Tuesday, November 22, 2011

ރައީސް ނަޝީދަށް ލާދީނީ އެވޯޑެއް....


މުޙައްމަދު ސިރުޙާން
މިހާތަނަށް އިސްލާމީޤައުމެއްގެ ވެރިއެއްގެ ޒިންމާގެ ދަށުން ރަސޫލުބޭކަލެއްގެ މައްޗަށް ކާޓޫނެއް ކުރެހިފައެއް ނެތެވެ. ނަމަވެސް ރައީސް ނަޝީދުގެ ކެބިނެޓުން ފާސްކޮށްވަނީ އިސްލާމީ ދިވެހި މި ޖައްވަށް ޢީސާގެފާނުގެ މައްޗަށް ކާޓޫނު ކުރަހާފައެވެ. ވީމާ ރައީސް ނަޝީދުއަށް ލާދީނީ އެވޯޑެއް ޙައްޤު ވެއްޖެއެވެ. މީގެ ކުރިންވަނީ ކަނޑު އަޑިގައި ކެބިނެޓްގެ މީޓިންއެއް ބާއްވާ އެވޯޑެއް ޚާސިލްކޮށްފައެވެ.
ރާއްޖޭގައި މިވަގުތު އެންމެ ހޫނުކޮށް ފެތުރި ކަންފަތްތަކަށް ވަންނަމުން، ފަލަކޮށް ލޯތަކަށް ފެންނަމުންދާ ސުރުޚީތަކަކީ ބުދު މޮނިއުމެންޓްގެ ޚަބަރުތަކެވެ. އެކަމަކު ޢީސާގެފާނުގެ މައްޗަށް ކުރެހުނު ކާޓޫނުތަކުގެ ޚަބަރުތައް ވަނީ ހަނދާނުންފިލާފައެވެ. ރަސޫލެއްގެ މައްޗަށް ކާޓޫނެއް ކުރެހުމަކީ މާ ބޮޑު ޖަރީމާތަކެކެވެ. ސަލަފް ޖަމްޢިއްޔާގެ ނޫސްބަޔާން ކިޔާލުމުން ތިބޭފުޅާއަށް އެކަން ވިސްނިލައްވާނެއެވެ.

މާތްވެގެންވާ އިސްލާމްދީނުގައިވާ މިފަދަ ބޮޑެތި ފާފަތައް އަދި ޤާނުނީ ގޮތުން ބޮޑެތި ޖަރީމާތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގުވާލަމެވެ. މިއަދު ދުނިޔޭގައި ބޮޑެތި ބޭފުޅުން އަދަބު ތަކުން ސަލާމަތް ވެވިދާނެއެވެ. ނަމަވެސް ޤިޔާމަތްދުވަހުން އެފަދަ ކުއްތަކަށް ތައުބާނުވެ މަރުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟

No comments:

Post a Comment