Sunday, October 3, 2010

ވަކިން ކިޔަވައިދޭށޭ ބުނުމުން ތިއީ ހާބީންނޭ


ސްޓޯރީޓެލަރ

އަޅުގަނޑުވެސް ބޮޑުވީ މިކްސްކޮށް ކިޔަވައިދޭ ސިސްޓަމަކުންނެވެ. އަންހެން ފިރިހެން އެއްކޮށް ކިޔަވައިދިނީމާ ލިބެންޏާ ލިބޭ ފައިދާއަކާއި ގެއްލުން ރާއްޖެތެރެއިންނާއި މާލޭގައިވެސް ތަޖުރިބާކޮށް ރަނގަޅަށް އެނގެއެވެ. ގްރޭޑް 8 ން ފެށިގެން 10 ހަމަޔަށް ކިޔަވަން އުޅުންއިރު އެތައް އެތައް މޮޅެތި ކުދިންނެއް ހަލާކުވެގެން ކިޔެވުމާއިދުރުވެގެން ދިޔަ މަންޒަރު ކައިރިން ދުށީ ވަރަށް އަސަރާއިއެކުގައެވެ. ކިޔެވުމުގެ އަގުހުރި ވަގުތުގައި އިޝްގީ ލޯތްބާއިހެދި ވަގުތު ބޭކާރުކުރީ ގާތް ރައްޓެހިން އެކަންޏެއް ނޫނެވެ. އަޅުގަނޑު ކިޔެވި ސުކޫލުގެ ގިނަ ކުދިން އަޅުގަނޑު ދަންނަމެވެ. އޭގެ ތެރެއިން އެފަދަ ކަމެއްގައި ނުޖެހޭ މީހަކު މަދެވެ. ކީއްކުރަންތޯއެވެ. އަޅުގަނޑު ކައިރީ ގުރޭޑް 5 ށް ވުރެ މަތިނޫން ގްރޭޑެއްގެ ކުއްޖަކު އިނދެފައި ސްޓޭޖައް އެރި ކުޑަ އަންހެން ކުއްޖެއް ދައްކާފައި އެއީ މަގޭ ބިޓޭ ބުނި ހަނދާން ވަރަށް ރަނގަޅަށް އެބަ ހުއްޓެވެ.

"އަހަރެންގެ ރެޒަލްޓް ކަލޭމެނަށްވުރެ ރަނގަޅަސް މަގޭ ހާލު ކަލޭމެނަށްވުރެ ދަށޭ!". މިއީ އަޅުގަނޑުގެ މަދު ރައްޓެއްސެއްގެ އަޑެވެ. ބަހެވެ. އެހެނަސް ގިނަ ރައްޓެހިންގެ ބަހަކީ "ހާދަ ދެރައޭ، ދެކޮޅުން ކެހި". މިއެވެ. އިބާރާތް ތަފާތަސް މާނަ އެކައްޗެކެވެ. ބުނަން މިއުޅޭ އެއްޗެއް އަދި ނުވިސްނުނަސް ހަމަ އެންމެ ރަނގަޅެވެ. އަދި ވިސްނޭނެއެވެ.

