ރައީސްއަށް އިސްލާމިކް މިނިސްޓްރީ އިން ސިޓީއެއް ފޮނުވައިފި

A mission to abolish Islam in Maldives
އަބްދުއްލަތީފް
ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔ މުޙައްމަދު ނަޝީދު އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ސިޓީއެއް ފޮނުވައިފިއެވެ.

” ޢިއްޒަތްތެރި ރައީސެވެ! އަޅުގަނޑު މަނިކުފާނަށް މިސިޓީލިޔަން ގަސްތުކުޅައީ، ދިވެހިރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން، ތަޢުލީމީ ދާއިރާގެ ތެރެއިން އިސްލާމްދީނާއި ގުޅުން ހުރި ބައެއްކަންތައްތަކާމެދު ކަންބޮޑުވުންތަކެއް އެކިސިފަ ސިފައިގައި އަޅުގަނޑާ ހަމައަށް ފޯރުކުރަމުން ގެންދާތީވެއެވެ. އަދި މަނިކުފާނަކީ މިވަގުތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމުންނާއި، އަޅުގަނޑުގެ ހިތުގައި މަނިކުފާނަށާއި ސަރުކާރަށް އޮތް ހެޔޮ ޝުޢޫރެއްގެ ސަބަބުންނާ ވެސް އެކުގައެވެ. އަދި، މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒްގެ މެންޑޭޓްގެ ތެރޭގައި ތައުލީމީ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ވެސް ހިމެނޭތީވެ. ދެތިން ކަމަކާމެދު އެއްޗެއް ދަންނަވާލުމުގެ ގޮތުން” ކަމަށް އެސިޓީގައި ލިޔެފައިވެއެވެ.

“މިސިޓީގައި އަޅުގަނޑު ބަޔާންކުރާ ވާހަކަތައް މިބަޔާން ކުރަނީ ޤާނޫނު އަސާސީއާއި، އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯއާއި، މަނިކުފާނު ކަނޑައަޅުއްވާފައިވާ ގައުމީ ތަރައްގީގެ އޮނިގަނޑުން ކުރަހާދީފައިވާ ދައުލަތުގެ ދީނީ އަދި ތަރުބިއްޔަތުގެ ރޫޙާ އެއްގޮތައް ކަންކަން ގެންދިއުމުގައި އެހީތެރިކަން ފޯރިކޮށްދިނުމުގެ ގޮތުން ކަމަށާއި. އެއްވެސް ހާލެއްގައި ދައުލަތާ ނުވަތަ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރުމުގެ މަޤްޞަދެއްގައެއް ނޫން” ކަމަށްވެސް ސިޓީގައި ލިޔެފައިވެއެވެ.

އެ ސިޓީގައިވަނީ “އަޅުގަނޑުމެން ސަރުކާރުގައި މިދެމިތިބެނީ އެފަދަ ނިފާޤު ސިޔާސަތެއްގެ ހިޔަލުގައި ނޫން ކަމަށެވެ. “އަޅުގަނޑުމެންނަކީ ޙައްގާއި ހަގީގަތަށް ލޯބުކުރާ ބަޔަކީމެވެ، އަދި މިސަރުކާރަކީ އަޅުގަނޑުމެންގެ ވެސް ފުރިހަމަ ބައިވެރިވުން އޮވެގެން ގާއިމު ވެފައިވާ ސަރުކާރެއްކަމުން އަޅުގަނޑުމެންނަށް ވެސް ފެންނަ ލަފަޔަލާއި ރައުޔެއް މަނިކުފާނާއި ދިވެހި ރައްޔިތުންނާއި ޙިއްސާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމުގައި ދެކި، ގަދަ ކީރިތިވަންތަ ﷲ ގެ ޙަޟްރަތުން ވާގި އެދިހުރެ އެކަންކަން ބަޔާންކުރަނީ” ކަމަށެވެ.

ފުރަތަމަ ކމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މަތީ ޘާނަވީގައި އިސްލާމް، ދިވެހި މިދެމާއްދާ އޮޕްޝަނަލް ކުރުމުގެ މައްސަލައެވެ. ”ޢިއްޒަތްތެރި ރައީސެވެ! ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާން ވެގެންވަނީ އަންނަނިވި ގޮތަށެވެ. ”ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރު އެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ހައްގުތަކަށް އިޚްތިރާމް ކުރުމަށާއި، އާއްމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެ” ކަމަށް ކަމުގައިވާއިރު ބަޔާންވެ އެދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެއަސާންތަކެއްގެ މަތީގައި ގާއިމް ކުރެވެންޖެހޭ މަތިވެރި ދަސްތޫރީ އަސާސްތައް ކަމަށެވެ. ވީމާ ތައުލީމީ ނިޒާމުގެ ތެރެއިން މިހަމަތަކަށް ތަނަވަސް ގޮތެއްގައި ޖާގަ ދެވެންވާނެ ކަމަށެވެ.

ދެވަނަކަމެއްގެގޮތުގައި ފާހަގަކުރައްވާފައިވަނީ، އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ މައްސަލައެވެ.

