ދީނާއި ސިޔާސަތު ވަކިކުރަން
އިބްނު އަލީ
މިހާރަކަށްއައިސް ދީންނުދަންނަމީހުން މުސްލިމުންގެ ސިޔާސަތު ހިންގަންވެގެން ދައްކާބަހަނާއަކީ ދީނާއި ސިޔާސަތު އެއީ ދެ އެއްޗެއްކަމުގައެވެ. ދީން އޮންނަންވާނީ ދީނީ ޢިލްމުވެރިންގެ ޙަވާލުގައި މިސްކިތުގައި ކަމުގައެވެ. އަދި ސިޔާސަތު ހިންގާނީ ސިޔާސީމީހުން ކަމުގައެވެ. ދީނީ ޢިލްމުވެރިން ސިޔާސީކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެކަމުގައެވެ. މިފަލްސަފާއަކީ ހުޅަގުގެ ފަރަންޖީން މުސްލިމުގެ ޢަޤީދާ ފާސިދުކުރަންވެގެން މުސްލިމުންގެ ތެރެއަށް ވައްދައިގެން އުޅޭ ފަލްސަފާއެކެވެ. ނަތިޖާއަކީ މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުމަށް މަސައްކަތްކުރާ އެންމެއިސްބަޔަކީ ސިޔާސީ މީހުންކަމުގައި ވުމެވެ. މިހާރަކަށްއައިސް ދިވެހިންގެ ތެރޭގައިވެސް ދަނީ މިވަބާ ފެތުރެމުންނެވެ. ރައްޔިތުންގެ މަޖިލީހުން ފެށިގެން ވެރިކަމުގެ އެންމެއެތެރޭ ކޮއިލާހަމައަށެވެ.
ދީނާއި ސިޔާސަތު ވަކިކުރަން މަސަކަތްކުރާ އެއްބަޔަކީ ދީންނޭގިތިބޭ، ސިޔާސަތަށް ދޯޅު މީހުންނެވެ. ދީނީ ޢިލްމުވެރިންނަކީ މުސްލިމު މުޖުތަމަޢުތަކުގައި ވަރަށް ޤަދަރުވެރި، މަޤްބޫލު ބައެކެވެ. އެބައެއްގެބަސް ރައްޔިތުންގެ ގިނަބަޔަކު ޤަބޫލުކުރާ ބައެކެވެ. ނަތީޖާއެއްގެ ގޮތުން ލާދީނީ މީހުނަށް ވެރިކަމަށްއަންނަން ކުރިމަތިވާ އެންމެބޮޑު ހުރަހަކީ ދީނީ ޢިލްމުވެރިންނެވެ. މިސަބަބާހުރެ މިބައިމީހުން ރައްޔިތުންނަށް ވިސްނައިދޭން ބޭނުންވަނީ ދީނީ މީހުނަށް ސިޔާސަތު ނޭގޭނެ ކަމުގައެވެ. އަދި ސިޔާސަތަކީ މުޑުދާރުއެއްޗެއް ކަމުގައެވެ. މުޑުދާރުއެއްޗަކާ ދީނީ ޢިލްމުވެރިން ކާރިވެގެން ނުވާނެ ކަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއްނޫނެވެ. އެންމެ ރަގަޅަށް ސިޔާސަތު އެނގޭނީ އަދި ސިޔާސަތު ހިންގޭނީވެސް ދީނީ ޢިލްމުވެރިންނަށެވެ.މުރާސިލް

Comments
Post a Comment