Monday, October 4, 2010

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފާޚާނާތަށް ޗެކްކޮށްލައްވާ


މުޙައްމަދު , ލަންކާ ކޮމެންޓް

މި ރާއްޖެގައި ތަޢުލީމީ ދާއިރާގައި ދިރާސާ ތަކެއް ކުރެވި ސާއިއު ކުރެވިފައެއްނެތް. އަޅުގަނޑަކީ ތައުލީމީ ދާއިރާގައި އުޅެފައިވާ މީހެއް. ކުޑަކުދިން، ބޮޑެތި ކުދިން ކިޔަވާ ސްކޫލަކަށް ދާނަމަ ކޮށްފާނެ ނޭދެވެ އަސަރު ވަޒަން ކޮށްލަން ބޭނުން ނަމަ ބެލެނިވެރިންލައްވާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފާޚާނާތަށް ޗެކްކޮށްލައްވާ! ރަގަޅަށް ބަލައިފި ބެލެނި ވެރިޔަކު އޭނަގެ ދަރިފުޅު ބޮޑެތި ކުދިން ކިޔަވާ ސްކޫލަކަށް ނުފޮނުވާނެ. ދެޖިންސް އެއްކޮށް ކިޔަވާ ސްކޫލް ތަކުގައި، މަތީ ގްރޭޑްތަކުގައި އުޅޭ ދަރިވަރުން ހިންގާ ނޭދެވޭ ޢަމަލުތައް އެނގޭނަމަ މިކަމަށް އެއަބަސްވާނެ ބެލެނިވެރެރިޔަކު ނޫޅޭނެ. ދަރިންނާ ދަރިންގެ ދަރީންގެ މުސްތަގުބަލު ހަލާކު ކުރަން ބޭނުންވާނަމަ މުސްތޮފާ ދައްކާމަގުން ކުރިއަށްދޭ! ސަލާމަތުގެ އައްސޭރިއަކަށް ދާން ބޭނުންނަމަ، ތަޢުލީމީ ނިޒާމު ލދނ މުސްތަފާގެ ވަކިތަކުން ސަލާމަތްކުރޭ! ބެލެނިވެރިން މަގުމައްޗަށް ނުކުމެގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ! sunfm

No comments:

Post a Comment