އަޅުގަނޑުވެސް ބޮޑުވީ މިކްސްކޮށް ކިޔަވައިދޭ ސިސްޓަމަކުންނެވެ. އަންހެން ފިރިހެން އެއްކޮށް ކިޔަވައިދިނީމާ ލިބެންޏާ ލިބޭ ފައިދާއަކާއި ގެއްލުން ރާއްޖެތެރެއިންނާއި މާލޭގައިވެސް ތަޖުރިބާކޮށް ރަނގަޅަށް އެނގެއެވެ. ގްރޭޑް 8 ން ފެށިގެން 10 ހަމަޔަށް ކިޔަވަން އުޅުންއިރު އެތައް އެތައް މޮޅެތި ކުދިންނެއް ހަލާކުވެގެން ކިޔެވުމާއިދުރުވެގެން ދިޔަ މަންޒަރު ކައިރިން ދުށީ ވަރަށް އަސަރާއިއެކުގައެވެ. ކިޔެވުމުގެ އަގުހުރި ވަގުތުގައި އިޝްގީ ލޯތްބާއިހެދި ވަގުތު ބޭކާރުކުރީ ގާތް ރައްޓެހިން އެކަންޏެއް ނޫނެވެ. އަޅުގަނޑު ކިޔެވި ސުކޫލުގެ ގިނަ ކުދިން އަޅުގަނޑު ދަންނަމެވެ. އޭގެ ތެރެއިން އެފަދަ ކަމެއްގައި ނުޖެހޭ މީހަކު މަދެވެ. ކީއްކުރަންތޯއެވެ. އަޅުގަނޑު ކައިރީ ގުރޭޑް 5 ށް ވުރެ މަތިނޫން ގްރޭޑެއްގެ ކުއްޖަކު އިނދެފައި ސްޓޭޖައް އެރި ކުޑަ އަންހެން ކުއްޖެއް ދައްކާފައި އެއީ މަގޭ ބިޓޭ ބުނި ހަނދާން ވަރަށް ރަނގަޅަށް އެބަ ހުއްޓެވެ.

އެތައް ކުދިން ލިޔުނު ސިޓީ ބިޓީ ވެސް އަޅުގަނޑު ދުށީމެވެ. އެތައް ކުދިން ކުރި ބައްދަލުވުންތައް ގަޑިޔާއި އެކުވެސް އަޅުގަނޑަށް އެނގެއެވެ. އެކުދީން ކުދީން މީޓިން އެއްގައި ހޭވިއްޔާ ހޭވި ހަޑިއެއްވެސް ކިޔައިދިން ކުދިން މަދެއް ނުވާނެއެވެ. ސިއްރޭ ކިޔާފައި ކިޔައިދިން އިރު އަޅުގަނޑަށް އެއީ ނުބައި ގޯސް ގޮތްކަން އެނގެއެވެ. އެހެނަސް ފަސް ނަމާދެއް ނުދަންނަމެވެ. ދީނެއް ނޭންގެއެވެ. ވީމާ އެކަންކަން ހުއްޓުވާކަށް ބަހެއް ނުބުނަމެވެ. ބުނެވުނިއްޔާވެސް ބުނެވިފައިހުންނާނީ "ތީ ހާދަ ނުބައި ގޮ..ކެވެ".

ލޯބީގެ ސަބަބަން ކުރި ޒުވާބުވެސް އަޑުއެހީމެވެ. ހިނގި ހަމަނުޖެހުން އެކަކު އަނެކަކު ގަޔައް އަތްލާ ހިސާބަށް ދިޔަކަންވެސް ހަނދާން އެބަހުއްޓެވެ. ބިޓެއް ނެތް ކުއްޖެއް ނެތް އިރު މިހެން ނުވާންވީ ކީއްވެ ހެއްޔެވެ. މައިންބަފައިން އެމީހުންގެ ދަރީންނާއި ރައްޓެހިވެގެން އުޅޭކުއްޖާއާ ދިމާލަށް "ހެޓަކަށް ބަވާލި" ކަންވެސް އެނގެއެވެ. މިއިން ކޮންމެ ކަމެއްގެ އަސްލާއި ބައިވެރިވި މީހުންނާއި ފެށުމާއި ނިމުން އަދި އަދުގެ ހާލަތު އަޅުގަނޑު ރަނގަޅަށް ދަންނަމެވެ.

