Friday, March 12, 2010

އަންހެންތަކުން ވަރަށް ދަށުދަރަޖައަކަށް

އިންޑިއާގައި ފެޝަން ޓީވީ ދެއްކުން 9 ދުވަހަށް މަނާކޮއްފި

ބަކުރުބެ-މުރާސިލް
މިޓީވީން މިދެއްކި މަންޒަރުތަކަކީ އިންޑިޔާގެ ސަރުކާރުން ވަރަށް ކަންބޮޑުވާ މަންޒަރުތަކަކަށް ވަނީ ވެފައެވެ. އަދި ޓީވީން ދެއްކި މަންޒަރުތައް ސިފަކޮށްފައިވަނީ އަންހެނުންގެ އަގުވެއްޓޭ، ހުތުރު އަދި އަންހެންތަކުން ވަރަށް ދަށުދަރަޖައަކަށް ވައްޓުވައިދޭ މަންޒަރުތަކެއްގެ ގޮތުގައެވެ. މިރާއްޖޭގެ ސިޓިންގްރޫމްތަކުގައިވެސް ވާނީ މިމަންޒަރުތައް ބަލާފައެވެ.
ބެލުން ހެޔޮ ނުވާވަރުގެ މަންޒަރުތައް ދައްކާއިރު ޓީވީގެ ރިމޯޓް އޮންނަނީ އެންމެ ކުޑަކުއްޖާގެ އަތްފޯރާ ހިސާބުގައެވެ.ބަކުރުބެ މިގައުމުގެ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް މި ޓީވީ ޗެނަލް ނުބެލުމަށް ނަސޭހަތްތެރި ވަމެވެ. އަދި ވީވަރަކުން މިޗެނަލް ދެއްކުން މަނާކުރެވޭނެ ގޮތްތައް ހޯދުމަށް ގޮވާލަމެވެ. މިގޮތަށް ކަންތައް ކޮއްފިނަމަ މިގައުމުގައި ފަސާދަ އަދި ފިތުނަ ފަތުރަން ބެނުންވާ މީހުންގަނޑު ނިކަން ރުޅިއަރާނެކަން ދަންނަން ވާނެއެވެ. -ކޮމެންޓުތަކުން-ރާއްޖޭގައި ތިޔަ ޗެނަލުން ބަރަހަނާ ފިލްމު ދެއްކިޔަސް މަނާ ނުކުރާނެ. ތިކަން މަނާ ކުރަން ބަޔަކު އުޅެފިނަމަ އެބައެއްގެ ބޮލުގައި ތޯލިބާނުންގެ ލަގަބުދީ ޓެރޮރިސްޓުންނަށް ހަދާނެ. މުސްލިމުންނަށް ވެތިބެ ބެނުންވަނީ ހަރާމް ކަންތައް ހަލާލް ގޮތުގައި ކުރުން. މިކަމަށް އޮތް އެންމެ މޮޅު އުކުޅަކީ ހައްދު ފަހަނައަޅާ ނުގޮސް މޮޑަރޭޓް މުސްލިމަކަށޤވުން. އޭރުން ހުރިހާ ހަރާމް ކަމެއް ހަލާލްވީ. ހުރިހާ އަޅުކަމެއް ކުރުމުން ފްރީވީ. އިތުރަށް ވިދާޅުވުމަށް

No comments:

Post a Comment