އަލީރަމީޒަކީ ބުއްދިވެރިއެއް

އެއީ ހަމަ ލާމަސީލު މިސާލެކެވެ...!!!!!
އިބްން އިލްޔާސް
އެއީ އަޅުގަނޑުމެންގެ ދިވެހިން ދެކޭގޮތުގައި އެބައިމީހުންގެ ފުރާނައިގެ ކާނާ ނުވަތަ ހިތުގެ ފިނިކަން ފޯރުކޮށްދިން މި ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ އެކަކެވެ. މުދަލާއި، ފައިސާވެރިކަމާއި، މަޝްހޫރުކަން ލިބެމުންދިޔައީ އޭގެ އިންތިހާއަށެވެ. ލޯބީގެ ގޮތުން ގުޅެން ބޭނުން ވެގެން ތިބި އެތައް އަންހެންކުދިންނެއް ތިބީ މަށައް މަށަޢް ކިޔާލަ ކިޔާލައެވެ. އެހެންނަމަވެސް މިހުރީހާކަމެއް ޤުރުބާންކޮއްލީ ހަމައެންމެ ކަމަކަށްޓަކައެވެ. މަތްﷲގެ ރިސާލަތުގެ އަޑު ހަޤީޤީ ގޮތުގައި ހިތުގެ އެންމެ ފުންމިނަށް ފޯރި ހިސާބުންނެވެ. މަޝްޙޫރުކަމާއި، ފައިސާވެރިކަމާއި، އެތައްހާސް ބައެއްގެ ސަޕޯރޓާއި ދުނިޔަވީ އެތައް އުފަލާއި، ހިތްހަމަޖެހުމެއް ދުކޮއްލީ އެއްވެސް ފިކުރެއް ނެތިއެވެ. އެތައްހަސް ސަޕޯޓަރުންނެއްގެ ލޮލުން ކަރުނަ ފޫއްދާލަފައެވެ. މި ހިތްވަރުގަދަ ޒުވާނާއަކީ ކާކުކަން އެގިލައްވާތޯއެވެ؟؟ އާއެކެވެ. އެއީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީރަމީޒެވެ. ކުޅަދާނަ ފަންނާނެއް ނޫންތޯއެވެ!؟؟ އެކަމަކު ހުރިހައި ކަމެއް ދޫކޮއްލީއެވެ. މާތްﷲއަށްޓަކައެވެ. އެކަލާންގެ ބާވައިލެއްވި މާތްވެގެންވާ އިސްލަމްދީނަށްޓަކައެވެ. އެކަލަންގެ ރަޙުމަތުގެ ގޯތި ސުވަރުގެ އަދައިގެނަނެވެ.
އަލީރަމީޒަކީ ކުރިމަތިލި ކޮންމެ ކަމެއްގައިމެ އެހާމެ ފަރުވާތެރި، ކުޅަދާނަކަމާއެކު ސާބިތުވެހުރި ހިތްވަރުގަދަ ޒުވާނެއްކަން އޭނާ ވަނީ ދައްކާފައެވެ. ލަވަކިޔުމުގައި ކުރިޔައްދިޔައިރު މުޅިރާއްޖޭގައި ތިބި ހުރިހައި ލަވަކިޔުންތެރިންނަށް ގޮންޖަހާލިއެވެ. އޭނާއާއި އެއްހަމައެއްގައި ފައިތިލަސާބިތުކުރެވުނު އެއްވެސް ލަވަކިޔުންތެރިޔަކު މިރާއްޖޭގައި އަދި އަދަށްވެސް އުފެދުނުކަމުގައި ނުވެއެވެ. އެކަމުގައި ކުރި އަރަން ބޭނުންވި ޒުވާނުންނަށް އެހީތެރިވަމުން ދިޔައީ އޭގެ އިންތިހާއަށެވެ. އެހެންނަމަވެސް ކަމަކީ ކިހާ ފާހިޝް ކަމެއްކަމާއި އޭގެ ނުބައިކަމުގެ ބޮޑުކަން އެނގުނުހިސާބުން އެހުރިހާކަމެއް ކަނޑަށް ފައްތާލީ އަމިއްލަ ހަވާނަފްސައް ގޮންޖަހާލަމުންނެވެ.

