Posts

Showing posts with the label jaariyaa

ޏާޏިޏާ (ޖާރިޔާ

Image
( ޏާޏިޏާ( ޖާރިޔާ މުޙައްމަދު ސިރުޙާން އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ. އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މ...

ޖާރިޔާތައް ވިހައިފި

Image
ޖާރިޔާތައް ވިހައިފި މުޙައްމަދު ސިރުޙާން ރަސްގެފާނު ވަރަށް ވަރުގަދަ އަމުރެއްނެރެފިއެވެ. މާދަމާ ވާރޭ ވެހޭއިރު ޤައުމުގެ އެއްވެސް ރައްޔިތަކު އޭގެން ފެން ނުބޯށެވެ. ބޮއެފިމީހަކު މޮޔަވާނެއެވެ. އަދި ނިންމާލަމުން ބުނެފައިވެއެވެ. އެއްވެސް މީހަކީ އަބަދު ހަމައިގާ ހުންނަށް ބޭނުންވާނެ މީހެއް ނޫނެވެ. ވާރޭވެހެން އުޅޭތީވެ ދަނޑުވެރީން އެދުވަހު އުޅުނީ ވަރަށް ބުރަކޮށެވެ. ފަސްގަނޑުޖަހާ މުޑުވައްތައް ރުވާ ހަދައިފިއެވެ. ޖެހިގެން އައިދުވަހު ރަސްގެފާނު ބުނިގޮތަށް ވާރޭވެހިއްޖެއެވެ. ދަނޑުތަކަށް ފުދޭވަރަށް ވެހުނެވެ. އެންމެ ހައިރާންވީ ކަމަކީ ރަސްގެފާނުގެ އަމުރާ ޚިލާފަށް މުޅި ޤައުމުގެ ހުރިހާ ރައްޔިތުން އެފެނުގެ އިސްތިޢުމާލު ކުރީމައެވެ. ހުރިހާ އެންމެންނަށް އެހެން ރާއްޖެއަކަށް ހޭލެވުނީއެވެ. ގުރައިދޫއަށް ފޮނުވާލަން ޖެހުނީ ހަމައެކަނި ރަސްގެފާނުކަމުން، އެންމެފަހުން ރަސްގެފާނުވެސް އެފެން ބޮޔެ އުސްމިންތަކަކަށް އަރައިފިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ދަނޑުތަކުގައި ގަސްތައް ފަޅައި މާތައް ފޮޅިއްޖެއެވެ. ނޫރާނީ މާތައް ފޮޅުނީއެވެ. ބުލްބުލްތަކާއި ކޮކާތަކާއި މާބުރާއި ބަނޅިދުތައް ހައްޓަކު ހެވެއްނެތެވެ. އެސޮރުމެއްނަށް ހޫރުންތައް ލިބު...