ހިޔުމަން ރައިޓްސް ކޮމިޝަން ގެ ރައީސަށް، ހުޅުވިފަވާ ސިޓީއެއް

މުސްލިމެއް
ހިޔުމަންރައިޓްސް ކޮމިޝަންގެ ވާހަކައަކުން އަޅުގަޑަށް ވިސްނުނީ ދީންވެރި ވުމާއި ދީންވެރިވުމަށް މީހުންނަށް ގޮވާލުމަކީ ހުތުރު ޖަރީމާ އެއް ކަމުގައި އެބޭފުޅުން ދެކެވަޑާއި ގަންނަވާހެންނެވެ.
.................
އަޅުގަޑު މިސިޓީ މިލިޔަނީ ހަވީރު ނޫހުގައި މަނިކުފާނަށް ހަވާލާދީ ލިޔެފައިވާ ރަގަޅު ވާހަކަ ތަކެއްގެ ތެރޭގައި އައިސްފައިވާ ރަގަޅު ނޫން ކަމަށް އަޅުގަޑާށް ބެލެވޭ ވާހަކައަކާ މެދު ކަންބޮޑުވެ ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށް އެކަން ދަންނަވާލުމަށްޓަކައެވެ. ދިވެހި އެންމެ ރައްޔިތެއްގެ ރައުޔު ތިޔަ ބޭފުޅުންނަށް މާ މުހިއްމު ނުވިޔަސް އެ ރައުޔު ފާޅު ނުކޮށް ހުރުމަށް ދަތިވާ ވަރަށް އަޅުގަޑަށް މި މައުޟޫޢު މުހިއްމު ވާތީވެ ދަންނަވަމެވެ.
ހަވީރުގެ މި ޕޭޖުގައި ލިޔެފައިވާ ގޮތުން މަނިކުފާނު ވިދާޅު ވެފައިވާ އެއް ވާހަކައަކީ: "އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ބުރުގާ ނާޅާ އުޅޭ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" މިއެވެ. މީގެ ކުރީގައި މި އާރޓިކަލް ގައި ހަވީރުގެ ލިޔުންތެރިޔާ ލިޔެފައިވަނީ:
"ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަހުމަދު ސަލީމް ހަވީރަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވީ .... .... ... ކޮމިޝަނުން އެއްޗެއް ބުނަނީ ދިރާސާ ކޮށްފައި ކަމަށެވެ."
އަދި މީގެ ވެސް ކުރީގައި އާރޓިކަލް ގެ ފެށުމާ ދާދި ގާތުގައި ލިޔުންތެރިޔާ މަނިކުފާނުގެ ނައިބު (ތިޔަ ކޮމިޝާން ގެ ނައިބު ރައީސް) މުހައްމަދު ޒާހިދު ވިދާޅު ވިކަމަށް ލިޔެފައިވަނީ:
ކޮމިޝަނުން އެއްޗެއް ބުނަނީ ތޯތޯއަކަށް ނޫން ކަމަށާ ބަލައި ހޯދާ ދިރާސާ ކޮށްގެން ނުކުންނަ ނަތީޖާއިން ކަމަށެވެ.
އަޅުގަޑުގެ ފުރަތަމަ ސުވާލަކީ "އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ބުރުގާ ނާޅާ އުޅޭ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" ކަމަށް ތިޔަ ވިދާޅު ވަނީ ހަމަ ހަގީގަތުގައި ވެސް ދިރާސާ ތަކެއް ހައްދަވާފައި އެ ދިރާސާ ތަކުގެ އަލީގައި ވާޞިލު ވެވުނު ނަތީޖާ ގެ މައްޗަށް ބުރަވެ ވަޑައިގެންތޯއެވެ؟؟؟؟؟؟؟
ބުރުގާ އަޅާ އަންހެނުންނާއި އަދި އެކަމަށް ތާއީދު ކުރާ އަންހެނުންނާ އަދި ފިރިހެނުން މި ދަރަޖައަށް ފަސާދަވެ ޚަރާބު ވެގެން ހިގައްޖެ ކަން ޔަޤީން ކޮށްދޭ ދިރާސާތައް އަވަހަށް ޢާންމު ކޮށް ދެއްވުން އެދެމެވެ

އަދި ދަންނަވަމެވެ. އަޅުގަޑަކީ ޤާނޫނާ މުޅީން ބީރައްޓެހި މީހަކަށް ނުވާތީވެ ދިވެހި އެއްވެސް ޤާނޫނެއްގައި ބުރުގާ އެޅުމާއި އަދި ބުރުގާ އެޅުމަށް ޞުލްޙަވެރިކަމާއެކު ނަސޭހަ ދިނުން މަނާ ކުރާ އެއްވެސް ޤާނޫނީ ނައްޞެއް ނެތް ވާހަކަ އެނގި ހުރެގެން ދަންނަވަމެވެ. އަދި މި ދެކަން (ބުރުގާ އެޅުމާ އަދި އެކަމަށް ހެޔޮ ގޮތުގައި ނަސޭހަތްތެރި ވުން) މަނާ ކުރާނޭ ކޯޓް ރޫލިންގ އެއް (ޖޫޑިޝަލް ޕްރެސީޑެންޓް އެއް) ވެސް ނެތެވެ. (ތިޔަ ބޭފުޅުންގެ ލީގަލް ސެކްޝަނާ ސުވާލު ކުރެއވިޔަސް މި ނޫން ގޮތަކަށް މި މަޢްލޫމާތު ލިބިވަޑައެއް ނުގަންނަވާނެއެވެ.)
