ރީނދުލުން ކިޔޭނީވެސް ރީނދުލަށް އަރާ އެއްޗިއްސެވެ.


މުޙައްމަދު ސިރުޙާން
އަހަރެން މި ލިޔަމުންދާ އެއްޗެއް ވިދާޅުވަމުން ތިޔަ ގެންދަވަނީ ހަމަ ހޭގައި ހުރެގެންތޯއެވެ؟ އަހަރެން މިލުން މި ލިޔަނީ ހަމަ ހޭގައި ހުރެގެންކަމަށް ތިބާ ސުވާލުކުރިޔަސް ނުވަތަ ނުކުރިޔަސް މި ލިޔުމައިގެން ކުރިއަށް ދާނަމެވެ.
ވަރަށް ގިނަ ދުވަސްވެ ކުނިވެފައިވާ ބިހެއް މީގެ ތިން އަހަރު ކުރިން ވަނީ ހާލިން ނަގާ އެއްލާލާފައިއެވެ. އެބިހާ ވިދިގެން އެހެން ބިހެއް(އަނެއް ބިސް) ވަނީ ހާއްޔަށް ފާޅުވެފައެވެ. ފުރަތަމަ ބިސް އެޅީ އެފްރިކާ ބައްރުން އައި ދޫންޏެކެވެ. ނަމަވެސް މިހާރު އޮތް ބިސް އަޅައިފައި ވަނީ ހުޅަނގު ކޮޅުން ހުޅަނގުގެ ގަދަ ވިއްސާރައިގައި ޖެހި ބެހިގެން އައިސްފައިވާ ދޫންޏެކެވެ. އެބިހުގެ ބޭރުގައި ނުވަތަ އެތެރޭގައި ހުރެ ބަލާލި މީހަކަށްވެސް ފެންނާނީ ރީނދޫކުލައިގާ އެބިސްވާތަނެވެ. އެއީ ފަހަރެއްގައި ބިސް ޅަވީމައި އޮތް ކުލަ ކަމަށްވެސް ވެދާނެއެވެ. ތިބާ ހާދަ ސިޔާސީ އެވެ. އަހަރެން ރީނދޫ ކުލައޭ ބުނާއިރަށް އެމްޑީޕީއޭ ހިތަށް ތި އަރަނީ ސިޔާސީ ވިސްނުން ހުންނާތީއެވެ. އެނެއްކާ ތިބާ ތީ ސިޔާސީ ވެދާނެތީ ބިރުން އުޅުއްވާ ފަރާތަކަށްވެސް ވެދާނެއެވެ. މިކަމަށް އަހަރެންނަށް މައާފްކުރާށެވެ.
ކޮންމެއަކަސް މި ބިހަކީ ވަރަށް އާދަޔާޚިލާފް ބިހެކެވެ. ބޭރުން ފެންނަ ނާރުތަކުން ކޮންމެވެސް ގޮތަކަށް ތިލަފަތެއް ކަހަލަ އެއްޗެއް ސިފަވާން ހުރެއެވެ. ވަރަށް ސިޔާސީ ބިހެއް އެހެންނޫންތޯއެވެ؟ އެބިސް ގަންނަ މީހަކަށް ޖީއެސްޓީ ދައްކަން ޖެހެނީ ކިހާވަރެއްކަން އިނގޭނީ އެކަމާ ބެހޭ މީހުންނަށެވެ. ބިހުގެ އެތެރޭގެ ހާލު އައްސަވާ ހިތްވޭތޯއެވެ؟ ކިޔާދިނުމުގެ ކުރިން ޝަރުތެއް އެބައޮތެވެ. އެއީ އަހަރެންދެކެ ރުޅިނައުމެވެ.
ބިހުގެ އެތެރޭގައި ހިންގަންޖެހޭނީ ޑިމޮކްރެޓިކް ޤާނޫނުތައް ކަމަށް ބުނެވެއެވެ. ނަމަވެސް އަހަރެން ވެސް މި އިނީ އެބިހުގެ އެތެރޭގައިކަމުން، އެބަހަކަށް ތާއީދެއް ނުކުރެވެއެވެ. ﷲ ހެއްދެވި ކޮންމެ އެއްޗަކީވެސް ﷲ ލެއްވި ޤާނޫނުތަކަށް ތަބާވާ އެއްޗެކެވެ. ނަމަވެސް ﷲ އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެއްވާފައިވާ ފަރާތްތަކުން، ﷲ ގެ ޤާނޫނުތަކަށް ބައެއްފަހަރު އިންކާރުކޮށް ބޮޑާވަމުން ދެއެވެ. ބިހުގެ ތެރޭގައިވާ ބައެއް އިސްފަރާތް ތަކަކީ މިފަދަ ފަރާތްތަކެއްކަން އިނގޭނީ ޢިލްމު އުނގެނި ހަމަހޭގައި ތިބި ފަރާތްތަކަށެވެ. ބިހުގެ ތެރޭގައި ހިންގަން އެންމެ ރަނގަޅީ ޑިމޮކްރަސީ ކަމަށް ގޮވާ ފަރާތްތަކުން ލަވާ ހަޅޭކުގެ ސަބަބުން ބިސް ފަޅައިގެން ދާން އުޅޭހެންވެސް ހީވެއެވެ. އަދި އެކަން ނުކުރެވިގެން ރުޅިގަދަވެ ހޫނުވުމުގެ ސަބަބުން ބިސް ވިރިދާނެހެންވެސް ހީވެއެވެ. އެހެންވެއްޖެނަމަ އެއީ އުފާވެރިކަމަކެވެ. ސަބަބަކީ އެބިހުގެ ތެރޭގައި ތިބި ބަޔަކަށް ހަމަ ވިސްނުން ލިބޭނީ އެބިހުގެ ތެރެއިން ނިކުތުމުން ކަމުގައި ވާތީއެވެ. ބިހުގެ އެތެރޭގައި ތިބެ ހުރިހާ އެއްޗެއްވެސް ފެންނަނީ ރީނދޫކުލައިގައެވެ. ޤުރުއާން އަށް ބަލާލިޔަސް ފެންނަނީ ރީނދޫ ކުލަޔާ ގުޅުން ހުރި އާޔަތްތަކެވެ. ރީނދޫ ބޮޑުން ކުރާ ކޮންމެކަމަކީވެސް ރީނދޫ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ގޯސްކަމައް ނޫނެވެ. އަދި ރީނދުލުން ވިސްނާ ޖަމްޢިއްޔާތައްވެސް މިބިހުގެ އެތެރޭގައި އުޅެއެވެ. އެމީހުން ބައެއް ފަހަރު ހަނުހުރުން އިޚްތިޔާރުކޮށް ސިޔާސީ ގޮތުން ރީނދޫވެއެވެ. ބައެއްފަހަރު ބުދު އެއްޗެހިވެސް ފެންނަނީ ރީނދޫ ކުލައިގައެވެ. ބުދެއް ރީނދޫ ވެއްޖެނަމަ އެތަޅާލަން އުޅުމަކީ ދީނީގޮތުން މަނާ ކަމަކަށްވެ ތަފާތު ނަންތަކަކަށް ބުދުތަކުގެ ނަންތައް ބަދަލުވެ، ފިހާރަތަކާ ދިމާލަށް ޤަލަމާ ދުލުގެ ކޮޅުތައް ހުއްޓެއެވެ. އެފަދަ ބުދުކަލާނގެތައް ތެޅުން ބޮޑެތި ފާފައިން ޝިރުކަށްވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ވާނީވެސް އެހެންތާއެވެ. ރީނދުލުން ކިޔޭނީވެސް ރީނދުލަށް އަރާ އެއްޗިއްސެވެ. މިދެންނެވި ބުދުތަކާބެހޭ ހަޤީޤަތްވަނީ ކަމާބެހޭ ފަރާތްތަކަށްވެސް އޮޅިފައިކަމަށްވެއެވެ. ދުވާލުގެ އިރުފަދައިން ސާފުވާންހުރި މިކަން ރެއަކާލީ އެކަމާ ދެކޮޅަށް އާންމުން ރެއާދުވާލު ހަޅޭއްލަވާ އަޑު އުފުލަން ފެށީމައެވެ. ފޮޓޯތަކުން ފެންނަގޮތުގައި ރީނދުލާއި އެންމެ ނުގުޅޭ ނޫކުލައިގެ ބަޔަކު ބުދުތަށް ވަށައިގެން ފާރަލާން ތިބެނީ ހިނި އައިސް ހަލާކުނުކޮށްލެވޭ ވަރަށެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ، މާދަމާ ބިހުގެ ތެރެއަށް ދުނިޔޭގައިވާ ބާތިލް ދީންތައް ވަދެއްޖެނަމަ ވާނި ކިހިނެއްތޯއެވެ؟ އެދުވަހުން ރީނދޫ ދޫތަކުން އެދިފާއުކުރާނެއެވެ. ކޮންމެއަކަސް ކުރިއަށް އޮތްތާނގައި ބިހުގެ ތޮށިގަނޑު ހަރުވާނެއެވެ. ޖެހިޖެހިގެން ކޮންމެފަހަރަކު ރީނދުލަށް ދޫދެންޏާ ވާނެގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. ރީނދުލުން ސަލާމަތްވެ ދުލުން ޙައްޤުބަސް ބޭރުވާނީ ކޮންދުވަހަކުން ބާވައެވެ؟
އެވިސްނުމުގައި އޮއްވާ ނިދިއްޖެއެވެ. ހޭލެވުނީ ގަޔަށް ހޫނުވެގެންނެވެ. އަސްތާ! މިއޮއްގެން އަހަރެމެން ތާހެއްގެ މަތީގައި ފިހެނަގަނީއެވެ. ބްރެކްފާސްޓް ގެ ބިސްގަނޑަށް އަހަރުމެން ފިހެލައިގެން ކާން ފިރިމީހާ އެއިނީ އުލަކާ ވަޅިއަކާ ހިފައިގެން ނިކަން ހެވިފައެވެ. ދެތިން ސްޓެޕް ކުރިއަށް ވިސްނާލާއިރު އަހަރެމެން ދެންދާން އޮތީ ފިރިމީހާގެ ބަނޑުން އަސްލު ސިޔާސީ މައިދާނަށެވެ. ސިޔާސީ ނުވެވެނީސް، ބިމާ ދީން ސަލާމަތްކުރަމާހެއްޔެވެ؟

Comments

  1. Varah bodu thedheh ekoi thi bunee

    ReplyDelete
  2. When Maldivians were non Muslims Allah gave them Hidhaaya, so they are Muslims.
    Islam is the best, when we follow islam we are following the best. We don’t want go backward the Jaahilyya and worship idols.
    17. … so announce the Good News to My Servants,-
    18. Those who listen to the Word, and follow the best (meaning) in it: those are the ones whom Allah has guided, and those are the ones endued with understanding.
    Thanks to Mohamed Siruhan
    (Zumar, Chapter: 39)

    ReplyDelete
  3. When Maldivians were non Muslims Allah gave them Hidhaaya, so they are Muslims.
    Islam is the best, when we follow islam we are following the best. We don’t want go backward the Jaahilyya and worship idols.
    17. … so announce the Good News to My Servants,-
    18. Those who listen to the Word, and follow the best (meaning) in it: those are the ones whom Allah has guided, and those are the ones endued with understanding. (Zumar, Chapter: 39)

    Thanks to Mohamed Siruhan

    ReplyDelete

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office