Posts

Showing posts from April, 2010

" ގޮވުން "

Image
މުޙައްމަދު ސިރުޙާން "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި"، މިއީ އަމީން ދީދީގެ މިފޮތާބެހޭގޮތުން ލިޔުމަށްޓަކައި ލިޔާ ލިޔުމެއްނޫނެވެ. ތިޔަ ކިޔަމުންދަނީ މުޅީން އެހެން ވިލާގަނޑެއްގެ ވާހަކައެވެ. ކަންކަން ދިމާވުމުގެ ކުރީން ބައެއް ކަހަލަ ޢަލާމާތްތައް ފާޅުވެއެވެ. ޤިޔާމަތު ކުދި ބޮޑު ޢަލާމާތްތައް، ތިމާއަށް ބައްޔެއްޖެހެން އުޅޭކަމުގެ ޢަލާމާތް، ވެރިކަމެއް ވެއްޓެން އުޅޭ ކަމުގެ ޢަލާމާތް، މިހިރަ މިހިރަ ޢަލާމާތްތަކަކީ ޢަލާމާތްތައް ދިރާސާކުރައްވާ ބޭފުޅުން ވަރަށް ޝައުޤުވެރިވެލައްވާ ކަންކަމެވެ. ތިބާއަށް މިކަހަލަ ޢަލާމާތްތަކަށް އަޅާނުލެވި ނުވަތަ އަޅާލެވިފަވެސް ހުރެދާނެއެވެ. އެކަމަކު މަގަކުން ހިނގާފަ ނުވަތަ މަގު ބަންދުބޯޑު އަޅުވާފައި ހުރުމުން ނުވަތަ ކަނޑުގައި ދަތުރުކޮށްފައި ދާ އުޅަނދެއް ކަނޑުގައި ހަރުކޮށްފައިވާ ލައިޓުތަކަށް ނުބަލާ ދަތުރުކުރަން ވެއްޖެނަމަ ވާނެ ގޮތް .... އެފެނުނީ ޢަލާމާތެކެވެ. މައުޟޫގެ އެހެން ދިމާ އަކަށް ދެވޭކަމުގެ ޢަލާމާތެކެވެ. އަހަރެންނާއެކު މި މައުޟޫގެ ބާކީ ބަޔައިގެން ކުރިއަށް ދަމާ ހިނގާށެވެ. އަހަރެން ތިބާ ވާބައްދާލާކަށް ނެތީމެވެ. އިތުބާރު ނުކުރަންޏާ މިހާރުން މިހާރަށ

މޮޔައީ ކޮންބައެއް؟

Image
މުޙައްމަދު ސިރުޙާނު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޖަންގަލިތެރޭގައި ކުދި އަވަށްތަކަށް ރުޅިގަދަވެފައިވާ އެތެއްގެ ޙަމަލާތަކެއް ކުރިމަތި ވަމުންދަނީއެވެ. މިހާރު އެއްކަލަ އެތް އެދަނީ ކޯރުގެ ހަނިދިމާލުގައިވާ އަވަށާ ދިމާއަށެވެ. އެއަވަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެހާ ރައްޔިތުން ކަންބޮޑުވެ ހަދާނެ ގޮތްހުސްވެއްޖެއެވެ. " ޙިކުމަތްތެރި ގުރޫ ކައިރިއަށް ދަމާ ހިނގާށެވެ." އެތަނުން އެކަކުގެ ޚިޔާލު ފާޅުކޮށްލިއެވެ. މި ޚިޔާލަށް އަވަށުގެ މީހުން އެއްބަސްވިއެވެ. ހަވީރުގެ އަޅުކަން ނިމޭހާ އިރުކޮށްފައި އަވަށު މީހުން އެއްކަލަ ގުރޫގެ ޖިފުޑި ކައިރިއަށް މޭވާތަކައިގެން އައެވެ. އަދި ވާހަކަދެއްކުމުގެ އިޒްނައަށް އެދުނެވެ. ގުރޫ ވަރަށް ހިނިތުންވެލާފައި އަވަށު މީހުން ގެނެސް އޭނާގެ ހަތަރު ޑިސައިޕަލްސްގެ ކައިރީ ބައިތިއްބައިފިއެވެ. އަދި ކިޔަމަންތެރި އަޑަކުން، އެއްކަލަ އެތް އެ ވަށާ ދިމާއަށް އަންނަވާހަކަ ޚަބަރުކުރިއެވެ. " އޭ ޙިކުމަތް ތެރިޔާއެވެ. އަހަރެމެން މިތިބީ އެކަމާ ހަދާނެ ގޮތްހުސްވެފައެވެ. އަހަރެމެން އެކަމުން ސަލާމަތް ވާނެ ގޮތެއް ބުނެދީބަލާށެވެ." ގުރޫ ކުޑައިރުކޮޅަކު ލޯމަރާލާފައި އިނުމަށް ފަހު ލޯ

