ޖޭޖޭ ރޮބިންސަންއަށް އެވޯޑެއް


މުޙައްމަދު ސިރުޙާނ
މިދުވަސްވަރަކީ ރާއްޖޭގައި ވަރަށްގިނަ އެވޯޑްތަކާއި އިސްލާމްދީނާ ގުޅުންހުރި ވާހަކަތައް ދެކެވެމުންދާ ދުވަސްވަރެކެވެ. ޤައުމީ އިނާމް ދިނުމުގެ ޖަލްސާބާއްވައި ޢަޤީދާގެގޮތުން ވަރުގަދަ ފަރާތްތަކަށް އިނާމްދީވެސް ނިމިއްޖެއެވެ. އެކަމަކު އަހަރެންނަށް ހީވާގޮތުން އަދި ޢަޤީދާގެގޮތުން ވަރަށް ވަރުގަދަ ބޭފުޅަކަށް އެވޯޑެއް ޙައްޤެވެ.

މިނިވަންނިއުސްގެ މިހާރުގެ އެޑިޓަރު ޖޭޖޭ ރޮބިންސަންއަކީ އެބޭފުޅާެގެ ލޯބިވާ ޤައުމުދޫކޮށް ރާއްޖެ ވަޑައިގެން ރާއްޖޭގައި އޮތް ހުދުމުޚްތާރުވެރިކަން ވައްޓާލާ، މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި އެއް ނިއުސްކަމަށްވާ، މިނިވަންނިއުސްގައި މަސައްކަތް ކުރައްވަމުންދާ، ދިވެހި ޤައުމުދެކެ ލޯބިިވާ ބޭފުޅުކެވެ. މިނިވަން ނިއުސްއަކީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ނޫހެއްކަމާއި މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކިހާބޮޑު ޙިއްސާދާރެއްކަން އަހަރެން ނުބުންޏަސް ތިޔަ އެންމެ ބޭފުޅުންނަށް އިނގިލައްވާނެއެވެ.
އެމްޑީޕީގެ ސަރުކާރުން މިހާ ގުޅުންހުރި ބޭފުޅަކަށް ޤައުމީ އިނާމެއް ނުދެއްވުން އެއީ އެމްޑީޕީ ސަރުކާރުގެ އިޚްލާސްތެރިކަން ދައްކުވައިދޭކަމެކެވެ. ދެއްކުންތެރިޔަކަށް އިޚްލާސްތެރިއެއް(ޢަޤީދާ ވަރުގަދަ ކުރުމަށް) ނުވެވޭނެއެވެ. މި ދެންނެވި ބޭފުޅުން ފޮރުވިގެންތިބެ މި ކެނޑިނޭޅި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތަކީ ކޮންމެހެން އަހަރުމެން ފާޅުކުރަންޖެހޭ ކަމަކަށްވަނީވެފައެވެ. ޖޭޖޭމެން ރާއްޖެ އައިސް ނޫސްވެރިކަންކޮށް އޮންލައިން ނޫހެއް ހިންގުމަކީ އަހަރެންނަށް ހާދަ ސުވާލު އުފެދޭކަމެކެވެ. އިސްލާމްދީނާ ގުޅުންހުރި ޚަބަރުތައް، އެދީނަށް މަލާމަތް ރައްދުވާގޮތަށް ޖޭޖޭމެން ގެނެސްދެނީ އެހާމެ މޮޅަށް އަދި އެހާމެ އަވަހަކަށެވެ. އިސްލާމްދީނަށް މަލާމަތްކޮށްފައިވާ ކޮމެންޓްތަށް އެޕްރޫވްކޮށްލަނީ ހަމަ އެހާމެ އަވަހަށެވެ. ރާއްޖޭގެ އިސްފަރާތްތަކުން މިނިވަން ނިއުސްއަށް އިންޓަވިއު ދީ ހަދާކަމަކީ މިނިވަންނިއުސް ރާއްޖޭގެ ސަރުކާރުން ބަލައިގަންނަ ކަމުގެ ދަލީލެކެވެ. ރާއްޖެއަށް އަންނަ، އިސްލާމްދީނަށް މަލާމާތްކުރާ އެއްވެސް މީހަކާ އިންޓަވިއު ނުކޮށް މިނިވަންނިއުސްއިން ދޫކޮށްނުލައެވެ. ޕިއްލޭއާ އިންޓަވިއުނުކޮށް ދޫކޮށްލާނެކަމަށް އަހަރެން ޤަބޫލެއްނުކުރަމެވެ.
މިނިވަންނިއުސް އަކީ ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަށް ރާއްޖެ ގެނެއުމަށް މަސައްކަތް ކުރަމުންދާ ބައެއްކަން ޝައްކުނުކޮށް ޔަޤީންކުރަމެވެ. މިފަދަ ދޮންމީހުންގެ ތެރެއިން ކުރީގެސަރުކާރުން ލާދީނީފިކުރު ފަތުރާތީ ޑީޕޯޓްކޮށްލާފައިވާ ޑޭވިޑްހާޑިމްއަށްވަނީ މިހާރުގެ ސަރުކާރުން މަތީ މިވަޒީފާދީފައެވެ. އެއީ ދޮންމީހުން އުޅޭގޮތަށް އުޅެގެން ކާމިޔާބު ހޯދުމަށް ކަންނޭނގެއެވެ. ރައީސް ނަޝީދުވަނީ މި މޭރުމުން ފަތުވާ ދެއްވަވާފައެވެ. ވީމާ ޖޭޖޭއަށް އެވޯޑެއް ޙައްޤެއް ނޫންތޯއެވެ؟

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office