ދީނީ ތަޤްރީރުތައް ހަޖަމުނުކުރެވެނީ ލާދީނީ މީހުންނަށް

އަބްދުﷲ މުއާޛް
ކިތަންމެވަރަކަށް މަދަނީ ޖަމްޢިއްޔާތަކަކުން ރައީސާ ގުޅިގެން ކިތަންމެ މަސައްކަތެއް ކުރިޔަސް ރާއްޖޭގައި ލާދީނީ މީހުނަށް ޖާގައެއްނެތެވެ.

އިސްލާމު ދީނުގައި ކަންއޮތްގޮތް ދީނީ ޢިލްމުވެރިން ހާމަކުރުމުން އިންސާނީ ކަރާމާތްގެއްލޭކަމަށް ބުނެ މަދަނީ ޖަމްޢިއްޔާތަކަކުން އަޑުއުފުލުމަކުން ޙައިރާނެއް ނުވެއެވެ. އިސްލާމު ދީނުގެ ޢަދާވާތްތެރިން އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމީ ޢަޤީދާ ބަލިކަށިކުރުމަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އިންސާނީ ޙައްޤެވެ. އިންސާނީ ޙައްޤުގެ ނަމުގައި ދައްކާ ވާހަކަތަކެވެ. މިފަދަ ވާހަކަތައް ފަތުރަނީ ތައުލީމީ ނިޒާމުގެތެރެއިންނާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީދޭ ޖަމާޢަތްތައް މެދުވެރިކޮށެވެ.


ދީނީ ތަޢުލީމު ރަނގަޅަށް އުނގެނެވިފައިނެތް، ޢަޤީދާ ބަލިކަށި ތަޢުލީމީ ޒުވާނުންގެ ބުއްދި ފަސާދަކުރުމަށް ޞަހުޔޫނީން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އިންސާނީ ޙަޢްޤާއި ހަމަހަމަ ކަމުގެ ވާހަކައެވެ. ބުއްދިގަބޫލުކުރެވޭ ދުނިޔަވީ ތިއަރީތަކުން އެފަދަ މީހުންގެ ޢަޤީދާ ބަލިކަށިކުރަނީ އިންތިހާ ދަރަޖައަށެވެ. އިސްލާމީ މުޖުތަމަޢުތަކުގައި އުޅޭ ތަޢުލީމީ ޒުވާނުންނަކީ އެމީހުންގެ އަމާޒު ފަތްގަޑެވެ. މިޒާތުގެ ބައެއްމީހުނަށް ގަބޫލުކުރެވިފައި އޮންނަނީ އިސްލާމީ ހަމަޔަކީ ނާތަހުޒީބު ކަންކަންކަމުގައެވެ. މިފަދަ މީހުން ދީނީ ޢިލްމުވެރިންނަށް ރައްދު ދިނުމަށް ކީރިތި ޤުރުއާނުގެ ލަފްޒީ ތަރުޖަމާއަށް އެކަނި އަމާޒުކޮށް ސަބަބުއްނުޒޫލަށް ކުޑަވެސް ބެލުމެއްނެތި ރައްދުދެމުން ދާތަން ފެންނަނީ ވެސް މަދެއްކޮށްނޫނެވެ. ރަސޫލާގެ ޙަދީސްތަކަށް މާބޮޑު އިސްކަމެއް ނުމެދޭމެއެވެ. އިސްލާމް ދީނުގެ އަސާސްގައި ކުޑަވެސް ޚިލާފެއް ނެތްކަން އެނގިތިބެމެ، ޢިލްމީ ގޮތުން ބަހުސްކޮށްގެން ގޮތްނިންމުމަށް ހުންނަ ޚިލާފީކަންކަން ބޮޑެތިކަންކަމަށް ހަދައިގެން އިސްލާމްދީނާ މެދު މީހުން ނަފުރަތުކުރުވުމަށް މަސައްކަތްކުރުމަކީ އެންމެ ބޮޑަށް މިބައި މީހުން ކުރާ އަދި ކުރެވޭ އެއްމަސައްކަތެވެ. ކަންކަން މިހެން ހުރިއިރު ޢަޤީދާ ފާސިދުވެފައިވާ ބަޔަކަށް ނަރަކައިގެ ވާހަކަޔާއި ސުވަރުގޭގެ ވާހަކައާއި ޤިޔާމަތުގެ ވަހަކައަކީ ބިރުވެރި ވާހަކައަކަށް ނުވެއެއް ނުދާނެއެވެ. ގަންނަބިރުން ތަޢުބާވެ އިސްލާޙުނުވާއިރު، ޖަދަލުކޮށް އެވާހަތައް ދެއްކުން ހުއްޓުވަން އުޅޭކަށް ބިރެއް ނުގަނެއެވެ. އިންސާނީ ކަރާމާތުގެ ނަމުގައި ޢިލްމުވެރިންނާ ދެކޮޅަށް ނިކުންނަ މަދަނީ ޖަމްޢިއްޔާތަކުގެ އެޖެންޑާ ނިކަންރަނގަޅަށް އެބަހާމަވެއެވެ. އަންހެނުން ނިކަމެތިކޮށް ކުޑަކުދީންގެ ޙައްޤުތަކަށް ހުރުމަތެއް ނުބެހެއްޓުމަށް ދީނީ ޢިލްމުވެރިން ގޮވާލާކަމަށް ބުނެ އުފުލާ އަޑު އުފުލުމަށް ގޮންޖަހަމެވެ.