Malcolm X gunman released on parole after 45 years

Image
The only man to have admitted his role in the killing of controversial US black leader Malcolm X has been released from prison on parole. Thomas Hagan, 69, was released from a New York jail 45 years after the assassination, officials confirmed. Hagan said he was one of three men who shot Malcolm X as he began a speech at Harlem's Audubon Ballroom in 1965. But he has insisted that the two men who were convicted with him were not involved. BBC Malcolm X , was an African-American Muslim minister, public speaker, and human rights activist.To his admirers, he was a courageous advocate for the rights of African Americans, a man who indicted white America in the harshest terms for its crimes against black Americans His detractors accused him of preaching racism, black supremacy, antisemitism, and violence He has been described as one of the greatest and most influential African Americans in history. After leaving the Nation of Islam, Malcolm X became a Sunni Muslim and made a pilgrimage

ރިޔާސީ އިންތިޚާބު 2013

Image
ރައީސް ނަޝީދުހީއެއްނުވޭ ދެން ހޮވޭނެހެނެއް. ބަހުގައި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެނީއޭ ވިދާޅުވިއަސް ޢަމަލުން އެކަމެއް ނުފެނޭ. ޚާއްސަކޮށް މިރާއްޖޭގެ މެޖޯރިޓީކަމުގައިވާ މުސްލިމުންގެ އިޙުސާސްތަކުގައި ވަރަށް ގިނައިން އެމަނިކުފާނު ކޮޅުފައިން ޖައްސަވާ. ޢައިރު މުސްލިމުން ހިތްހަމަޖައްސަވައިދެއްވާތަން ބޮޑަށް ފެންނަނީ. އެހެންކަމުން އަމިއްލަ އެޖެންޑާއެއް ގެންގުޅުއްވާހެންވެސް ހީވޭ. ޑރ.ޙަސަނުމެން ޖަމީލުމެން ދީނީ ތަޢްލީމު އުގެނިވަޑައިގެން ތިއްބެވިއަސް ވަރަށް މުނާފިގު ގޮތަކަށް ބައެއްފަހަރު ކަންތައް ކުރައްވާ. އެހެންކަމުން އެބޭފުޅުން ކަންތައް ކުރައްވަފާނެގޮތަކާ ދޭތެރޭވެސް ޝައްކު. ޔާމީނާއި ތަސްމީނު އެއްގޮތަކަށްވެސް ކަމަކުނުދޭ. ޑރ.ވަހީދު ކުޑަކޮށް ދީނީ ކަންތައްތަކާއި އުޅުއްވައި، ޢައްމާފޮތް ފަރިތަކޮށްލީމަ ރަގަޅުވާނެ. އެކަމަކު ކުއްޓިކަމަކު ނުދޭ. އެއީ މާ ކިބުރުވެރި ބޭފުޅެއް. ޢަދާލަތު ޓީމު ރަގަޅު. އެބޭފުޅުންނަށް ވެރިކަންވެސް ކުރެވޭނެ ތތ: އަހަރެންގެ ވޯޓް ޙަސަނަށާއި ޖަމީލަށް. ދުންމާރި: އެމްޑީޕީގެ ފަރާތުން އެވާ ޖޯޑަކީ އަޅުގަނޑު ވޯޓު ދޭނޭ ޖޯޑެއް ނޫނެވެ. ސަބަބަކީ އެ މީހުންގެ ޕޮލިސީތައް ހުންނަނީ އެނބުރޭ ވަހުތ

ޝަހީމު މެން ވެސް، މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ދީނީ އިލްމުވެރިންނަށް ވާން ޖެހޭނެޔެކޭ ނުކިޔައެވެ.

