މިއީދެން ކޮންފަދަ ބޮޑު މުޞީބާތެއް ތޯއެވެ؟
ސުކޫލުތަކުގެ ޓީޗަރުން މިކްސް ކޮށްގެން ޓެލެންޓް ޝޯއެއް ބޭއްވުމެވެ. މިއީ ދެން އަޖައިބުވާ ވަރު ކަމެކެވެ. ޓީޗަރުންނަށް އެކަންކަމާއި ދެކޮޅު ހަދަނިކޮށް އެބައިމީހުންނަށް މަޖުބޫރު ކުރުވައިގެން ދެޖިންސް މަސްހުނިކޮށް ލަވަ ކިއުއްވާ، ޑާންސް ކުރުވާ، ޑްރާމާ ކުޅުވަން އުޅުން މިއީދެން ކޮންފަދަ ބޮޑު މުޞީބާތެއް ތޯއެވެ؟ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާއަކީ ކިޔަވާ ކުދިން މަސްހުނިކޮށް އެކުދިންގެ ލަދުޙަޔާތް ކެނޑުވުން ތޯއެވެ؟ ނުވަތަ ޓީޗަރުންތައް މަސްހުނިކޮށް ނަށުވައި، ލަވަކިއުއްވައި، ކުޅިވަރު ކުޅެ ހަދުވައިގެން އެބައިމީހުންގެ އައުރަތައް މީސްތަކުންގެ ލޯތަކަށް ހާމަ ކުރުވުން ތޯއެވެ!
މިފަދަ ފުރުޞަތުތަކުގައި މިކަހަލަ މީހުންނަށް ބުނެލަން އޮތީ މީހުން މަސްހުނިވެ ޒިނޭކުރާތަން ބަލަން ތިހާ ބޭނުން ވާނަމަ ޔޫރަޕް ފަދަ ތަނަކަށް ޢާއިލާއާއެކު ވަޑައިގަންނަވާށެވެ! ނުވަތަ ރިސޯޓުތަކަށް ވަޑައިގަންނަވާށެވެ. އޭރުން އެކަމަކާއިގެން ލޮލުފިޔައެއް ނުޖެހިގެން ތިއުޅޭ މައްސަލަ ހައްލުވެ ލޯސާފުވެދާނެއެވެ. އަދި ތަޖުރިބާ ކޮށްލުމުގެ ގޮތުން ވިލާ ހައިސުކޫލް އަދި ސީ.އެޗް.އެސް.ސީ ކައިރީ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްވެސް މިފަދަ ދެޔޯބަންދީންނަށް ނަސޭހަތްތެރިވަމެވެ.އިތުރަށް
Comments
Post a Comment