އަންހެނުންގެ ހަމަހަމަ ކުރުމުގެ ވާހަކަ ދައްކަލަމާހެއްޔެވެ. ރަނގަޅަށް އައުރަ ނިވާކޮށް ހިޖާބުން ނިވާވެގެން ތިބުމަކީ އަންހެނުންގެ ޙައްްޤުގެ ވާހަކަ ދައްކާ މީހުން ގަބޫލުކުރާކަމަކަށް ނުވެއެވެ. އެއީ ހައްދު ފަހަނައެޅުން ކަމުގައި ދެކެއެވެ. ތަހުޒީބީ ދުނިޔޭގައި ބަރަހަނާފޮޓޯތަކާއި، ބަރަހަނާ ފިލްމުތަކުގައި އެންމެ ގިނައީ އަންހެނުންނެވެ. އެފަދަ ތަކެތީގައި، އަންހެނުންނަށް ދީފައި އޮންނަނީ ވަރަށް މަތިވެރި މަޤާމެއް ދޮގެއްތޯއެވެ. ޢާއްމު ފިލްމުތަކާއި ޝޯތަކުގައި ނިވާކަން ކުޑަގޮތްގޮތަށް ވިޔާފާރީގެ ގޮތުގައި ބޭނުން ކުރާތަން ގިނައިން ފެންނަނީ އަންހެނުންެނެވެ. ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުން ސުވަރުގެ ނުވައްދަވަނޭކަމަށް ދީނީ ޝޭޚުން އެކަމަށް ބޭނުންވާތީއެއް ނޫނެވެ. ރަސޫލާގެ ވަޢީދުބަސް ފުޅު ހަނދާންކޮށްދީ އިސްލާޙުވުމަށް ގޮވާލައްވަނީއެވެ. ބަޔަކު ކިތަންމެ ނުރުހުނަސް އެއީ އެކަން އޮތްގޮތެވެ. ޖަދަލުނުކޮށް ބިރުވެތިވެ އިސްލާޙުވެބަލާށެވެ.


ޠަބަޢީ ގޮތުންވެސް އަންހެނުންނާއި ފިރިހެނުން ތަފާތެވެ. އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ވަކިކަހަލަ އެއްގޮތް ޙައްޤުތަކެއް އޮންނަފަދައިން ޖިންސްގެތަފާތުން ތަފާތުވާކަންކަމެއް ހުރެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ޠަބީޢަތުގައި ދެޖިންސުގައި ގިނަ ގުނަ ތަފާތުތަކެއް ހުރެއެވެ. އެސަބަބަށްޓަކައި ޢިސްލާމުދީނުގައި ކޮންމެ އަންހެނަކު އުފަންވީއްސުރެ ދުނިޔެ ދޫކުރަންދެން ޒިންމާދާރު ފިރިހެނެއްގެ ފުރިހަމަ ރައްކާތެރިކަމުގައި އިނުން ލާޒިމެެވެ. ދުނިޔެވީ ގިނަޒިންމާތަކަުން އަންހެނުން ވަނީ ރައްކާތެރިކުރެވި ޙިމާޔަތްކުރެވިފައެވެ. އަމިއްލަ އަމިއްލައަށް ޙައްޤުހޯދަން ނިކުމެ ޗެލެންޖުކުރަންޖެހޭ ބަޔަކަށް އަންހެނުން ނުވެއެވެ. އެއަށްވުރެ އަންހެނުންގެ މަޤާމު މަތިވެރިވެފައި އެމީހުންގެ ޒިންމާ ކުޑައެވެ. މިއުސޫލުދޫކޮށް އިމުންބޭރުވެގަތުމުން ޖިންސީގޯނާއާއި، ފުރައްސާރައާއި، ފަސާދައިގެ ތެރެއަށް ވެއްޓެނީއެވެ. ދީނީ އިލްމުވެރިން އެބުނާ ނަރަކަ ވަންތަވެރި އަންހެނުންނަށް ވެވެނީ އެހިސާބުންނެވެ. އަންހެނަކަށްވީތީ ނަރަކައަށް ވައްދަވާނެކަމަށް ޢެއްވެސް އިލްމުވެރިއަކު އެބަ ވިދާޅުވޭހެއްޔެވެ. އޮޅުވާނުލާށެވެ.

