭތޯ އުޅެންވީއެވެ. ތިކަންކުރީމައި މޭން އޮފް ދަ މެޗް ލިބިދާނެއެވެ. އެކަމަކު ދެވަނަ ހާފްއަށް ދާންވާއިރަށް ދިވެހިންގެ ސަޕޯޓް ގެއްލިދާނެއެވެ. އާދެ މިހާހިސާބުން އަޅުގަނޑު މައިކް މިހަވާލުކޮށްލަނީ ތިބޭފުޅާއަށެވެ. ކޮފީއެއް ބޯލައިގެން އެބަ އަންނަމެވެ.

އަސްތާ! ވިހި މިނެޓްފަހުން އައި އިރު އެއްވެސް ކޮމެންޓްރީއެއް ނުގެނެސްދެއްވާ ތިޔަ އިންނެވީ ކީއްވެތޯއެވެ؟ އަނެއްކާވެސް އަސްތާ އެކެވެ. މުޅި ދަނޑުމަތި ބަދަލުވެއްޖެއެވެ. ސްކޯ ބޯޑުން ފެންނަނީ ދިވެހި ޤައުމީ ޓީމުން ދިހަ ލަނޑު ޖަހާފައިވާތަނެވެ. މުޅި ހުރިހާ ސަޕޯޓަރުންވެސް ތިބީ ރީނދޫ ކުލައިގެ ހެދުން ލައިގެންނެވެ. މިވަނީ ކީއްބާވައެވެ؟ އިދިކޮޅު ޓީމްތަށް ވަރަށް ހިތްވަރުކުރާ ތަންވެސް އެބަ ފެނެއެވެ. ރެފްރީއަކަށް ހުރި މޭޖީ ވެސް ޤައުމީ ޓީމާއި ބައިވެރިވީބާވައެވެ؟ ލައިންސްމަނުންވެސް ރީނދޫ ދިދަ ހިފައިގެން ރީނދޫ ވީބާވައެވެ؟ ޤައުމީ ޓީމުގެ ބެންޗުން، ތާކިހަލެއް އަޅައިގެން، ތުނބުޅި ކުރު ކޮށްފައިހުރި މީހަކު ދުންބުރުވާ، ތުން ތަޅުވާ މަންޒަރު އެބަފެނެއެވެ. ޤައުމީ ޓީމަށް ކުރެވުނު ހުރިހާ ކުއްތަކެއް ކުރީގެ ޤައުމީޓީމުގެ ބޮލަށް ޖެހީއެވެ. ދިވެހިންގެ ބޮލަށް ރީނދޫ ޗިޕްވެސް ޖެހީއެވެ. މެޗްގެ މެދު ތެރެއިން ފައިބަން ބުނި ކެޕްޓަންވެސް ހަމަ ކުޅެނަގަނީއެވެ. ފުރަތަމަ ހާފްނިމެން ކައިރިވިތަނާ ރެފްރީ މެޗަށް ދިހަމިނެޓް އިތިރުކޮށްލައިފިއެވެ. އިދިކޮޅު ޓީމް މާޔޫސްކުރުވައިފިއެވެ. ފުރަތަމަ ހާފް ނިމިގެން ރެފްރީ ކަށިގަނޑު ފުމެލައިފިއެވެ. ކުރިއަށް އޮތް ހާފްގެ ކޮމެންޓްރި ގެނެސްދިނުމަށް ތިބޭފުޅާއަށް ހަވާލުކޮށްފައި އަޅުގަނޑުމިދަނީއެވެ. ދެވަނަ ހާފް އަންނަންވާއިރަށް ރީނދޫ ޗިޕުގެ އަސަރު ދިވެހިން ގެ ބޮލުގައި ހުންނާނެ ބާވައެވެ؟ ނަމަނަމަ އެމްއެންބީސީ ގޮތަށް ރީނދޫ ނުލައްޗެވެ. ރީނދޫ އައިނު އަޅައިގެން އިނދެ، ހުރިހާ އެއްޗެއް ރީނދޫ ކުލައިން ބަލަން ނޫޅޭށެވެ. ރަނގަޅު ނުބައި، ރީނދޫ ކުލައިން ބަލައިގެން ކަނޑައެއް ނޭޅޭނެއެވެ . ރަނގަޅު ނުބައި ވަކިކުރުމަށް ހަތް އުޑުމަތިންވަނީ ފޮތެއް ބާއްވާލައްވާފައިއެވެ. ކިތަންމެ ވަރަކަށް ރީނދޫ ހޭކިޔަސް ބާޠިލުވާނީ ހަމަ ބާޠިލަށެވެ. ހޭކި ދޫތައް ފޫދިއުން ނޫންކަމެއް ނުވާނެއެވެ. ރީނދޫ ކޮޅު ހުސްވުން ނޫންކަމެއް ނުވާނެއެވެ.

4 comments:

 1. Mee varah hahdhufahanaa alhaafaivaa liyumeh! Anhenaage vanaathah sifavaanehen liyefai miothee!

  ReplyDelete
 2. Siru pilley ge liyun varah rangalhu ; )

  ReplyDelete
 3. mi liyumun 2 pilley egge nan faahaga kureven netheemai inthihaa ah hithaamakuran..ei valuziney pilley aa hilloothu pilley

  ReplyDelete
 4. baraabaru mi comentry. saaabas siru ah

  ReplyDelete