Monday, November 28, 2011

ޢިއްޒަތްތެރި ރައީސް މީހާއަށް

`
ޢިއްޒަތްތެރި ރައީސް މީހާއަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މާތް ﷲ އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެންނީ މީހާކު ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން، އަޤީދާއަށް ގުޑުން އަރާނޭ ބަޔެއް ނޫނީމުއެވެ. ނަމަވެސް ރައީސް މީހާއެވެ. ހަނދުމަފުޅު ކަސިޔާރުވިޔަ ނުދެއްވާށެވެ. އަޅުގަނޑުމެންނަކީ ހަމަ އެކަނި ނަމަކުން މުސްލިމު ވެގެން ތިބި ބަޔެއް ނޫނީމުއެވެ. އެހެން ނަމަވެސް މިއީ ފުރިހަމަ މުސްލިމުންނީމުއެވެ. މާތް ﷲ އެކަލާނގެ ދީނުގައި ވަރުގަދައަށް އަމުރު ކުރައްވާފައި ވެއެވެ. މުންކަރާތް ނަހީ ކުރުމަށާއި ހެޔޮ ކަންކަމަށް ވާގިދީ ނަސޭޙަތްތެރިވެ ގޮވާލުމަށެެވެ. ވީމާ މީހަކު ބުނާ ބަހަކީ ނުވަތަ ކުރާ ކަމަކީ މުންކަރާތެއް ނަމަ، އަދި ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން މުންކަރާތަކަށް މަގު ފަހިވުން، ނުވަތަ ހިތްވަރު ލިބުން، ނުވަތަ އެފަދަ ޝުޢޫރެއް ފާޅުކުރުމަށް ފުރުޞަތު ލިބޭފަދަ ބަހެއްކަމަށްވިޔަސް ނުވަތަ ކަމެއްކަމަށްވިޔަސް އަޅުގަނޑުމެން މުސްލިމުން ކެރިތިބެ، ދީނުގެ ޙައްޤުގައި ދީނުގެ ދިފާޢުގައި، ދީނުގެ ކަރާމާތައް އުނިކަން އަޔަނުދިނުމަށްޓަކައި، ނަފުސަތަކުގެ ޤާބިލުކަން ތަންދިން އެންމެ މަތީ އެ މުންކަރާތެއް ނަހީ ކުރާ ހުށީމު.
އިޙުތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
28 ނޮވެމްބަރު 2011
03 މުޙައްރަމް 1433

އަލްމުޙުލިޞް

މުޞްލިޙު މުޙައްމަދު އިސްމާޢީލް

No comments:

Post a Comment