ދީނީ ތަޤްރީރުތަކުގައި ކުޑަކުދީންނަށް ޖިންސީ ގޯނަކުރުމަށް ބާރުއަޅާކަމަށް ބުނެ ދައްކާވާހައަކީވެސް ބޮޑު އޮޅުވާލުމެކެވެ. މަޔަކަށް ނުވަތަ ބަފަޔަކަށް ވުމަށް ޠަބަޢީގޮތުން ހަށިގަނޑު ލާފުރާ ފުރިހަމަވުމުން ދަރިމައިކުރުމާއި ދަރިމައިވުމުގެ ފުރުޞަތު އޮންނާނެއެވެ. ޤާނޫނަކުން ކުޑަކުއްޖަކަށް ވާނީ 30 އަހަރުނުވާ މީހުންނޭ ބުންޏަސް ބާލިޣުވުމުން ދަރިމައި ވުމުގެ ފުރުޞަތު އޮންނާނެއެވެ. ބަލިޣުވުމުންވެސް އުމުރުން ވަކިވަރެއް ވާންދެން މީހުނާއިނުން ޤާނޫނަކުން މަަނާކުރިޔަސް ކައިވެނިކުރުންނޫން ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު އޮވެއެވެ. ޒިނޭކުރުމާއި ޒިނޭގެ ދަރިން މުޖުތަމަޢުގައި ގިނަވުންނޫންކަމެއް އެކަމަކުންނުވާާނެއެވެ. ބާލިޣުވިޔަސް ކައިވެނިކުރަން ބޭނުން ނުވާ މީހަކަށް ކައިވެނިކުރުން މަޖުބޫރެއް ނުވާނެއެވެ. ބާލިޣުވެފައިވާ މީހަކާ ޖިންސީ ގުޅުން ހިންގުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމޭ ބުނުމަށްވުރެ ޒީނޭކުރުމޭ ނޫނީ ޖިންސީ ގޯނާކުރުމޭ ބުނުން މާ އައުލާކަން ބޮޑެވެ. ޔަޤީނުންވެސް، ބާލިޣްވުމުން ކުޑަކުދީންގެ ގިންތިންކެޑި ތަކްލީފް ލިބޭނެއެވެ. އަމިއްލަ ނަފްސަށް ޒިންމާވާން ޖެހޭނެއެވެ. ކަންމިހެން އޮތްއިރު އިންސާނީ ޙައްޤުގެ ނަމުގައި ދުނިޔޭގެ ތަހުޒީބު ބައެއް ޤައުމުތަކުގައި، އޮންނަހެން އެއްޖިއްސުން ގުޅުންހިންގުން ފަދަ މުޑުދާރު އަމަލުތައް ހިންގުމަކީ ރަނގަޅުކަމެކޭ ދީނީ އިލްމުވެރިން ބުނަންވީހެއްޔެވެ. ކިތަންމެވަރަކަށް މަދަނީ ޖަމްޢިއްޔާތަކަކުން ރައީސާ ގުޅިގެން ކިތަންމެ މަސައްކަތެއް ކުރިޔަސް ރާއްޖޭގައި ލާދީނީ މީހުނަށް ޖާގައެއްނެތެވެ. މުރާސިލް

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