Image
ތާޖިރު އެނގިވަޑައިގަންނަވާނޭ ފަދައިން، މަޖިލީހުގައި ގިނައިން އެ ތިއްބެވީ އުޑެއް ބުޑެއް، ތަނެއް ދޮރެއް ނުދަންނަ، ގޮތެއް ފޮތެއް ނެތް ބައެކެވެ. އެންމެންނެއް ނޫނެވެ. އެކަމަކު ގިނައީ އެފަދަ ޖާހިލުންނެވެ. އަހަރެން ހިތުން، މިކަހަލަ ޖާހިލުންނަށް ވުރެ، "ކުޑަ މިނުން" އިސްލާމީ ތައުލީމު ނަމަވެސް ކޮންމެވެސް އެއްބާވަތަކުގެ ތައުލީމެއް ލިބިފައި ތިބި ބަޔަކު ހޮވިނަމަ މާ ރަނގަޅުވީހެވެ. އަނެއްކަމަކީ، މަޖިލީހުގައި އިސްލާމީ ތައުލީމީ މީހުން ވެސް ހިމެނުމަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ތަނެއްގައި ނަމަ ހަމަ ޒަރޫރީ ކަމެކެވެ. ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމު ގައުމެއްކަމުގައި ދައުވާކުރާ ތަނެކެވެ. ޝަހީމު މެން ވެސް، މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ދީނީ އިލްމުވެރިންނަށް ވާން ޖެހޭނެޔެކޭ ނުކިޔައެވެ. އެމީހުން ބުނަނީ ކޮންމެވެސް ވަރަކަށް ދީނީ މީހުން ހިމެނެން ޖެހޭނޭ ވާހަކައެވެ. ލިޔުންތެރިޔާއަށް ވާ ގޮތަކީ، އިސްލާމިކް މިނިސްޓްރީގައި ދޯހަޅި ކަމެއް ހިނގާ އިރަށް، އެމީހުންނަކީ ދީން ކިޔަވައިގެން ތިބި ބަޔަކަށް ވީތީ ސިޔާސަތަށް ޖާހިލުވާ ބައެއްކަމުގެ ނަންބޯޑު ޖަހާލެވެނީއެވެ. ނުވަތަ ދުނިޔޭގެ އާޖުފާޖު

ދިވެހި ދައުލަތުގެ ދީނަކީ އިސްލާދީންކަމުގައި ލިޔެ ދެންބޭނުންހާކަމެއް ކުރުން

Image
މުޢާޛު އެންމެ ފައްކާގޮތަކީ ގާނޫނުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާދީންކަމުގައި ލިޔެ ދެންބޭނުންހާކަމެއް ކުރުން. ނިކަން ބައްލަވާ ރަލުގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުން ކަންތައްކުރެއްވި ގޮތް. ނިކަން ބައްލަވާ ރައީސް ނަޝީދު ދެއްވާ ރޭޑިޔޯ ޚިތާބުތަކާއި ކަންތައްކުރައްވާގޮތް. ނިކަން ބައްލަވާ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިގަމުންދާ މަސްތުވާ ތަކެތީގެ މައްސަލަތަކާއި، މީހުން މެރުމާއި، ބޮޑެތި ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކާއި، ވަބާއަކަށް ވެފައިވާ ޖިންސީ މައްސަލަތަކަށް. މިކަންކަމުގެ ޙައްލު ހޯދަންވެސް ދައްކަންޖެހޭނީ އިސްލާމީ ޝަރީޢަތުގެ ވާހަކަ ކަމުގައިވާތީ އެކަންކަމަށް ޙައްލެ މިވަނީ ނުހޯދިފައި. ލާދީނީ ވަނީ މިކަންކަމުގެ ތެރެއިން ގޮސް، ޚާއްސަކޮށް ރަލާއި، ޖިންސީ ކަންތައްތަކާއި އަދި ޚިޔާނާތުގެ ކަންތައްތަކުގެ ތެރެއިން މީހާއަށް ދުނިޔެ ފެނި، އަދި ދުނިޔެ ނޫންތަނެއް ނުފެނި އެކަމުގައި ހަފުސްވެ އެހިސާބުން އުޅެން ފަސޭހަ ގޮތަކަށް އުޅެން ބޭނުންވުން. އެހެން އުޅެން ބޭނުންވާ މީހުންނަ ޑާވިންގެ ތިޔަރީއާއި، ކްރިސްޓިއަން ދީން ވަރަށް ފައްކާވާނެ. muraasil.com

