Friday, October 8, 2010

އެމެރިކާގައި މަހަކު 48 ފޮތް އިސްލާމް ދީނާއި އިދިކޮޅަށް ނިކުމެއެވެ.

ހިތާ ހިތާ ސުވާލުކޮށްލާށެވެ! މުޅި ދުނިޔޭގައިވެސް އެދީނަކާއި ދެކޮޅަށް ހަތިޔާރާއި ކަނޑިބަޑިން ހަމަލާދީ ހަނގުރާމަ ކުރެވެނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނާއެވެ. މުޅި ދުނިޔޭގެ މީޑިޔާ އެދީނެއް ބަދުނާމް ކުރުމަށް އެންމެ ބުރަމަސައްކަތެއް ރެޔާއި ދުވާލު ކުރަނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނެވެ. ފިކުރީގޮތުން އެންމެ ގިނަ ރޭވުންތައް ރޭވެނީ އިސްލާމްދީނާއި އިދިކޮޅަށެވެ. ތިބޭފުޅުންނަށް އެނގޭ ހެއްޔެވެ؟ 1970 އިން ފެށިގެން މިއަދާއި ހަމައަށް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 3 ފޮތް ދުނިޔޭގެ އެކިގައުމު ތަކުގައި އިސްލާމްދީނާއި އިދިކޮޅަށް ނެރެވެއެވެ. އެމެރިކާގައި މަހަކު 48 ފޮތް އިސްލާމް ދީނާއި އިދިކޮޅަށް ނިކުމެއެވެ. މިއީ ކުޑަ މިންވަރެއް ހެއްޔެވެ؟ ހުރިހާގޮތަކުން އެންމެ އުނދަގޫތަކާއި ދުއްޕާންތަކާއި ބަދުނާމް ކުރުންތައް އޮތީ އިސްލާމްދީނާއި ދެކޮޅަށެވެ. މިއީ އެންމެން ދަންނަ ކަމެކެވެ.އިތުރަށް

No comments:

Post a Comment