'' ޑިމޮކްރަސީއަކީ ވަކި ދީނެއް '' - ޕިއްލޭ


މުޙައްމަދު ސިރުޙާން
މިހާރުގެ ސަރުކާރުން ރާއްޖެ ގެނައި ދިރޭ މޮނިއުމެންޓް، ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސިލުކުރާ މަޖްލިސްގައި ހުރެ ޑިމޮކްރަސީ ދީނުގައި ޒިނޭކުރާ އަންހެނުންގެ ގައިގައި ޙައްދުޖެހުމަކީ އޮންނަކަމެއް ނޫންކަމަށް ބުނެ ފަތުވާ ނެރެފިއެވެ. މިފަތުވާ އަޑުއިވުނު ޑިމޮކްރަސީގެ ބާނީން ތިބީ ހަނެވެ. އެކަމުގެ ސަބަބުން އެއީ އިޖްމާޢުއަކަށް ވެއްޖެއެވެ.

ޕިއްލޭ ކިޔާ މޮނިއުމެންޓް، މީގެކުރިން ގެނައި މޮނިއުމެންޓްތަކާއި ވަރަށް ތަފާތެވެ. މި މޮނިއުމެންޓަކީ އެއްޖިންސުގެ ގުޅުން ހިންގުމަށް ސަޕޯޓްކުރާ އިސްލާމްދީނަށް މަލާމަތްކުރާ މޮނިއުމެންޓެކެވެ. އަދި އެއީ މުޅި ދުނިޔެ ޤަބޫލުކުރާ މުނިއުމެންޓެއްވެސްމެއެވެ. ތިނެއް ނޮވެމްބަރުގެ ހަނދާންތައް އާކުރެވޭ މިދަނޑިވަޅުގައި ތަމަޅަ ޓައިގަރުންނާ ގުޅުންހުރި މި މޮނިއުމެންޓްވަނީ ރާއްޖެގައި ހުރެ ރާއްޖޭގެ ޤާނޫނު އަސާސީއަށް މަލާމަތްކޮށްފައެވެ. އެ މޮނިއުމެންޓް ބުނާގޮތުން ރާއްޖޭގައި ޤާނޫނު އަސާސީއެއް ނެތެވެ. ޑިމޮކްރަޓިކް މިފަތުވާގެ ސަބަބުން މިހާރު ރާއްޖޭގެ ރައީސްގެ ވެރިކަންވެސް ޞައްޙަނޫން ކަމަށްވެއެވެ. މި މޮނިއުމެންޓް ދެއްވާ މިފަދަ ފަތުވާތަކުގެ ސަބަބުން އިސްލާމްދީނުގައި ތިބި ޑިމޮކްރަސީ ދީނަށް ލޯބިކުރާމީހުންވެސް އެދީނާމެދު ޝައްކުކުރަން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ! މީދީނުގެ އެކިއެކި ޤައުމުތަކުގައިވާ މަޒްހަބުތަކުގައި ޑިމޮކްރަސީ މާނަކުރަނީ އެމީހަކަށް ފެންނަގޮތަކަށެވެ. ރީނދޫ މަޒްހަބުގެ މީހުންވެސް މިހާރު ޑިމޮކްރަސީ ދީނާމެދު ޝައްކު އުފެދިގެން އުޅޭ ޚަބަރަކީ އުފާވެރި ޚަބަރެކެވެ.
ޕިއްލޭ މޮނިއުމެންޓްވަނީ އޭނާގެ ޢާއިލާގެ އެހެން މޮނިއުމެންޓްތަކަށް ދިވެހިން ގެއްލުން ދިނުމުގެ ސަބަބަބުން ވަރަށް ކޯފާ އިސްކުރައްވާފައެވެ. ޑިމޮކްރަސީ ދީނުގެ ''ވެޓިކަން'' އިން އައިސްފަހުރި މި މޮނިއުމެންޓް ފަތުވާދީފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަކީ ބާތިލްކޮށްފައެވެ. ވީމާ މި މޮނިއުމެންޓް ދިވެހިރާއްޖޭއިން ބޭރުކުރެވޭނެ އެއްވެސް ޤާނޫނެއް ނެތެވެ. މި މޮނިއުމެންޓް ކައިރީގައި އިންނަން، ގޮނޑި ސަލާމަތްކުރަން ދިވެހި ޑިމޮކްރަސީއަށްވަނީ ހަނު ހުންނަން މަޖުބޫރުވެފައެވެ. މި މޮނިއުމެންޓް ފަހަރެއްގައި އައްޑޫގައި ހެދި ފައްޅިއަށް ޙައްޖަށް ނުދާނޭބާވައެވެ؟ ޖަމްރާތަކުގެ ބަދަލުގައި އައްޑޫގައި ހުރި މޮނިއުމެންޓްތަކަށް ގާ ނުއުކާނެބާވައެވެ؟ މި މޮނިއުމެންޓް ކުރި މިޒިޔާރަތުގެ ސަބަބުން އެކަމާ އުފާކުރާ މަދު ދިވެހިންކޮޅެއް އެބައުޅެއެވެ. އަނެއްކާ އެމީހުން ލޯބިން ޙައްދު ޖަހަންޖެހޭ ކަހަލަ އަމަލެއް ނުކުރާނެބާވައެވެ؟

ލިޔުން ނިންމާލިތަނާ ދެންމެ ރައްޓެއްސެއްގެ އެސްއެމްއެސްއެއް ލިބިއްޖެއެވެ. ޕިއްލޭ މޮނިއުމެންޓްގެފަތުވާ އެކެވެ. ޑިމޮކްރަސީ ދީނުގައި މައިމިހާގެ ބަނޑުގައިވާ ދިރޭ ދަރިފުޅު މަރާލުމަކީ ހުއްދަކަމެއްކަމަށް ހަދާ އަދި އެކުދިން މެރުމަށް އެހާމެ ސަޕޯޓްކޮށް ކެމްޕެއިންވެސް ކުރެއެވެ. އަހަރެން ވަރަށް ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ހިއުމަން ރައިޓްސްގެ އިސްފަރާތެއް އިންސާނުން މަރަން އެހާ ފޯރި ހުންނަނީ ކީއްވެބާވައެވެ؟ އާނއެކެވެ! އެއީ ހަމަ ދިރޭމޮނިއުމެންޓެކެވެ.

މިފަތުވާތަކަކީ ޑިމޮކްރަސީ ދީން ޕްރޮމޯޓް ކުރަން ލިޔުނު ފަތުވާތަކެއް ނޫންކަން މިފަތުވާތައް ކިޔާލުމުން ރުޅިގަދަވި ފަރާތްތަކަށް ހަމަ ރަނގަޅަށް އިނގޭނެއެވ

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