މީސްތަކުންނޭ ސަމާލުވެލަށްވާ

Image
އިބްނު ދައްޖާލު: ތުނބުޅި މީހުން މާ ރަނގަޅު ބަޔަކަށް ހަދައިގެން މި ވާހަކަ ދައްކާ މީހުން ލިޔާ ކޮމެންޓް ފެނުމުން ވަރަށް ހައިރާން އެބަ ވެއެވެ. މި މީހުން ނޭވަޔަކު ދެކޮޅު މި ބުނަނީ މިމީހުންނަކީ އެންމެ މާތް މީހުން ކަމަށެވެ. އެކަމަކު މާތްވެގެން މި މީހުން ކުރާ ހަމަ އެއްކަމެއް ނުދެއްކެއެވެ. ދެން މި ބުނަނީ ބޮން ހަދައިގެން ބޮން ގޮއްވަނީ އެހެން ބައެކޭ އެވެ. މިއީ ދެން ކާކު ގަބޫލު ކުރާނެ ކަމަށް ދައްކާ ވާހަކައެއްހެއްވެ މާލޭގެ އެންމެ ސަލާމަތީ ބާރާއި ވެރިކަމުގެ އާރާއި ބާރު ގަދަ ދުވަސްވަރު ބޮންހަދާ ސާމާން އެތެރެކޮށް ކުށެއްނެތް ބައެއްގެ ތެރެއަށް ގޮއްވާލީ ކޮންބައެއްހެއްޔެވެ؟ ދެން ބުނާނީއެއީ ފަލަސްތީނަށް ބަޔަކު ހަމަލަ ދޭތީ އޭގެ ބަދަލުގައި ދިން ހަމަލާއެކޭ ހެއްޔެވެ؟ އެހެން ބުނީމާ ގަބޫލު ކުރާނެ މީހުންވެސް ތިބޭނެކަން ނޭނގެއެވެ. އެ ހަމަލާ އަމާޒް ކުރީ އިޒްރޭލުގެ މީހުންނަށް ހެއްޔެވެ؟ އިރާގަށް އަރާތިބީތީ އެމެރިކާގެ މީހުންނަށް ހެއްޔެވެ؟ އެވެސް. ﷲ އަކްބަރު ކިޔާފައި ދިން ހަމަލާއެކެވެ. ހަމަ ދިވެހިންނެވެ. އަހަރުމެން މީގެ ކުރީގައި ދިވެއްސަކު މީހަކަށް ހަމަލައެއް ދިންވާހަކަ ލިއުމަކުންވެސް ކިޔާފައިވަނީ މަދު ފަހަރަކުއެވެ. އ

ތުބުޅީގެ ޒުވާބު

Image
އާމިރު : ތުބުޅި ބެހެއްޓުން އެއީ އިސްލާމް ދީނާ އެކީ އައިކަމެކޭ މިހާރުގެ ދީނީ ޢިލްމް ވެރިން ބުނޭ.އިސްލާމްދީނުގައި ހިމެނިފައިވާ ހަރާމް ހަލާލް ކަންތައް ތަކަށް ދީނުގެ މަގަށް ނުވިސްނާ އިންސާނީ ފިކުރާ ބުއްދީގެ މަގަށް ވިސްނި ކަމުގައިވީ ނަމަވެސް ކަމެއް ހަރާމް އެކުރެވުނީ ހަމަ އިންސާނިއްޔަތަށް ފައިދާ ހުރިކަމަކަށް ކަން މިހާރުގެ ސައިންޓިފިކް އިލްމް ގެ ޒަރިއްޔާއިން ވަރައް ރަގަޅަށް ސާބިތުވޭ. ތުބުޅި ބެހެއްޓުމުން ލިބޭ ފައިދާ އާއި ދޭތެރޭވިސްނާ ކޮޅުންލީއިރު އެގުނު ގޮތަކީ. އެއީ ވަރަށް މުޑުދާރު ކަމެއްކަން.އަޅުގަޑުގެ ވަރަށް ރައްޓެހި ތުބުޅިލީމީހަކު ސައި ހޮޓަލެއްގައި އަޅުގަޑުގެ ކުރިމަތީގައި ކޭންބައްލަވަން އިން އިރު ތުނބުޅީގައި ބަތާ ރިހަ އުގުޅެމުން ކަމުން ދިޔަތަން ބަލަން ނުކެރިގެން އަޅުގަޑަށް ނީދެވިގެން ބުނެވުނީ ހަމަ ތިޔަބޮޑު ތުނބުޅިޔާ އިސްލާމް ދީނާ ހުރީ ކޮންގުޅުމެއްހޭ؟.އިސްލާމްދީނަކީ ސާފުތޯހިރުގެ ދީނެއްނޫންހޭ. ކަލެޔަކީ ފަސްވަގުތު ނާޅާ ނަމާދުކުރާމީހެއްނޫންހޭ!. ތިވަރުން ކިހިނެއްހޭ ސާފުތާހިރު ކަމުގައި ހުންނާނީ!.ތިހިރީ ވިއްޔާ އޭ ތިޔަތުބުޅިންނުދާ ނުބައިވަސް.ކާތަކެތިވެސް ތިހުރީ ތުނބުޅީގައި ތައްލަވާފައޭ! މަބުނީމާއޭ

