އަދި ރަސްމީ ޙަރަކާތއްގެ ތެރެއިން މިފަދަ ކަމެއް މިރާއްޖޭގައި ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އަންހެނުންގެ ޙައްޤުޤައިތޯ ؟ނުނީ އިސްލާމްދީނާ ދެކޮޅަށްތޯ؟
މުރާސިލް ފާރަވެރިޔާ
ޕްރޮގްރާމްތަކުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު އެންމެފަހުގެ ހަރަކާތުގައި މަގުމައްޗަށް އަޅަމުން ދިޔަ ކަރުދާސްތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓެވެ. ސައްތައިންސައްތަ މުސްލިމުޤައުމެެއްގައި ރަސްމީ ފަރާތަކުން އިންތިޒާމް ކުރި ޙަރަކާތެއްގައި މިފަދަ ވަޙުޝީ އަމަލެއް ކުރިކަންއެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި ރަސްމީ ޙަރަކާތއްގެ ތެރެއިން މިފަދަ ކަމެއް މިރާއްޖޭގައި ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

މަގުމައްޗަށް އަޅާފައިހުރި ކަރުދާސްތަކުގައި ލިޔެފައިހުރި އިބާރާތްތަކޔގެ ތެރޭގައި "ދީނުގެ ނަމުގައި ވަޙުޝީ ވާހަކަތައް ނުދައްކާ... ދަރުސްތައް ސެންސަރުކުރޭ !" ފަދަ ހެއްވާ އިބާރާތްތައް ހުއްޓެވެ. ދީނުގެ ނަމުގައި ދައްކާނެ ވާހަކަ ކަނޑައެޅާނީ ހެލްތް އެންޑް ފެމިލީއަކުން ނޫނެވެ. އެކަންވަނީ މާތްﷲ ހަތްއުޑުމަތިން ބާއްވައިލެއްވި ކީރިތި ޤުރއާނާއި ކީރިތި ރަސޫލާގެ ސުއްނަތުގައި ކަނޑައަޅުއްވާފައެވެ. އަދި އެހެން އިބާރާތެއްގައި އޮތީ " ޖަލުތައް ފުރާއޮތީ ފިރިހެނުން އެކަމަކު ނަރަކައިގައި ގިނައީ ފިރިހެނުންނޯލަ ؟ ބައެއްޝޭޚުން ދައްކާވާހަކަ ހަމަޖެހޭބާ ؟ " މިއީ ހިނިއަންނަންޖެހޭ އިބާރާތެކެވެ. ސަބަބަކީ މިކަނބަލުންނަށްހީވަނީ ޖަލަކީ ނަރަކައިގެ އަހުލުވެރިން ބައިތިއްބާ ޑިޕާޗަރ ހޯލެއް ކަމުގައެވެ. އަދި ޖަލަށް ނުލެވޭ މީހަކު ނަރަކައަށް ނުދާނެކަމުގައެވެ. ހުރި ގަމާރުކަމެއްގެ ބޮޑުކަމާއެ. ބަލަ ނަރަކައަށް ގެންދާނީ ޖަލުންނެރެގެނެއްނޫނެވެ. އެކަމަކު މާތްﷲ އެންގެވި ގޮތަށް ނޫޅެއްޏާ ފިނިކުރި ކޮޓަރިއެއްގައި އުޅުނަސް ދާނީ ހަމަ ނަރަކައަށެވެ. އެހެންވީމަ އަވަހަށް ތިޔަކަނބަލުންވެސް މާތްﷲ އަށް ތައުބާވެ އެކަނލާގެ އެންގެވިގޮތަށް އުޅުމާއި ގުޅުންތައް ބަހައްޓަން ފައްޓަންވީއެވެ. އެންމެ ފުރަތަމަ އައުރަނިވާކުރާށެވެ.

ލޮބުވެތި ކަނބަލުންނޭވެ. ދީނުގެ ނަމުގައި އަންހެނުން ނިކަމެތިކުރަނީ އެއްނޫނެވެ. ތިޔަ ކަނބަލުންނަށް ހެޔޮއެދޭވަރު ބޮޑީއެވެ. ފަހަރެއްގައިވެސް އަންހެނުން ނަރަކައަށްދާނެ ވާހަކައެއް ޝެއިޚުން ނުދައްކައެވެ. އަބަދުވެސް ދައްކަނީ މާތްﷲ އަށް އުރެދޭ މީހުން ނަރަކައަށް ދާނެވާހަކައެވެ. އެއީ އަންހެނަކަސް ފިރިހެނަކަސް ތަފާތެއްނެތެވެ. މިހާރު ތިޔަކަނބަލުންނަށް ވެގެން ތިޔައުޅޭގޮތަކީ ޓެސްޓަށްފިލާވަޅު ދަސްނުކޮށް ، ނުބައިކޮށް ޓެސްޓް ހަދާފައި އިމްތިހާނުގައި އޭ ރިޕޯޓެއް ހޯދަންބޭނުންވަނީ އެވެ. މާތްﷲ އެންގެވިގޮތަށް ނޫޅެ ސުވަރުގެއަށްދާން ބޭނުންވަނީ އެވެ.

Comments

  1. bro vaanee ves ehennehnnu.. mihaaru ves mauhadhugai dhiraasaathul islamiyya kiyavaadhey kudhinnah shaikhunge namugai thibey shikhun bunany buruga eey vaajibu eh cheh noon kamah adhi quraan aky huhjatheh noon kamah.. dhen ethanun kiyavaigen nukunnakudhinge fikuruthah hunnaany kihinakun tho? mee asluves v bodu mahsala eh mimahsala v rangalhah balan ebajehey.. migothah shaikunge namuga thibey beyfulhun vaahaka dhahkanya meehunge fikuruthah hunnaany efadha hehvaa goy gothah noontho?

    ReplyDelete

Post a Comment

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން