Thursday, March 18, 2010

އެއްޖިންސުން ގުޅުން ހިންގުން، ކަމާބެހޭ ފަރާތްތަށް ކޮބާ

އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން މަސައްކަތް ކުރާ މީހުންވެސް ފެންނަމުން ދަނީ މަދެއް ކޮށެއްނޫނެވެ. ސައިޓްތަކާއި ބްލޮގް ތަކުގައި އެކަންކަމަށް ހިތްވަރުދީފައި ލިޔަމުންދާއިރު ކަމާބެހޭ ފަރާތްތަށް ކޮބާ ބާއޭ ހިތަށް އަރައެވެ.
ދި-ބުރުނު

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގެ އެހެން ގައުމު ތަކުގެ އާބާދީއަށްވުރެ އެތަށް ގުނައެއް މިގައުމުގެ އާބަދީ ކުޑައެވެ. ވާހަކަ ދައްކަނީ އަމިއްލަ ދިވެހި ބަހުންނެވެ. ދީނަކީ އިސްލާމް ދީނެވެ.
އަމިއްލަ މުސްތަގިއްލު މިނިވަން ކަމެއް ލިބިފައިވާ ގައުމެކެވެ. އެކުވެރިކަމާ އެއްބައި ވަންތަ ކަމަކީ އެންމެ ކުރިންފެށިގެންވެސް އެމީހުންގެ ކިބައިގައި ހަރުލާފައިވާ ރިވެތި ސިފައެކެވެ.
މިދަންނަވާލެވުނީ އަހަރެމެންގެ މި ދިވެހިރާއްޖެ އެހެން މީހަކަށް، ހާއްސަކޮށް ބޭރުމީހަކަށް ސިފަކޮށްދޭނަމަ ސިފަކޮށްދެވިދާނެގޮތެކެވެ. ނަމަވެސް މިއަދުގެ މި ދިވެހި ރާއްޖެ އަކީ މަތީގައި ބަޔާން ކުރެވުނު ފަދަ ދިވެހި ރާއްޖެއެކޭ ބުނުމަކީ ފަހަރެއްގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހިނިއަތުވެދާނެ ކަމެކެވެ. ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ.

ގައުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް ފެނިގެން ދަނީ ކޮންމެވެސް ކަހަލަ ހަމަ ނުޖެހުމެކެވެ. އެއް ބަޔަކު ބަނގުރާ ހުއްދަކުރަން މަސައްކަތް ކުރަނީއެވެ. އަނެއްބަޔަކު މިތާގައި ފަށްޅިއަޅަން ހޭވައްޓާލާފައި މަސައްކަތް ކުރަނީއެވެ. އެމީހުން ބޭނުންވަނީ އިސްލާމް ދީން ފިޔަވާ އެހެން ދިންތަކަށް އުޅުމުގެ މިނިވަން ކަމެވެ. އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން މަސައްކަތް ކުރާ މީހުންވެސް ފެންނަމުން ދަނީ މަދެއް ކޮށެއްނޫނެވެ. ސައިޓްތަކާއި ބްލޮގް ތަކުގައި އެކަންކަމަށް ހިތްވަރުދީފައި ލިޔަމުންދާއިރު ކަމާބެހޭ ފަރާތްތަށް ކޮބާ ބާއޭ ހިތަށް އަރައެވެ. މައްސަލަ އަކަށްވަނީ އެފަދަ މީހުން މެރުމަށް ލިޔުމުން ބާއޭ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ.

ކޮންމެއަކަސް އަޅުގަނޑުގެ މި ލިޔުމުގެ މަގުސަދަކީ އެފަދަ މީހުން މެރުމަށް ހިތްވަރު ދިނުމެއް ނޫނެވެ. އަދި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދިނުމެއްވެސް ނުމެ ނޫންމެއެވެ. އިސްލާމްދީނާއި ދެކޮޅަށް ކުރާ ހަމަ ކޮންމެ ކަމެއް ހަރުއަޑުން ކުއްވެރި ކުރަމެވެ. އަޅުގަނޑުގެ މި ލިޔުމުގެ އަސްލު މަގްސަދަކީ މި ގައުމު މިއޮށް ހާލަތާމެދު ކުޑަނަމަވެސް ބަހެއް ބުނެލުމެވެ.