އެހެންނޫންވާނީ ދެސޭހުން އެކަޗެއްނުކިޔާނެ

Image
އަލި: މިހުރިހާކަމެއް މިދިމާވަނީ މިއުޅޭތުބުޅި ގުރޫޕާހެދި އެހެންނޫންވާނީ ދެސޭހުން އެކަޗެއްނުކިޔާނެ!!!! ރއްދުދޭމީހާ:: ދެ ޝޭހުން އެކެއްޗެއް ނުކިޔުން އެއީ މައްސަލެއް ނޫނެވެ. އެއީ މައްސަލަޔަކަށް ވަނީ ދީނުގެ ތަނެއްދޮރެއް ނޭންގޭ "އަލި" މެން ފަދަ މީހުންނަށެވެ. ޝޭހަކު ވާހަކަ ދައްކަވަނީ ކީރިތި ޤުރުޢާނާއި ރަސޫލާގެ ސައްހަ ހަދީޘްތަކުން ހެކި ގާއިމުކުރަމުން ކަމުގައިވާނަމަ އެކަމެއް ގޯސް ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތުނބުޅިޔާ ބެހޭގޮތުން އެފަދަ ޙިޔާލު ތަފާތުވުމެއް ވާކަމަކަށް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. "އަލި" އަށް އެފަދަ އިޙްތިލާފެއް އެނގޭނަމަ އަޅުގަނޑަށް ބުނެދީބަލާށެވެ. murasil.com

ހަފްތާގެ ރޭޑިއޯ ޚިތާބުގެ ކުރިން ރައީސް އަށް އަންގާލަދެވޭނޭ މަގެއް އިސްލާމީ ފިކުރުގެ މީހުންނަށްވެސް ހާމަކޮށްދެއްވާށެވެ

Image
ބިލާލް ޢަބްދުއްސައްތާރު ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ނައިޓް ކްލަބެއްގެ ސްޓޭޖް މަތީގައި 15 އަހަރުގެ 'ކުޑަކުއްޖަކަށް' ޖިންސީގޯނާކޮށްފައި ވާ އޭކޮން، ލަވަކިޔުން ތެރިއެއްކަމަށްބުނެ ދިވެހި ސަރުކާރުގެ ފުރިހަމަ ސަޕޯޓާއެކު ރާއްޖޭގައި ޝޯއެއް ދިނުމަށް ދާދި އަވަހަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާއި އަންހެނުންގެ ހައްޤު ތަކަށް ހުއްޓުމެއްނެތި ގޮވަމުންދާ ސަރުކާރަކުން މިފަދަ މީހަކު މިޤައުމަށް ގެނައުމަށް ފުރިހަމަ ތާޢީދު ކޮށްފައިވާތީ ކުޑަ ކުދިންނާއި އަންހެނުން ތިބީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި މިވަރަށް އަންހެނުންގެ ހައްޤު ތަކަށް ގޮވާ ބަޔަކު، މިފަދަ މީހަކު ގެންނަން ފައި ނަގާފައިވާތީ، ސަރުކާރުގެ އިޚްލާސްތެރި ކަމާމެދުވެސް ސުވާލު އުފެދެއެވެ. މިއީ އިސްލާމީ ފިކުރު އަންހެނުންނާއި ކުޑަކުދިން ވަރަށް ބިރުގަނެ ކަންބޮޑުވާ މައްސަލައެކެވެ. އެބޭބޭފުޅުން ތިބީ މިފަދަކަންކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ވަރަށް ބޭނުންވެފައެވެ. އެފަދަ މަގެއް ނުފެނިގެންނެވެ. އެހެން ކަމުން ފަސޭހައިން ޝަކުވާ ހުށަހެޅޭނޭ މަގެއް ފަހި ކޮށްދިނުމަކީ އެބޭފުޅުން ވަރަށް އެދޭ ކަމެކެވެ. އޭރުން އަނެއް ހަފ

ޤާސިމް ނަޝީދަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގަތެވެ

Image
ލިޔުނީ: ޖޭއާރް ބަޔެއް ނިއުސް ކޮންފަރެންސްތަކާއި ސްޓޭޖު ތަކުގައި ނަޝީދަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އާދޭސް ދަންނަވައި ކީރިތި ކުރައްވާފައި ވެއެވެ. އަދި މާލީ ގޮތުންވެސް ޤާސިމް ނަޝީދަށްޓަކައި ބޮޑު ގުރުބާނީއެއް ވެވަޑައިގަތެވެ. ޤާސިމްގެ ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ގުޅުނީ ވަރަށް ވަރުގަދަކޮށެވެ. އަދާލަތު ޕާޓީވެސް އޮތީ ޖުމްހޫރީ އިއްތިހާދުގެ ފޭ ރާމުގައެވެ. އެހެންކަމުން އެމްޑީޕީން ނެގީ ޖުމްހޫރީ ޕެކޭޖެކެވެ. ޖުމްހޫރީ ޕެކޭޖު ވެގެންދިޔައީ ނަޝީދަށް ދެވަނަ ބުރުގައި ލިބުނު އެންމެބޮޑު ހަދިޔާއަށެވެ. ސަރުކާރު ހޮވުމަށްފަހު ދެން ކަންވެގެންދިޔަ ގޮތުގެ ވާހަކަ ބާއްވާނީއެވެ. 2013 ވަ ނަ އަހަރުގެ ވަރަށް ކައިރިވެއްޖެއެވެ. 2013 ވަނަ އަހަރުގެ ވާހަކަ ދެއްކުމާއެކު ކޮންމެ ދިވެއްސަކުވެސް އެންމެ ފަސޭހައިން ބުނެލާނީ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ. އެއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވި އެއަށްފަހު އޮތް 5 އަހަރު ދުވަހު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންބޭފުޅެއްތޯ ޔަގީން ވެގެންދާނެ އަހަރަށް ވާނެތީއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އާންމު ރައްޔިތުންގެ ވިސްނުން މިހާރު ހުރިއ

ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ

Image
Dr Mauroof Hussain ދިވެހިރާއްޖެ މިއަދު މިވަނީ ރުހޭބަޔަކު ރުހުނަސް ނުވަތަ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރަސީ ނިޒާމްގެ ތެރެއަށް ދީލާލާފައެވެ. ޑިމޮކްރަސީގެ މާނަޔަކީ ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ގެންދިއުމެވެ. އާދެ، އަޣްލަބިއްޔަތު ނިޒާމެވެ. މިތާގައި ގިނަބައެކޭ މިބުނެވޭ ބަހުގެ ޙަގީގީ މާނައެއް ކަމުގައިވެފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހުގައި އޭރަކު އެތިބޭ މީހުންގެ ތެރެއިން ގިނަބަޔަކަށް ފެންނަ ގޮތުގެ ވާހަކައެވެ. މިހިސާބުން ހުއްޓި މި ދެންނެވުނު މަޖިލީހާއި ދިމާލަށް ބަލާލަން އެބަޖެހެއެވެ. އެތާގައި ކަންތައް ހިނގަމުންދާގޮތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ދިމާލަށް ފެންނަން ހުރި ޙަގީގަތެކެވެ. އެގޮނޑިތަކުގައި އިށީދެތިބެގެން އެކަކު އަނެކަކަށް "ޢިއްޒަތްތެރި" ކަމުގެ ލަގަބު ދީގެންތިބި މީހުންގެ ކިބައިގައިހުރި އިޚުލާޞްތެރި ކަމާއި ތިމާމެން ނިސްބަތްވާ ޕާރޓީގެ މަސްަޙަތުގެ ކުރިޔަށް ދީނާއި ގައުމުގެ މަސްލަޙަތު ނެރޭމިންވަރުވެސް މިދަނީ ލޮލުންފެނި އަތުންހިފެމުންނެވެ. އަޅުގަނޑަށްފެންނަގޮތުގައި އެތާގައި އަރައިރުންވެ ތަޅާފޮޅާންތިބި "ޢިއްޒަތްތެރިން" ގެތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރަނީ ހ

ތަންކޮޅެއް ބޮޑައް ސިޔާސީ މައިދާނައް ނިކުމެ ގަދަޔައް ޖައްސަންވީ

Image
ސސ އަދާލަތުން އަދި ތަންކޮޅެއް ބޮޑައް ސިޔާސީ މައިދާނައް ނިކުމެ ގަދަޔައް ޖައްސަންވީ އިސްލާހުވާނެ ތަރުއްބިޔަތު ހަމަރަގަޅުގޮތުގައި އިންސާނުން ކުރެވިދާނެ ކަމުގެ ޤާބިލްކަން އަދާލަތު ޕާރޓީގައި އެބަހުރި އެކަމާއި އެއްވެސް ޝައްކެއްނެތް، ކެއްތެރިކަމާއި އެކު މަޝްވަރާކުރެވިގެން ދެވިއްޖެނަމަ ދައުވަތު ކަމިޔާބު ކުރެވޭނެ، އަދާލަތަ ފެހިދުވަސް ދެއްވާށި. އިތުރު

ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެކަމަށް ދިރާސާއަކުން ދައްކައިފި.