އެއަށްފަހު އަޅުގަނޑުމެންނަށް އަލީރަމީޒު ފެނިގެންދިޔައީ އިސްލާމްދީނުގައި ހަރުދަނަކަމާއިއެކު ފައިތިލަ ސާބިތުކޮއްލިތަނެވެ. ރޭގަނޑުގެ އެތައް ވަޤުތެއް ﷲގެ ގެކޮޅުގައި އެކަލާންގެއަށް ކުއްތަންވުމުގައި ހޭދަކުރާތަނެވެ. ކީރިތިރަސޫލާ (ސއވ) ގެ ސުންނަތުގައި ފުރިހަމަޔަށް ހިފުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މުޅި ހަށިގަނޑުން އެކަމުގެ އަލާމާތްތަށް ފެންނަން ހުރުމެވެ. ފައިސާއާއި، މުދަލާއި، މަޝްހޫރުކަމަކީ އެއްވެސް އަގެއްނެތް އެއްޗެއްކަން، އަދި ހަޤީޤީ ހިތްހަމަޖެހުން ވަނީ ހައްޤުމަގުގައި ސާބިތުވެގެންކަން ބަލަންތިބި އެންމެންނަށް ދައްކައިލިއެވެ.
މިއަދު އަލީ ރަމީޒަކީ އެތައް ބައިވަރު ކުދިންތަކަކަށް ކީރިތި މާތްﷲ ގެ ކަލާމްފުޅު އޭގެ ހައްޤުގޮތުގައި އުގަންނައިދެމުންދާ އުސްތާޡެކެވެ. ﷲގެ ގެކޮޅުތަކުގައި އެކަލާންގެ އަޅުތަކުންނާއިގެން އިމާމުވެ ނަމާދު ކުރުމަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ
އިމާމެކެވެ. ޖަމިއްޔާތަކާއި، ޕާޓީތަކާއި ގުޅިގެން ގުޅިގެން ތަފާތު ރޮނގުތަކުން އިސްލާމީ ހައްޤު ދައުވަތު އަޅުގަނޑުމެން ދިވެހީންނަށް ފޯރުކޮއްދިނުމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން އަންނަ މުރާލި ދިވެހި ދަރިއެކެވެ. މުޖުތަމަޢުގެ ގޮންޖެހުންތަކާއި ސާބިތުކަމާއިއެކު ކުރިމަތިލަމުން އަންނަ ހިތްވަރުގަދަ ޒުވާނެކެވެ.
ލަވަޔާއި މިޔުޒިކުގައި މުޅި އުމުރު ދުއްވާލުމުގައި ނިޔަތްގަނެގެން ތިބި ޒުވާނުންނޭވެ..! ދާނެ ނުދާނެތަނެއް ނޭންގި މަގުތަކުގައި ވިއްސި ވިހާލިވެގެން އޫޅޭ އަޅުގަނޑުމެންގެ ޒުވާނުންނޭވެ..!! ހައްޤުގެ މަގަށް އެބުރި އަންނާށެވެ. ތިޔައީ މިޤައުމުގެ މިސްރާބު އަންގައިދޭ ސަމުގާއެވެ. އިސްލަމްދީނުގެ އެންމެ ފުހިހަމަ ހިދާޔަތުން އަލިކަންލިބި ބާއްޖަވެރި ދިރިއުޅުމަކަށް މަސައްކަތް ކުރާށެވެ. ކުރިއެރުމާއި އުފާވެރިކަމާއި ބާއްޖަވެރިކަން ހަމައެކަނި މާތްﷲގެ ހަޡްރަތުން މެނުވީ ނުވެއެވެ. އެކަލާންގެ އަށް ރުޖޫޢަވާށެވެ. ކުރެވިފައިވާ ކުށްތަކަށް ޢަފޫކޮށްދެއްވުމަށްއެދި ﷲގެ ހަޡުރަތުގައި ރޮއެ އާދޭސް ކުރާށެވެ. އެނޫން އެހެން އެއްވެސް ގޮތަކަށް ކާމިޔާބެއް ނުވެއެވެ، އިސްވެދިޔަފަދަ ޒުވާނުންނީ މިޔަދުގެ ޒުވާނުންނަށްހުރި ލާމަސީލު މިސާލެއްކަމާއިމެދަކު ޝައްކެއްނެތެވެ. . މާތްﷲ އެ އަޅާއަށް އެކަލާންގެ ދެއްކެވި ސާފު ސީދާ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤް ދެއްވާށިއެވެ. އަދި އަޅަމެންގެ ޒުވަނުންނީ ހެޔޮބަސް އަޑުއަހާ އެގޮތުގައި ސާބިތުވާ ޒުވާނުންކަމުގައި ލައްވާށިއެވެ

ކިއުއެސް: އަޅުގަނޑު ޤަބޫލު ކުރާގޮތުން މިހާތަނަށް އަލީ ރަމީޒު ވަރުގެ މޮޅު ލަވަކިއުން ތެރިއެއް ރާއްޖޭގައި ނު އުފެދެއެވެ. އެލަވަތަކަކީވެސް ހިތާއި ކުޅެލި ލަވަތަކެވެ. އަދި ކިއެއްތޯ އެވެ. އޭގެ ފަހުން އަލީ ރަމީޒުގެ ފަރާތުން ދިވެހިންނަށް ލިބިގެން ދިޔަ އެއްމެ ބޮޑު އެއް ހަދިޔާ އަކީ އަލީރަމީޒު ކިޔާފައިވާ އަސަރުން ފުރިގެންވާ މަދަހަ ތަކެވެ. އެމަދަހަ ތައް އަޑު އަހާ އެޔާއި މެދު ވިސްނާލުމުން ގައިން ހީބިހި ނަގައިގެން ދެއެވެ. މިހެން ކަމުން ފާހިސް ގޮތްތަކަށް ލޯބިކުރާ މީހުން މި މަދަހަތައް އަޑު އެހުމަށް ބިރުގަނެއެވެ. އަދި އަލީ ރަމީޒުދެކެ ރުޅި އާދެއެވެ. އަހަރެން ޔަޤީ ކުރަމެވެ. އަލީރަމީޒު ލަވަ ކިޔަން އުޅުނު އިރު އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާއި އުފަލަށް ވުރެ ބޮޑު ހިތްހަމަ ޖެހުމަކާއި އުފަލެއް މިއަދު އޭނާގެ ހިތައް ލިބެމުން ދާނެއެވެ. އެހެނީ ހިތްހަމަ ޖެހުމަކީ ﷲ ދެއްވާ އެއްޗެކެވެ. އެއީ ހަމައެކަނި ރުފިޔާ ފައިސާއިން ހޯދޭނެ އެއްޗެއް ނޫނެވެ. ހިތްހަމަ ޖެހުން ހޯދަން އެދޭ މީހާ ﷲ ގެ މަގަށް އެނބުރި އަންނާށެވެ.

ޔާބެ: އަލީރަމީޒަކީ ބުއްދިވެރިއެއް.އަލީރަމީޒަށް ސުވަރުގޭގެ ދާއިމި ނިއުްމަތް ދެ ވާ ށި އާ މީން..........އިތުރަށް


Comments

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