ޝައްކެއްވެސް ނެތެވެ. އަހަރެމެންގެ ލޯބިވާ ދިވެހި ގައުމު "ދިވެހިރާއްޖެ" މިވަނީ ހަމަ މުޅިން ހަލާކުވެފައެވެ. ތެދުތެދަށް ދަންނަވަންޏާ ދެންނެވޭނީ ބަޔަކު އަޑީގައި ތިބެގެން ހަލާކު ކޮށްލީއޭއެވެ. މިގެ އެއް ހެއްކަކީ ދީނީރޫހު ރައްޔިތުންގެ ތެރެއިން ނައްތާލަން މަސައްކަތް ކުރުމެވެ. މީގެ ކުރިން 30 އަހަރުވަންދެން ވެރިކަން ކުރި ފަރާތުން މިގައުމުގައި ދީނީ ރޫހު ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމީ އެއްވެސް މީހަކަށް އޮޅިގެން ވާނެ ކަމެއް ނޫނެވެ. ދީނީ އިލްމުވެރިން ހައްޔަރުކޮށް އެމީހުންނަށް ދެމުން ދިޔަ އަނިޔާ ތަކަކީ މެންދުރުގެ އިރުހެން ސާފުކޮށް ފެންނާން ހުރި ހަގީގަތްތަކެވެ. ގައުމު ހަލާކުކޮށްލުމަށް ދެން ކުރި އަނެއް ކަމަކީ ޒުވާން ޖީލު މަގު ފުރަށްދާލުމެވެ. މިގޮތުން މަސްތުވާ ތަކެތީގެ އަވާގައި މުޅި ޒުވާންޖީލް ޖެއްސިއެވެ.

30 އަހަރުގެ ވެރިކަމަށްފަހު ދެން އައީ މިހާރުގެ މި ސަރުކާރުގެ ވެރިކަމެވެ. މިސަރުކާރު ވެރިކަމަށް އައީ ފަސް ވައުދަކާއިގެންނެވެ. އަޅުގަނޑުވެސް މި ސަރުކާރު ވެރިކަމަށް ގެނައީ ވަރަށް ފޮނި އުންމީދު ތަކަކާ އެކީއެވެ. ވެރިކަމާ ހަވާލުވިތާ ފުރަތަމަކޮޅު އަޅުގަނޑުމެން ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ވެދާނޭފަދަ ކަންތައްތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް މި ވެރިކަމަށް އެއްއަހަރު ފުރި ދުވަސްކޮޅެއް ވީތަނާހެން ފެންނަންފެށީ އެމީހުންގެ ވައުދު ތަކައި މުޅިން އިދިކޮޅު އަމަލު ތަކެވެ. ނަތީޖާއަކަށްވީ މިހަރު ގައުމު މިއޮށް ހާލަތަށް ދާންޖެހުމެވެ. އަމިޔާވެރިކަން ހައްދުން ނެއްޓުމެވެ. ޒިނޭކުރުން އިހުނަށް ވުރެ އިތުރުވީއެވެ. ފޭރުމާއި މާރާ މާރީ ހިންގުމަކީ އެއްވެސް ކަމަކަށް މިއަދު ނުވެއެވެ. މިފަދަ ކަންކަން މިހެން ހުރުމުން އަހަރެމެންގެ ހެޔޮއެދޭ ސަރުކާރު ކޮބާ ބާއޭ ހިތަށް އަރައެވެ. ސަރުކާރަކުން މިކަމާ އަޅައެއް ނުލާނެތާއެވެ. އެއީ އެމީހުންވެސް ބޭނުން ވާގޮތެވެ. މި ސަރުކާރުގެ އަޑިއަޑީގެ ރޭވުންތަކާއި އެންމެހާ ކަންކަމީ ނޫސްތަކާއި ވެބްސައިޓްތަށް ކިޔާފަރާތްތަކަށް އޮޅިފައި އޮންނާނޭ ކަމެއްނޫނެވެ. އެހެންވެ އިތުރަށް އެވާހަކަ ދައްކާކަށް ނެތީމެވެ.
އަޅުގަނޑުގެ މި ލިޔުން ނިންމާލަމުންވެސް މިގޮވާލަނީ މި ދިވެހި ގައުމު މި އަނދަވަޅުން ސަލާމަތް ކުރުމަށް އެމީހަކަށް ކުރެވުނު ކަމެއް ކުރުމަށެވެ. މިފަދަ ކަންކަމުން ގައުމު ސަލާމަތް ކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ.

=ލިޔުނީ: އަލް އިސްލާޙް=

1 comment:

  1. kamuge hageegai
    http://www.muraasil.com/details/view/8/6116

    meee hilathuge amalehkan dhahkuvaidhey hekithah

    ReplyDelete