Image
ދިވެހިރާއްޖޭގައި ފާއިތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދީނީ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ހިންގައްޖެކަމަށް މިސައިޓުގެފަރާތުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވަރަށްގިނަ ފަރާތްތަކެއްގެ ތަފާތު ޚިޔާލުތައް ވަނީ ތަޙުލީލުކުރެވިފައެވެ. އެ ހުރިހާބޭފުޅުންވެސް އެއްކަމަކަށްވަނީ އިއްތިފާޤުވެލައްވާފައެވެ. އެއީ މިދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ނަމާދު ކުރާމީހުންގެ ޢަދަދު ދެ ގުނައަށް އިތުރުވެގެންދިޔަކަމެވެ. އަޅުގަނޑުމެންގެ ދިރާސާގައި ދީނީހޭލުންތެރިކަން އިތުރުވެގެންދިޔަ ސަބަބުތަކާއި ގުޅޭގޮތުން އެކިއެކިބޭފުޅުން ފާޅުކުރައްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ބައެއް ކަންތައްތައް ހިމަނާލާނަމެވެ. 1- ކުރީގެ މައުމޫނުސަރުކާރުގައި ދީނީ ދަޢުވަތަށް އޮތް ހިފެހެއްޓުން ނަޝީދުގެ ސަރުކާރުން ދޫކޮށްލައި ދީނީ ދަޢުވަތު ދިނުމުގައި މިނިވަންކަން ދީފައިވުން. 2- ދީނަށް ދަޢުވަތުދޭ ޖަމާޢަތްތައް ގިނަވެ ގިނަ ޢިލްމުވެރިންތަކެއްގެ ދަރުސްތައް އާއްމުންނަށް ލިބިގެން ދިއުން. 3- އަދާލަތު ޕާޓީ ސަރުކާރުގެ ބައެއްގެ ގޮތުގައި އޮތުން. 4- ދީނަށް ލޯބިކުރާ ވަކިވ

އެންމެބޮޑު އެދުމަކީ ދީނަށް

Image
ދިވެހިންގެ ތެރޭގައި ސެކިއުލަރރިޒަމްގެ ފަރާތްތަކުގެ އެންމެބޮޑު އެދުމަކީ ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައި ކޮށްލުންކަމަށް އިސްލާމިކު އެފެއަރޒުގެ ސްޓޭޓް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. ޝަހީމުމިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ފަރާތުން ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވަމުންގެންދަވާ ސިލްސިލާ ބައްދަލުވުމުގެތެރެއިން ރޭގައި، ޢަދާލަތު ޕާޓީގެ މެންބަރުންގެ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. ޝަހީމު ވިދާޅުވީ ގައުމުގައި ޢަލްމާނީ ފިކުރު ފަތުރަމުންދާ ފަރާތްތަކުން، ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައި ކޮށްލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ދީނަށް ލޯބިކުރާ ޖަމްޢިއްޔާތަކުގެ މެދުގައި ބައިބައި ކުރުމަށް ރޭވުންތަކެއް ރާވަމުންދާ ކަމަށާއި، ޙާއްސަކޮށް ޖަމްޢިއްޔަތުއް ސަލަފާއި ޢަދާލަތު ޕާޓީއާއި ދެމެދު ބައިބައިވުން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމާމެދު ދީނަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވިސްނެވުމަށްވެސް ޝަހީމުވިދާޅުވިއެވެ. ޝަހީމު ވިދާޅުވީ ގައުމުގައި ފަތުރެމުންދާ ޢަލްމާނިއްޔަތާއި ދެކޮޅަށް

Islam is always ready for...

Image
I think the best thing to do for those that doubt Dr.Zakir Naik is to question him during his Question and Answers session while he is in Maldives. Then test his knowledge in Islam if you like. Ask him about anything from the Quran and let him answer your question and quote you verses supporting his answers and also giving you the full detailed reference of each of the verse. He has memorized the Quran and its translation by heart just as he has memorized all the other religious scriptures because without knowing the facts, no one should really go around preaching. Hence unlike many that gives negative comments about Islam while having no knowledge about it. Allah (swt) gifts people in different ways. Yes he could have gone working as a Doctor and made a good living, yet he decided to dedicate his life to the path of Allah, converting many to Muslims all over the world. Wonder how many people any of us have converted with our words? So whose words are better and gets more rewards? Isl

ޑރ. ޒާކިރު ނައިކްގެ ކުރު ތަޢާރަފެއް

Image
ޑރ ޒާކިރު ޢަބްދުލްކަރީމް ނައިކަކީ ޕޮރްފެޝަނަލް ޓްރޭނިންގ ލިބިވޑައިގެން ހުންނެވި މެޑިކަލް ޑޮކްޓަރެކެވެ. ހަމައެފަދައިން އޭނާއަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރައީސް އެވެ. އިސްލާމްދީނާއި މެދު މީސްތަކުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި އިޚްތިލާފީ މައްސަލަތަކަށް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި، އަދި މީގެއިތުރުން އެހެންދީންތަކުގެ ފޮތްތަކުގެ އަލީގައްޔާއި ސިކުނޑިއާއި ސައިންޓިފިކު ޙަޤީޤަތްތަކުގެ އަލީގައި އެމައްސަލަތައް އޮޅުން ފިލުވައި ދެއްވައެވެ. އޭނާގެ ޢުމުރުފުޅަކީ ސާޅިސް ހަތަރު އަހަރެވެ. ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު މަޝްހޫރުވެވަޑައިގެންފައިވަނީ ޢާންމު އެއްވުންތަކުގައި ވާހަކަފުޅު ދެކެވުމަށްފަހު، މީސްތަކުން އޭނާއާ ޗެލެންޖު ކުރުމަށް ކުރާ ސުވާލުތަކަށް ސިކުނޑި ޤަބޫލުކުރާ އަދި ބިނާކުރަނިވި ޖަވާބުތައް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި އޭނާވަނީ 1300 އަށްވުރެ ގިނަ މަޥްޟޫތަކަށް ޢާންމުންގެ ތެރޭގައި ވާހަކަފުޅު ދައް

މާލޭގަ ވިއްޔާ ރާއްޖޭގެ ގުދުރަތީ އަޖާއިބުތައް އޮތީ. ދެން އެހެންޏަ.