އަދިވެސް ދަންނަވަމެވެ. ދިވެހި ރާއްޖޭގެ ކުރީގެ ވެސް އަދި މިހާރުގެވެސް ޤާނޫނު އަސާސީ ބުނާގޮތުން ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ވާއިރު އަދި އިސްލާމް ދީނުގައި އަންހެނުންގެ ވެސް އަދި ފިރިހެނުންގެ ވެސް ޢައުރަ ނިވާ ކޮށް ފޮރުވުން އެއީ ވާޖިބެކެވެ. (އެއީ ވާޖިބެއްކަން ޔަޤީން ކުރެއްވުމަށް ތިޔަ ކޮމިޝަން ގެ މެމްބަރަކަށް އުޅުއްވާ ޝައިޚާ ސުވާލު ކުރެއްވުން އެދެމެވެ.) ވީމާ މި ވާޖިބު އަދާ ކުރާ މީހުންނަށާއި އަދި އެކަމަށް ތާއީދު ކުރާ މީހުންނަށް އަނގަ ބަހުން ފުރައްސާރަ ކުރުމުގެ ޙައްޤު ދިވެހި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރީންނަށް ނޯންނާނެ ވާހަކަ އަދަބު ވެރިކަމާއެކު ދަނަވަމެވެ.
މީގެ މާ ދުރު ނޫން މާޒީއެއްގައި ޑިޕްލޮމެސީ ގެ މައުޟޫޢުގައި އާފަތިސް ނޫހުގައި މަނިކުފާނު ވަރަށް ރަގަޅު ލިޔުއްވުންތަކެއް ލިޔުއްވާފައި ވާއިރު އަދި ޢަމަލީ ގޮތުން ވެސް ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ދުވަސް ތަކެއް ގައި ރާއްޖެއަށް ޚިދުމަތް ކުރައްވާފައި ވާ އިރު ދިވެހީން ގެ ތެރެއިން ބުރުގާ އަޅާ އަންހެނުންނާ އަދި އެކަމަށް ތާއީދު ކުރާ ފިރހެނުންނާ ޖެހުމުން މި ހުރިހާ ޑިޕްލޮމެޓިކް ވަންތަ ކަމެއް ބުރުއްސައިގެން ގޮސް އެ މީހުންގެ ބޮލުގައި ނުރައްކާތެރި ތުހުމަތަކާއި ބުހުތާން އިލްޒާމެއް އެޅުއްވީތީވެ އަޅުގަޑު ނިހާޔަތަށް ހިތާމަ ކުރަމެވެ. އެއްވެސް މީހަކުބަރަހަނާ ސަގާފަތަށް ތާއީދު ކުރާނަމަ އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އެކަމަކު އެއީ ޢިއްފަތްތެރި ކަމަށް ލޯބިކުރާ މީހުންގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަށް އޮތް ޢުޒުރެއްކަމުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.
"އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ބުރުގާ ނާޅާ އުޅޭ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" ކަމަށް އެއްވެސް މީހަކު ބުނުމަކީ "އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ގދ. ނަޑެއްލާ މީހުން ނޫން އެހެން ހުރިހާ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" ކަމަށް ބުނުން ކަހަލަ ކަމެކެވެ. މިހެން މި ދަންނަވަނީ މިހާރު ޖެހިގެން މި އުޅޭ ހަލަބޮލި ކަން ފެތުރުނީ ގދ. ނަޑެއްލާ އަތަމާގޭ މުހައްމަދު ނާފިޒަ (ޗިކާ) ޖަލުން ގޭ ބަންދަށް ބަދަލު ކުރުމުން ކަމަށް ބައެއް މީހުން ދެކޭތީއެވެ. އެއީ ހަގީގަތެއް ކަމަށް ވިޔަސް ގދ. ނަޑެއްލާގެ ހުރިހާ އެންމެން އެއް ގޯންޏަކަށް ލާފައި "އަދި ދުވަސްކޮޅަކުން މާލޭގެ މަގުމަތީގައި ގދ. ނަޑެއްލާ މީހުން ނޫން އެހެން ހުރިހާ މީހުންނަށް ވެސް ނުރައްކަލާ ކުރިމަތިވާނެ" ކަމަށް ބުނުމަކީ ހަމަ ޔަގީނުން ވެސް ގދ. ނަޑެއްލާ ގެ ކުށެއްނެތް ޢިއްޒަތްތެރި އެތައް ރައްޔިތަކަށް ކުރެވޭ އިހާނާތަކަށް ނޫނީ ނުވާނެއެވެ. އެއީ ގދ. ނަޑެއްލާ ގެ ޝަރަފު ވެރި ރައްޔިތުންތަކެއްގެ އަބުރާއި ކަރާމަތަށް ޙައްޤަކާ ނުލައި އަރައި ގަތުމެކެވެ. އެއީ އިޖްރާމީ ފާފަވެރި ޢަމަލެއްކަން ޔަޤީނެވެ. ބުރުގާ އަޅާ އަންހެނުންނާއި އެކަމަށް ތާއީދު ކުރާ ފިރިހެނުންގެވެސް ޝަރަފަށް ގެއްލުން ދިނުމަކީ ވެސް ހަމަ އެ ފަދަ ޢަމަލެއްކަން ޔަޤީނެވެ.
ގދ. ނަޑެއްލާ ގެ އެންމެންނަކީ ޗިކާ ކަމަށް ނުވާ އިރު ބުރުގާ އަޅާ ހުރިހާ އަންހެނުންނާ އަދި ބުރުގާ އެޅުމަށް (އެބަހީ އަންހެނުންގެ މުޅި ޢައުރަ ނިވާ ކުރުމަށް) ތާއީދު ކުރާ ހުރިހާ ފިރިހެނުންނަކީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އަނިޔާ ކޮށް ކަޓަރުއަޅާ ހަދާ ބައެއް ނޫނެވެ. މިއީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސާއި އަދި މެމްބަރުން ދެނެވަޑާއިގަންނަވަން ޖެހޭނޭ ޙަޤީޤަތެކެވެ.
ބުރުގާ އަޅާ އަންހެނުންނާއި އަދި އެކަމަށް ތާއީދު ކުރާ ފިރިހެނުން އެކަން ކުރަނީ ކީރިތި މާތް ﷲ ގެ ރުހިވިޑިގަތުން ހޯދުމަށްޓަކައެވެ. ދިވެހި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ނުވަތަ އެނޫން ވެސް އެހެން ފަރާތެއްގެ ރުހުން ހޯދުމަށްޓަކައެއްނޫނެވެ. ވީމާ ދަންނަވަމެވެ. ތިޔަބޭފުޅުންގެ ރުހިވަޑައިގަތުމާއި ހަމްދަރްދީ ނުލިބުނަސް ވެސް ކީރިތި މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ޢައުރަ ނިވާ ކުރާ މީހުން އެކަން ކުރާނެއެވެ. އަދި ޢައުރަ ނިވާ ކުރުމަށްޓާކައި ބުރުގާ އަޅާ އަންހެނުން ބުރުގާ ވެސް އަޅާނެއެވެ.
ބުރުގާ އަޅާ އަންހެނުންނަށާއި އަދި އެކަމަށް ތާއީދުކޮށް ހެޔޮ ގޮތުގައި ޞުލްޙަ ވެރިކަމާއެކު އެ ކަމަށް ގޮވާލާ ފިރިހެނުން ބަދުނާމް ކޮށް އެ މީހުންނަށް ބަދުބަސް ބުނުމުގެ ޙައްޤު ނުވަތަ އެކަމުގެ ލައިސަންސް މަނިކުފާނަށްވެސް އަދި މަނިކުފާނުގެ ކޮމިޝަނަށް ވެސް ލިބިފައި ނުވާ ކަން ހަދުމަފުޅުކޮށް އަރުވަމެވެ

Dhivehi Raajjeygai heyo visney, neyn'gi hamaves Allaah ge dheenuge h'ukum thakah furassaara kurevey meehun ekamuge machchah hey eruvumah faaraverive thibey meehun thibikamee Allaah ah shukuruverivun h'aqqu kamekeve. Mi liyun liyuvvi faraathah Allah heyo jazaa dhevaashieve. Adhi dheenuge kankamakee maa bodu kanthakeh kamah nudheki vaahaka dhakkavaa, muassasaa thakuge verinnah heyo magakee kobaikan angavaashieve. Aameen.
ReplyDelete100 percent true. commissission is corrupted thats for sure no doubt in it. what the hell are they doing, its kuvveringe commission not human rights. kurvverin rights
ReplyDelete