އަބުރުވެރިއެއް ވިހި ތިރީސް މީހުނާއި ރައްޓެހިވެފައިހުރި މީހަކާއި އިންނަން ބޭނުން ނުވާނޭކަމީ އަޅުގަނޑު ގެރެންޓީދޭނެ ކަމެކެވެ. ސުކޫލުގައި އުޅެމުން ރައްޓެހިވީ ބަޔަކު ކައިވެނި ކުރިތަން ފެންނާނީ ހާހަކުންފަހަރަކުއެވެ. އަދި އިނިއްޔާވެސް ވަރިނުކޮށް ތިބޭނީވެސް އޭގެ ތެރެއިން މަދު ބައެކެވެ. މިއީ އެންމެން ދަންނަ ހަގީގަތެވެ. މިއަޑު އަހާފައި ކަންކަން ދެކެފައި ހުންނާނީ އަޅުގަނޑު އެކަންޏެއް ނޫނެވެ.

ތަންތަނުން ދިރާސާތަކުންނާއި ހޯދުންތަކުންނާއި ރިޕޯޓްތަކުންވެސް ދެޖިންސުވަކިން ކިޔަވައިދިނުމުގެ ފައިދާ އެޔޮށް ފެންނަން އޮތީއެވެ. އާއެކެވެ. ވަކިން ކިޔަވައިދޭށޭ ބުނުމުން ތިއީ ހާބީންނޭވެ. ޒަމާނީ ކިޔެވުމަށް ހުރަސްނާޅާށޭ ބުނަނީ ކަނޑުކޮސް ކަމުންނެވެ. އެހެން ބުނާ މީހުން ފޮލޯ ކުރާ އެމެރިކާވެސް އެ ގެންގުޅެނީ ތިޔަބުނާ ހާބީންގެ ގޮތެވެ. އެބައިމީހުންވެސް އުނބައްޖަހައި ދެޖިންސު ވަކިކުރަން މަސައްކަތް ކުރަނީއެވެ. އެބައިމީހުންގެ ބޭނުމަކީ އިސްލާމީ ގައުމުތައް ހަލާކުރުމެވެ. އެމީހުން ބޭނުންވަނީ މިތަނުގައި މިކްސްކޮށް ކިޔަވައިދީފައި އެބައިމީހުންގެ ގައުމުގައި ވަކިން ކިޔަވައިދޭންށެވެ.

ﷲގެ ގާނުނަށްވުރެ އެކަލާނގެ ބާއްވާލެއްވި ގޮތައްވުރެ މޮޅުގޮތެއް މީހަކަށް ގެނެވޭނެބާއެވެ؟ ނުގެނެވޭނެކަން ކަށަވަރެވެ. ވީމާ މިކްސް ކުރުމާއި މާއްދާތައް އޮޕްޝަނަލް ކުރުމާއި ކަންކަން ކުރާއިރު ވިސްނާލުން ބުއްދިވެރިއެވެ. ތިޔަ އުޅެނީ ދިވެހިން ސަނގޯރުންނަށް ހެދުމުގެ ބާބުން ސަފުހާތައް އުކަންފަށައިގެންތާއެވެ. ބުނަން އޮތްވާހަކައަކީ ޖާހިލުބައެއްގެ މައްޗަށް ވެރިކަންކުރަން ފަސޭހަވާނޭ ހިތައް ނާރުވާށެވެ. އަދި ވިސްނޭ ބައެއް ތިއްބައި ތަން ޖާހިލު މަގައް ދީލާލެވޭނޭވެސް ހީނުކުރާށެވެ. އެންމެ ރަނގަޅުވާނީ ލިބިފައި އޮތް އަމާނާތައް އަމާނާތްތެރި ވިއްޔާއެވެ. ނޫނީ ފޭބިއްޔާއެވެ.

މާތް ﷲ މި ގައުމުގެ މީހުންނަށް ހެޔޮވިސްނުންދެއްވައި ހެޔޮލަފާ ސާލިހު ބައެއްކަމުގައި ލައްވާށިއެވެ. އާމީން! MURAASIL.COM

1 comment:

  1. america meehun goas kameh kuranyaa copy kuraane sarukaarun. Emyhun rangalheh kameh koffiyyaa ekameh namoonaa akah nubala. siyaasee meehunge dhekolhu nujeheykan dho???

    ReplyDelete