Tuesday, September 28, 2010

މަސްހުނި ކުރުމުގެ މޮޅުވާހަކައިން ޅެންކިޔަމުންދާ ޑޮކްޓަރެއްގެ ވާހަކަ

ލިޔުންތެރިޔާ.ކިޔުންތެރިއެއް
އަޅުގަނޑުމެންގެ ތެރޭގައި މިއަދު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ފިރިހެން އަންހެން ކުދިން މަސްހުނި ނުކުރެވިގެން މީހެއްގެ ލޮލަށް ނިދިނައިސްގެން އުޅޭ ވާހަކައެވެ. މަސްހުނި ކުރުމުގެ މޮޅުވާހަކައިން ޅެންކިޔަމުންދާ ޑޮކްޓަރެއްގެ ވާހަކައެވެ. މިފަދަ ޑޮކްޓަރުން އަޅުގަނޑުމެންނަކަށް އަލެއްނޫނެވެ. ތަންކޮޅެއްކުރިންވެސް މީހަކު މާމޮޅު ޑޮކްޓަރަކަށްވެގެން ސްޓޭޖުމަތީގައި ލަވަ ނުކިއިގެން ތެޅިބޭލިއެވެ. މިފަދަ އެތައްޑޮކްޓަރެއް އަންނާނެއެވެ. އައިސް އައިސް ދާނެއެވެ.
ނުފެންނާތީ ހިތާމަ ކުރަން ޖެހެއެވެ. ދެޖިންސް މަސްހުނިކޮށް ކިޔަވައިދޭ ތަންތަން ކަމުގައިވާ ސީ.އެޗް.އެސް.ސީ އާއި ވިލާ ހައި ސުކޫލްފަދަ މަދު ތަނަކަށް ނަޒަރު ހިންގާލިޔަސް އެކުދިންގެ އަޚްލާޤު އެނގިގެންދާނެއެވެ. ސްކޫލު ނިމިގެން ކްލާސް ފިރިހެންކުދިންގެ ސައިކަލު ފަހަތުގައި އެކީ ކިޔަވަމުންދާ އަންހެންކުދިން އެގެންދަނީ ހަމަ އެމީހުންގެ ގެއަށްހެއްޔެވެ. ރޭގަނޑެއް ދުވާލެއް ނެތި މިކުދިން މަގުތަކަށް ނުކުމެ ނުބައި ފާޙިޝް ޢަމަލުތައް ހިންގުން މިއީ ތިޔަބުނާ އަޚްލާޤް ރަނގަޅުވެ ކިޔެވުމުގެ ފެންވަރު ރަނގަޅުވުންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ!
އޭ ޑޮކްޓަރެވެ! މިއީ 2010 ކެވެ. އިންޑިއާއަށް ދާނެ ދެކޮޅު ތިކެޓު އަހަރެން ދީފާނަމެވެ. ގޮސް ކުޑައިކޮށް ތަންތަނަށް ވަދެ ތިބުނާކަންތައް ތަޖުރިބާކޮށްލަބަލާށެވެ. އޭރުން ތިޔަ ޖާހިލުކަން އިސާހިތަކު ފިލާފާނެއެވެ. ވޭތުވެދިޔަ ދައުރުގައި ވެރިއަކަށްހުރި " ބޮޑު ފިޤުހުވެރިޔާ" ވެސްވަނީ ޖެނެރޭޝަނެއް ހަލާކު ކޮށްލާފައެވެ. ކަލެއަށް ތިކަން ކުރެވިދާނެކަމަށް ހީކުރަނީހެއްޔެވެ. ﷲ އިރާދަކުރެއްވިއްޔާ ހަމަހިލާ ތިކަމެއްނުވާނެއެވެ.އިތުރަށް

No comments:

Post a Comment