Monday, March 29, 2010

"ބޮލަށްއެރިގެން"

"ބޮލަށްއެރިގެން"
މިއަދުގެ މޮޅު މޮޅުކޮމެންޓް، ސިމް
ދީނުގއި ނަރަކއިގެވާހަކަ އޮތްގޮތުގެ ވާހަކަ ޝޭޚު ފަރީދު ދެއްކެވިގޮތުގެ ތެދުކަން މިހާރު މިދަނީ ފެންނަމުން ނޫންތޯއެވެ. ޒުވާން އަންހެނުންތަކެއް ގައުމުގެ ރައީސު ލައްވާ ނަރަކައިގެވާހަކ ދެއްކުން ހުއްޓުވުމަށްޓަކައި ވާހަކަތަކެއް ދައްކުވައި އެމަނިކުފާނަށް ސަޕޯރޓުކުރާ އެތައްބައެއްގެ ނުރުހުން އެމަނިކުފާނަށް ނުރުހުމުގެ ލޮލުން ބަލަންފަށއިފިއެވެ. ގައުމުގައި އެތައް ބަޔަކު މިކަމަކާއިހެދީ ޒުވާބުކުރަނީއެވެ. ފަސާދަވަނިއެވެ. މިކަމަކީ ސީދާ އަންހެނުންތަކެއް ރައީސު "ބޮލަށްއެރިގެން" ކުރުވިކަމެއްކަން ރައީސްގެ ވާހަކަތަކުން އެބަ ދޭހަވެއެވެ.ވީމާ ނަރަކާގައި އަންހެނުން ގިނަވާނޭކަމަށް ބުނާބުނުމަކީ ތެދުކަން ސާބިތުވާން އޮތް ހެއްކަކަށް މިކަން ފުދެއެވެ. ރައީސްގެވާހަކައިން އެނގެނީ މާދަމާ ޒުވާން އަންހެނުންތަކަކާއި ފިރިހެނުންތަކެއް ރައީސް އަރިހުގައި ނަމާދުނުކުރާ މީހުން ސުވަރުގެ ނުދާ ވާހަކަ ދެއްކުން ހުއްޓުވާދޭށޭ ބުންޏަސް ެވާހަކަވެސް ރޭޑިއޯޚިތޯބުގައި އެމަނިކުފާނު ދައްކާނެކަމެވެ. އެ ވިދާޅުވި ޒުވާން އަންހެނުންނާއި ޒުވާން ފިރިހެނުންތައް ޝޭޚުންނާއި ސުވާލު ނުކުރީ ކީއްވެގެންތޯއެވެ؟ ޝޭޚުން އެވާހަކދެއްކުން ހުއްޓުމަކުން ނަރަކަވެރީންނާއި ސުވަރުގެވެރީންގެ ލިސްޓަށް ބަދަލެއް ގެނެވޭނެތޯއެވެ؟ ރައީސްގެ އަރިހަށް ނަރކާއިގެ ވާހަކަ ހިފައިގެންގޮސް ވާހަކަތިދެއްކި ބަޔަކީ ހާދަހާ ބާރުގަދަ ބަޔަކަށް ވާނެތާއެވެ. "ރައީސް އެވެ މިކަން ހުއްޓުވާދޭ" މިފަދައިން ބުނަން އިސްލާމީ ގައުމެއްގއި ހުރި ދީން ހިތުގެ އަޑީން ގަބޫލު ކޮށްގެންހުރިކަ ރައީސެއްގެ އަރިހުގައި ބުނަން ކެރެނީ ކާކަށްތޯއެވެ؟ މުރާސިލް




No comments:

Post a Comment