Friday, October 8, 2010

90 ކުއްޖަކު ބާކީ ވެފައި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މަދަރުސާކަމަށްވާ މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް އަންނައަހަރު ވަންނަން ބޭނުންވާ 90 ކުއްޖަކަށް އެމަދަރުސާއަށް ވަނުމަށް ޖާގަނުލިބުމަކީ ޓީޗަރުންގެ ޖަމްއިއްޔާގެ އިތުރުން މުޅިގައުމު ކަންބޮޑުވާންޖެހޭ މަސްލައެއްކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

ޓީޗާރސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ މުހައްމަދު މިއަދު ނޫޙަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސައްތައިން ސައްތަ މުސްލިމްގައުމެއްގައި އަރަބި އިސްލާމް އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް ޖާގަ ނުލިބުމަކީ މުޅިގައުމުވެސް ކަންބޮޑުވާންޖެހޭވަރުގެ މައްސަލައެއް ކަމަށާއި، އަންނަ އަހަރު އަރަބިއްޔާއަށް ވަނުމަށް ބޭނުންވެގެން އެދިފައިވާ 120 ކުދިންގެ ތެރެއިން ޖާގަ ލިބިފައިވަނީ 30 ކުއްޖަކަށްކަމަށެވެ.އިތުރަށް

No comments:

Post a Comment