Image
ދުނިޔޭގެ ގުދުރަތީ އަޖާއިބަކަށް ދިވެހިރާއްޖެ ހަދަންވެގެން މާލޭގަތަ ޝޯ ބާއްވަންވީ؟ ރިސޯޓުތަކުގަ މިހާރުވެސް ކުރާ ފާހިޝް ކަންތަކުގެ ލިސްޓަށް އިތުރު ކުރިނަމަ ވީހެއްނު. މާލޭގަ ވިއްޔާ ރާއްޖޭގެ ގުދުރަތީ އަޖާއިބުތައް އޮތީ. ދެން އެހެންޏަ. ( މަނަދޫ ލައިވ ް )

މި ކަހަލަ ސުވާލުތައް ހިތަށް ވަންނަން ފެށީމާ

Image
( SiruArt.blogspot.com ) ޢަބްދު ނަޢީމު އިބްރާހީމް ދީނުގެ ކޮންމެ ޙުކުމަކީ ނުވަތަ ކޮންމެ އަމުރަކީ ބުއްދި ޤަބޫލު ކުރާ ޙުކުމަކަށް ނުވަތަ އަމުރަކަށް ވާން ޖެހޭނެތަ؟ ކޮންމެ ކަމަށް ވެސް އެކަށީގެންވާ ސަބަބެއް އޮންނަން ވާނެ ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމު އެވެ. އެހެންވީމާ މީހަކު އެއްޗެކޭ ބުނެލުމާ އެކު ކީއްވެގެން ހެއްޔޭ އަހައިލެވެ އެވެ. މިއީ ނުބައި ކަމެއް ބާވަ އެވެ؟ އަޅުގަނޑުގެ ހިތަށް މި ސުވާލު ވަނީމާ އުނދަގޫ ވާ ކަހަލަ ގޮތެއް ވެ އެވެ. އަބަދުވެސް ހިތަށް އަރަ އެވެ. ސުވާލެއް ނުކޮށް ޤަބޫލު ކުރަން ޖެހޭ ކަހަލަ ކަންތައްތަކެއް ނުހުރޭ ބާވަ އެވެ؟ ކޮންމެ ކަމެއް އަޅުގަނޑުގެ ސިކުނޑި އެންމެ ފުރިހަމަ އަށް ޤަބޫލު ކުރާ ކަހަލަ ކަމަކަށް ވާން ޖެހޭނެ ހެއްޔެވެ؟ މި ކަހަލަ ސުވާލުތައް ހިތަށް ވަންނަން ފެށީމާ ބައެއް ކަހަލަ ކަންތައްތައް ކުރެވޭ ގޮތާ މެދު ވިސްނައިލެވޭ ގޮތް ވެ އެވެ. މިސާލަކަށް އަޅުގަނޑުގެ ހިތަށް ވަރަށް ގިނައިން އަރާ ވާހަކައެއް ދަންނަވައިލާނަމެވެ. ނަމާދު ކުރުމުގެ ކުރިން ވުޟޫ ކުރަން ޖެހޭ ކަމަށް ނުވަތަ ވުޟޫ ނުކޮށް ނަމާދު ކޮށްގެން ނުވާނެ ކަމަށް އަޅުގަނޑުމެން މި ތިބެނީ ޤަބޫލު ކޮށްގެންނެވެ. ވުޟޫ ގެއްލިއްޖެއްޔާ

Maldivian Atheists worried because Dr Zakir is coming to Maldives

Image
It seems that the so called fake Atheists of Maldives are very worried about the planned visit of Dr Zakir Naik to Maldives. Dr Zakir is a prominent Islamic Dhaaee operating from India. As a founder of Islamic Research Foundation, he has become popular as 'a man of peace" because of his mission Peace Tv. Peace Tv is an international channel formed for the propagation of the true message of islam. Dr Zakir Naik,a master mind, with the incredible memory Allah has bestoed upon him, sacrifices all of this time in the cause of Allah, propagation of the true islam. Atheist hate him because he has helped many atheists to discover Islam. And He is a great hero who argues with atheists, all the time proving their false illogical claims and winning over them. Read More