ޑިމޮކްރަސީ، ސިޔާސީ ގުއިރޯނެއްގައި ޖެހި ތަރަވެއްޖެ.


މުޙައްމަދު ސިރުޙާނ
ގުއިރޯނު އެއީ ރޭގަނޑު އަނދިރީގައި މީހުންނަށް ލަނޑުދިނުމަށްޓަކައި މަގުމަތީގެ އެއްފަރާތުން އަނެއްފަރާތަށް ގުއި ހާކާ،ދަމާފައި ހުންން ރޯނުފަށެކެވެ. އަހަރެން މިއުޅެނީ މިފަދަ ސިޔާސީގުއި ރޯނެއްގައި ޖެހިގެންނެވެ. މިއުޅޭ ސިޔާސީމީހުން ކުރާ ޅަކަންތައްތަކުގެ ސަބަބުންނެވެ. އަހަރެންނަކީވެސް ބައެއްމީހުންގެ ނަޒަރުގައި ވަރަށް ޅަފަރާތެކެވެ. އެންމެ ޢަޖައިބުވާކަމަކީ އަހަރެން ދުވަހަކުވެސް ބޮޑެއްނުވެއެވެ. ބޮޑުވިޔަސް ބޮޑުވެގެންވަނީ ބޮޑު މޮޔައަކަށެވެ. އެޅެނީވެސް ޅައެއްޗިއްސެވެ. އެންމެ ފުރަތަމަ އަހަރެންގެ ޢާއިލާ މީހަކު މި ރާއްޖޭގެ ޖައްވަށް ނޭވާލީ މީގެ އެތައް އަހަރެއް ކުރިންނެވެ. ބޭކަނބި، ފޫޅުބަފަޔަކީ އަމީންދީދީއެވެ. އަމީންދީދީ އަކީ ސަދޫމްގެ ކުޅިވަރު މިޤައުމުން ނައްތާލުމަށް މަސައްކަތްކުރި ބާނީއެވެ. ވީމާ ފޫޅުބަފަޔަކަށްވުން އެއީ ހައިރާންވާންވީ ކަމެއްނޫނެވެ. އެ ޒަމާނުގައި އަހަރެންގެ ޢާއިލާމީހާ ހުރީ ވަރަށް އުފަލުގައެވެ. ރީތީގެ މުބާރާތްތަށް ބަލާލަންދެވެއެވެ. ސިޔާސީ ގޮތުން އަންހެނުން ކުރިއަށް ނެރެވުނީ ފިރިހެނުން ކުރިއަށް ގޮސް ބަލަންތިބޭ އެއްޗެއް ގޮތިގައެވެ.

އޭގެ ދުވަސްކޮޅެއްފަހުން އަހަރެންގެ ޢާއިލާމީހާ ދިވެހިރާއްޖެއިން ފައްސާލީ ލައިގެންހުރި ޖަންގިޔާވެސް ބާލާ އޮރިޔާންކޮށްފައިކަމަށް މީހުންބުނާ އަޑު އިވެއެވެ. ދެން އަހަރެންގެ ޢާއިލާ މީހަކަށް ރާއްޖެ އާދެވުނީ ރަސްކަމަކަށް ފަހުގައެވެ. އޭރަކު އަދި އަހަރެންގެ ޢާއިލާގައި ކުލަ ތަފާތުކޮށް ނަސްލީ އިމްތިޔާޒްއެއް ނޯވެއެވެ. އެފަހަރު އައި އަހަރެންގެ ޢާއިލާމީހާއަށް ދާންޖެހުނީ ރާއްޖެއިން ފިލައިގެންނެވެ. ވަރަށް ހަޑިމުޑުދާރު ކާޓޫނުވެސް ކުރަހާހެދިއެވެ.
އޭގެފަހުން ރާއްޖެއައި އަހަރެންގެ ޢާއިލާމީހާ ރާއްޖެ އައީ އެފްރިކާ ބައްރުންނެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ވާ، ތިރީސް އަހަރެކެވެ. މި ތިރީސް އަހަރުގެ ވާހަކައަކީ އެއީ ދެން ކޮންމެހެން އަހަރެން ދައްކަންޖެހޭނެ ވާހަކައެއްނޫނެކެވެ. އަހަރެންގެ އަމިއްލަނަފްސަށް ދިމާވެގެން މިއުޅޭ ގުއިރޯނުގެ ވާހަކަ ދައްކަން ލަސްވަނީއެވެ. އަހަރެންގެ ވާހަކަލިޔާ ސޮރުވެސް ވަރުބަލިވެދާނެއެވެ.