” އިއްޒަތްތެރި ރައީސެވެ! އަލްމަދްރަސަތުލްއަރަބިއްޔަތުލް އިސްލާމިއްޔާ އަކީ ދިވެހިރާއްޖޭގައި ޢަރަބި، އިނގިރޭސި، ދިވެހި، މިތިންބަހުން ލިޔަވައިދޭ ހަމައެކަނި މަދްރަސާއެވެ. އެތަނުން ނިކުންނަ ދަރިވަރުންނަކީ މި ތިން ބަހަށް އެހާމެ މޮޅު ދަރިވަރުންނެވެ. އެއީ ހަމަ އެކަނި އަރަބި ކިޔަވައިދޭ ތަނެއްނޫނެވެ. އެއީ ޢަރަބިބަހުން ބޮޑު ބައެއް ކިޔަވާ ދިނަސް، އިނގިރޭސި ބަސް ވެސް ކިޔަވާދޭ މަދްރަސާއެކެވެ. އެތަނުން ނިކުތް ދަރިވަރުންނަކީ ޤައުމަށް ނުހަނު ފައިދާކޮށްދީފައިވާ ބައެކެވެ. އޭގެ ތެރެއިން ޑޮކްޓަރުންނާއި ލޯޔަރުންނާއި ، ޢިލްމުވެރިން ފެނިފައިވެއެވެ. މަސްތުވާ ތަކެއްޗާއި ޖަރީމާއެއްގައި އެތަނުގެ އެއްވެސް ދަރިވަރަކު ބައިވެރިވެފައިވާ ކަން މިހާތަނަށް އެނގިފައިނުވެއެވެ. އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ޢަމަލު ހިންގާ ގްރޫޕްތަކުން މިމަދްރަސާއިންތަޢުލީމު ފުރިހަމަ ކޮށްފައިވާ ކުއްޖަކު ވާކަން މިއަދާ ހަމައަށް އެނގިފައިނެތެވެ. އެތަނަށް، “މަދްރަސާ” މިނަން ކިޔާތީ ބޭރުގެ ބައެއް މީހުން ބިރުގަނެއެވެ. އެއީ ބައެއް ޤައުމުތަކުގައި ހުންނަ ފަދަ ޓެރަރިސްޓުން އުފައްދާ މަރުކަޒުތަކަށް ވެސް އެހެން ކިޔާތީކަމަށް ވެދާނެއެވެ. އެމަދްރަސާއަކީ ޓެރަރިސްޓުންގެ ހާއްޔެއްނޫނެނެވެ.”

ތިންވަނަ ކަމެއްގެގޮތުގައި ފާހަގަކުރައްވާފައިވަނީ. ސްކޫލްތަކުގައި ދެ ޖިންސު މަސްހުނި ކުރުމުގެ މައްސަލައެވެ.

“ޢިއްޒަތްތެރި ރައީސެވެ. ދިވެހިރާއްޖޭގެ ގިނަ ސްކޫލްތަކުގައި ދެޖިންސު އެއްކޮށް ކިޔަވާ ދިނަސް ، އެ ނިޒާމަކީ ހުޅަނގުގެ ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކާމިޔާބު ނިޒާމެއްނޫނެވެ. ހުޅަނގުގައި ވެސް ވަކިން ތަޢުލީމު ދިނުމުގެ ނިޒާމު ތަޢާރަފްކުރުމަށް ބައެއް މުއައްސަސާތަކުންދަނީ ބާރުއަޅަމުންނެވެ. މިކަމުގެ ކުރެވިފައިވާ ބައެއް ދިރާސާތައް އަޅުގަނޑުވެސް ދުށިމެވެ. ހުޅަނގުގެ ބައެއް ފިލޯސަފަރުންނާއި ތަޖުރިބާކާރު ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން ވަކި ވަކިން ކިޔަވާ ދިނުމަކީ އެންމެ ކާބިޔާބު ގޮތެވެ. މިހެންކަމުން ދިވެހިރާއްޖޭ އެންމެހާ ސްކޫލްތައް އެނިޒާމަށް އަނބުރާލުމުގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން މުހިންމު ކަމުގައި ދެކެމެވެ. އަޚްލާޤީ ގޮތުން ދިވެހި ޒުވާނުންގެ ކަންތައްތައް ހުރި ހިސާބު ވަރަށް ރަނގަޅަށް ދިރާސާކުރެވެން ވާނެއެވެ. މިހެން މިދަންނަވަނި މިހާރުވެސް ގިނަ ސްކޫލްތަކުގައި އެއްކޮށް އޮތުމުގެ ސަބަބުން ނުކުމެފައިވާ ނޭދެވެ ނަތީޖާއަށް ބަލާފައެވެ. އަޚްލާޤީ ގޮތުން މިކަމުގައި ދެޖިސްގެ ދަރިވަރިންނަށް ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކަރުން ދެކެވެ. ދާއިރާގެ އިސް ތަޖުރިބާކާރުން ވަރަށް ގިނަ ފަރާތްތަކާ އަޅުގަނޑު މިކަމާގުޅޭ ގޮތުން މަސްވަރާކުރުމުން މިކަމަކީ އެފަރާތްތަކުން އެހާތާއީދުކުރާ ކަމެއްކަމުގައި ނުވެއެވެ. މިއީ ޤައުމީ ފެންވަރުގައި ވަރަށް ބޮޑަށް މަޝްވަރާކުރެންޖެހޭނެ ކަމެކެވެ.”

ކޮންމެވެސް ފަރާތަކުން ލީކުކޮށްލާފައިވާ، މިނިސްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ސޮއިކުރައްވާފައިވާ މިއަދުނޫހަށް ޕީޑީއެފް ކޮޕީ ލިބިފައިވާ މި ސިޓީއަކީ އިސްލާމިކް މިނިސްޓްރީ އިން ރައީސުލްޖުމްހުރިއްޔާއަށް ފޮނުއްވާފައިވާ ސިޓީ އެއްކަން އިސްލާމިކް މިނިސްޓްރީ އިން އައްޝައިޚް ޢަލީ ޒާހިރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއަދުނޫހަށް ލިބިފައިވާ މިސިޓީގެ އަސްލު މިއަދުނޫހަށް ލިބިފައިވާގޮތަށް މިއަދުނޫހުގެ ވެބްސައިޓުގައި ވަނީ ޝާޢިއުކޮށްފައެވެ.

Comments

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން