Saturday, October 9, 2010

ދީނީ ޢިލްމުވެރިން ގޮވާލާކަމަށް ބުނެ އުފުލާ އަޑު އުފުލުމަށް ގޮންޖަހަމެވެ

ރަނގަޅަށް އައުރަ ނިވާކޮށް ހިޖާބުން ނިވާވެގެން ތިބުމަކީ އަންހެނުންގެ ޙައްޤުގެ ވާހަކަ ދައްކާ މީހުން ގަބޫލުކުރާކަމަކަށް ނުވެއެވެ. އެއީ ހައްދު ފަހަނައެޅުން ކަމުގައި ދެކެއެވެ. ތަހުޒީބީ ދުނިޔޭގައި ބަރަހަނާފޮޓޯތަކާއި، ބަރަހަނާ ފިލްމުތަކުގައި އެންމެ ގިނައީ އަންހެނުންނެވެ. އެފަދަ ތަކެތީގައި، އަންހެނުންނަށް ދީފައި އޮންނަނީ ވަރަށް މަތިވެރި މަޤާމެއް ދޮގެއްތޯއެވެ. ޢާއްމު ފިލްމުތަކާއި ޝޯތަކުގައި ނިވާކަން ކުޑަގޮތްގޮތަށް ވިޔާފާރީގެ ގޮތުގައި ބޭނުން ކުރާތަން ގިނައިން ފެންނަނީ އަންހެނުންނެވެ. ހެދުންލައިގެން އޮރިޔާމުން އުޅޭ އަންހެނުން ސުވަރުގެ ނުވައްދަވަނޭކަމަށް އަންގަވާފައިވަނީ އިސްލާމީ ޝޭޚުން އެކަމަށް ބޭނުން ވެގެނެއްނޫނެވެ. އެއީ ޢާލަމުތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ރަސޫލާގެ އެންގެވުމެކެވެ. ކަނބަލުންގެ ސަލާމަތާއި ކަރާމަތަށްޓަކައެވެ. އިސްލާމީ ޝޭޚުން ކުރައްވާކަމަކީ ރަސޫލާގެ ވަޢީދުބަސް ފުޅު ހަނދާންކޮށްދީ އިސްލާޙުވުމަށް ގޮވާލެއްވުމެވެ. ބަޔަކު ކިތަންމެ ނުރުހުނަސް އެއީ އެކަން އޮތްގޮތެވެ. ޖަދަލުނުކޮށް ބިރުވެތިވެ އިސްލާޙުވުމަށް ވުރެ ހެޔޮގޮތެއް ނެތެވެ.
ދުނިޔެވީ ގިނަޒިންމާތަކުން އަންހެނުން ވަނީ ރައްކާތެރިކުރެވި ޙިމާޔަތްކުރެވިފައެވެ. އަމިއްލަ އަމިއްލައަށް ޙައްޤުހޯދަން ނިކުމެ ޗެލެންޖުކުރަންޖެހޭ ބަޔަކަށް އަންހެނުން ނުވެއެވެ. އެއަށްވުރެ އަންހެނުންގެ މަޤާމު މަތިވެރިވެފައި އެމީހުންގެ ޒިންމާ ކުޑައެވެ. މިއުސޫލުދޫކޮށް އިމުންބޭރުވެގަތުމުން ޖިންސީގޯނާއާއި، ފުރައްސާރައާއި، ފަސާދައިގެ ތެރެއަށް ވެއްޓެނީއެވެ. ދީނީ އިލްމުވެރިން އެބުނާ ނަރަކަ ވަންތަވެރި އަންހެނުންނަށް ވެވެނީ އެހިސާބުންނެވެ. އަންހެނަކަށްވީތީ ނަރަކައަށް ވައްދަވާނެކަމަށް އެއްވެސް ޢިލްމުވެރިއަކު އެބަ ވިދާޅުވޭހެއްޔެވެ. އޮޅުވާނުލާށެވެ.އިތުރަށް

No comments:

Post a Comment