މީއީ އަހަރެންގެ ފަހަރެވެ. އަހަރެންނަށް ރާއްޖެ އާދެވުނީ ރީނދޫކުލަ ލައިގެންނެވެ. ރާއްޖެއިން ދާންޖެހޭނީ ކޮންކުލައެއް އަދި ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަހަރެން ދިވެހިރާއްޖެއަށް އައީ ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ހޭނެވުމުގެ ވަރަށް ގިނަ ޕްލޭންތަކަކައިގެންނެވެ. އަހަރެންގެ ޢަޒުމްއަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނަމުގައި ހުރިހާ ފްރީޑަމްއެއް ހޯދަދިނުމެވެ. ސަބަބަކީ ދޯ! އަހަރެންނަކީ ދޯ! ވަރަށް ދޯ! ޒަމާނީ ދޯ! މީހެކެވެ. ލިބަރަލް ފުރިހަމަ ޑިމޮކްރަޓިކް ޢާއިލާއަކަށް ނިސްބަތްވާ ފަރާތްތެކެވެ. ކޮންމެއަކަސް އަހަރެން ދިވެހިން ވާވައްދަންވެގެން ކުރި ޕްލޭންތައް މިއުޅޭ ސަރުކާރު މީހާ ފެއިލްކޮށްލައިފިއެވެ. ތަންތާ ބުދު ބަހައްޓާ މީހުން ރުޅި އަރުވައިފިއެވެ. ނަމުގައި އަހަރެން ރީތިކޮށް ރަން ދަތްޕިލައެއް ޖަހައިދެންވެގެން ގެނައި ސަންތިމަރިޔަބު، ޑިމޮކްރެޓިކް ބޮޑެތިމީހުން ކައިރީދައްކާ ކަހަލަ ވާހަކަތައް، މި ރާއްޖޭގައި ދެއްކުމުގެ ސަބަބުން އަހަރެން ބޮލާ ފޮށާ އެޅިއްޖެއެވެ. ސިޔާސީ މީހުން ދެމި ސިޔާސީ ގުއިރޯނެއްގައި އަޅައިގަނެގެން ވެއްޓި ހަމަބިމަށް ތިރިވެ ސޯޓު ބޭލިއްޖެއެވެ. މިއޮއް ހުރިހާދުވަހު ފޮރުވައިގެން އުޅުނު އެއްޗިހި ހާމަވީއެވެ. ދެން ފިލަންދުވާނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން ސޯޓުބޭލި، ކުރަންއުޅުނު ކަންތައް ސަދޫމްސިޓީ މީހުންނަށް ފެނުމުން ވަރަށް އުފާވެ، އެ މަންޒަރު ބަލަން ހުއްޓެވެ. އެމީހުން ބޭނުންގޮތައް އުޅެން ޔޫއެން މީހާ މަސައްކަތްކޮށްދޭތީއެވެ. ޒިނޭކުރާމީހުން ޙައްދު ނުޖަހައި ސަލާމަތްވާނެތީއެވެ. ނަމަވެސް އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަކުން އިސްލާމްދީން ދިފާއުކުރަން ތެދުވެއްޖެއެވެ. ކުރާނެކަމެއް ނެތެވެ. އަނެއްކާވެސް އާ ޕްލޭންތަކަކާއެކު ދިވެހީންގެ ބޯކާން ތައްޔާރުވާން ޖެހިއްޖެއެވެ. އަހަރެންގެ ވާހަކަ ލިޔަން އޭނދަ ސޮރު އެލިޔުނީ އަހަރެން ރާއްޖެއަށް ކުރި ދަތުރުގެ ވާހަކައެވެ. އެސޮރު ކައިރީ އަހަރެން މި ބުނަނީ އަހަރެންގެ ދެންހުރި ޕްލޭންތައް ތިބާއަށް ނުކިއައިދިނުމަށެވެ.

މިހާރު، ޒަމާނީ ޑިމޮކްރަސީގެ ނަމުގައި އައި އެތި ފަލީހަތްވުމުން މިހާރު އެއިނީ ފިލައެވެ. އެ ޒަމާނީ ޑިމޮކްރަސީގެ އަސްލު މަޤުޞަދަކީ ދިވެހިފަސްގަނޑުގައި ހުރިހާ ދީނަކާ ހުރިހާ ޖިންސެއްލެވޭގޮތަށް ޤާނޫނުތައް ބަދަލުކުރުމެވެ. ސި އާ ''ސީ'' އަށް އަޑިއަށް ހިނގައިދާނެތީ ޔޫރަޕާއި ސަދޫމްސިޓީއަށް މިތަން ބަދަލުކުރުމެވެ. ޙަޤީޤަތުގައި ބޯދާ ޒަމާނާ މި ޒަމާނީ ޑިމޮކްރަސީގެ ޒަމާނާ ވަކި ތަފާތެއްނެތެވެ. ގިނައިން ފެންނަނީ ހަމަ ގިނަމީހުން ޤަބޫލުކުރާގޮތެވެ. ބޯދާ ޒަމާނުގައި ބިކުރުވެރި އަންހެންކުއްޖެއް، "ފަރާތެއްގެ" ޝިކާރައަށް ވަނީ މަހަކަ އެއްފަހަރުއެވެ. މިހާރި ރެޔާއި ދުވާލު ޝިކާރަކުރެވެއެވެ. މައްސަލައެއްނެތެވެ. ބޯއީފްރެންޑެވެ. ރަންނަމާރިއެއް ނޫނެވެ. ބޯދާ ޒަމާނުގައި އަންހެން ކުދިން ހެދުންލަނީ ބޮޑުވާ ފަހުންނެވެ. ނަމަވެސް މިހާރު މުސްކުޅިވާ އިރުވެސް ޙަޤީޤީ ހެދުމެއްނުލެވެއެވެ. މަގުމަތީ މީހާއަށް ވުރެ ފިރިމީހާއަށް އިތުރަށް ފެންނަނީ ހަމުގެ ކުލައެކަންޏެވެ. އޭރުއުޅުނީ ރޭގަނޑު، މީހުންގެ ގެއަށްވަންނަ އެންމެ ފޫޅުދިގުހަންޑިއެކެވެ. ނަމަވެސް މިހާރު ރެޔެއް ދުވާލެއް ނުބަލާ، ބައިވަރު ހަންޑިތަކެވެ. މިފަދަ ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް އަހަރެން ޒަމާނީ ޑިމޮކްރަސީގެ ނަމުގައި މި ދިވެހިޤައުމު ހަލާކު ވެދާނެތީ މި ކިޔައިދިނީ ޒަމާނީޑިމޮކްރަސީގެ ވާހަކައެވެ.

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